ދުނިޔެ / ސްރީލަންކަން އެއާލައިންސް

ސްރީލަންކަންގެ ބޯޓެއް ވައިގެ ތެރޭ އެހެން ބޯޓެއްގައި ނުޖެހި ސަލާމަތްވީ ކިރިޔާ

ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ސްރީ ލަންކަން އެއާލައިންސްގެ ބޯޓުތައް ޕާކްކޮށްފައި: މި އެއާލައިންގެ ބޯޓެއް ބޮޑު އެކްސިޑެންޓަކުން އިއްޔެ ސަލާމަތްވީ ކިރިޔާ. --ފޮޓޯ:އޭއެފްޕީ

ސްރީ ލަންކަން އެއާލައިންސް ބޯޓެއް އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރައިގެން ސްރީ ލަންކާގެ ކޮލަމްބޯއަށް އިއްޔެ ކުރި ދަތުރެއްގައި ބްރިޓިޝް އެއާވޭސްގެ ބޯޓެއްގައި ނުޖެހި ހަނި ގޮތަކުން ސަލާމަތްވެއްޖެ އެވެ.

ޑެއިލީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެލް 504 ލަންޑަންގެ ހީތުރޯ އެއާޕޯޓުން 275 ފަސިންޖަރުންނާ އެކު ފުރައި ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލުން ވަނީ 35،000 ފޫޓް މައްޗަށް އަރަން އަންގައިފަ އެވެ. އޭރު ބޯޓު ދުއްވަމުން ދިޔައީ 33،000 ފޫޓް އުހުގަ އެވެ.

އެއާޓްރެފިކް ކޮންޓްރޯލުން މިގޮތަށް އެންގި އިރު ހަމަ އެ ހިސާބުން 35،000 ފޫޓް މަތިން ބްރިޓިޝް އެއާވޭސްގެ ބޯޓެއް ދަތުރުކުރި އެވެ.

ބޯޓު ދަތުރުކުރާ އުސްމިން ބަދަލުކުރަން އެއާޓްރެފިކް ކޮންޓްރޯލުން އެންގި ނަމަވެސް ސްރީ ލަންކަން އެއާލައިންސްގެ ބޯޓު ދުއްވަން އިން ޕައިލެޓަށް ކުރިން އޮތީ އެ ބޯޓާ އެންމެ 15 މޭލު ދުރުން، 35،000 ފޫޓް މަތިން ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ދަތުރުކުރާކަން ފްލައިޓްގެ ރާޑަރުން ފާހަގަވެފަ އެވެ. އެއީ ހީތުރޯ އިން ދުބާއީ އާއި ސިންގަޕޫރަށް ދާން ފުރި ބޯޓެކެވެ.

މިކަން ޔޫއެލްގެ ޕައިލެޓް ތުރުކީގެ އެއާޓްރެފިކް ކޮންޓްރޯލަށް އަންގައި، މައްޗަށް އަރަން ދިން މައުލޫމާތަކީ ރަނގަޅު މައުލޫމާތެއްގައި އަލުން ބަލައިދޭން އެދުނެވެ. އަލުން ބެލުމަށް ފަހު ވެސް އެންގީ އެ އުސްމިނުގައި އެހެން ފްލައިޓެއް ދަތުރުކުރާކަން ފެންނަން ނެތް ކަމަށާއި މައްޗަށް އެރުމަށެވެ.

އޭޓީސީން ދެ ވަނަ ފަހަރަށް އެންގުމުން ވެސް ޔޫއެލްގެ ފްލައިޓް މައްޗަށް ނާރައި އަނެއްކާވެސް އެދުނީ އަލުން ޗެކްކުރުމަށެވެ. އެހެންވެ އޭގެ ދެތިން މިނެޓް ފަހުން އޭޓީސީން ވަނީ މައްޗަށް ނޭރުމަށާއި އަރަން އެންގި އުސްމިނުން އެހެން ބޯޓެއް ދަތުރުކުރާ ކަމަށް އަންގައިފަ އެވެ.

ޑެއިލީ މިރާ އަށް މައުލޫމާތު ދިން މީހުން ބުނެފައި ވަނީ ދެ ބޯޓް ދަތުރުކުރީ އެއްކޮޅަށް ކަމަށާއި އެކަމަކު ބްރިޓިޝް އެއާވޭސްގެ ބޯޓުގެ ސްޕީޑް ބާރުކަމުން، ސްރީ ލަންކަންގެ ބޯޓު މައްޗަށް އެރި ނަމަ ދެ ބޯޓު އެކްސިޑެންޓުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

11 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 24%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނުސިކާ

16 June 2022

ދެން އަމައްޔާތް، މިއަށްވުރެ ބިންމާގެ ވާހަކަވެސް މާ ފުރިހަމަ

The name is already taken The name is available. Register?

ރާއްޕެ

15 June 2022

ހާދަ ފޯރިގަދައޭ!!

The name is already taken The name is available. Register?

ޑެނީ

15 June 2022

ގައިޒް. ހޯލްޑް އޮން. މަ ވެސް އެބައިން އަދި. ހެހެހެ.

The name is already taken The name is available. Register?

މުޝް

15 June 2022

އާފްޓަރ ސާމްބޯ! ޔުއަރ ޓައިމް ވިލް ކަމް

The name is already taken The name is available. Register?

ނސރ

15 June 2022

އެއާޓްރެފިކް އިން އެހެން ބުންޏަސް ފަހުގެ އެއަރކްރާފްޓްތަކުގަ ހުންނާނެ TCAS ޓްރެފިކް ކޮލިޝަން އެވޮއިޑެންސް ސިސްޓަމް، ދެ ފްލައިޓް އެއް އުސްމިނިއްގަ އެއް މިސްރާބަކަށް ދަތުރު ކުރަންޔާ މި ސިސްޓަމުން އަމިއްލަޔަށް ވާނިން ދޭނެ.

The name is already taken The name is available. Register?

ސާމްބޯ

15 June 2022

ވޯއާ! އައި ވިޝް އައި ކުޑް ބިކަމް ލައިކް ހިމް!!

The name is already taken The name is available. Register?

އަސީލް

15 June 2022

ބްރޯ! ޔޫ އޯލްރެޑީ އިޒް ބެޓަރ. ގުޑްލަކް

The name is already taken The name is available. Register?

އައްޔަ ބްރޯ

15 June 2022

ފުލީ އެގްރީޑް!

The name is already taken The name is available. Register?

ަޝައިތު

16 June 2022

ސާމިހު ކަލޭ އިންނަމަ ގޮސް ބްރިޓިޝްގަ ޖެހޭނީ.

The name is already taken The name is available. Register?

ސަނީ1

15 June 2022

ބެސްޓް ކެޕްޓަން ކަމުގެ އިނާމު އެފްއޭއޭ އިން ދިނުމަށް ގޮވާލަން އަދި މިހާރުގެ ފަރާތުން މިކެމްޕެއިން ކުރިޔައް ގެންދިޔުމަށް ގޮވާލަން

The name is already taken The name is available. Register?

ޢައްލަކޭ

15 June 2022

ކެޕްޓަންގެ ޒިންމާ ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454