ޖަސްޓިސް ބިލްޑިން: މަދަނީ އިޖްރައާތުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފައި -- ފޮޓޯ/މިހާރު
16 ޖޫން 2022 - 12:39
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
ރާއްޖޭގައި ގިނައީ މަދަނީ މައްސަލަތައް ކަމަށް ވާއިރު، އެ ގާނޫނާ އެކު އާންމުންގެ މުދަލާއި ފައިސާއާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އެއްކޮށްހެން ބަދަލުވީ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލެވެ.
- މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން.
- ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއު ކުރަން އެދެވޭނެ.
- ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމުން.
- ދެ ފަރާތް އެއްބަސްވާ ނަމަ، އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން.
- ހުކުމަށް އަމަލު ނުކުރާ ނަމަ ދަރަނިވެރިޔާގެ މުދާ ކޯޓުން މޮނިޓާކުރުން.
ރާއްޖޭގައި މިހާތަނަށް ލިޔުނު އެންމެ ދިގު އެ ގާނޫނު އަމަލުކުރަން ފެށިޔަސް، ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހޭތީ ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުން އެބައޮތެވެ. އެއީ އެކި ރަށްރަށުގެ ކޯޓުތަކުން އެކި ގޮތަށް ގަވާއިދު ހަދައިގެން އަމަލު ކޮށްފާނެތީ އެވެ. ގާނޫނު ބުނާގޮތުން ގަވާއިދު ހަދަންޖެހޭނީ ކޮންމެ ކޯޓަކުން ވަކިންނެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ތިން ގާނޫނަކާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ 1 އަދި ދެވަނަ ބައި ވެސް އުވުނީ އެވެ. އުވައިލި ތިން ގާނޫނަކީ ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ފައިސާ ބަހައްޓައިގެން މީހުން ޝަރީއަތަށް ހާޒިރު ކުރުމާއި މެސެޖްގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 June 2022
ރާއްޖޭގައި ގާނޫނާ ގަވާއިދު މަދެއް ނޫނެވެ. އަމަލު ނުކުރެވެނީ އެވެ. ކޮރަޕްޝަން އިންތިހާ އަށް ބޮޑު ވީމަ އެވެ.
ވިކިލީކްސް
16 June 2022
ތިހެން ކިތަންމެ އެއްޗެއް އާންމުކުރެވިދާނެ. ނަމަވެސް އާޚިރުގަ މައްސަލަ ނިމިގެންމިދަނީ މޭޒުދަށުން ދިއްކުރާ ސިޓީއުރައެއްގެ ސަބަބުންކަމަށް ގިނަމީހުން ބުނާތީ ދެރައީ! ކުދިމައްސަލަތައް އެއްދުވަހުން ނިންމާގޮތަށް އޮތް އޮތުން ވަރަށް ފުރިހަމަ. ޖިނާއީ މައްސަލަތަކުގަވެސް ތިހެން ވާނަމަ ދޯ
ރަދީފްއޮފިޝަލް
16 June 2022
އެއްވެސް ގާނޫނެއް ރާއްޖޭގެ ފަނޑިޔާރުންނަށް ކަމަކުނުދާނެ. ކޮންމެސް އެއްޗެކޭ ކިޔާފަ ބޮޑެތި މުޖުރިމުން ދޫކޮއްލާނެ. މިސާލަކަށް، މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން. މިކަމޔންވެސް ނުކުންނާނީ އިތުރު މައްސަލަތަކެއް. ނާކާމިޔާބުވެގެން ފައިސާ ދައްކަންޖެހޭއިރު ކާމިޔާބުވި މީހާއަތުން ޚަރަދުވިކަމަށް ބުނާނެ ޚަރަދުވި ފައިސާގެ 3 ގުނަ. އެތަނުން އެއްބައި ފަނޑިޔާރައްވެސް ދޭންޖެހޭނެ.
ދިއްދޫމީހާ
16 June 2022
ކޮން ބޮޑު ބަދަލެއް ފެންނާނީ؟؟ 9ލައްކަ ރުފިޔާ ވަގަށް ނަގާގެން 28ހާސް ރުފިޔާއިން ޖޫރިމަނާ ކުރީ، މާމޮޅިތި ޤާނޫންތައް ހަދާގެން މިއުޅެނީ ރައްޔިތުން ހަނާ ވެއްޖެ، ގާނޫން ކުށް ކުރަން ހުއްދަ ޤައުމެއް މިނޫނިއްޔާ ނޯންނާނެ، ފާޑެއްގެ އިބްތިދާހި މަޖިލިސްގައި ކުރި ކުށަ އެއްބަސްވީމަ ދަރަޖަ ދައްވަމުން ގޮސް ހުކުމްވެސް ނުކުރެވޭ ހިސާބަށް ގޮސްފައޮތީ،މުއިއްޒުއަވެސް ރަނގަޅަށް އިންގޭނެ މިހަބަރު ލިޔާއިރުވެސް އެއްވެސް ބަދަލެއް ނުފެންނާނެކަން..
ވައްސަލާމް
16 June 2022
މުރަނގަ ފަތް ބިން މީހާ ހޯދަން ފޮޓޯ ޖެހިގޮތައް މަސްތުވާ ތަކެތި ވިއްކާ މީހުން ހޯދަން ވެސް ޖަހާބަލަ
މުރަނގަގަސްދޮށުމާލިމީ
16 June 2022
މުރަނގަފަތް ބިންނަ މީހާ އެހާ ޕަވަފުލް އެއް ނުވާނެ. އެއްވެސް ކަނެކްށަނެއް ނޯންނާނެ. އެހެންވީމަ ފަސޭހަވާނެ ހޯދަން. މަސްތުވާތަކެތި ރޯމާ ދުވާލު މަގުމަތީ ވިއްކިއަސް ކަނެކްށަން ބޮޑުކަމުން އެއީ ކޮންބައެއްކަމެއް ނޭނގޭނެ. ވ ސަލާން
އަހުމަދުބޭ
16 June 2022
މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން. މާނައަކީ ނާކާމިޔާބުވާފަރާތް ދެވަކީލުންނަށް ޚަރަދުކުރަންޖެހުން
ވަހުތާން
17 June 2022
ކިމެންޓް ކުރި މީހުންގެ ތެރެއިން އަހްމަދުބެއަށް ފިޔަވާ އަދޮ މިކިޔާއެއްޗެއް ގެޓެއް ނުވޭ
ބޮޑުމީހާ
16 June 2022
ޤާނޫނު ހެދިޔަސް ތަންފީޒު ނުވާ ތަނެެއްގައި ކުރެވޭނެ މާބޮޑުކަމެއް ނެތް
ފސގދ
16 June 2022
ވަކީލް ފީގެ ތެރެއަށް ފަނޑިޔާރަށް އެއްޗެއް ވައްޓާލަން އެނގުނީމާ މައްސަލަތަށް ކާމިޔާބު ކުރަން ފަސޭހަ ވާނެ ގާނޫނު އޮތް ގޮތުން. ގާނޫނު ހަދާ ބޭފުޅުންގެ ކޮސް ކަމާއެވެ.
ކުޗީ
16 June 2022
މިއީކީ ގާނޫނު ހިނގާ ތަނެއް ނޫން. " އިންގިލާބީ " ހުކުން ތަންފީޒް ކުރަން މިޖެހެނީ މުރަނގަފަތް ބިންނަ މީހާއަށް.
އަލީބެ
16 June 2022
ހަތަރު ލައްކައެއް ހާ ރައްޔިތުންގެ މައްޗަށް ހިންގަން އެތަށް ޒަމާނެއްގެ ޤާނޫނީ ވަރުގަދަ ބިންގާތަށް ހުންނަ ބޭރު ގައުމުތަކުގެ ސިވިލް ޕްރޮސީޖަރ އެކްޓް ތަރުޖަމާ ކޮށްލައިގެން ހިންގަން އުޅުމަކީ މޮޔަ ކަމެއް.
ހިތަދޫ 2
16 June 2022
ހަމުން ދޮން މީހެއް ރެކޮމެންޑް ކުރާ ކަމަކު ގޯހެއް ނުފެންނާނެ މިމީހުން، އެއީ އަސްލުވާއެއްޗަކި. ވަރަށް ފަސޭހައިން ނުފޫޒް ފޯރާ ބައެއް