ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 ޖޫން 2022 - 13:34
ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ހަވީރު ވިދާޅުވި އެވެ؛
"އަޅުގަނޑުގެ އަމިއްލަ ދަރިއަކު ނުހުރޭ. އެހެން ނަމަވެސް އަޅުގަނޑަކީ ރާއްޖޭގެ 95،000 އެއްހާ ދަރިވަރުންގެ މަންމަ،" ޔުނިސެފާ ގުޅިގެން ފެށި "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި، ބެލެނިވެރިންނަށް އިޝާރަތްކުރައްވައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ އުފަން ދަރިއެއް ނެތަސް ދަރިން ތަރުބިއްޔަތުކުރުމަަށް ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ބުރަ މަސައްކަތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
H.E. President Ibrahim Mohamed Solih and First Lady Fazna Ahmed graced the launch of the Joint Positive Parenting Program (JPPP), which was attended by parents and government officials this evening. pic.twitter.com/bdTe3dqDyY
— Ministry of Education (@MoEdumv) June 1, 2022
އޭނާ ވިދާޅުވި ގޮތުގައި 21 ވަަނަ ގަރުނުގައި ދަރިން ތަރުބިއްޔަތުކުރުމަކީ ނިމުމެއް ނެތް، ގޮންޖެހުންތައް ބޮޑު މަސައްކަތެކެވެ. އެކަމަކު، ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެވިއްޖެ ނަމަ އޭގެ ފައިދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފަސް އަހަރު ދުވަހަށް ގެންދާ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ތަންފީޒުކުރެވިއްޖެ ނަމަ ކުދިންނާއި އަންނަން އޮތް ޖީލެއް ހެޔޮ އަސަރުކުރާނެ ކަމަށް ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކަމާގުޅޭ އިދާރާތަކުގެ ސްޓިއަރިން ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ. އެ ކޮމިޓީގައި ޖެންޑާ މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕޮލިސް، ޖުވެނަލް ޖަސްޓިސް ޔުނިޓް، ނޭޝަނަލް ޑްރަގް އެޖެންސީ އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ހިމެނެ އެވެ.
ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
ޑރ. އައިޝަތު އަލީ ވިދާޅުވީ ވަކި ވިސްނުންތަކަކާއި ގަބޫލުކުރުންތަކުގެ ސަބަބުން ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ގެންގުޅޭ އުސޫލުތަކަށް އަސަރުކުރާ ކަމަށެވެ. އެހެންވެ، އަހުލާގަށް ނުފޫޒު ފޯރުވުން ފަދަ ކަންކަމަށް ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކެމްޕޭނުން ފަރުވާތެރިކަމާ އެކު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމަކީ މިދިޔަ އަހަރު ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު"ގައި ފާހަގަކޮށްފައިވާ ގޮތަށް ކުޑަކުދިންގެ ދިރިހުރުމާއި ތަރައްގީ އަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންތު
02 June 2022
މި ޤައުމު ދުށް އެންމެ ކަޑަ އެޑިޔުކޭޝަން މިނިސްޓަރ. ތިއީ ފޮޓޯ ނަގާ މިނިސްޓަރ. ޤައުމުގެ ދަރިންގް މުސްތަޤުބަލް ބަނަވެ ހަލާކުވެގެން އެ ދަނީ. ދީނެއް މިއްލަތެއް އަޚްލާޤެއް ތަނެއް ދޮރެއް ދަރިޔަކަށް ނުފިލާ. ތަންތަން ހިންގުން އޮޓޯކޮށްލާފައި އެ ހުންނަނީ. ވައިބާ އިން ކިހިނެއް ސްކޫލްތައް ހިންގާނީ، އެކަމު މީނަގެ ފަލްސަފާއަކީ ވައިބަރއިން ސްކޫލް ހިންގުން. ބައެއް ޕްރިންސިޕަލުންނަށް އޯކޭ ތަން ހުޅުވާފައި ލައްޕައި ފިއްޔާމު. ދަރިއެއްގެ ކުރިއެރުމަކަށް ނުބަލާ. ވ ދެރަ
ބޮންތި
03 June 2022
ކަލެއަށް ރަނގަޅުވާނީ ކުރީގެ ލާމަސީލު ވެރިކަން. އެވެރިކަމުގެ ސިފަތައް ވަރަށް ފައްކާވާނެ.
އިދްރީސް
02 June 2022
ތީ ހުސް ދޮގެއްް ތިބުނީ ތީ 95000 ކުދިން އެޑޮޕްޓް ކޮށްގެން އުޅޭ މީހެެކޭތަ؟ 95000 ކުދިން މަންމާ އޭ ކިޔާފައި ގޮތާވަ؟
ފެންސު
02 June 2022
މިނިސްޓަރަށް ހެޔޮލަފާ ދަރިފަސްކޮޅެއް ދެއްވާށި. ސަރުކާރުން ދަރިން ތަރުބިއްޔަތުކުރުމުގެ ވާހަކަ ދައްކަން އެހާރަގަޅެއްނޫން. ދަރިން ތަރުބިއްޔަތުކުރުމަކީ ބުރަބޮޑު ވަގުތުހޭދަވާ ކަމެއް. ނަމަވެސް އެކަމަށް ވަގުތުދޭ މުއައްސަސާއެއް ބުނެބަލަ. ހުރިހާކަމެއް މިއޮންނަނީ ސިޔާސީވެފަ.
ބެންޗު
03 June 2022
ފުރަތަމަ ޖުމްލަ ވިޔަވައި ތިކޮމެންޓުވެސް ތިއޮތީ ސިޔާސީ ވެފައި. ވީއިރު އަހަރެމެން ދިވެހިން މިތިބީ މާބޮޑަށް ސިޔާސީ ވެފައި. ކަމެއް ރަނގަޅު ކުރަންޏާ އެންމެ ފުރަތަމަ ރަނގަޅުކުރަންވީ އެކަން
ދިއްދޫމީހާ
02 June 2022
އަހުންގެ ރަށަ މައުމޫން ކުރި ދަތުރެއްގާ މައުމޫން ވިދާޅުވީ އާދެ ކުޑަކުދިންނަކީ އަޅުގަނޑު ވަރަށް ލޯބިވާ ބައެއް މިއަދު ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ބައްޕައަކީ އަޅުގަނޑު އޭގެ ފަހުން މަގޯތި ހަމީދު މަށާ ދިމާލަށް ބައްޕައޭ ނުގޮވާ އެސޮރު ހިތުން މައުމޫންއަކީ އެސޮރުގެ ބަފާ މިފަހަރު ކިތައް ކުދިންބާ މަންމާއޭ ކިޔުން ހުއްޓާލާނީ..
ކޮރަލް
02 June 2022
ކުޑަކުދީން ލައްވާ ފަރުލު 5 ނަމާދު ކުރުވަން ވީ އެވެ. ހާއްސަ ކޮށް ފަތިސް ނަމާދައް ހޭލައްވަން ވީ އެވެ. ރަނގަޅު ބަދަލެއް ފެންނާނެ އެވެ.
ފާއިޒުބެ
03 June 2022
ރަނގަޅު. ޤައުމު އިސްލާހުވާނެ ހުކުރަށް ދާވަރަށް މީހުން ފަތިސް ނަމާދަށް ދާންފެށީމަ.