ހިޔާ ފްލެޓްގެ ކުއްޔާ ބެހޭގޮތުން ފްލެޓްތަކުގައި ހަރުކުރި ބެނާތަކެއް: ކުލި ނެގުން ފަސްކުރުމުގެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/މިހާރު
09 ޖޫން 2022 - 16:48
ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން ހިޔާ ޔޫނިއަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ ޖަމިއްޔާއަކީ އެ މައްސަލާގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ފަރާތެއް ކަމަށް ނިންމައި އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި ހިޔާ ޔޫނިއަން އިން ސިވިލް ކޯޓަށް ހުށަހެޅީ އެތަނުގައި ފިނިޝިންގެ މަސައްކަތްތަކަށް ހަރަދުވި ފައިސާ ކުލިން މާފުކޮށްދިނުމަށް ނުވަތަ އެ އަދަދު ހަމަވަންދެން ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި އެވެ. އަދި އެއްބަސްވުމުގައި ހުރި ގާނޫނާ ހިލާފު މާއްދާތަކާ މެދު ގޮތެއް ނިންމައި ދިނުމަށެވެ.
އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެޗްޑީސީގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެ ކުންފުނިން ކޯޓުގައި ބުނީ ހިޔާ ޔޫނިއަންއަކީ ހިޔާ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެ ޖަމިއްޔާ އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހިޔާ ފްލެޓްތަކުގައި 6،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭއިރު، ކުލި ފަސްކުރުމުގެ ޕެޓިޝަންގައި ސޮއިކުރީ 2،039 މީހަކު ކަމަށެވެ. އަދި އެއީ ދައުވާ ކުރުމުގެ ހައިސިއްޔަތުން ހިޔާ ޔޫނިއަން އަށް ލިބިދޭ ޕެޓިޝަނެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.
ހުކުމުގައި ވަނީ ހިޔާ ޔޫނިއަންއަކީ ފްލެޓް އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށާއި އެއްބަސްވުމުގެ ބައިވެރިންނަކީ އެޗްޑީސީ އާއި ފްލެޓް ލިބުނު ވަކިވަކި މީހުން ކަމަށެވެ. އަދި ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ތެރެއަށް މަދަނީ ޖަމިއްޔާތަކަށް ވަދެވޭ ނަމަ އެއީ ނުބައި ދޮރެއް ހުޅުވުން ކަމަށް އެ ހުކުމުގައި ވެ އެވެ.
ގާޒީ ރިޒްމީނާ އިދުރީސް އިއްވެވި ހުކުމުގައި ވަނީ ފްލެޓް އެއްބަސްވުމާ ގުޅިގެން ދައުވާ ކުރުމުގެ ހައިސިއްޔަތު ހިޔާ ޔޫނިއަން އަށް ލިބިގެން ނުވާތީ ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
11 June 2022
ދިވެހިންގެ ބިމުން މިލިއިންނުން ފައިދާނަގާ ، ދައުލަތައް ދިވެހިރައްޔިތުންނައް ދައްކަންޖެހޭ ފައިސާ ނުދައްކާ އެބައުޅެވޭ މިއީ އަޅުވެތިކަމުގެ ސިފަތައް ރައްޔިތުން ނިދާފަ ނުތިބެ ހޭލާ
ކިލޯނާ
11 June 2022
ތެދެއް މިބުނީ، އަހަރެން މިހާރު ލަދުގަންނަ ހިސާބަށް ގޮއްސި ހިޔާ ފުލެޓުގަޔޭ އުޅެނީ ބުނަންވެސް... މަ ދަންނަ އެކަކުވެސް ދުވަހަކު އުޅުނު ގޮތަކަށްނޫން މިތާ ބައެއް މީހުން އުޅެނީ. ދިވެހީންނޭ ބުނަންވެސް އުނދަގޫ އެއީ. އަހަރުމެންނަކީ މުސްލިމުން. ވައުދެއް ވިއްޔާ ފުށްދަން ޖެހޭނެ. ކަމަކާ އެއްބަސްވެއްޖެޔާ ކުރަންޖެހޭނެ. ކުރިން އަދި އުޅުނީ މާ ބޮޑު ކުއްޔެއް ދައްކައިގެން. ތަނެއް ހިފަންޏާ ހަމަ ޑައުން ޕޭމަންޓަށް ދައްކާ އަދަދާ ދާދި އެއް އަގަށް އަހަރެން މިތަން ހެދީ
ކަރުބުޑު
10 June 2022
ފައުސާނުދައްކާ ފުލެޓުތައް އަތުލާ.
ކުރީ ސަރކާރ
10 June 2022
ހިޔާ ފްލެޓަކީ ކުރީ ސަރުކާރުން ޓައިލްސް ޖަހާ ނިންމާފަ އަދި ކުރީ ސަރުކާރުން ހަވާލުކޮށްފައި ހުރި ތަންތައް އެއީ 2019 ގައި. މިހާރު މީހުން އެތާ އުޅޭތާ އެވީ 4 އަހަރު. ވީމާ ކުލި ދެން ޖެހޭނީ ދައްކަން. 4 އަހަރަކީ ދިގު މުއްދަތެއް ކުލި ނުދައްކާ އުޅެން.
ގުދުގުދާބެއްޔާ
10 June 2022
ރަށުން ފުންމާލިގޮތައް އައިސް އުޅޭ މީހުން އެ ހިޔާފުލެޓްގައި ގިނައީ! ކޮލިޓީއެއް ނުހުންނާނެ!
އައްޗީޑިސީ
10 June 2022
ހިޔާ ޔޫނިއަން އަށް މަގޭ ޕަވާ އޮފް އެޓާނީ ދީފާނަން ތިކަމުގަ. މަވެސް ގަބޫލެއްނުކުރަން ހައްޤު މިންވަރުކަމަކަށް އެޗްޑިސީން އަހަރެމެންގެ ބޮލުގަ އަޅުވައިގެން އުޅެކަމަކަށް. މަޖުބޫރީ ޒަރޫރީ ހާލަތުތަކެއް މެދުވެރިކޮށް ރައްޔިތުންނަށް ސޯޝަލް ހައުސިންގެޢެ ކިޔާފަ ބޮޑު ބުރައެއް ބޮލުގަ އެޅުވިގެން ނުވާނެ. ތަނުގަ ހުރި ޑިފެކަޓްސްވެސް ހަވާލުވއިރު ހުންނާނެ ޏޮޓުކޮއްފަ. ގުޅިމަވެސް އަދި އަދައްދާންދެންވެސް ހިރުވާނުލާ ތިބުނާ އެޗްޑީސީއަކުން.
އޮރެންޖް
10 June 2022
އެޗްޑީސީ އުވާލަންވީ. މިހާރުވެސް އަހަރެން ގަބޫލެއް ނުކުރަން ކުރީގެ އެޗްޑީސީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މިހާރުގެ އެޗްޑީސީ ހައުސިން ޑިވް ކޯޕަރޭޝަން އެއީ އެއްތަނެއްކަމަކަށް. އެބްރެވިއޭޝަން އާ އިމާރަތަކީ އެއް ތަނެއް. ނަމަވެސް މިހާރުގެ ރައީސް ކުންފުނީގެ ނަން ބަދަލުކުރީ ފޯކަސްވެސް ބަދަލުކޮށްފަ.
އަޙުމަދު.
10 June 2022
ޙިޔާ ޔުނިޔަން ނަކާ އޮނިޔަން އަކާ ހަދައިގެން މިގަންނަ ގަނޑު ކިހާރީތި. ކާކުތަބުނީ ކުލިނުދެއްކޭ ހާލުގަވެސް ފުލެޓަށް ކުރިމަތިލައިގެން ފުލެޓްހޯދައިގެން ތިތަނަށް ވަދެ ތިބޭށޭ ؟ ނުދެއްކެންނާ އަވަހަށް ނިކުމޭ ކުލިދައްކައިގެން އުޅޭނެ މީހުން އެބަތިބި. ތީވެސް ބަޔަކު އަޑީގަ ތިބެގެން ޖައްސާގޭމެއް.
ހހހހ
10 June 2022
ކުރިމަތިލީ 7000 ޢާމްދަނީއަށް ލިބޭ ޝަރުތާ އެއްގޮތަށް. ނޭގޭ ވާހަކަ ނުދެއްކުން ބުއްދިވެރި.
ރޯނު އެދުރުބާއި
10 June 2022
ހިޔާ ޔޫނިއަން އޭ ކިޔައިގެން ފްލެޓު ތަކުގައި އުޅޭ މީހުންނަށް ތިދެނީ ވަރައް ބޮޑު އަނިޔާއެއް. އެމީހުން ގަވައިދުގައިވާ ގޮތައް ކުލި ދައްކަމުން ދިޔަނަމަ މިހާރު އިތުރު ޖޫރިމަނާ ނާރާނެ. އެޗްޑީސީއިން އެއްބަސްވުން ހެދީ ވަކިވަކި ފަރުދުންނާ އެމީހުން އަމިއްލަ އިހުތިޔާރުގައި އެތަން ހުރިގޮތް ލޮލުން ދެކިފައި. އެހެންވީމަ އެމީހުން އެގުރިމެންޓު ހެދުމަށް ފަހު އެއިގެން ބަރީއަ ނުވެވޭނެ. ތިބެން ބޭނުމިއްޔާ ކުލި ދައްކަން ޖެހޭ. ނޫނީ ފަހުން ލިބޭ ގެއްލުން ބޮޑުވާނެ.
ރަށުމީހާހ
10 June 2022
އާ ރިސޯޓު އޯނަރުންނަށް މަޢާފް ކުރެވޭނެ
ޞިޗަ
10 June 2022
ބުރޯ ރިސޯޓް ތައް ވެސް ނަގަނީ އެތަންތަން ބަލާފަ.ކަލޭމެން ތިހާ ކޮމެންޓެއް ނުކުރޭ އެމީހުން ރިސޯޓް ކުލި ނުދެއް ކިޔަސް.ހާދަ ވަރެއް ވެޔޭ.
ފިޔަވަހި 2- ގެ 16 ޓަވަރުގެ 27 ހާސް މީޙުންގެ ރުއިމާ ވޭނުގެ އަޑު
10 June 2022
މައްސަލައަކީ ތަން ނުނިންމާ ދިނުމުން ތަން ލިބުނުމޯހާ ލޯނު ނަގައިގެން ތަން ހަދަން ބޮޑެތި ޚަރަދުތަކެއް ހިންގަން ޖެހުން މިކަމުގެ ސަބަބުން އެމްޑީޕީ އިސްވެ މިއޮތް ކޮއިލިޝަން ސަރުކާރުން ބޮޑުކުރި އަގު 8500 ދެއްކުން ވޭނަކަށް ވީ އެވެ ތަން ލިބުނު މީހާ ތަން ހެދުމުގައި ބައިވެެިވެ ކުޅަ ޚަރަދާ މެދު ނޫސްވެރިން ރައީސާ ސުވާލު ނުކުރާތީ މަ ކަންބޮޑު ވަމެވެ މިހެންވެ އެންމެން ދައްކަންވީ ތަންހަދަން ފެށިއިރު ކަނޑައަޅަފަ އޮތް 5600 ރ އެވެ އިތުރަށް ދެއްކުމެއް ނެތެވެ
ރޯކުއްޖާ
10 June 2022
އެގްރީމެންޓުގަ ސޮއިކުރީ ތަން ހުރިގޮތް ބަލައި އަމިއްލަ އިޚްތިޔާރުގައި ހެކިވެރިންގެ ހާޒިރުގައި
ޢަޙުމަދު.
10 June 2022
ބަލަ އެގްރިމެންޓްގަ ސޮއިކުރިއިރު ތަން ހުރިގޮތާ ތަނުގެ ކުއްޔާ މި ހުރިހާކަމެއް ހުރިގޮތް އެނގި ތިބެގެން ސޮއިކުރުމަށް ފަހު ދެން ކޮންވާހަކައެއް ތިދައްކަނީ. ކާކުތޯބުނީ ކުލި ނުދެއްކޭ ހާލުގަވެސް ތިތަނަށް ވަންނާށޭ .
ގުދުގުދާބެއްޔާ
10 June 2022
ހިޔާ ފުލެޓް ލިބުނު މަގޭ ރައްޓެހި ގާނޫނީ ވަކީލަކު ބުނީ ކުލި ކުޑަ ނުކުރަނީސް ފައިސާއެއް ނުދައްކާނަމޯ!! މަބުނިން ތިޔަ ފައިސާ އެޗްޑީސީއިން އަތުލާނެޔޭ! އަވަހަށް ތިޔަދައްކާ ބޮލުން ނައްތާލާށޭ! އޭނާ ޖަވާބުގައި ބުނީ ނުދައްކާނަމޯ!!؟ މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ! ހަމަ ޖެހޭނީ 8500ރ އާއި އެކު ނުދެއްކިވާ ހުރިހާ ދުވަހެއްގެ ފައިސާއާއި ޖޫރިނަމާ އެއްކޮއް ދައްކަން! އެހެންނޫނީ ދެންއޮތީ ކޯޓްމަރުހަލާ! ފަހަރުގާ ފުލެޓް އަތުލަން ހުކުމްވެސް ކޮއްފާނެ!
އަޙުމަދު.
10 June 2022
ލޯޔަރެއްވިމަ ގަދަބަސް ބުނެލީ ކަމަށްވެދާނެ. ޢެކި އެކި ފަރުދުންގެ މައްސަލަތަކުގަ ލޯޔަރުކަން ކުރާ ބައެއް ލޯޔަރުން ދެކޮޅުން ކާގޮތަށް ތިކަންވެސް ބަދަލުވެދާނެ ކަމަށް ހީކުރަނީ ތޯއްޗެ.