ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި: މީހުންގެ ބޭންކް އެކައުންޓްތައް ފުލުހުން ބަލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ޕީޕީއެމް
02 ޖޫން 2022 - 23:51
މީހުންގެ ބޭންކް އެކައުންޓްތައް ތަހުގީގުތަކުގައި ފުލުހުން ބަލަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ބޭންކްތަކުގައި ފައިސާ ނުބެހެއްޓޭ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައިވާ ކަމަށެވެ. އެއީ ފުލުހުންނާއި ސަރުކާރުން މީހުންގެ ބޭންކް އެކައުންޓް ބަލާތީ ކަމަށާއި އެކައުންޓްތަކުގައި ހުންނަ ފައިސާއަކީ ސަރުކާރަށް ބެހެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެއީ، މީހުންގެ އަމިއްލަ ފައިސާ. އެކަމަކު އަމިއްލަ ސިފަތަކެއް ނޯވޭ. ފުލުހުންގެ ތަހުގީގަށް ބަލަންވީމަ ދާނެ ގޮތަށް ގޮސް މީހުންގެ އެކައުންޓްތައް ބަލަނީ. އެއީ ފުލުހުންނާ ބެހޭ ކަމެއް ނޫން. އެއީ ދައުލަތަކާ ބެހޭ ކަމެއް ނޫން." ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކައުންޓްތައް ބެލުމުގެ ފުރުސަތު ދެވޭނީ މަސްތުވާތަކެއްޗާއި ޓެރަރިޒަމް ފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންގެ މައްސަލަތަކުގައި އެކަންޏެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް އެކަން އޮންނަ ގޮތް ކަމަށް ވިދާޅުވި އެވެ.
"ކިހިނެތްތޯ ކޮންމެ މީހެއްގެ އެކައުންޓް ބަލާނީ. އެއަށް ވުރެ މާ ތަހުޒީބީ ހިސާބަކަށް ދުނިޔެ އައިސްފައި މި އޮތީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބޭންކް އެކައުންޓްތައް ފަސޭހައިން ބެލޭ ނަމަ، މީހުން ބޭންކްތަކުގައި ފައިސާ ނުބަހައްޓާނެ ކަމަށެވެ. އޭރުން ބޭންކިން ނިޒާމުގެ ބޭނުން ކެނޑުނީ ކަމަށް ވިދާޅުވި އެވެ. އަދި ދިވެހި ސަރުކާރާއި އިންޑިއާއާ އެކު ހެދި އެއްބަސްވުމެއް އޮތްގޮތުން ރާއްޖޭގެ ބޭންކް އެކައުންޓްތައް އިންޑިއާ ސަރުކާރަށް ބެލޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ކަންތައްތައް މިދާ ގޮތުން މީހުން ބޭންކްތަކުގައި ފައިސާ ނުބަހައްޓާނެ." ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވިއިރު، ބޭންކިން ގާނޫނާއި ޖިނާއީ އިޖްރައާތުގެ ބުނާގޮތުން ބޭންކް އެކައުންޓްތައް ތަހުގީގީ އިދާރާތަކަށް ބެލޭނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް އަންގާ އެންގުމެއްގެ ދަށުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންގެ
06 June 2022
މޮޅުވާހަކަ ނުދައްކާ، ބޭންކް އެކުންޓް ބަލަނީ ހަމަ ހުރެފައެއް ނޫން، ބޭންކް އެކައުންޓް ބެލެންޖެހޭނެ، މިހާރު ފްރޯޑް ކޯލް ގިނަވަގެންދިޔައިމަވެސް ފައިސާ އެކުންޓަތަކުން ރޯލް ވާގޮތް އެނގޭނި ބަލައިގެން، ތިހާ ލާރިއަށް ދަހިވެތިވަންޏާ ގޭގަ ލާރި ބަހައްޓާ
ވިކިލީކްސް
04 June 2022
ބެންކު އެކައުންޓްބެލުން.. ފިހާރަައިގެ ސޭލްސް ބެލުން.. ދެމަފިރިންގެސިއްރުތައް ބެލުން... މިއީ އިމެއްގެ ތެރޭގަ އޮންނަންޖެހޭ ކަންތަކެއް.
ދޯރި
04 June 2022
މީނަގެ އެކައުންޓުގަ ހުރި ފައިސާ މާލިއްޔާއަށް ލެވޭނެމަގެއް ކޯޓުތަކުން ނުދައްކާނެކަމުގެ ޔަގީންކަންވަނީ ހޯދާފަ. އޮތް ހަމައެކަނި ގޮތަކީ ކޯޓުތަކުން މަގެއް ނުދެއްކިޔަސް ކަންއޮތްގޮތް އެކައުންޓުގަ ހުރި ފައިސާ ރައްޔިތުންނަށް ހާމަވާނީ ބޭންކު އެކައުންޓްތަކުން އެކަމާ ކަންބޮޑުވެގެން މިހާރު އެ އުޅެނީ.
ޗޯރު
04 June 2022
"ވަގުންގެ ފޮށި ބާރަށް ބަންނާއެވެ." މިއީ ކިހާބޮޑު ތެދެއް!
މިސްޓަރ ޓިނޭ
04 June 2022
ވަރަށް ބޮޑު ތެދެކެވެ،
އަޙުމަދު.
04 June 2022
މަނިކުފާނު އެހާއަވަށް ކަންބޮޑުވީތޯއެވެ.؟ ފުލުހުން ކުރާ ތަހުގީގެއްގައި އެކައުން ބަލާފާނެތީ ބިރުން އެވާހަކަ އަވަހަށް ހާމަކޮށްލީތޯއެވެ. ކަންބޮޑުވާކަށް ނުޖެހޭ ނޫންތޯއެވެ. . އަކުރެއްނުބައިވިސް ސަލާމަތް ވޭނޫންތޯއެވެ. ނާޖާއިޒު ގޮތުން ހޯދި ފައިސާ ހުރީ އެހެންމީހެއް އެކައުންޓްގަ ކަމަށްވެފައި ވެރިކަގަ ހުންނެވުނުނަމަ ވިދާލުވާނީ ޤާނޫނީގޮތުން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ އެމީހަކު ކަމަށް ނޫންތޯއެވެ.؟ .
އަސްލު...
04 June 2022
އަޅުގަނޑު ކަންބޯޑެއްނުވޭ ފުލުހުން ތަހުގޫގަތް އެކައުންޓް ބެއްލެވިއަސް، އަޅުގަނޑުގެ އެކައުންޓްގަ ނުހުންނާނެ ރައްޔަތުންގެ ފައިސާއެއް ހުންނާނީ މަސައްކަތް ކޮށްގެން ހޯދާފަހުރި ހަލާލުފައިސާ.... ހެއް ހެއް ހެއް .....
އަލީ32
04 June 2022
ވަގުންގެ އެކައުޓުތަށް ފުލުހުން ބަލާނެ.
އިއްސެ
03 June 2022
ވަަރަށްވެސް ދޯހަޅި ވާހަކައެއް. ދުނިޔޭގެ ތަހުޒީބީ ހުރިހާ ގައުމުތަކުގައިވެސް ފަރުދުންނަށާއި ވިޔާފާރިތަކަށް ލިބޭ އާމްދަނީއާއި ފައިސާ (އޮންނަ ގަވާއިދެއްގެ ދަށުން) ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ބެލޭގޮތަށް ގާނޫނޫތަށް ހަދާފައި ހުންނަނީ. އެފަރާތްތަކުގެ ތެރޭގައި ފުލުހުން، ކްރިމިނަލް އިންޓެލިޖެންސް، މަނީލޯންޑަރިންގ އަދި ޓެކްސް އޮތޯރިޓީ ފަދަ ތަންތަން ހިމެނެއެވެ. ޔާމީނު ބޭނުން ނުވަނީ ކަންނޭނގެ އޭނާގެ އެކައުންޓްތަށް އެގޮތަށް ބެލެން. ވީ އޯލް ނޯ ވައި!
ްސާސް
03 June 2022
ދުވަހަކު ވިޔަފާރިއެއް ނުކޮށް، އާއިލާގެ ތަރިކައިން ވެސް ނުލިބޭ އެތަށް ސަތޭކަ މިލިޔަން އެކައުންޓް ގަ ހުރީމަ ބޮޑުމައްސަލަ ދޯ
ވަހީދު
03 June 2022
ސިފައިން ބެންކަށް ވައްދައިގެން އެކައުންޓްތައް ހާވާން ފެށީމަ، ބެންކްގައި ހުރި ފައިސާ ކޮޅު ޢާއްމުން ނެގީ ރައީސް ނަޝީދުގެ ވެރިކަމުގައި. އެހިސާބުން ޑޮލަރު ހުސްވެ ޢާއްމުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާގައި ހައްޔަރުވެ އެތައް ނަޔަކު ޖަލުގައި އަދިވެސް އެބަތިބި. އެކަކު ނިޔާވެއްޖެ. އިގްތިސާދީ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަދެ އޮންނަ އުސޫލުން ބޭރުން ކަންކަން ކުރަން އުޅުމަކީ ގޯހެއް.