މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް --
13 ޖޫން 2022 - 14:23
މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ، އުމުރުން 57 އަހަރުގެ އެ ބިދޭސީ ފިރިހެންމީހާގެ މަރުގެ ރިޕޯޓު ލިބުނީ ހެނދުނު 11:45 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ސަރަހައްދުގައި ހުންނަ ކުލުނު މެޑިކަލް ސެންޓަރު ކައިރީ ހުންނަ ގެއަކުންނެވެ.
އެ މަރާ ގޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
13 June 2022
މީގެ 30 ވަރަކަށް އަހަރުފަހުން ރާއްޖޭގައި ހާފް ބަންގާޅީ ހާފް ދިވެހީން ހާދަ ގިނަވާނެއޭ ހިތަށް އަރައޭ. އޭރުން މުޢައްސަސާތަކުގައިވެސް އިސްވެރިންގެ ގޮތުގައި ތިބޭނެ ދޯ އެކުދިން
ޢަސްލު ވާހަކ
13 June 2022
ރާއްޖޭގެ ގާނޫނޫ ހަދާ މަޖިލީހުގައި އެބައުޅޭ ބަންގްލާ މީހުންނަށް މުސާރައިން ބައި އަޅައިގެން އުޅެންޖެހޭ މީހުން. ރާއްޖޭގެ ފުލުހުންނާއި ސިފައިން ޑިއުޓީ ނިންމާފައި ސައިކަލު ފަހަތަށް ބަންގްލާ މީހުން ލައިގެން ކޮފީތަކަށް އަރައި ޑީލް ހަދާ . މި ގައުމުން ބަންގްލާ މީހުން މީހަރުވެސް އެތެރެ ވޭ. ޓޫރިސްޓު ވިސާގައި އެތެރެވެ ގައުމަށް ނުގޮސް އެބައުޅޭ ބައިވަރު.. އެމީހުން މިގައުމުގައި މަރުވީމައި ދައުލަތުގެ ޙަރަދުގައި ގައުމަށް ފޮނުވަން ޖެހޭ މަދު ފަހަރަކު ނަމަވެސް.
ޗދެ×ފ
14 June 2022
މީގެ 30 ވަރަކަށް އަހަރުފަހުން ރާއްޖޭގައި ދިވެހިން ކަމަށް ކިޔާ ބަޔަކު އުޅޭނެތޭ ނަމަވެސް ދިވެހި ބަހުގެ ސުކުނެއް ނޭނގޭ މީހުން ހަމަ ގައިމުވެސް ގިނަވާނެތޭ..މިހާރު ސިޔާސީ މަގާމުތަކުގާ ގިނައީ ވެސް އޭގެ މީހުންނޭ..އަލިފު ހާ
ޖުއްބާ
13 June 2022
ރާއްޖެކަހަލަ ހަމައެއް ލަމައެއް ނޯންނަ ޑުރަގު ގިނަ ގައުމެއްގަ ތިކަހަ ވާނުވާ މަރުތައް ކުރިޔައްއޮތްތަނުގަ ވަރައް ގިނަވާނެ.