އާރުޓީއެލް
12 ޖޫން 2022 - 17:42
މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މިއަދު ފަށައިފި އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ގެންދާ ދަތުރުތައް ފަށާފައިވަނީ ފޭސް އެކެއްގައި ހިމެނޭ ހދ. އަތޮޅުންނެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ މިއަދު ފެށި ފުރަތަމަ ދަތުރު ވަރަށް ރަނގަޅު ކަމަށެވެ.
ފޭސް އެކެއްގައި ދެން ހިމެނެނީ ހއ އަދި ށ. އަތޮޅެވެ. އާޒިމް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން އެ ޒޯންގެ ދަތުރުތައް އެއްކޮށް ފެށޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރުގައި މުޅި ރާއްޖޭގެ ދަތުރުފަތުރު، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން ގުޅާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރުޓީއެލްގެ ޕެސެންޖާ ފެރީ ގުޅައިލާނީ ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަކޮށްފައިވާ ނިޒާމެވެ. އެއީ އާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރެވެ. އަދި އެ ދުވަހު ހިދުމަތް ހޯދުމަށް ފަހު އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ އެވެ. ނަން-ކޮމިއުޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގެވެ. އެ ދަތުރުތައް ދިގުވެފައި ދުރު ރަށްތަކަށް ދެވޭނެ އެވެ. އެ ލިންކުގައި ހިމެނޭ ރަށްތަކުގައި އެއާޕޯޓު އަދި ވިޔަފާރި ހަބްތައް ހިމެނޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދަތުރުކުރަން ނުޖެހި، ޒޯންގައި ހިމެނޭ ރަށްތަކުން ފަސޭހައިން ހިދުމަތް ހޯދޭނެ މަގެކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބާ، އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
ދެ ވަނަ ޒޯނުގައި ނ، ރ، ބ، އަދި ޅ އަތޮޅެވެ. ތިން ވަނަ ޒޯނުގައި ކ، އއ، އދ، އަދި ވ. އަތޮޅެވެ. ހަތަރު ވަނަ ޒޯނުގައި މ، ފ، ދ، ތ، އަދި ލ އަތޮޅެވެ، ފަސް ވަނަ ޒޯނުގައި ގއ، ގދ އަތޮޅު އަދި ހަ ވަނަ ޒޯނުގައި ފުވައްމުލަކާއި އައްޑު އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ލޯންޗުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާރްޓީއެލްގެ މޮބައިލް އެޕްލިކޭޝަނުން ދަތުރާ ގުޅޭ އިތުރު ތަފްސީލް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
13 June 2022
މިކަންވެސް އޮންނާނީ ކުރީގެ ލާމަސީލު ވެރިކަމުގައި މޭޔަރުގެ 7 އަހަރުގެ މިނިސްޓަރު ކަމުގައި ނިންމާފައި. ޢަދި އަގުވެސް އޮންނާނީ 1 ރުފިޔާ ނަގާގޮތަށް.
އަވަސް
12 June 2022
ހުރިހައިޒޯނެއްގަވެސް އަވަހަށްފަށާ!
ހަސަންދީ
12 June 2022
މިނިވަން ޤައުމެއްގައި އިގުތިސާދެއް ހިންގަން ބޭނުންވާނެ އެންމެ މުހިންމު އެއްކަމަކީ ދަތުރުފަތުރު، މިފަހަރު ފެނިގެންމިދިޔައީ ވަރަށް ރަގަޅަށް ތަހުޒީބު ޤައުމު ތަކުގައިވެސް ކުރާގޮތައް ދެމެހެއްޓެނިވި ގޮތެއްގައި، މީގެނަފާ ހަމަ އެކަނި ލިބޭނީ އެދަތުރު ކުރާފަރާތްކައް އެކަންޏެއްނޫން މީގެނަފާ މުޅި ރާއްޖޭގެ އިގުތިސާދައް ސީދާގޮތުންނާއި ނުސީދާކޮށްވެސް ކުރާނެ ތަރައްގީގައި ދިވެހިންއެޅި އިތު ފިޔަވަޅެއް ....
ޒުމާ
12 June 2022
ތިކަން ހުވަދު އަތޮޅުގައި ފަށާބަލަ..ފެރީ ދަތުރޭ ކިޔާފައި ރައްޔިތުން ގަނަ ތެޅެނީ.
ރަންނަ
12 June 2022
ދެން އޮތީ ހުވަދުއަތޮޅުކަމަށް ވަނީ ކުރިންވެސް އިއުލާންކޮށްފަ
ހަސަންފުޅުބެ
12 June 2022
މިއީ ވަރަށް ރަގަޅުވިސްނުމެއް ވަރަށް ބޭނުންތެރި އަސާސީހިދުމަތެއް. އެކަމަކު ކޮންމެކަމެއްވެސް ފެށިދުވަސްކޮޅަކުން ފެންނަނީ އެހެންޏާ އަތްނުފޯރާފަށުގެ ވިޔަފާރިއަކަށް ބަދަލުވާތަން ނޫނީ ބޮނޑުނިގުލަށްހުސްވެ ތޮޅިއަށްވާތަން. ރާއްޖޭގެ އެތަންމިތަނަށް އުދުހުން، ބޯހިޔާވަހިކަން ވިގޮތަށް ނުވެ އަތްފޯރާހިސާބުވެއްޖެނަމަ ވަރަށްރަގަޅު
ނޭޝަން
12 June 2022
ތިގޮތަށް ފެށި 2010 ވަނަ އަހަރު "ވާމިލިއަން" ކިޔާ ކުންފުންޏަކަށް ދީގެން މުޅި ރާއްޖެ ގުޅާލި. ކޮބާ އެ ޕްރޮޖެކްޓް.. މިފަހަރު ރާއްޖެ ޓްރާންސްޕޯރޓް ލިންކް ކިހާ ދުވަހަކު ހިފަހައްޓާލާނެ ބާ..!
ރަންނަ
12 June 2022
އޭތި ފެއިލްކޮށްލީ ބަޣާވާތްކޮށް
ކުދުބެއްޔާ
12 June 2022
އަދި ކިރިޔާ މި ފެށުނީ ތަރައްގީގެ ދުވެލި އެކްސަލަރޭޓްވާން. މިދާގޮތަށްގޮސް ކިތައް އަހަރުންބާ މި ހިދުމަތް ވަށާ ޖެހޭ ވަރު ވާނީ!!!!!! އޭރުންދެން އިތުރު އެއްޗެއް ބުނަށް އެގޭނީ.
ކާމިޔާބީސް
12 June 2022
ބަންނަން ހަވާލް ކުރި 17 ލާންޗް ކަމުގައި އޭރު ޚަބަރު ތަކުން ފެނުނު. މިހާރު ނޫހުން މި ހުރިހާ ލަންޗް ތަކެއް ބަނދެ ނިމިފަވޭތޯ ނޫނީ ނޫންތީ ސާފު ކޮއްލުން އެދެން. ނުނިމިވާނަމަ ސަބަބުވެސް ކިޔުންތެރިންނަށް އިއްވާލަދެއްވުން ވެސް އެދެން
ބޮޑުމީހާ
12 June 2022
އަޅަނީ އެއަރޕޯޓް ގަންނަނީ ފްލައިޓް. އަނެއްކޮޅުން އެތައް ޚަރަދެއްކޮށް ލޯންޗްތައް..