ރައީސް މިރޭ ވާހަކަ ދައްކަވަނީ: ކުނި ވަކި ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވި -- ފޮޓޯ/ރައީސް އޮފީސް
03 ޖޫން 2022 - 00:20
ކުނި ވަކިކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގޭގެއިން ނެރޭ ކުނި ވަކިިކުރަން ޖެހޭ ގޮތަށް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.
ރައީސް އޮފީހުގެ ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުސްތަގްބަލްގެ ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ތިމާވެށީގެ ސިޔާސަތުތަކުގެ ނަތީޖާ ފެންނާނީ ފަރުދީ ގޮތުން ސިޔާސަތު ތަންފީޒުކޮށްގެން ކަމަށެވެ.
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ހުއްޓާލުމުގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލަން ކޮންމެ މީހަކު ކުނި ވަކި ކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔެއަށް އަންނަ ލޮޅުންތަކުން ރައްކާތެރިވުމަށްޓަކައި ފައިސާ ރައްކާ ކުރުމާއި ހަކަތަ ބޭނުންކުރާ މިންވަރު ވެސް މަދުކުރަން ޖެހެ އެވެ.
މިރޭގެ ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް
ރައީސް އޮފީހުގެ މުވައްޒަފުންނާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގަން އެންމެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ އެ މުވައްޒަފުން ކަމަށެވެ. އަދި އެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެކަން މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ރައީސް އޮފީހަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އެކަމުގެ ހަނދާނީ ފިލާ ދިނެވެ. އޭގެ ތެރޭގައި 40 އަހަރު ވަންދެން ޚިދުމަތް ކުރި މުވައްޒަފުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
04 June 2022
މަނިކުފާނުވޭ. ތިޔަޒިންމާ ފަރުދުން އުފުލަފާނެ. އިނގިލި ބުރިކޮށްލިމީހާ ދޫކޮށްލައިފި. 42 ކިލޯ ޑުރަގު އެތެރެކޮށް ވަޅުލައިގެން ފޮރުވައިގެން ގެންގުޅުނު ދެ މީހަކާ އަދިވެސް ޑުރަގު އެތެރެކުރި އެންމެން ކުށެއް ނުކުރާކަމަށް ހަދާފައި ދޫކޮށްލާއިރު ޑުރަގުގެސަބަބުން ޤައުމު ހަލާކުކުރުމުގެ ޛިންމާ އުފުލާނެ މީހަކުވެސް އިޢުލާނުކޮށްދީބަލަ.
ކަނބިލި
04 June 2022
ސަރުކާރުން ކުރަން ބޭނުން ކަންކަންކުރާނެ. ބޭނުންނުވާ ކަންކަން ނުކުރާނެ އެކަމަކު ރައްޔިތުން ގުނބޯ ހައްދަން ފާޑުފާޑު ރަސްމިއްޔާތުތަކުގައި ޕޯޑިއަމް ފަޅުފިލުވާލުމަށް ދައްކާނެ. މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އަދަބު ދިނުން، ކޮރަޕްޝަން ނައްތާލުން، އަދުލުއިންސާފު ގާއިމުކުރުން ފަދަ ކަންކަމަށް ހައްލު ހޯދުމަކީ ސަރުކާރުުން ކުރަން ބޭނުންނުވާ ކަންކަން.
ކިރު ސައި
04 June 2022
ސިޔާސީ ކުނި އުކާލުމަކީވެސް ފަރުދީ ޒިންމާއެއް.
ކޮރަލް
03 June 2022
ޑްރަގް އެތެރެ ކޮށް ވިއްކާ މައްސަލަ އާ ގަވާއިދާ ހިލާފް ބިދޭސީން މައްސަލަ އަކީ ރައީސް އަށް އިސް ނަގައިގެން ހައްލު ކުރެވިދާނެ މައްސަލަ ތަކެވެ. އަނެއްކާ އެއީވެސް ފަރުދީ ޒިންމާ އޭ ނުބުނެފިއްޔާ ރަނގަޅެވެ.
ޒިންމާ
03 June 2022
ވަރައް ރަނގަޅު ވާހަކައެއް، 2023 ގަ އަޅުގަނޑު މެންގެ ފަރުދީޒިންމާ އަދާކޮށް ކުނިވަކިކުރާނަން، މިހާރު ކުނިތައް ފާހަނގަ ކުރަމުން މިދަނީ،
ޒިންމާ
03 June 2022
ޒިންމާ ގަބޫލު ކުރެވޭ. އަހަރެންގެ މާހައުލު ރަގަޅުކުރެވޭނީ، އހަރެން އަމިއްލައަށް މަސައްކަތްކޮށް އަހަރެންގެ ތިމާވެށްޓަށް ލޯބިވެވިގެން. ލޯބިވެސްވެވޭ، ހުރުމަތްތެރިވެސް ކުރެވޭ، އަދި ބޭނުްނަވަނީ އަހަރެންގެ ކުޑަ ދެކުދީންނަށްވެސް މިކަަންތަކުގެ މުހިއްމުކަން ދަސްކޮށްދެވޭތޯ ބަލާނަން. އިރާދަކުރެއްވިއްޔާ ރަގަޅުވާނެ.
އުސްމާނުބެ
03 June 2022
ބޭފުޅާ ހޮއްވަވާފަ ތިހުންނަވަނީ ފަރުދީޒިންމާނަގަން ހަދާން ކޮއްދެއްވާކައް ނޫން. މިހާރު އެއްކޮތަޅުގެ ބަދަލުގައި 3 ކޮތަޅު ނެރެން ޖުހުން ވާއެއްޗެއް ނުވިސްނުން ކުނި މެނޭޖް ކުރަންށޭ މިބުނާ ބުނުމެއް. ކަންކަން ތިންތިޒާމު ކޮއް ކުރެވޭނެ ގޮތް ރާވާފަ ދެން އިތުރު ވާހަކަ ދައްކަވާ.
ބޮޑުމީހާ
03 June 2022
ބަލަ ރައްޔިތުންނަށް ފަރުފީ ޒިންމާ. މަނިކްފާނު މިގައުމުގެ ވަލިއްޔުލްއަމްރު އެންމެ ޒިންމާ ބޮޑު މަގާމުގައި ހުރެ ކުރީ ކީއްތޯ ބަލަންއެބަޖެހޭ. 37 ބިލިއަން ރުފިޔާގެ ދަރަނި. މިފައިސާއަށް ހެދީ ކިހިނެއް! އަހަރުމެންނަށް ޒިންމާ! މަނިކްފާނަށް ފައިސާ!
ރަސްގެފާނުގެދަރި
03 June 2022
ގަނޑުވަރުގައި ކުނި ވަކި ކުރާ މީހުން ތިބޭ. ބާނދީން ތިބޭ. ކޮބާ ފަރުދީ ޒިންމާ
ތީއެއްކަލަ
03 June 2022
ތިއަނެއްކާ ބޮލުންކަޑުވާލީ ދޯ! ސާބަހޭ. ހެހެހެ.
މަގޭ ފަރީދުގެ ޒިންމާ
03 June 2022
2023 ގަ ނިކަން ފުރިހަމައަށް ކުނި ވަކި ކުރާނަން ރިޔާސީ އިންތިހާބުގަ. އޭގެކުރީން ދަަނީ ކުނި ވަކިކުރުމުގެ ކެމްޕޭންތައް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގަ. މިފަހަރު ފަރުދީ ޒިންމާއެއްގެ ގޮތުގަ މިގައުމުން ކުނި ވަކިކުރަން މަމި ނިކުންނަނީ. މަގިނަ އަހަރުތަކެއް ވެއްޖެ ކުނި ވަކިކުރަން ރައްޔިތުންނަށް ދަސްނުވެ އުޅޭތާ. މިފަހަރު އެކަން ދަސްވާނެ. ކުނި ބޭރު ކުރުމުގަ ދިވެހީން 2023 އަދި 2024 ގެ އިންތިހާބުތަކުން ދައްކާލަ ދޭނެ. މީމަގޭ ފަރުދީ ޒިންމާ މަށާއެކު ނިކުމޭ