ގއ. ވިލިނގިލީ: އިނގިލީގައި ދަތް އަޅައި، ބުރިކޮށްލުމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
13 ޖޫން 2022 - 15:22
އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި ކަމަށް ތުހުމަތުވާ މީހާ ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ މަހު ވިލިނގިލީގައި ގެއަކަށް ޒުވާބުކޮށް ހަމަނުޖެހުން ހިންގުމަށްފަހު އަންހެނެއްގެ އަތުގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު އެރަށު ކޯޓުން ނިންމީ އޭނާ ދޫކޮށްލާށެވެ.
އޭނާ ދޫކޮށްލިއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލު ހުކުމެއް ވެސް އޮތެވެ.
ޕީޖީ އޮފީހުން ބުނީ އެ މީހާ ބަންދުން ދޫކޮށްލަން ނިންމި ނިންމުން ރިވިއުކުރަން އެދުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވިލިނގިލީ ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
އެ މީހާގެ މައްޗަށް މިދިޔަ ހަފުތާގައި ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
13 June 2022
ނަންވާނީ މަގޭއެކުވެރި @ލިވާބުރޯގެ ލިވަޕޫލް އަދި ބާސާ އަށް ކުޅެ މިހާރު އެތުލެޓިކޯއަށް ކުޅޭ ލުއިސް ސުއަރޭޒް.ވ.ވެދުން.