ކަސްޓަމްސްގެ މައި އިމާރާތް: އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ވަނީ އަތުލައިގެންފައި -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
09 ޖޫން 2022 - 14:48
އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކުރީ މިދިޔަ މަހު 30 ގައި ކަމަށެވެ.
އެއީ ސްރީ ލަންކަން އެއާލައިންސުން ރާއްޖެ އައި މީހެއް ކަމަށާއި އޭނާ އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުވެގެން ބަލައި ފާސްކޮށް، އިތުރަށް ސްކޭންކުރުމުން އެ ތަކެތި ފެނުނީ ކަމަށް ބުންޏެވެ.
"މީނާގެ އެތެރެހަށިން 80 ބުލެޓް ނެގިފައިވާއިރު، މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިން އަށް ޕޮޒިޓިވްވެފަ އެވެ،" ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 852 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ހަރުދަނާކުރުން ފުޅާކުރުމަށް، ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތައާރަފުކޮށް މާލެ އާއި ރަށްރަށުގެ ކަސްޓަމަސްގެ އިދާރާތަކުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
09 June 2022
ފޯނު ރިޕެއަރ ކުރާ ތަންތަން ހުޅުވައިގެން އުޅޭ ބަންގާޅު މީހުން، އެ ފިހާރަ ތަކަށް ގެންނަ އެކްސަސަރީސްތައް ގެންނަނީ ބަނގްލަޑޭޝްއިން. އެސާމާނު ގެންނަނީ އެގައުމުން ރާއްޖެ އަންނަ މީހުންގެ އަތަަށްދީގެން. ފޯން ޗާޖަރު ކަހަލަ ތަކެތީގެ ތެރެއަށް ޑްރަގް އަޅައިގެން ރާއްޖެއަށް ސްމަގްލް ކުރޭ. އެގެންނަ މީހާއަށް ވެސް ނޭނގޭ އޭނައަތުގައި ޑްރަގް ހުންނަ ކަމެއް.
ޑުރަގު
09 June 2022
ހެޑްލައިން ހަދާލަނީދޯ! މިއީ ޙައިރާންވާވަރުގެ ކަމެކެވެ. ހޯދާވަރުން އެބަހޯދައެވެ. އެކަމަކު ޝަރީޢަތާއިހަމައަށްދާއިރު އެކަންއޮންނަނީ ފޫގޮސް ޝަރީޢަތެއް ނުކުރެވޭހިސާބަށްގޮއްސައެވެ. ވާގޮތެއް ބުނާކަށްނޭނގެއެވެ. ވާއެއްކަމެއް އޮވެއެވެ. ނޫސްތަކުން ފަލަސުރުޚީ ލިބެއެވެ.
ބަރުބާދު
09 June 2022
ތިޔަ ބްލެޓްތައްހުރި އެތެރެހަށީގެ މަގުމަތީ އަގުވެސް ޖަހާލިނަމަ.
ރަދީފްއޮފިޝަލް
09 June 2022
80 ބުލެޓް!! އެއްޗެއް ފަޅައިގެން ދިޔަނަމަ މަރުވީސް ދޯ.މިމީހުން ބިރެއް ވެސް ނުގަނޭ ދޯ.ލަދު ކޮބާ؟؟ ވ.ވެދުން
2050
09 June 2022
ތިސަކަރާތްވީ. ތިކަހަލަ މީހުން ހައްޔަރުނުކޮށްބަލަ. ތިޔައީ އަންނަމަހު ހައްޖަށްދާން އުޅޭ މީހެއްކަމަށްވާނީ.
ނިއުސްޑެސްކު
09 June 2022
ކޮންގައުމެއްގެ މީހެއް؟ ދިވެއްސެއްތަ؟ ކޮން ގައުމަކުން އައީ؟
ށަވިޔަނި
09 June 2022
ދުވަސްކޮޅެއްގެ ކަމެއް. ދޫވެދާނެ.
ނިކަމެތިރައްޔިތުމީހާ
09 June 2022
ކޮންމެ ވެސް އިޖުރައަތަކާއި ހިލާފު ވެގެން ނުވަތަ ތި އެއްޗިއްސަކީ އޭނާގެ އެއްޗެއްކަން ސާބިތު ނުކުރެވިގެން ތި މައްސަލަ ނިމޭނީ! ތިވެދާނެ އޭނަ ރެސްޓޯރަންޓަކުން ކެއި ރަވިއޯލީގެ ތެރޭ ހުރި އެއްޗަކަށްވެސ!
އޭނާގެ ބަނޑު ބެލީ ކޯރޓް އޯޑަރ ނެތި ކަމަށް ވާތީ އޭނާގެ މައްޗަށް އުފުލި ދަޢްވާ ބޭރުކޮށްލަިފީމެވެ.
09 June 2022
ޏުނުނޭ