ވިޔަފާރި / ދިރާގު

ދިރާގުން އަބޫދާބީ، ދުބާއީ އަދި އިސްތަންބޫލުގެ ދަތުރު ލިބޭ ޕްރޮމޯޝަނެއް

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ބައެއް ވެރިން: (ކ-ވ) މެނޭޖަ ކޮންޒިއުމާ ޕޯސްޓްޕެއިޑް، ޖަނާ އިބްރާހިމް، އެސިސްޓެންޓް މެނޭޖާ އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް، ކޮންޒިއުމާ އެގްޒެކެޓިވް، އައިޝަތު އަފާ މުސްތަފާ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިރާގުން ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ތުރުކީގެ އިސްތަންބޫލު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެ ކުންފުނީގެ ޕޯސްޓް ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުންގެ މެދުގައި މެދުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް މެނޭޖަ އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް ވިދާޅުވީ، ގުރުއަތުން ހޮވޭ މީހުންނަށް ލިބޭ ދަތުރުގެ ހުރިހާ ހަރަދެއް ދޭނެ ކަމަށެވެ. ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން އަބޫދާބީ އާއި ދުބާއީގެ ދަތުރުފަތުރުގެ ހަރަދު ވެސް ދިރާގުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާރިހު ވިދާޅުވިގޮތުގައި، ނުވަ ދުވަހުގެ އެ ދަތުރު ލިބޭ މީހުން ޝޮޕިން ނުވަތަ ބޭނުންވާ އިތުރު ހަރަދުތައް ކުރުމަށް 1،000 ޑޮލަރު ވެސް ދޭނެ އެވެ.

Amilla Postpaid - Plans

Amilla Postpaid - Plans

Customize your plan the way you want! Monthly Data Plans or Salhi Daily Data Plans.

އަމިއްލަ ޕޯސްޓުޕެއިޑް ޕެކޭޖުތަކުގެ މައުލޫމާތު.

އަންނަ ސެޕްޓަމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޕޯސްޓު ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުން ޑިޕޮސިޓް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. އާންމު އުސޫލުން ނަމަ ޕޯސްޓް ޕެއިޑް ހިދުމަތް އަލަށް ނަގާ މީހުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހެ އެވެ.

Dhiraagu Postpaid - Plans

Dhiraagu Postpaid - Plans

Just set your data, the rest is on us

ޕޯސްޓްޕެއިޑް ޕެކޭޖުތަކުގެ މައުލޫމާތު.

ދިރާގުގެ ޕޯސްޓް ޕެއިޑް ޕްރޮމޯޝަންގެ ދަށުން 500ރ. އިން މަތީގެ ޕެކޭޖު ނަގާ މީހުންނަށް، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް އިތުރު 3 ޖީބީ ޑާޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

އެ ޕްރޮމޯޝަންގައި 500ރ. އިން ދަށުގެ ޕެކޭޖު ނަގާ މީހުން، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލަށް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާން

27 July 2022

ކުރީ ކަސްޓަމަރުން ކެންސަލް!

The name is already taken The name is available. Register?

ޑި ދިރާޤު

25 July 2022

ދެން ކޮބައިތޯ މިހާރުގެ ކަސްޓަމަރުންނަށް އޮތް އެއްޗަކީ، ދިރާގު މިހާހިސާބަށް މިދިޔައީ އެކަސްޓަމަރުންގެ ސަބަބުން. ވަރަށްވެސް ބޭއިންސާފު، އުއްމީދުކުރަން ދިރާގު ވެރިން މި ކޮމެންޓް ކިޔާފަ ރަނގަޅު ގޮތެއް ނިންމާނެ ކަމަށް

The name is already taken The name is available. Register?

އެބައިމީހުން

25 July 2022

ދިރާގު ދޯ މުޅި އޭސިޔާގައިވެސް އެންމެ ޓެރިފް މަތީ މިބައިމީހުން

The name is already taken The name is available. Register?

ހުސްނުހީނާ

25 July 2022

ދިރާގު ވަރަަށް ސަޅި!

The name is already taken The name is available. Register?

ޕޯސްޓޭ

25 July 2022

ގަދައޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454