.
15 ޖުލައި 2022 - 08:25
ފުރާވަރު އަދި ޒުވާން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށާއި ނަފުސާނީ އެކި ކަހަލަ މައްސަލަތަކުގައި އުޅޭ ޒުވާނުން އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުގެ ސައިންޓިސްޓުންތަކެއްގެ ދިރާސާއަކުން އެނގުނު ގޮތުގައި ޒުވާނުންގެ މެދުގައި ނަފުސާނީ ދުޅަހެޔޮކަން ދަނީ ހައްތާ ގޯސްވަމުންނެވެ.
އެ ދިރާސާ އަށް އިނގިރޭސި ވިލާތުގެ 100 ސްކޫލަކުން 29،000 އަށް ވުރެ ގިނަ ކުދިންގެ ހާލަތު ބަލައި، މައުލޫމާތު ނެގި އެވެ.
"ސްކޫލު ދުވަސްވަރަކީ ކުއްޖާގެ މުސްތަގުބަލަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ދުވަސްވަރު. މި ދުވަސްވަރު ވާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ދެމިގެން ގޮސްދާނެ،" އެ ދިރާސާގައި ވެ އެވެ.
ދިރާސާ އިން އެނގުނު ގޮތުގައި ސްކޫލުގެ މާހައުލުގައި ހިނގާ ކަންކަމާ ގުޅިގެން ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ގެއްލުން ވެ އެވެ. އަދި މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާއެކު، ދިރިއުޅުމަށް އައި ބަދަލުތަކުން ނަފުސާނީ ކަންކަން އިތުރުވި ކަމަށް ދިރާސާގައި ބުންޏެވެ.
އެ ކަންތައްތަކާ ގުޅިގެން ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑެތި އަސަރު ކުރަމުންދާ ކަމަށް ދިރާސާގައި ފާހަގަކުރެ އެވެ.
ޅަ އުމުރަކީ އިހުސާސްތަކާއި ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައްތައް ރަނގަޅަށް ދެނެގަންނަން އުނދަގޫ ދުވަސްވަރެކެވެ. ނަތީޖާއަކަށް ވަނީ ނަފުސާނީ ގޮތުން ގެއްލުންތައް ކުރިމަތިވުމެވެ. ދިރާސާ އިން ފާހަގަކުރަނީ އިހުސާސްތައް ސިފަކޮށް، ބުނެދޭން ނޭނގުމަކީ ނަފުސާނީ ދުޅަހެޔޮކަން ދުވަހުން ދުވަހަށް ގޯސްވެ، އެ ފަަދަ މައްސަލަތައް އިތުރުވާން ދިމާވާ ސަބަބެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
19 July 2022
ނަފުސާނީ ދުޅަހެޔޮ ކަންމަތީ ތިބުމައް ގަވައިދުން ޔޯގާހަދާ މީހުން މިހާރު އަންނީ ދުނިއޭގަ ވަރައް ބޮޑައް އިތުވަމުން ދިވެހިނަވެސް ކުރެވިދާނެ ވަރައް ރަގަޅު ކަމެއްޔޯގާހެދުން! ދުނިއޭގަ ބޭސްވެރިކަން ކުރިއަރާފަ އޮތް ގައުމުތަކުގަ ޔޯގާހެދުމައް ޓޮކުޓަރުން އިރުސާދުދޭ! އަދި ޗައިނާގެ ކަށީގެ ފަރުވާ ހުޅަގުގެ އަމުތަކުގަ އިންސޯރެސްކަވާ ކުރާއެޗަކައް ހެދުމައް ދިރާސާކުރިގޮތައް ޔޯގާވެސް ދިރާސާކޮއް ވަރައް ރަނގަޅު ސިއްހީފަރު ވާއެއް ކަމައް ދިރާސާތަކުން ދައްކާ!
ޑިޕްރެޝަން
18 July 2022
ޑިޕްރެޝަންގެ މައިގަނޑު އަލާމަތަކީ އަދި އަރައިގަތުމަށް އެންމެ ހުރަސް އަޅާ 2 ކަމަކީ މީހާގެ އެނާޖީ ޑްރެއިންކޮށްލާ ހަށިގަނޑު ކަންނެތް ކޮށްލުމާ އަދި ހޯޕްލެސްނެސް.ނަމާދަކީ އޭގެ ޒާތުގައި މުޅި ދުވަސް ތަރުތީބު ކޮށްދޭ ކަމެއް.ގަދަ ބާރުން ރުޅި އަޔަސް އަމިއްލަ ނަފްސު ފަތިހު ތަންމަތިން ނަގާ، ބަރާބަރަށް ނަމާދު ކުރާނަމަ ދުވަސް ތަރުތީބު ކޮށްދީ އަބަދު އެދުމަތީ އަނދިރީގައި އޮތުމުން ދުރުކުރާނެ.އަދި ﷲ ހަޟްރަތުން އުއްމީދު ކަނޑާނުލާ އަދި ރަނގަޅުވާނެ ކަމަށް ވިސްނާނެ 3/3
ޑިޕްރެޝަން
18 July 2022
ހަމަ މިގޮތަށް ޑިޕްރެޝަން ޖެހެނީ ހަމައެކަނި އީމާންތެރިކަން ނެތިގެންނެއް ނޫން. ނަމަވެސް އީމާންތެރިކަން ވަރުގަދަ ވެފައި، އަޅުކަންތައް އަދާ ކުރާނަމަ ޑިޕްރެޝަނާ ދުރުކޮށްދޭ. ޑިޕްރެޝަންގެ ޑެފިނިޝަންއާ ސިމްޓަންސްއަކީ މިކަމުގެ ހެއްކެއް. ބައިޑެޕިނިޝަން ޑިޕް އިޒް ހޯޕްޒެސްނަސް. ޤަޟާ ޤަދަރަށް އީމާންވުމަކީ ކޮންމެ ކަމެއް ވީވަމެސް އެކަމެއް ޕޮޒިޓިވްކޮށް ނަގާ އެއީ ﷲގެ ޤަދަރު ކަމަށް ޤަބޫލުކުރުން. އިސްލާމީ ތާރީޚުން ޚަލީފާ އާއި ވަޒީރުގެ އިނގިލީގެ ވާހަކަ ކިޔާލާ 2/3
މަރިޔަންފުޅުހޮއްކޮ
17 July 2022
އިންސާނާގެ ރޫހާނީބައި ދަށްވެއްޖެނަމަ ދެން އެމީހަކާ އެންމެ ދޯޅުވާނީ ނަފްސާނީ ބަލިތައް. އެކަމަކު މިކަން ގަބޫލު ނުކުރާ މީހުން ދިވެހިންތެރޭގަވެސް ވަރަށްގިނަ. ފުރިހަމަ އީމާންކަމަތީ ތިބޭ އިޚްލާސްތެރި އަޅުންނަށް ﷲގެ ރައްކާތެރިކަން ދެއްްވާތީ އެފަދަ މީހުން ހުރިހާބާވަތެއްގެ ބަލިތަކާ ބަލާޔާ މުސީބާތްތަކާވެސް ވަރަށްދުރު. މިއީ ތޯތޯ އެއްނޫން މުޖައްރިބު ކަމެއް!
އަހުމަދުއަލޯ
15 July 2022
މިއީ ށޯށަލް މީޑިއާގެ ކަންތަށް. އަބަދުވެސް ފެންނަނީ މަށަށް ވުރެ މޮޅު ރީތީ މީހުން. :(
އަފްރާސިޔާބު
15 July 2022
ﷲގެ މަގު ދޫކޮށް ޝައިޠާނާގެ މަގު ޚިޔާރުކުރާ ކޮންމެ މީހަކަށްވެސް ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭނެ. ޒުވާނެއް މުސްކުޅިއެއް އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއްނެތް.
އިބްރާ1
15 July 2022
ޒުވާނުންގެ ޕާރޓީ ޕީޕީ އެމް އިން ތިޔަޒުވާނުންނަށް އެހީނުވަނީ ކީއްވެ؟
އެމްސް
15 July 2022
ނަފްސާނީބައްޔަކީ ފިކުރީސިއްޙަތާއި ގުޅިފައޮތް ކަމެއް! ދެކޮޅުޖެހޭ އާމްދަނީއަކާއި ނުލާ ދިވެހިން އުޅެންޖެހޭ އުޅެންޖެހުމުން ހަމަޖެހޭ އެއްވެސް ދިރިއުޅުމެއް ނޫޅެވޭ! އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުހޯދޭ! ރަގަނޅު ސިއްޙީ ފަރުވާއަކަށް އަތެއް ނުފޯރާ! މިޤައުމުގަ ބަލާނީ ހިންދީ ސީރީސް! ބޮޑުވަމުން އަންނަ ކުއްޖަކަށް ފެންނަނީ ބޮންދު މާޙައުލު! ވިޔަފާރިތައްވެސް އުޅެނީ ބަގުރޫޓްވާ/ނުވާ ހިސާބުގަ! މަހެއްގެ މައްޗަށް 200 މިލިޔަން ޑޮލަރ ބިދޭސީން މިޤައުމުން އެބަ ބޭރުކުރޭ!
ސަަކާ
15 July 2022
ރާއްޖެ މީހުންނަކަށް ނުކެރޭ މަސައްކަތް ކުރާކަށް
ރޯޒަސް
16 July 2022
ކުރިން އުޅުނީ ދެކޮޅު ޖެހޭ އާމްދަނީއަކުންބާ؟ ނޫނީ އަހަރުމެންވެސް އުޅެން ބޭނުންވަނީ އެންމެ މުއްސަނދި މީހާ އުޅޭގޮތަށްބާ؟
ކޮރަލް
15 July 2022
ޕޯން ސައިޓް ތަކަށް ފަސޭހައިން ވަދެވޭ ގޮތައް ބްލޮކް ނުކޮށް ހުންނަ ނަމަ ނަފްސާނީ މައްސަލަ ތައް ގިނަ ވާނެ އެވެ. ރާއްޖޭގަ ވެސް މުސްކުޅިން އަދި ކުޑަ ކުދީން އެދަނީ އެއަށް ވަންނަ މުންނެވެ. ސަރުކާރުން އެކަމާ އެއްވެސް ފިޔަވަޅެ އް އަޅަފަ އޮތް ތަނެއް ނުފެނެ އެވެ.
އެމްސް
15 July 2022
ތިޔަވާހަކަ އެދިރާސާގަ އެބައޮތްތޯ؟ އެއީ ރާއްޖެ ހިމެނޭގޮތަށް ކޮށްފަ އޮތް ކަމެއްތޯ؟
ކޮރަލްބައްޕަ
15 July 2022
ކޮރަލްއަށް މާގިނައިން ބެލެނީތަ؟ ނަފްސާނީ ދުޅަހެޔޮކަމަށްވުރެ ޖިންސީ ސިއްޙަަތުދޯ އެކަމުން ހަލާކުވާނީ...
ޗައިވާލާ
18 July 2022
އެމްސްއަށް މަބުނެލަންއޮތީ ނަމާދަކީ ހަމައެކަނި ދީނީއަޅުކަމެއް ކަމުގައި ދެކުމަށްވުރެ ތިމާގެޞިއްޙަތަށް އެތަކެއް ފައިދާތަކެއް ކުރާކަމެއް. އަނެއްކާއަޑު އަހަމުތަ ރަމަޟާންމަސް އަންނައިރު ކިޔާމަދަހައެއް؟"ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް" ނަފްސު މިބަހުން ދޯނަފްސާނީ ވެސް ކިޔަނީ؟ ދީނީ ކަންކަމަށް ފަރުވާކުޑަ ކުރެވޭތީވެސް ހަމަ ނަފްސާނީބަލިތަކާ ކުރިމަތިލާންޖެހޭ! އެއީ ލޮލަށް ފެންނަން ނުހުންނަ ބަލި ވީމަ. އަމިއްލަ އަތުގައި އެކަން ރަނގަޅު ކުރުން އޮތީ.
ކަޅުސައި
15 July 2022
އަޅެ ނިކަން ޓެސްޓަކަށްވެސް 5 ވަގުތު މިސްކިތު ޖަމާއަތުގައި ނަމާދުކޮށް ޤުރުއާން (ތަރުޖަމާއާ އެކު) ނިކަން ކިޔަވާލަބަލަ.
އެމްސް
15 July 2022
ނަމާދަކީ އެއީ ދީނީ ކަމެއް! ބަލި ޖެހުނީމަ އެކަމަކަށް ހުންނަ ފަރުވާ ޖެހޭނީ ލިބިގަންނަން!
އެމްސްއަށް
15 July 2022
ޑިޕްރެޝަނަކީ ނަފްސާނީ ކަމެއް. އެކަމަށް ދޭ ބޭސް ކައިގެން ގިނަ މީހުން ތިބެނީ އެއަށް އެޑިކްޓްވެފަ. ނަމާދުން ލިބޭ ހިތްހަމަ ޖެހުން އެނގޭނީ ނަމާދުކުރާ މީހުނަށް.
عارف
15 July 2022
و ننزل من القرآن ماهو شفاء ورحمة اللمؤمنين
އެމްސް
15 July 2022
ޑިޕްރެޝަނަކީ ހަމަ އެކަނި ބޭސްކާން އޮންނަ ކަމެއް ނޫން!
ޑިޕްރެޝަން
18 July 2022
ބައެއް ކުދިންނަށް ނަފްސީނާ މައްސަލަތަކާ ސްޕްރިޗިއުލިޓީއާ އޮންނަ ގުޅުމުގެ ވާހަކަ ދެއްކީމާ ނެގެނީ މާޕާސަނަލްކޮށް. ޑިޕްރެޝަންއަކީ ބައްޔެއް. އެކަމަކު ބައްޔަށް މެދުވެރިވާ ސަބަބުތަކެއް އަދި ދުރުކޮށްދޭ ކަންކަން ހުރޭ. އެނަލޮޖީއެއް ނަގަންޔާ ހަކުރު ބައްޔަކީ ބައްޔެއް. ހަކުރު ބައްޔަށް މަގުފަހިކުރަނީ މައިގަނޑު ގޮތެއްގައި ކަސްރަތާ ދުރުވެ ކެއުން ގޯސްވުމުން. މިކަން ރަނގަޅުކޮށްފިނަމަ އެބައްޔާ ދުރުކޮށްދޭ. އެކަމަކު މިކަން ފުރިހަމައަށް ކުރާ މީހަކަށްވެސް އެބަލި ޖެހޭ