އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗެއް: ރ. އަތޮޅުގައި އެ ހިދުމަތް މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: މިހާރު
01 ޖުލައި 2025 - 15:50
މިދިޔަ ހަފުތާގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށި ރ. އަތޮޅުގައި އެ ހިދުމަތް ދޭ އަގުތައް މިއަދު އާންމުކޮށްފި އެވެ.
އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާރުޓީއެލް މަޝްރޫއުގެ ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގެ ރޫޓުތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަގު ނަގަން ހަމަޖެހިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށެވެ.
ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް މިދިޔަ ހަފުތާގައި ފަށައި ވަނީ އެއް ހަފުތާއެއް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފަ އެވެ.
އެމްޓީސީސީން ބުނީ އަގު ނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ އާރުޓީއެލް ފެރީގެ އަގުތަކުގެ ލިސްޓުގައި ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 17 ރަށާއި އެއާޕޯޓް އޮންނަ އިފުރާ ދެމެދުގައި ދަތުރުކުރެވޭ އެކި ރޫޓުތަކުގެ އަގުތައް ހިމަނައިފަ އެވެ. ޓިކެޓުގެ އަގުތައް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 35ރ. އާއި 125ރ. އާ ދެމެދުގަ އެވެ.
މި މަހު ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނގޫފާެރު
02 July 2025
ހަމަ އުނގޫފާރުގަ އެތައް އިރެއްވަންދެން މަޑުކުރަން ޖެހޭ.
މަސްރޫފާ
02 July 2025
މިހާރުވެސް އަތޮޅުތެރޭ ދަތުރުކުރެވޭ. މިއުޅެނީ އެހެން އަތޮޅުތަކަށް ދެވޭނެ ގޮތެއް ނެތުގެން. ރަޙްމަތްތެރިންނާ ބައްދަލުކޮށްލަން އަދި އެހެން ބޭނުންތަކަށްވެސް އެހެން އަތޮޅުތަކަށް ދާންޖެހޭ. މީގެ ކުރިން ނތި ޚިދުމަތްތައް ތަޢާރަފުކުރި އިރު އެހޔެން އަތޮޅުތަކަށް ވެސް އޮވޭ. މިއުޅެނީ އުނގޫފާރަށް ނުދެވެިގެނެއްނޫން. އަލިފުށިން މަޑުއްވަރީއަށްއައިސް ހަމަ އެދުވަހު އަލިފުށްތަށް ދެވެންޖެހޭނެ. އުނގޫފަށްވުރެ ވިޔަފާރި ކުރަން ރަނގަޅުރަށްރަށް އެބަހުރި.
ހިނދާ
02 July 2025
ރ.ސޯލިހުގެ ދުރުވިސްނުން ފުޅުގެ ކުރެހުމުގެ ކުލަޖެހެމުން މިދަނީ.
عايشه
02 July 2025
މި ސަރުކާރުން ތިޔަކަން ކުރަނީ ނަމަކަށް ރައްޔިތުންނަށް ޖެއްސުމަށް. މި ސަރުކާރުން އަލަށް ފެށި އަތޮޅުތަކުގެ ރައްޔުތުން ތިބެންޖެހެނީ އަތޮޅު ބަންދުގަ. އަތޮޅުން ބޭރަށް ޖެހިގެން އޮތް އަތޮޅަށް ވެސް ދެވޭނެއެއްވެސް މަގެއް ނެތް. މިއީ އަމާ ބުނީތީ ފަރަށްދިޔުން. މިއީ ނަމަކަށް ކުރާ ކަމެއް.
ސީމު
02 July 2025
ސުކުރިއްޔާ ސޯލިހު
ފދފފފ
02 July 2025
ފެރީ ދުއްވެނީ ކަނޑު ހެއްދެވުމުން. ﷲ އަށް ޝުކުރު އަދާ ކޮށްބަލަ. ދެން އިންޑިޔާ ސަރުކާރުން ފައިސާ ދިނީ. ކޮބައި އިންޑިޔާއަށް ޝުކުރު އަދާކުރުން. ހަމައެކަނި ސިޔާސީ މީހުންތަ ފެންނަނީ؟
ޖައިސާމް
01 July 2025
މީ ސޯލިހު ސަރުކާރުން ފެއްޓި އެންމެ ރަނގަޅު އެއް މަސައްކަތް. މިސަރުކާރުން މިމަސައްކަތް މިއަށްވުރެ ބާރު ސްޕީޑުގައި ގެންދާނެކަމަށް އުންމީދު ކުރަން.