ޚަބަރު / ހައި ކޯޓް

އިންޑިއާގެ ސިފައިން ތިބިކަން އަދި ނެތްކަމުގެ ހެއްކެއް ވެސް ނެތް: ހުކުމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކޮޅު ކައިރީގައި އިންޑިއާއާ ދެކޮޅަށް އަޑު އުފުލައި މީހަކު ދިދައެއް ހިފައިގެން ހުރި އިރު ފުލުހުންގެ ވެހިކަލެއް ދުއްވާފައި ދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި އިންޑިއާގެ ސިފައިން އަދި ގާއިމުވެ ތިބި ކަމުގެ އެއްވެސް ހެއްކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެއްކިފައި އަދި ސިފައިން ނެތް ކަމުގެ ހެއްކެއް ދައުލަތަށް ކޯޓުގައި ދެއްކިފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، އިދިކޮޅު ލީޑަރު ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި އެ މަނިކުފާނުގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން ހޯދި ކޯޓު އަމުރު ބާތިލްކޮށް، ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ "ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ" ދެކޮޅަށް ކަމަށް ބުނާއިރު މިއީ ހަގީގަތެއްކަން ނުވަތަ ހިޔާލެއްކަން އެނގޭނެ ގޮތެއް ދެ ފަރާތުން ދެއްކި ވާހަކަތަކުގައި ވެސް އަދި ހުށަހެޅި ލިޔުންތަކުގައި ވެސް ނެތް ކަމަށެވެ.

"...އަދި އެކަމަށް ބާރު ދޭ ހެއްކެއް ވެސް ނެތެވެ. އެހެންވެ 'އިންޑިއާ ސިފައިން ގާއިމުވެ ތިބުމޭ ކިޔައިގެން އެ ދައްކާ ވާހަކަ' އަކީ ހަގީގަތެއް ނުވަތަ ހިޔާލެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ހިންގާ ނާޖާއިޒު ހަރަކާތެއް ހަރަކާތެއް ވުމާއި މި ދެ ގޮތް ވެސް ކޯޓުގެ ކުރިމަތީގައި ހަމަހަމަ އެވެ." ހުކުމުގައިވެ އެވެ.

މައްސަލަ ބެލި ބެންޗުގެ ރިޔާސަތުގައި އިންނެވި ހަސަން ޝަފީއުގެ ރައުޔު އަށް ތާއީދުކުރައްވައި ފަނޑިޔާރު މުހައްމަދު ނިޔާޒް ދެއްވި ރައުޔުގައި އެހެން ވިދާޅުވީ، ދިވެހިރާއްޖޭގައި "އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް" ދިވެހި ރައްޔިތަކު، ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހިޔާލު ފާޅުކުރުމަކީ އާންމު މަސްލަހަތަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ބުނެފައި ވާތީ އެވެ.

އާންމު މަސްލަހަތު ކަނޑައަޅާނީ ކޯޓަކުން ނޫން

އެ ހުކުމުގައިވާ ގޮތުން، އާންމު މަސްލަހަތާއި އަމްނުއާންމާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކަކީ ކޯޓުގެ އިހްތިސާސުން ބޭރުގައިވާ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ގާނޫނުން ކަނޑައަޅައި ހިމަނާފައިވާ ކަންކަމެވެ.

"ވީމާ އެވެނި މިވެނި ކަމަކީ އާންމު މަސްލަހަތާއި ނުވަތަ އަމްނުއާންމާއި ނޫނީ ގައުމީ ސަލާމަތާ ގުޅޭ ނުވަތަ ނުގުޅޭ ކަމެކޭ ބުނެ، ކޯޓުން އެ އަނެއް ދެ ބާރުގެ އިހްތިސާސް ތެރެއަކަށް ނުވަންނާނެ އެވެ،" ނިޔާޒްގެ ރައުޔުގައިވެ އެވެ.

ހުކުމުގައި ބުނިގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަވާލާދޭ މާއްދާތައް ފުލުހުން ބޭނުންކުރި ގޮތާ ގުޅޭ ގޮތުން ކޯޓަށް އެއްޗެއް ނުބުނެވޭނެ އެވެ. ގާނޫނުތައް ހުރި ގޮތުން، އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ކަމެއްކަން އެކަމުގެ ގާނޫނީ ބާރު ލިބި އޮތް ފަރާތުން ކަނޑައަޅާ ކޮންމެ އަމަލަކީ ކުށުގެ އަމަލަކަށްވުން ލާޒިމް ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން ފުލުހުން ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅޭ ގޮތަށް ކުށަކާ ގުޅުވައިގެން ހުށަހަޅާފައިވާ އެ މައްސަލައިގެ ތެރެއިން އެ ކަމުގައި ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކޭ ކަމަށް ހުކުމުގައި ބުންޏެވެ.

"އެ ގާނޫނަކީ ކިތަންމެ ދުވަސްވީ މުސްކުޅި ގާނޫނެއް ނަމަވެސް އަދި ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް ބުނެ އެ ގާނޫނަކާ މެދު ގޮތެއް ކަނޑައަޅާފައި ނެތްއިރު އެފަދަ ގާނޫނުތަކަށް ނުބަލައި ގާނޫނުއަސާސީ އާއި ގާނޫނުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ހަނިކަން އަންނަ ގޮތަށް ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މާނައެއް ދީފި ނަމަ ފަނޑިޔާރުންނަކީ ގާނޫނުއަސާސީއަށާއި ގާނޫނަށް އަމަލު ނުކުރާ ބައެއް ކަމުގައި ވެދާނެ އެވެ،" ފަނޑިޔާރު ނިޔާޒް ލިޔުއްވި އެވެ.

ހުކުމުގައި ވަނީ އެ ކަންކަމުގައި ކޯޓުން ކުރާނެ ކަމަކީ ގާނޫނުގައިވާ ގޮތުގެ މަތިން ނިންމަންޖެހޭ ފަރާތްތަކުން ވަކި ކަމެއް އެއީ އާންމު މަސްލަހަތާއި އަމްނުއާންމާއި ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް ނިންމާފައިވާ ނިންމުމަކާ ގާނޫނުއަސާސީން ލިބޭ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމަކާ ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ބަލަންޖެހޭ ހަމަތަކުން އެ ކަމެއް ބެލުމެވެ. އާންމު މަސްލަހަތާއި ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އަސާސީ ހައްގުތައް ހަނިކޮށްފައި ހުންނަކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

46 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ‫ުޙުއްމާ

01 June 2022

ފ‫ަނޑިޔާރުން ތިހާ ގަމާރުވީމަ ދެން ބުނާނެ އެއްޗެއްނެތް.

The name is already taken The name is available. Register?

ލާރާމަނިންއަ

31 May 2022

މިގައުމު އޮތްކަން އަދި ނެތްކަންވެސް ނޭގޭ.

The name is already taken The name is available. Register?

ދޮނާގެ އިބޫ

30 May 2022

އެންމެންނަށް އެނގިގެން އަނބުރާ ގޭސް ގަނޑެއް!

The name is already taken The name is available. Register?

ރައީސް ޔާމިނު އޯކޭ

30 May 2022

ރައީސް ޔާމިނު ސުޕްރީމް ކޯޓު ފަނޑިޔާރުން ހައްޔަރުކުރީ ރަނގަޅަށް ކަމަށް މިބުނެވުނީ. "ހުކުމުގައިވާ ގޮތުން، އާންމު މަސްލަހަތާއި އަމްނުއާންމާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކަކީ ކޯޓުގެ އިހްތިސާސުން ބޭރުގައިވާ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ގާނޫނުން ކަނޑައަޅައި ހިމަނާފައިވާ ކަންކަމެވެ. ވީމާ ކޯޓުން އެ އަނެއް ދެ ބާރުގެ އިހްތިސާސް ތެރެއަކަށް ނުވަންނާނެ އެވެ،"

The name is already taken The name is available. Register?

އަޙްމަދު7

31 May 2022

އޭނާ އެމީހުން ހައްޔަރު ކުރީ ހަމަ ރަނގަޅަށޭ.

The name is already taken The name is available. Register?

ކުރީގެ ފަހާފޮށްޓެއް

30 May 2022

މަބުނީ، އިންޑިއާ ސިފައިން ތިބިކަން ސާބިތުވާނީ ފުރަތަމަ އިންޑިއާކިޔާ ގައުމެއް އޮންނަކަން ސާބިތުވެގެންތާ. އެކަން ސާބިތުކުރަން އެއްވެސް ވަރަކަށް ހެކި ހުށަހެޅިބާ.

The name is already taken The name is available. Register?

ށަވިޔަނި

30 May 2022

އިންޑިއާ ސިފައިން ތިއްބަސް ނެތަސް އަދި އެއިން ގައުމުގެ ސަލާމަތަށް ނުރައްކަލެއްނެތަސް އެއީ އަޚްލާޤީ ގޮތުން ވަރަށް ދަށް ދަރަޖައިގެކަމެއް. ޤާނޫނު އަސާސީގައި ތިބުނާ މާއްދާއެއް ހިމެނީ ކޮޕީކުރުންފިޔަވައި އެހެންކަމެއް ނުދަންނަބަޔަކު މަޖިލީހުގައިތިބީމަ. އިސްލާމީ މުޖްތަމައެއްގައި ކޮށްގެންވާނެކަމެއް ނޫން. އިންޑިއާގަ އިސްލާމްދީން ފެތުރުނީ ކިހިނެއް. އެދުވަސްވަރު އެތަނަށް ގޮސްއުޅުނު އަރަބި ވިޔަފާރިވެރިންގެ އަޚްލާޤު ރީތިކަމުން.

The name is already taken The name is available. Register?

ހާމިދު ޝާހިދު

30 May 2022

އެކަމަކު އެންމެންނަށްވެސް އިނގޭ ހެލިކޮޕްޓަރ ތައް ދުއްވާށާއި ތަމްރީނު ދިނުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ފްރީކޮށް އޮޕަރޭޓް ކުރަމުންދާކަން. މިކަންވަނީ އުމަރު ނަސީރު ވެސް ހާމަ ކޮށްދީފައި. ގައިމު އޭނާއަކީ ކުރީގެ ސިފައިންގެ ވެސް މީހެއް. އޭނާ ބުނީމާ ގަބޫލު ކުރަންޖެހޭނެ. ޔާމީނު ބުނީމާ ގަބޫލު ނުކުރިއަސް. ގައުމެއް ބައެއްގެ އަޅުވެތި ވާނީ މިހާކަންހާވަރަށް. އަދި މިމީހުންނާ ޑިމޮކްރަސީ ޖެހުނީމާ ހުރިހާކަމެއް ހުއްދަވެސް ކުރާ ބައެއްމި އެމްޑީޕީއަކީ.

The name is already taken The name is available. Register?

ޖާނު

31 May 2022

އުމަރު ކުރީގައި ސިފައިންގޭގައި އުޅެފައި ހުރީމައި އޭނަގެ ވާހަކަ ގަބޫލުކުރާ ބަޔަކު ތިބޭނީ ހޭބަލިވެފައި، އޭނަ ދޮގެއް ނަހަދާތަ ނޫނީ އޭނައަށް ހުރިހަިއި ކަމެއް އެނގޭތަ؟

The name is already taken The name is available. Register?

މަހައްމަދު އަލީ

30 May 2022

މާރިޔާ ބުނެފަ އޮތީ އިންޑިޔާ ސިފައިން އެބަތިބިކަމަށް.

The name is already taken The name is available. Register?

މާރި

31 May 2022

އެއީ އޮޅުމަކުން.

The name is already taken The name is available. Register?

1828

31 May 2022

އިންޑިއާ ސިފައިން ތިބިކަމަށް ޑިފެންސް މިނިސްޓަރ އެއްބަސް ވިޔަސް ސާބިތެއް ނުވެށޭ ތިބިކަމަކަށް. އަހަރެންނަށް ހީވަނީ އިންޑިއާ ސިފައިން ޔުނީފޯރމްގައި، ލިޔުންތަކާއެކު ހައިކޯޓަށް ހާޒިރުކޮށްގެން ކަންނޭނގެ ސާބިތުވާނީ.

The name is already taken The name is available. Register?

ލާލު

31 May 2022

އިންޑިޔާ ސިފައިން ގެނައީ ޔާމީނު އެމީހުންގެ އެގުރިމެންޓު ޢާކުރީ އޭނާ އެއީ ގައުމުދެކެ ލޯބިވާތީތަ؟ ވެރިކަމުން ވަކިވީމާ މޮޔަވިސް ބޮޑުވަރު

The name is already taken The name is available. Register?

ކާލު

31 May 2022

ލާލު.. ރަގަޅަށް ބެލީމަ ފެންނާނެ އެމީހުން މިތަނުގަ އެންމެ ފަހުން ތިބެން ވިސާއާ ނުކޮށްދީގެން އުޅުނުކަމާ އެމީހުން ފައިބަން އެންގީމަ ނުފޭބިކަންވެސް.

The name is already taken The name is available. Register?

ރޯނުއެދުރު250

30 May 2022

ރައީސްގެ ސެކިއުރިޓީ ކައުންސިލުން ސަރުކާރަށް ފާޑުކިއުމާ، ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމާ، ސިޔާސީ މީހުންނަށް ފާޑުކިއުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ކަނޑައެޅިޔަސް ކޯޓުން އެހެންވީމަ ނިންމާނީ ހަމަ އެކަން ރަނގަޅުކަމަށް ދެއްތޯ؟ މިއީ ޔޫކޭގަ ހައްގު ހަނިކުރުމުގަ އަމަލުކުރާ ނިޒާމު، އެކަމަކު ރާއްޖޭގަ އޮންނަނީ އެނިޒާމަކުން ނޫން ހައްގު ހަނިކުރުން ތަރުތީބު ކޮށްފައި. ތަނެއްދޮރެއް ނޭންގޭ މީހުނަށް ބޮޑެތި ވަޒީފާ ދިނީމަ ވާނީ މިހެން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

30 May 2022

އަހަރެމެން ދިރިއުޅެމުން މިދާ ރާއްޖެއަކީ ހިޔާލީ ރާއްޖެއެއް. މިއީ ހަގީގީ ދިރިއޮތް ރާއްޖެއެއްނަމަ މިގައުމުގަތިބީ ފަސް ހިއްސު ރަގަޅަށް މަސައްކަތްކުރާ މީހުންނަމަ އިންޑިޔާ ސިފައިންތިބިތޯ ނެތްތޯ ސުވާލެ ނުއުފެދޭނެ.މޯދީ ދިރިދުނިޔޭގަ ހުރިކަން އެގެންޏާ އިންޑިޔާ ސިފައިން މިދިވެހިރާއްޖޭގަ އެބަތިބި.ހދ ހަނިމާދޫ ލ ކައްދޫ އައްޑޫގަ އެބަތިބި ހަނިމާދޫ ކޮއްޓަފަރުގެއަށް ވަދެބަލަ އިންޑިއާ މީހުންނާ ވައްތަރުމީހުން ފެންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454