މޯލްޑިވިއަން އެއާލައިންގެ ބޯޓެއް. އެ އެއާލައިނުން 14 މަންޒިލަކަށް އަންނަނީ ދަތުރު އަޅަމުން--
15 ޖޫން 2022 - 12:31
މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެއްޖެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ. ހައްޖު ދުވަހާއި އީދު ދުވަހުގެ މުނާސަބަތުތަކާއި ހަފުތާ ބަންދާއެކު ނުވަ ދުވަސް މި ފަަހަރު ބަންދަށް ލިބެ އެވެ. އީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ 17 ގަ އެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން އަތޮޅުތެރޭގެ 14 މަންޒިލަކަށް ދަތުރު ކުރާއިރު، އައްޑޫ ފިޔަވައި އެހެން ހުރިހާ މަންޒިލެއްގެ ދަތުރުތައް އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 އަށް އުޅެނީ ފުލްކޮށެވެ. އައްޑު އަށް ޖުލައި 9 ވަނަ ދުވަހުން ފެށިގެން ޓިކެޓް ލިބެން އަދި އެބަ ހުއްޓެވެ.
ޏ. ފުވައްމުލަކަށް ދިއުމަށް އެންމެ އަވަހަށް ވެސް ޓިކެޓެއް ލިބެން އޮތީ ޖުލައި 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގދ. މާވަރުލަށް ޖުލައި މަސް އެއްކޮށް އޮތީ ފުލްކޮށެވެ.
އައްޑު އާއި ފުވައްމުލަކާއި މާވަރުލުގެ އިތުރުން މޯލްޑިވިއަން އިން މިހާރު ދަތުރު ކުރަނީ ހއ. ހޯރަފުއްޓާއި ހދ. ހަނިމާދު އާއި ހދ. ކުޅުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. އިފުރާއި ޅ. މަޑިވަރާއި ތ. ތިމަރަފުއްޓާއި ލ. ކައްދު އަދި ގދ. ކާޑެއްދު އަށެވެ.
މޯލްޑިވިއަން އިން މިހާރު ވެސް އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރަނީ ފުލް ކެޕޭސިޓީގަ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އީދު ބަންދާ ދިމާކޮށް އަތޮޅަކަށް ކުރާ ދަތުރުތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އަދި ކެޕޭސިޓީ އަށް ބެލުމަށް ފަހު، ދަތުރު އިތުރު ކުރާ ނަމަ، އެ ކަންކަން ހަމަޖައްސާނެ ކަމަށާއި ނަމަވެސް މިހާތަނަށް ދަތުރުތައް އިތުރު ކުރަން ނިންމާފައި ނުވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން މިހާރު ގެންގުޅެނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 10 ބޯޓެވެ. މޯލްޑިވިއަން އެއާލައިންގެ ފްލީޓް އިތުރު ކުރުމުގެ ގޮތުން މި އަހަރުގެ ފަހުކޮޅު އޭޓީއާރުގެ ތިން މަތިންދާބޯޓު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއާއެކު އެއާލައިނުން އަޅާ ދަތުރުތައް އިތުރު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ އެއާލައިނުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަން ނަސީރު
16 June 2022
ގަމަށާއި ހަނިމާދުއަށް އޭ 321 ހެ ބޮޑު ފުލައިޓް ބާއްވާފަ ތިކެޓް ތަންކޮޅެއް އަގި ހެޔޮކޮށްލީމަ އެސަރަހައްދު ތަކަށް ދަތުރު ކުރާ ގިނަބަޔަކު ބޮޑު ފުލައިޓަށް ބަދަލުވާނެ. މިތަނުގައި ތިބި ގިނަމީހުނަކަށް މިކަން ކުރާކަށް ނޭގޭ. ބޮޑު ފައިދާ ހޯދަން ހަދައިގެން ގިނަފަހަރު ލިބެނީ ހުސް ހެއްލުން.
ތޯތޮއެ
16 June 2022
އާދަނާއެވެ ޗަކޮއާ ހަނިމާދޫ އެއާރޕޯޓައް ތިބުނާ ބޯޓު ޖެއްސޭ ވަރުގެ ރަންވޭއެއް އެކޮއެ އަޅާދޭން ފެނެއެވެ.
ދިވެހި ހަސަނު
16 June 2022
މޯލްޑިވިއަން ނަމެއްގަ! ދިވެހިންނަށް އަންނަ ބަންދެއްގަ ވިއްޔާ އަބަދުވެސް ކޭޓާ ނުކުރެވިފަ.
މުޙައްމަދީ
16 June 2022
ދަރުމަވާނެ ކޫއްޑޫއަށް އިތުރު ފްލައިޓްތަކެއް ހަމަޖައްސަދީބަ. 2 މަސްކުރިން ބުކްކޮށްގެންވެސް ނުލިބިގެން މި އުޅެނީ.. ކިހިނެއް ހަދާނީ؟ ޗާޓަރު އެއްޗެއްވެސް އޯކޭވާނެ އަހަރެމެން ޕަސިންޖަރުން މިތިބީ އެކަން އެގޮތަށްވެސް ކުރަން.
އަޙްމަދީ
16 June 2022
ދައުލަތުގެ ބޮޑެތި އެސެޓްތަކާއި ކުންފުނިތަކަށް ކަމާއި ގުޅުމެއްނެތް ސިޔާސީ މީހުންނަށް ހިތަކަށް ދިނީމަ ވާނެއެތި މި ވަނީ. އަހަރެމެން މިކިޔަނީ ކުރަން ހެޔޮނުވާވަރުގެ ކަންތައްތައް ނުކުރާށޭ.. ގައުމުތައް ފުނޑެނީ ދައުލަތާއި ނުބައްދަލު ޚަރަދުކުރުމާއި، ޙައްޤު ނޫން މީހުންނާއި ނުބައްދަލު މަސްޢޫލިއްޔަތުތައް ޙަވާލުކޮށް އެއިން ރަނގަޅު ނަތީޖާ ނެރެވޭނެކަމަށް ހީވާ ހީވުން.. ކިހިނެއް އެކަށީގެންނުވާ މީހުން ލައިގެން ނަތީޖާ ނެރެވޭނީ..؟؟؟
ނިޒާރު ދިއްދޫ
16 June 2022
ކުރީގެ މުއާސަލާތީ ކުންފުންޏަކުންވެސް ރައްޔިތުން ފެލާލި، މިއަދުގެ ތަހުޒީބީ ޒަމާނުގައި ފައިދާނުވާ ކުންފުންޏަކު ބޮޑެތި މުސާރަތައްދީފަ އެކިނަންނަމުގައި ވާޒީފާތަކެއް ނޫއްފައްދާނެ. ރައްޔިތުން ގުބޯ ނުހައްދާ ހެއްކާއިއެކު ދައްކަބަލަ. ކުރިން މުސްހޫރުވަމުންދިޔަ މި ފުލީޓްގެ އަގުވައްޓާލީ ސިޔާސީގޮތުން މިތަނާހަވާލުވި ތަނެއްދޮރެއް ނުދަންނައް ބައެއްގެ އިހުމާލުން. މިހާރުވެސް ހަދަނީ ހުސްދޮގު ރިފަޑުން ކޮއްލިއަސް ހަމަ ސަހަރޯއޭ ހީވޭ. ކެއަސް މީބޮޑުވަރު
ކޮރަލް
15 June 2022
ދިވެހި ރައްޔިތުން މޯލްޑިވިއަންގެ އެހީ އެންމެ ބޮޑަށް ބޭނުން ވާ ވަގުތު ޓިކެޓް އަގު ބޮޑު ނުކުރުން އެދެމެވެ. ފްލައިޓް ތައް އިތުރު ކޮށް ދެއްވާ ށެވެ. ނޫނީ ޗާޓަރު ކޮށްގެންވެސް ރައްޔިތުންނަށް ލުޔެއް ދެއްވާށެވެ. އަހަރަކު އެއްފަހަރު އީދު އަންނަ އިރު މިއީ އޭގެ ނާޖާއިޒް ފައިދާ ނަގަން ވީ ވަގުތެއް ނޫނެވެ.
ޖެނީއްޕެ
15 June 2022
އެކަމްވެސް ގެއްލުމުގަޔޯ ހިންގަނީ
އެއޮތިމަލަ
15 June 2022
މިވަރުންވެސް މޯލްޑިވިއަންއަށް ވަނީ ހަމަ ގެއްލުމޯ
އިބުރާ
15 June 2022
"އައްޑު އާއި ފުވައްމުލަކާއި މާވަރުލުގެ އިތުރުން މޯލްޑިވިއަން އިން މިހާރު ދަތުރު ކުރަނީ ހއ. ހޯރަފުއްޓާއި ހދ. ހަނިމާދު އާއި ހދ. ކުޅުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. އިފުރާއި ޅ. މަޑިވަރާއި ތ. ތިމަރަފުއްޓާއި ލ. ކައްދު އަދި ގދ. ކާޑެއްދު އަށެވެ" ދުވާލަކު 5-6 ފްލައިޓް ދަތުރުކުރާ މަންޒިލެއްގެ ވާހަކަ ހަނދާން ނައްތާލައިފަ ތިއޮތީ. ކުރިއަށް އޮތް ބަންދުގައި ގއ. ކޫއްޑޫ ފްލައިޓްތައްވެސް ހުރީ ފުލްވެފަ. ޗާޓަރު ފްލައިޓެއްވެސް އަޅުވައި ނުދިން
އަހްމަދ
15 June 2022
ތިޔަކަން ހައްލު ވެދާނެ އަދިވެސް ޓިކެޓް އަގުބޮޑުކުރޭ. ތިޔަހެންތިވަނީ ރައީސް ސޯލިހު މޯލްޑިވިއަންގެ ޓިކެޓް 500ރުފިޔާއަށް އަގުހެޔޮކޮށްދިނީމާ.މިވަރު އަގުހެޔޮ ވީމާ ދެން ރައީސް ސޯލިހު ވަރަށް ހެޔޮފުޅު.