ހުޅުމާލޭ 2 ގައި ހުންނަ ފްލެޓްތައް: ހިޔާ ފްލެޓުތަކުގެ އެއްބަސްވުމާއި އަގަށް ގެނައި ބަދަލު އެޗްޑީސީގެ ޕޯޓަލް އިން ފެންނަ ގޮތް މިހާރު ވަނީ ހަދައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޑިސެމްބަރ 2025 - 14:59
ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓްތަކުގެ އަގަށް ގެނެސްފައިވާ ބަދަލު އެޗްޑީސީގެ "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް މިއަދު ހަދައިފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ބޭނުމަށް ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް ގެނެސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ.
އެއީ ހިޔާ ފުލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް މިހާރު "މައި ހުޅުމާލެ ޕޯޓަލް" ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައި، ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން ފްލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ އެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
ހިޔާ ފުލެޓުތަކުގެ އަގަށް ގެނެވިފައި ވާ ބަދަލުގެ އެއްބަސްވުމުގެ އިސްލާހާއި ގުޅޭ
— Housing Development Corporation (@hdcmaldives) December 4, 2025
އިތުރު މައުލޫމާތު: https://t.co/7wu5tagj3G#withHDC pic.twitter.com/9w1BMdv2pg
ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ހަރަދު އަނބުރާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސްގެ އެ ވައުދު ފުއްދުމަށްޓަކާ ހިޔާ ފްލެޓްތަކުގެ ކުލިން 200،000ރ. ކުޑަކޮށްދޭން ސަރުކާރުން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. ސަރުކާރުން އެކަން ކުރަން ނިންމީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްގެންނެވެ. އެހެންވެ، މިހާރު އެ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު މަހަކު 4،984ރ. އެވެ.
ހިޔާގެ 16 ޓަވަރުގައި 6,720 ފްލެޓު ހުރެ އެވެ. އެތަނުގެ ކުލީގެ ގޮތުން އެންމެ ފުރަތަމަ ކުރީގެ ސަރުކާރުން ކަނޑައެޅީ މަހަކު 7،500ރ. އެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2023 ވަނަ އަހަރުގެ މެއި މަހު، ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާސް
04 December 2025
ހިޔާގެ އަގު 2،250،000 ތަން ހަދަން އެތައް ފައިސާއެއް ހޭދަވި. އަދި އެޕާޓްމެންޓުގެ މަތީ ޝީޓުން ފެންފައިބަން ފެށިއިރު ވެރިޔަކަށްހުރީ އިބޫ އޭގެ ފަހުން މުއިއްޒު ވެރިކަން މިހާރު ދެން ނިމެންދަނީ ހައްލެއް ނުކޮށްދެވުނު. އެކަމަކު ކުލި ނުދިނިއްޔާ ޖޫރިމަނާ ކުރޭ. އެޗްޑީސީއަށް ޝަކުވާ ކުރެވުނު އަދަދެއް ނޭންގޭ.
ގުދުގުދާބެއްޔާ
04 December 2025
މިމީހުން މިވަރު ކުޑަކޮއްގެންވެސް ނުދައްކާނެ! އަބަދުވެސް ކިޔަނީ މާލޭ މީހުންނަށް 18 މިލިޔަންގެ ބިން ހިލޭ ދީފަ ތިމަންނަމެން އެކައްޗެއްވެސް ނުޖެހޭނެޔޯ ދައްކާކަށް! މިމީުންނަށް ވެސް ގޯތި ދިނީ މިމީހުންގެ ރަށުން ދައުލަތުގެ ފައިސާއިން ހިއްކާފަ ހިލޭ! ދެން ބުަނީ ވިލިގިއްޔާ ހުޅުމާލެ ގުޅީފަޅު ގިރާވަރު ފަޅަކީ އަދި ރަސްމާލެއަކީ މާލޭގެ ބައެއް ނޫނޭ! އެހެން ވީއިރު މަރަދޫ ފޭދޫއަކީ އައްޑޫއެއް ނޫނޭ!
އޮނަރަބްލް އަފީފު ދީދީ
04 December 2025
ގުދުގުދާބެއްޔާ، އެންމެނަށް ހާމައަށް ފެންނާން ހުރި ކަމެއް އޮޅުވާލަން ނޫޅޭ. މާލޭސަރުކާރުން މިހާތަނަށް ތަރައްޤީކުރި ހުރިހާ ފުލެޓް ތަކެއް ވެސް ދީފައިވަނީ މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅުގެ މީހުނަށް އިސްކަން ދީގެން "ތިރަށު މީހުންގެ ކަށިމައްޗަށް ޕޮއިންޓް ލިބޭ ރޭސިސްޓް ސިޔާސަތުގެ ދަށުން" ސީދާ ކ.އަތޮޅު މާލޭ މީހުނަށް. އެކަމަކު ކަމުގެ ޙަޤީގަތް އޮޅުވާލަން މާލޭ ދަފުތަރު މީހުނަށާއި ތިރަށުގައި ދިރިއުޅޭ އެހެން ރަށްރަށު މީހުނަށް މަދު ފުލެޓް ތަކެއް ދޫކުރި.
އުސްމާނުބެ
05 December 2025
އޮނަރަބްލް އަފީފު ދީދީ މަވަރައް ބޭނުން ބަލާނަން ، މިހާރު ނޫހުން ވިޔަސް އޭގެ ސާވޭއެއް ހަދާލަބަލަ ، ކޮންބައެއްގެ ނަމުގަތޯ ތަންނަތް ހުރީ ، ރައްރަށުން ބިން ހިއްކައިގެން އެރަށުމީހުނައް ގޯތިލިބޭ ގޮތައް މިރަށު މީހުންނައްވެސް ލިބެން ޖެހޭނެ .. މިހާރު ނޫހުން ވަރައް ބޮޑު ރިކުއެސްޓެއް ،
ތަފްސީލު
04 December 2025
ރައީސް ކެންޕެއިން ތެރޭ ވިދާޅުވި، ހިޔާ ފިނިސިންނަށް ދިޔަ ހަރަދުގެ ބަދަލުގަ 2 ލައްކަ ލިބޭނެ ކަމަށް، އަދި ހިޔާ ފުލެޓްތަކުގެ ކުލި 5600ރ އަށް ތިރި ކޮށްދޭނެ ކަމަށް، ނަމަމަވެސް އެޗްޑީސީން ފޮނުވާފައިވާ ޕޭމަންޓް ސެޑިއުލް އިން އެނގޭ ގޮތުގައި، 2 ލައްކަ ޢުނިކޮށް ނިމުނުން، 2030 ވަނަ އަހަރުން ފެށިން 8500ރ ދައްކަން ޖެހޭކަން، އެހެންކަމުން 5600ރ އަށް ކުޑަކޮށްދޭން ބުނި ވައުދު ފުއްދަނީ ކޮން އިރަކުންތޯ؟!
ބިއްލޫރި ޓަނަލް
04 December 2025
ވިނަރެސް ފްލެޓް ގަތް މީހުންނަށްވެސް ތި ވަޢުދުވި. އަދި އެ ފައިސާ ލިބޭނެކަމަށް މީގެ އަހަރެއްކުރިން އިޢުލާން ކުރި. އެކަމަކު ހަރާން ވީކަމެއް.
ޖައިޝަރު
04 December 2025
ތިހިޔާ ފްލެޓުގެ އގުއަގުހެޔޮކުރުިމުންވެސް ފައިސާ ނުދައްކާ %60 މީހުން އުޅޭކަމަށް އެޗްޑީސީ އިން ކުރިން ބުނި. ފައިސާ ނުދައްކާ އެގޮތަށް ބެހެއްޓިގެންވުވާނެ. އެތަންތަން އެމީހުންއަތުން އތުލާ ފައިސާ ދައްކައިގެން ތިބޭނެ ފަރާތަކަށް ދޫކުރުން މުހިއްމު.
އަލިކޮއި
04 December 2025
4 ފާރު ދިނީމަ އެހެންވާނީ. އެޕާރޓްމެންޓް ހަދަންދިޔަ ހަރަދު، ލޯނު ދައްކާ ނިމުނީމަ ތިޔަ އިންސްޓޯލްމެންޓް ލާރި ދެއްކެން ފެށޭނީ. އަދި އެބައޮތް 1 އަހަރު.
އަނދިރިކޮއި
05 December 2025
އަލިކޮއި ތިތަނަށް ވަތްއިރު ނޭނގޭތަ ވަދެވުނީ 4 ފާރެއްތެރެއަށް ކަމެއް؟ ތިމާގެ ނެތް ފެންވަރުން އެގްރިމެންޓްގައި ސޮއިކޮށް ލޯނު ނަަގައިން ކުލި ނުދެއްކޭއިރު ގޮސް ވަނީ ކީއްކުރަން
ޝަރުތު
04 December 2025
200000 ރުފިޔާ ގަނޑުކޮށް ދޭނެ ކަމަށް ބަލާފަ ވޯޓު ދިނީ. އެކަމަކު.......
މޯލު
04 December 2025
ދައްކަވަން ހުރިތަނެއްދައްކަވާނެ....
އ.ނ.ތ
04 December 2025
ކުއްޔަދީފައި ހުރި ހުރިހާ ފުލެޓެއް އަތުލަންވީ، މިހާރު އުޅޭ މީހުނަށް ދޭންވީ
ދުރުމި
04 December 2025
އުޑުން މަންނާ އާއި ސަލްވާ ބާވައިލެއްވީމަވެސް ބަނޫއިސްރާއީލްގެ މީހުން ޝަކުވާކުރި . ހަމަ އެގޮށް ގިނަ ދިވެހިންނަކީ ޝުކުރު ކުރަން ނޭގޭ ޝަކުވާ ގިނަ ބައެއް