އެއާ އިންޑިއާގެ ބޯޓެއް ރަންވޭގައި. ރާއްޖެ އަންނަ އޮތް އެއާ އިންޑިއާ ފްލައިޓެއްގައި މައްސަލައެއް ދިމާވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި
06 ޖޫން 2022 - 16:05
އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި ފްލައިޓުގެ ލޭންޑިން ގިއަރުގައި މައްސަލައެއް ދިމާވެ، އިމަޖެންސީގައި މުމްބާއީއަށް ޖައްސައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މައްސަލަ ޖެހުނީ އެއާ އިންޑިއާގެ ޕްލައިޓް 265 އަށެވެ. ދިވެހިން ތިބި މި ބޯޓު މުމްބާއީއަށް އިމަޖެންސީގައި ޖެއްސި ނަމަވެސް، އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ލޭންޑިން ގިއަރުގައި ހައިޑްރޯލިކް މައްސަލައެއް އުޅޭކަން ފާހަގަވީ ބޯޓު ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަމަށްވެ އެވެ. މެންދުރު ފަހު ނައްޓާލި މި ބޯޓު މާލެ އަންނަން އޮތީ އިރުއޮއްސި 6:30 ހާއިރު އެވެ. ފްލައިޓުގައި ދިވެހިން ތިބި ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެއާއިންޑިއާގެ ބޯޓު އިމަޖެންސީގައި ޖައްސަން ދިޔަ މަގު
އެ ފަސިންޖަރުން ދެން އަނބުރާ މާލެ އަންނާނީ ކޮން އިރަކު ކަމެއް ވެސް ނޭނގެ އެވެ.
ބޯޓު ދިގު ދަތުރެއްކޮށް މުމްބާއީއަށް ދިޔައީ އެއާއިންޑިއާގެ އިންޖިނިއަރިން ޓީމު ގާއިމުވެ ތިބެނީ އެތަނުގައި ކަމަށް ވާތީ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރުތައް ހުއްޓާލުމަށް ފަހު އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓު އެ އެއާލއިނުން އަޅަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
07 June 2022
ޜާއްޖެ އަންނަން އަޅާތެލުން ދެކޮޅު އެބައެޅޭ މަމްބާއީއަށް އެހެންވީމަތާރާއްޖެ ޓިކެޓް މިއަގުބޮޑުވަނީ އެހެންތާވާނީ އަންނަންމިޖިހެނީ 2ގަޑިއިރު ރާއްޖެމތީގައި ބުރުޖަހާލަ ޖަހާލަ އޮވެވޭގޮތަށްވިއްޔަ ދެން އޮތީ މަމްބާއީއަށް ދިޔުން އެއަރއިންޑިޔާއަށް ހަރަދުކުޑަވާތީވެ އެދިޔައީ އެހެންބައެއްގެ އިންޖިނިޔަރިންގ ޓީމަކުން ހެއްދުމަށްވުރެ އަދި ސްޕެއަރ ސްޓޮކްއެވެއިލަބަލް އަށްވެސް ބެލުމަށްފަހު ކަމަށްވެދާނެ ދެން އޮތީ ކަސްޓަމަރުން ރިސްކަށްވެއްޓޭނީ ލޭންޑިންގަ ކުރީ އެއްލޭންޑ
ސަލެންބާގާ
07 June 2022
ފްލައިޓަކަށް އިމޖެންސީއެއް ދިމާވިއިރު އޮތް ހިސާބުގައި ވަށައިގެން އެތައް އެއާޕޯޓުތަކެއް އޮތުމުގެ އިތުރުން ފްލައިޓުގެ އޮރިޖިން އާ ޑެސްޓިނޭޝަނަށްވުރެ 3 ގުނަ ދުރުގަ އޮތް އެއާޕޯޓަކަށް ޑައިވާރޓްކުރުން ރަނގަޅުކަމަށް މިތާ ޖަސްޓިފައިކޮށް ކޮމެންޓްކުރާ މީހުންނަށް އެކަމުގެ ރިސްކް އެބަ ވިސްނޭ ބާވައެވެ. އެއާ އިންޑިއާއިން އެބެލީ ކުންފުނީގެ މަސްލަޙަތަށެވެ. ފަސިންޖަރުންގެ މަސްލަހަތު އޮތީ މައްސަލައެއް ދިމާވެފައިވާ ފްލައިޓަކުން ވީއެންމެ އަވަހަކަށް ފޭބުމެވެ.
ސަލެންބާގާ
07 June 2022
ފތާ ކޮމެންޓް ކުރާ މި ވިސްނަނީ ނޭފަތު ކުރިން.
ހިތަދޫ ހުސެން
06 June 2022
ދެން މިތަނުގަ ކޮމެންޓް ކުރާ އެންމެންނަކީ ފަހެ އިނގިނީރުން، މި ދޭތެރޭން ހުސް އެކޮނޮމިސްޓުން ރާއްޖެ ބަނގުރޫޓްވެސް ކޮއްފި!
ކީއްވެކަމެއް ނޭނގުން
06 June 2022
މަބުނީ ކީއްވެ އަނބުރާ ބެންގަލޫރަށް ނުދިޔޭ، ހާދަ ދުރަކަށޭ ޖައްސަން އެދިޔޭ
ކާޅޭ
06 June 2022
ޚަބަރު ކިޔާލާފަ ކޮމެންޓކޮށްލައްވާ.
ގޫގުލް ސޮހޮލު
06 June 2022
ޢެއީ ބޯޓުގައި ބައިވަރު ތެޔޮހުރީމަ އެތެޔޮއެޔޮ އަންދާލާފަ ބޯޓު ޖެއްސޭނީ
ބޯގަޅި
06 June 2022
ރަނގަޅައްކިޔާފަ ކޮމެންޓް ކޮއްބަލަ،
ޖަހަންގީރު
06 June 2022
ތީކީ އިމާޖެންސީގަ ޖައްސާފައެއް ނޫންކަން ދަތުރުގެ ރޫޓުން އެބަ އިނގޭ. ފްލައިޓް އަނބުރާލިއިރު އެ ހިސާބުގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ޓްރިވެންޑްރަމް އަދި ކޮޗިން އެއާޕޯޓް އެއޮތީ ޖެހިފަ. އެކަމަކު ފްލައިޓްގެ އޮރިޖިން އަދި ޑެސްޓިނޭޝަން އެއާޕޯޓަށްވުރެ ވެސް ތިންގުނަ ދުރުގަ އޮތް އެއާޕޯޓަކަށް ދާންޖެހުނީ ކައިރީގައި ހުރި އެއްވެސް އެއާޕޯޓަކުން ކްލިއަރެންސް ނުދިނީމަތޯ ސުވާލު އުފެދޭ. ހަމަ ނުދީ ވެސް ފާނެ. އެނީތިންގ ކެން ހެޕަން އިން އިންކްރެޑިބަލް އިންޑިއާ
ގަމާރު ނަންބަރު 1
06 June 2022
ބޯޓު ދިގު ދަތުރެއްކޮށް މުމްބާއީއަށް ދިޔައީ އެއާއިންޑިއާގެ އިންޖިނިއަރިން ޓީމު ގާއިމުވެ ތިބެނީ އެތަނުގައި ކަމަށް ވާތީ އެވެ. ހެޑިން ކިޔާފަ ކޮމެންޓް ކޮށްލީތަ؟ ނޫނީ ހަމަ ގަމާރީތަ؟
ފަހުދު
06 June 2022
އެމީހުން ގަތަރުމަތީގަ އޮއްވާ މައްސަލައެއް ޖެހުނަސް ދާނީ މުމްބާއީއަޝޯލަ. އިންޖިނިއަރުން ަތިބެނީ އެތަނުގަ ޔޯލަ.
ޕައިލެޓް_އެމްވީ
07 June 2022
ގަމާރު ނަންބަރު 1 އަށް ބުނެލަން އޮތީ އެހެން މީހުންނަށް ގަމާރަށް ގޮވުމުގެ ބަދަލުގަ ތިމާ މީހާ ފުރަތަމަ އެހެން މީހުން ކުރާ ކޮމެންޓު ރަގަޅަށް ކިޔާފަ ފަހުމްވެގެން އެއަށް ރައްދުދޭށޭ. މިތާ ޖަހަންގީރި އެބަ ބުނޭ އިމޖެންސީގަ ޖައްސާފަ ކަމަކަށް ގަބޫލެއް ނުކުރެވޭ. ދެން ފްލައިޓެއް އިމާރޖެންސީކޮށް ޖައްސަން ޖެހޭ ކިތައްމެ ގޮތްތަކެއް ހުރޭ. އޭގެ ތެރެއިން އެންމެ ނުރައްކާ ޙާލަތުގަ އޮތްތަނަށް ވައްޓާލާނީ. މިފަހަރު ކަންކުރިގޮތުން އިނގޭ އެވަރުގެ އިމާޖެންސީއެއް ނޫންކަން.