އައިޖީއެމްއެޗުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް މީހުން -- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
28 ޑިސެމްބަރ 2016 - 10:25
އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.
އައިޖީއެމްއެޗުން މިދިޔަ ހޯމަ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނީ ދުޅަހެޔޮ ސިއްހަތަށް ހާއްސަ ކެމްޕެއިނެއް އަންނަ އަހަރު ފަށާއިރު އެނާޖީ ޑްރިންކް ފަދަ އެއްޗެހި ފެންނަން ހުރުމަކީ އެ ކެމްޕެއިނަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.
"ހޮސްޕިޓަލްތަކުގެ ކެންޓީންތަކާއި ފިހާރަތަކާއި އަދި އެނޫން ވެސް ހޮސްޕިޓަލްތަކުގެ އިމުގެ ތެރޭގައިވާ ވިޔަފާރިކުރާ ތަނަކުން، 1 ޖެނުއަރީ 2017 އިން ފެށިގެން، ބޭހުގެ ގޮތުގައި ވިއްކާ ބާވަތްތައް ފިޔަވާ އެހެން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ދެންނެވީމެވެ،" އައިޖީއެމްއެޗްގެ ދެންނެވުމުގައި ބުނެފައިވެ އެވެ.
އެނާޖީ ޑްރިންކްގެ ބަދަލުގައި ވީހާ ވެސް ތާޒާ އަދި ސިއްހަތަށް ފައިދާ ކުރާނެ އުފެއްދުންތައް، އެ ހޮސްޕިޓަލްތަކަށް ހޯދާ މީހުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ އެދިފަ އެވެ.
އައިޖީއެމްއެޗުގައި ހުންނަ ދެ ކެންޓީނުން ވެސް އެނާޖީ ޑްރިންކް ވިއްކަ އެވެ. އެކަމަކު ވިލިމާލެ ހޮސްޕިޓަލްގައި ކެންޓީނެއް އަދި ނުހަދަ އެވެ.
ސްކޫލުތަކުގައި އެނާޖީ ޑްރިންކް ބޭނުންކުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅު
29 December 2016
މުޅި ގައުމުގައިވެސް ހުއްޓުވަންވެއްޖެ މުސީބާތެއް.
ކެކެކެ
29 December 2016
އައި.ޖީ.އެމް.އެޗް ގައި އެނާޖީ ޑްރިންކް ނުވިއްކާ ކަން އިނގޭނެ ދަންވި ދަންވި ހެން ބޮޑުތަކުރުފާނު މަގާއި ވީ ފަރާތު ތޮށިމަތީ ތިބޭނޭނެ ޒުވާން ކުދިން
ގުރޭސިޔާ
28 December 2016
#ޝުކްރިޔާރައިސްޔާމިން #ޔަގީން #ހަބޭސް3 #ރޔ2018 #އުމްމީދް #އަސްލުޕީޕީއެމް
އަޙްމަދު
28 December 2016
އައްޑޫސިޓީ އަލިދީދީ އަށް ބުނަން ްޮތް ވާހަކައަކީ ޤާނޫނަކުން މަނާ ކުރީމާ ޑިއުޓީން ލިބޭ އާމްދަނީއެއް ނުލިބޭނެ.ގާދީ ހޮސްޕިޓަލުގައި އެކަނި ނުވިއްކީމާ އެންމެންގެ ސިއްޙަތު ރަގަޅުވާނެ.ސިގިރެޓް ބުއިމުން ގެއްލުން ވާތީ ވާހަކަ ދެކެވޭ އިރު ޑިއުޓީ ބޮޑުކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ ބަރާބަރު.މަސާޖުޕާލާ ހިންގައިގެން ވެސް ސަރުކާރަށް ފައިސާ ލިބެނިކޮށް ނިމުނީ.މިހާރު ބޮންޑްވިއްކަން އެއުޅެނީ ލާރި ނެތިގެން.
އަހުމަދު
28 December 2016
ކޮބާ އޭޑީކޭ؟
އަތުހަންބެ
28 December 2016
ކުރަން ރަނގަޅު ކަމެއް ބުނަން ދޮކްޓަރުން ތިތަނުގަ މައިތިރިކޮށް ބަލިމީހުން ބެލުން
ސިޔާސީ އާސަންދަ
28 December 2016
މާރުކޭޓުގައި ކެޔޮގަނޑަށް ލައްފިލުވާ ޖަހައިގެން ދޮންކުރުން މަނައެއް ނުކުރެވޭ ގާނދީ ހަސްފަތާލުގަ ހަހަތަ ދަޅު ބުއިން މަނާކުރެވޭ ފުޑު އެންޑް ޑުރަގު ްޮތޯރިޓީ ގަދަނިދީގަ ހަމަ ހިމޭންކަން މަތީ ހީވެސް ނުވޭ
GAN Island
28 December 2016
ރައްޔިތުން ސިއްހަތު ސަލާމަތުން ބޭތިއްބުމަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަންތަށް ކުރަން ''ބިރުގަންނަނީ'' ކީއްވެގެން ކަމެއްނޭގޭ. . . ދިވެހި ޒުވާނުންގެ ބުއިމަކަށް ''ތިޔަ ހަކުރު ދަޅު'' ތައް ވެގެން ދިޔައިރު ޤާނޫނުގެ ބާރު ލިބިގެން އުފައްދާފައިވާ އަދި ޤާނޫނުން މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ މީޑިޔާ ޓީވީއާއި ރޭޑިއޯ ގެ ދައުރު އަދާކޮށްފައިވޭތޯ ބަލާލަންޖެހޭ. . . . އަދި ޒުވާނުން ތިޔަ ޑްރިކްސް އަކަށް ދެވިހިފިއިރު އަވައްޓެރި ޤައުމެއްގައި އުފައްދާ ޕަކެޓް ބުއިމެއް ކުޑަކުދިންނަށް ޝައުޤުވެރިވާ ފަދަ ގޮތަކަށް ބޭރުގައި ދިވެހި ޤައުމީ ޓީމް ގެ ކެޕްޓަން އަލީ އަޝްފާޤް ގެ ފޮޓޯ ޖަހައިގެން ރާއްޖެ ގެނެސް ތުއްތުކުދިންގެ އުފެދުން ނެތިކޮށްލާފަދަ ބުއިމަކަށް އެކުދިން ''ދެވިހިފިއިރު'' ޤައުމީ ޓީވީ އާއި ޤައުމީ ރޭޑީއޯ އިން ''ކުޑަ ފައިސާ ކޮޅެއްގެ ދަހިވެތިކަމަށް'' މިދެންނެވި ބުއިން އިސްތިހާރު ނުކުރޭތޯ ؟؟
1234
28 December 2016
މަގާގާތަށް ހަމަ ހިނި އަންނަނީ، އެކަމުވެސް ހިނިގަނޑު ފަޅއިގެން ނުގޮސް މިހުންނަނީ އެޑެއުކޭޝަން މިނިސްޓަރު އަދިވެސް މިކަމުގެ ތެރެއަށް ތަދައްހުލުނުވާތީ. މިނިސްޓަރު ތަދައްހުލު ވާހިސާބުން އަނެއްކޮޅަށް އެއިރުން މަދާނީ މަގުމަތީގަ ނާށިޖަހަމުން
އަލިދީދީއައްޑޫސިޓީ
28 December 2016
ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް، މިހާ އުނދަގުލުން ކުރަން މިއުޅެނީ ކީއްވެބާ! މިހެން މިބުނަންޖެހުނީ، މިއީ ގާނޫނެއްގެ 3 ފޮޅުވަތުން ނިންމާލެވެން އޮތް ކަމެއް. މިއަށްވުރެ ރައްޔަތުންނަށް މާބޮޑަށް ވެސް ގެއްލުންހުރި ކަންކަން (މިސާލަކަށް އެއަރޕޯރޓުން ފުރާ ދިބެހިން އަތުން 12 ޑޮަލަރު ނެގުން) މަޖިލީހުން ފާސްކޮށްފި ނޫންބާ! މިހާރު ސްޓޮކްގައިހުރި ތަކެތި ހުސްކުރުމަށް، 6 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ދިވެހިރާއްޖެއަށް "އެނަރޖީ ޑްރިންކްސް" އެތެރެކުރުން މަނާކުރީމަ އެކަން ނިމުނީ. ފަޓާހެއް އެތެރެ ނުކުރޭ. އެހާ ވެސް ބަސްއަހާ ކިޔަމަންތެރި ބައެއް ދިވެހިންނަކީ.