ރިޕޯޓް / ލޯކަލް އިންތިހާބު

އިންތިޚާބުގެ ތާރީޚު އިއުލާންކުރާކަށް ހުރަހެއް ނެތް، އެކަމަކު ދިގުދަންމަނީ!

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާންނުކޮށް މިހާރު ތިބީ ހައި ކޯޓަށް ބަލަބަލާ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި މަހު 14 ގައި ބާއްވަން ކުރިން ނިންމި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމާ އެކު އެ އިންތިޚާބު މި މަހު ނުބޭއްވޭނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެ ހުކުމް ގަބޫލުކުރަން ގިނަ ބަޔަކަށް އެންމެ އުނދަގޫވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރުމެވެ. އެހެން ހުރިހާ ޕާޓީތަކުން އިންތިޚާބު ފަސްކުރަން ދެކޮޅު ހެދިޔަސް ހަމައެކަނި ޕީޕީއެމަށް ޓަކައި އިންތިޚާބު ފަސް ކުރުމަކީ އެ ހުކުމަށް ފާޑު ކިޔުން އަމާޒުވި ސަބަބެވެ.

އެ ހުކުމް ގަބޫލުކުރަން ކިތަންމެ ގިނަ ބަޔަކު ދެކޮޅު ހެދިޔަސް އެއީ ޝަރުއީ ކޯޓެއްގެ ނިންމުމެކެވެ. އަދިި އެ ހުކުމް އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފް ނުކުރަން ނިންމުމުން ގާނޫނީ ގޮތުން ބަލާއިރު އެ ހުކުމަކީ މިހާރު ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް ނިހާއީ ހުކުމެކެވެ. އެހެންވެ، ދެން އޮތީ އެއަށް އަމަލު ކުރުމެވެ. އެކަމަކު މިހާރު ފެންމަތިވެގެން މިއުޅެނީ އެހެން މައްސަލައެކެވެ. ހުކުމާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ނިންމިޔަސް އިންތިޚާބު ދެން ބާއްވާނެ ތާރީޚު ކޮމިޝަނުން އިއުލާން ނުކުރުމެވެ.

އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ނުކުރަން ނިންމީ ހުރިހާ ޕާޓީތަކުން ވެސް އެގޮތަށް އެއްބަސްވެ، ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގައި ލަފާ ދިނުމުންނެވެ. ޕާޓީތަކުން އެގޮތަށް ލަފާ ދިން ސަބަބަކީ އެ މައްސަލަ އިސްތިއުނާފް ކޮށްގެން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް ޖެނުއަރީ، 14 ގައި އިންތިޚާބު ބޭއްވުމުގެ އެއްވެސް ފުރުސަތެއް އޭރު ނެތުމެވެ. އެއީ އިންތިޚާބުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެކި ކަންކަމަށް ވަގުތު ނެތުމުންނެވެ. މައްސަލަ އިސްތިއުނާފް ނުކުރިޔަސް އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން، ޕީޕީއެމް އާއި އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ކޮމިޝަންގައި އެދުނެވެ.

އެކަމަކު ކޮމިޝަނުން އަދިވެސް އެކަމަށް އެއްބަހެއް ނުވެ އެވެ. ކޮމިޝަނުން ބުނަނީ ސިވިލް ކޯޓުގެ ހުކުމުގައި ސާފުނުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އިންތިޚާބު އިއުލާން ކުރެވޭނީ އެކަންކަން ސާފުކުރުމަށް ފަހު ކަމަށެވެ. ސާފުނުވާ ކަންކަން ސާފުކުރަން އެ ކޮމިޝަނުން މިހާރު ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ހުކުމުގައި ސާފުނުވަނީ ކޮން ކަމެއް ކަމެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ސާފުނުވާ ކަމެއް ނެތް!

ސިވިލް ކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި އޮތީ ތިން ކަމެކެވެ. އެއީ (1) ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި ދިމާވި ކަންކަމުގެ ސަބަބުން އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވުމަކީ އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ޟަރޫރީ ހާލަތަކަށް ވުމާއި އެހެންކަމުން (2) 14 ޖެނުއަރީ އަށް ވުރެ ދެ މަސް ފަހުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމާއި (3) އާ ކައުންސިލަރުން އިންތިޚާބު ވަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބުމެވެ.

އެ ހުކުމުގައި އިންތިޚާބު ދެން ބާއްވަންވީ ތާރީޚެއް ބުނެފައެއް ނެތެވެ. އަދި އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ޖެހޭނީ އިތުރު ކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް ފަހު ކަމަކަށް ވެސް ހުކުމުގައެއް ނެތެވެ. މާނައަކީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރުން އިލެކްޝަންސް ކޮމިޝަންގެ އަތް މައްޗަށް ދޫކޮށްލާފައި އޮތުމެވެ. އެހެންވެ، އެ ހުކުމް އޮތް ގޮތުން އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް މިހާރު ވެސް އެއްވެސް ހުރަހެއް ނެތެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ވާހަކަތަކުން މިހާރު ދޭހަވަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް ދެން އިއުލާން ކުރާނީ ސިވިލް ކޯޓުގެ ހުކުމް މާނަކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނިމުމުން ކަމެވެ. އެހެންވެ، އެ މައްސަލަ ނުނިމި ކިތަންމެ ދުވަހެއް ވިޔަސް އިންތިޚާބު ނުބާއްވާ ތިބެދާނެ އެވެ. އެހެން އެކަން ވެއްޖެ ނަމަ، އޭގެ އާޚިރު ނަތީޖާއަކަށް ވާނީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރުމާއި ނުކުރުން އެހެން މުއައްސަސާއެއްގެ މައްޗަށް ދޫކޮށްލެވުމެވެ.

ކޯޓުން މައްސަލަ ނުނިމެނީސް އިންތިޚާބު އިއުލާން ނުކުރާނެ ކަން އެނގޭ ނަމަ ކޯޓުގައި ހިނގާ މައްސަލައިގެ ތެރެއަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުމުގެ ފުރުސަތު އޮންނާނެ އެވެ. އޭގެ ބަދަލުގައި އިންތިޚާބުގެ ތާރީޚު މިހާރު އިއުލާންކޮށްފި ނަމަ އެކަން ވާނީ ހުށަހަޅާފައި އޮތް މައްސަލަ ކޯޓުން އަވަހަށް ނިންމަން ވެސް އެޅޭ ބާރަކަށެވެ. އަދި އޭރުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ވެސް އިންތިޚާބުގެ ކެމްޕެއިންތައް ގެންދާނެ ގޮތް ކަނޑައެޅި، އިންތިޚާބަށް ރަނގަޅަށް ތައްޔާރު ވެވޭނެ އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ގުނަނީ: ކައުންސިލް އިންތިޚާބުގެ ތާރީޚު އިއުލާން ނުކުރާތީ އިދިކޮޅު ޕާޓީތަކުން ވަނީ ފާޑުކިޔާފައި-- ފޮޓޯ: އިލެކްޝަންސް

އިންތިޚާބުގެ ތާރީޚު އިއުލާން ނުކުރާތީ އިދިކޮޅު ޕާޓީތަަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިންތިޚާބުގެ މައްސަލަ އިސްތިއުނާފް ކުރަން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނާއި އިންތިޚާބުގެ ތާރީޚު އިއުލާން ނުކޮށް ލަސްކުރާތީ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮމިޝަނުން "ގޭމެއް" ކުޅެނީ ކަމަށެވެ. ކޮމިޝަންގެ އަސްލު ބޭނުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބު ފަސްކުރުން ކަމަށް ޕާޓީތަކުން ތުހުމަތުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އަމަލާ މެދު ސުވާލު އުފެދޭ

ގާނޫނީ ބައެއް ވަކީލުން ވެސް ފާހަގަކުރައްވާ ގޮތުގައި އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް އެއްވެސް ހުރަހެއް ނެތެވެ. ހުކުމް އޮތް ގޮތުން ކަމެއް ސާފުނުވާ ނަމަ ދެން ޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށް ހުށަހަޅަން ނުވަތަ އިސްތިއުނާފް ކުރާށެވެ. އެކަމަކު އެގޮތަށް ކޮމިޝަނުން އަމަލު ނުކޮށް އަދި އިސްތިއުނާފް މުއްދަތު ވެސް ހަމަވި ފަހުން އެ ހުކުމް މާނަކުރަން ހައި ކޯޓަށް ދިއުމުން އެކަމާ މެދު ވަކީލުން ސުވާލު އުފައްދަ އެވެ.

"ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ކޮމިޝަނުން އަމިއްލައަށް ދޫކޮށްލުމުން އެ ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވީ، މިހާރު އެ ހުކުމް މާނަކުރަން ކޮމިޝަނުން ހައި ކޯޓަށް ދިއުމުން އެ ކޮމިޝަންގެ ނިޔަތާ މެދު ސުވާލު އުފެދޭ،" ނަން ނުޖަހަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން މިހާރު އަމަލުކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ. އޭގެ ސަބަބުން އިންތިޚާބަށް ކެމްޕެއިންކޮށް އަދި އެތައް ޚަރަދެއް ކޮށްފައި ތިބި ކެންޑިޑޭޓުންގެ ހައްގުތައް ދަނީ ގެއްލެމުންނެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ސިވިލް ކޯޓުގެ ހުކުމުގައި ގާނޫނީ ބޮޑެތި މައްސަލަ ހުރި ކަމަށް ކޮމިޝަނުން ކުރިން ބުނުމަށް ފަހު އެ ހުކުމް އިސްތިއުނާފް ނުކުރުމެވެ.

"އެ ހުކުމް މާނަކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ހައި ކޯޓަށް އެ ދިޔައީ އިންތިޚާބީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮތީ ހަމައެކަނި ހައި ކޯޓަށް ކަމަށް ދެކިގެން ކަމަށްވާ ނަމަ އެ ހުކުމް އިސްތިއުނާފް ނުކޮށް ދޫކޮށްލީ ކޮމިޝަންގެ އިހްލާސްތެރިކަމެއް ނެތީމަ ކަމަށް ބުނެވިދާނެ،" އެ ވަކީލް ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ކުރިން އިންތިޚާބަށް ކުރިމަތިލި ފަރާތްތައް އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް އަދި އިތުރު ބަޔަކު ކުރިމަތިލާން ބޭނުން ނަމަ އެކަމަށް ކޮންމެވެސް މުއްދަތެއް ދިނުމަށް ފަހު އިންތިޚާބު އިއުލާން ކުރަން ޖެހެ އެވެ.

ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގެ އެންމެ މުހިންމު އެއް ޝަރުތެވެ. އެކަމަކު ކައުންސިލް އިންތިޚާބުގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ޖަވާބަކަށް ވާނީ އިންތިޚާބު ފަސްކުރަން ކޯޓުގެ ހުކުމެއް އޮތް ވާހަކަ އެވެ. ތެދެކެވެ. އެފަދަ ހުކުމެއް އެބަ އޮތެވެ. އެކަމަކު ހުކުމާ އެއްގޮތަށް އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް އެއްވެސް ހުރަހެއް ނެތީސް އެކަން ނުކުރުމަކީ ކޮމިޝަންގެ ނިޔަތް ގޯސްވުން ކަމަށް ބެލިދާނެ އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ބޭއްވި އިންތިޚާބަކީ 2013 ގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވައި ނިންމައި، ދެވަނަ ބުރަށް ތައްޔާރު ވަނިކޮށް ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް، ބޮޑެތި ގައިޑްލައިންތަކާ އެކު ސުޕްރީމް ކޯޓުން އެންގީ އިންތިޚާބު އަލުން ބޭއްވުމަށެވެ.

އަލުން އިންތިޚާބު ބާއްވަން ކޯޓުން އެންގުމަށް ފަހު އާ އިންތިޚާބު ނިމި، ނަތީޖާ އިއުލާން ކުރެވެންދެން ވެސް ހުރިހާ ކަމެއް ދިޔައީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގަ އެވެ. ސަބަބަކީ ހުކުމަށް ފަހު އިންތިޚާބަށް ތައްޔާރު ވަމުން ދިޔައިރު އެ ހުކުމުގައި ބުނެފައި ނެތް އެތައް ކަމަކާ ގުޅޭ ގޮތުން އެތައް އަމުރެއް ކޯޓުން ނެރެމުން ދިއުމެވެ.

އެ އިންތިޚާބާ ގުޅޭ ބައެއް ކަންކަން ކޮމިޝަނުން ނިންމުމުން، އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެ ކޯޓު އަމުރެއް އާދެ އެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ނިންމުމުން، އެކަން ކުރަން ޖެހޭނީ އެހެން ނޫން ކަމަށާއި މިވެނި ގޮތަކަށް ކަމަށް ބުނެ އެހެން އަމުރެއް އާދެ އެވެ. އެކަމަކު އެ ހުރިހާ ކަންކަމާ އެކު ވެސް އޭރުގެ އިލެކްޝަންސް ކޮމިޝަނުން ދިޔައީ އިންތިޚާބުގެ ތާރީޚު އިއުލާންކޮށް، އެކަމަށް ތައްޔާރުވަމުންނެވެ. ކޮމިޝަނުން އޭރު މަސައްކަތްކުރީ ވީހާ ވެސް އަވަހަކަށް އިންތިޚާބު ބާއްވާށެވެ.

ކޯޓުން މައްސަލަ ނުނިމުނަސް އިންތިޚާބު އިއުލާން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. އެކަން ކޮމިޝަނުން ކުރަން އެބަ ޖެހެ އެވެ. އެހެން ނޫނީ އިންތިޚާބަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމުގެ ފުރުސަތު ލިބި، އިންތިޚާބުގެ ނަތީޖާއާ މެދު އޮންނާނީ އިންތިޚާބުގެ ކުރިން ވެސް ސުވާލު އުފެދިފަ އެވެ.

21 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 6%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިންބެއްޔާ

04 January 2017

މުހިންމީ ލޯ އެންޑް އޯޑަރ ތޯ ނޫނީ "ހެޔޮ" ނިޔަތެއްގައި ބެންޑެއް ވައްޓާލުންތޯ...

The name is already taken The name is available. Register?

ތަކުރު

03 January 2017

އޯކޭވާނެ އޯކޭދިވެހިން ވަރަންސަލާމް

The name is already taken The name is available. Register?

ދޮންމަނިކު

03 January 2017

ހަމަ މިގޮތަށް ރިޔާސީ އިންތިޚާބު ވެސް ދާނީ. އިއުލާން ނުކުރެވިގެން ނުވަަތަ ތައްޔާރު ނުވެވިގެން. ދުވަސްކޮޅަކުން ރައްޔިތުން އިންތިޚާބު މަތިން ހަނދާން ނެތޭނެ. ދެން އޮންނާނީ ވެރިކަން މިލްކުވެފަ. މިއީ ޔަގީން ކަމަކީ...

The name is already taken The name is available. Register?

އަބްދުއްލާ އަލީ

03 January 2017

ހިގާނީ އަށް ތާއީދު މިގައުމު ތަރައްގީ ނުކުރެވޭނެ ލޯކަލް ކައުންސިލަކުން މިގައުމު ތަރައްގީ ކުރެވޭނީ އާބާދީ އެއްފަސް ކުރެވިގެން އޭގެ ބައެއް މިސާލު ތަކަށް ބަލާއިރު ރާއްޖޭގަ އެބަތިބި ސަރުކާރުން މުސާރަދޭ 200 ވަރަކަށް ޑޮކްޓަރުން އާބާދީ ކުދިރަށްރަށުގާ ތިބޭޑޮކްޓަރުންނަކީ ބޭނުން ނުހިފި މުސާރަދެވޭ ބައެއް . ކިތައް ޓީޗަރުން އެބަތިބިތަ ؟ ކުދި ރަށްރަށުގާ ތިބޭ ޓީޗަރުންނަކީ ފުރިހަމަ ބޭނުން ނުހިފި މުސާރަދެވޭ ބައެއް ކިތައް އޮފީސް ކިތައް ކޯޓް ބޭނުން ނުވާ އެކަމަކު ހުންނަން މިޖެހެނީ ؟ މިކަން ހައްލުވާނީ އާބާދީ އެއްފަސް ވެގެން.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

04 January 2017

ހުޅުމާލެ ނިންމާފައި އެނބޫދޫ ފަޅާއި ހިފަމާތޯ؟ އޭރުން ފަރަތަމަ އިހަވަންދިއްޕަޅު ހުސްކޮއް ކުއްޔަށް ދެން އައްޑޫ ހުސްކޮއް ކުއްޔަށް ދެން ތިލަދުންމަތީ އުތުރު ދެން ފުވައްމުލައް... މަތިން އެކަތި ތިރިން އެކަތި. ލާރިވެސް އޮހޭނެ. މައްސަލަވެސް ހައްލުވީ.

The name is already taken The name is available. Register?

އަބްދުއްލާ އަލީ

03 January 2017

އިލެކްސަނުގެ މެމްބަރުން ހުވަޔާ ހިލާފު ވީކަމަށް ކަޑައެޅުމުގެ މަރުހަލާ މިހާރު ޖެހެން ކައިރިވެއްޖެ.

The name is already taken The name is available. Register?

ހިނގާނީ

03 January 2017

ނުޖެހޭނެ ކޮންމެހެން ލޯކަލް ކައުންސިލު އިލެކްޝަން އެއް ބާއްވަން ވެސް. ގާނޫނު އަސާސީ އަކީ އެއީ ދެން މާ މޮޅު ބަޔަކު ހެދި އެއްޗެއް ވެސް ނޫނެވެ. އެއީ އަކީ އަދި ފައިނަލް ސްޓޭޓްމަންޓް އަށް ވާން ވެސް ނުޖެހޭ އޭގައި ހުރި ކަންކަން ޕްރެކްޓިކަލް ނުވާނަމަ. އެގޮތުން ގާނޫނު އަސާސީ ގައި ހުރި އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ ބާބު ވެސް ސްޓްރީމް ލައިން ކުރަންވީ ރެގިއުލޭޓަރީ އޮރިއެންޓެޑް އުސޫލަށް. އަދި ހަމަ އެއާއި އެކު ގާނޫނު އަސާސީން ނެރެ ހޫރާލަންވީ ލޯކަލް ކައުންސިލު ތަކާއި ބެހޭ ބާބު. އެބާބު އެއްލާލުމަށް ފަހު އޭގެ ބަދަލު ގައި އިތުރު ކުރަންވީ ރާއްޖެ އެއްފަސް ކުރުމާއި ބެހޭ ބާބު. އެބާބުގެ ދަށުން ރާއްޖޭގެ 10 ހާހުން ދަށުގެ ހުރިހާ އާބާދީ ތައް މާލެ ސަަރަހައްދަށް ހިޖްރަ ކުރުވުމަށް ޓަކައި އަހަރަކު 5 ބިލިއަން ރުފިޔާ މާލެ ސަރަހައްދަށް ބިން ހިއްކާ ފްލެޓްސް ތައް އަޅާ އަދި ޕަބްލިކް ބިލްޑިންގްސް ތައް އަޅާ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް ދޫކުރަން ޖެހޭނެއެވެ. އެއިރުން އެކަން ފުރިހަމަ އަށް ހިނގާނީ.

The name is already taken The name is available. Register?

އިންސާފު

03 January 2017

އީސީގެ މެމްބަރުންގެ ޙާލަތާމެދު ހައިރާންވެ ހިތާމަކުރަން. ތިޔަފަދަ ޙާލަތުގައި މަޤާމުގައި ދެމިތިބެ މުސާރަ ފަރިއްކުޅުއްވުމަށްވުރެ، މަޤާމު ދޫކޮށްލައްވާފައި ފިނިއަށީގައި އޮށޯވެ އޮތަސް ހިތަށް މާބޮޑުތަނުން ފަސޭހަވެފަ އާޚިރަތުގައި ގިނަ ސަވާބުލިބޭނެ. ތިބާމެން ތިޔަ ތިއްބެވީ އެންމެހާ ރައްޔިތުންގެ ޙައްޤު ހިފަހައްޓައިގެން އެއަށް ފައިން އަރުއްވައިގެން. ލަދެއް ހުރިނަމަވެސް ތިޔަގޮތަށް ކަންތައް ކުރާކަށް ނުކެރޭނެ.

The name is already taken The name is available. Register?

ވޯަޓުފޮށި

03 January 2017

އެމަނިކުފާނުގެ އިޝާރާތަކަށް ބަލަބަލާ މިނިވަން މުވައްސަސާ އުއްތަ

The name is already taken The name is available. Register?

ގެންދަގަ

03 January 2017

ލޯކަލް ކައުންސިލު އިންތިޚާބު ބާއްވާނެ ބަޖެޓެއް މިއަހަރު ބަޖެޓް ފޮތުގައި ނެތެވެ. ކަން މިހެން ހުރުމުން ދެން މިއަހަރު ލޯކަލް ކައުންސިލު އިންތިޚާބު ބާއްވާނަމަ ބާއްވަން ޖެހޭނީ މަޖްލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށައަޅައިގެން އެ ބަޖެޓް ފާސް ވުމުންނެވެ. މަމެންގެ ޕްރެޑިކްޝަންސް ތަކުން ދައްކަނީ އަންނަ އަހަރު ތިކަން ކުރެވޭނެ ކަމަށް ނުވަތަ މިއަހަރު ފަހުކޮޅު ތިކަން ކުރެވޭނެ ކަމަށް. މިއަންނަ އަހަރު ތިޔާ އިންތިޚާބު ބޭއްވިޔަސް ގާނޫނު އަސާސީ އާއި ޚިލާފު ނުވާނެއެވެ. މައްސަލަ އެއް އޮވެއްޖެ ބަޔަކު ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ގެންދަންވީ އެވެ.

The name is already taken The name is available. Register?

އަން

03 January 2017

ޕޕޔ އިންނާންގާތިވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454