27 ޖުލައި 2022 - 12:01
ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ ޝޭހުން ފަތުވާއެއް ނެރެފި އެވެ.
ޝިރުކުގެ އަމަލެއް ނެތް ނަމަ ޔޯގާ ހުއްދަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެފައި ވަނިކޮށް، އިލްމުވެރިން ގުޅުމުން ނެރުނު ފަތުވާގައި 104 ޝޭހުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި ފަތުވާ ނެރުނީ މި މަހުގެ 15 އިން 18 އަށް ކުރި ދިރާސާއެއްގެ މައްޗަށެވެ.
އެ ދިރާސާގެ ހުލާސާ ރިޕޯޓުގައި ބުނެފައިވަނީ ހިންދޫންގެ ގާތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށެވެ. ހިންދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބަރުގެ އިތުރުން ސިކުނޑީގެ ބާރުގެ މައްޗަށް ކަމަަށާއި ޔޯގާގެ 5 ބައި ފުރިހަމަ ވުމުން އެ މީހާ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުން ވެސް ސަލާމަތްވެފައިވާ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ރިޕޯޓުގައި ބުނީ ކަސްރަތުގެ ނަމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫން ޔޯގާ ފެތުރުމުގެ މަގުސަދަކީ އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އެ ދީނަށް ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުންމަތުގެ އިލްމުވެރިން ދިރާސާ ކުރުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބަލާއިރު، ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއްގެ ގޮތުގަ އެވެ.
އެ ރިޕޯޓުގައި ގުރުއާނާއި ސުންނަތުން ދަލީލުތައް ހިމަނައިފައިވާއިރު ޔޯގާގައި ހިމެނޭ އެކިއެކި ކަންކަމަށް ވެސް ވަނީ އަލިއަޅުވައިލައިފަ އެވެ. އިސްލާމީ ގައުމުތަކަށް ހިންދޫންގެ ސަގާފަތްތައް އިޔާދަކުރުމަށް ރޭވުންތެރިކަމާއެކު ހިންގާ ގިނަގުނަ މަޝްރޫއުތަކަށް ފުންކޮށް ބަލާލައިފި ނަމަ އެއިން އެއްވެސް އިލްމުވެރިއަކު ވެސް އެކަން ހަރާމް ނުވާނެ ކަމަށް ވިދާޅުވާނެ ހުއްޖަތެއް އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
"ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެ ބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުމެވެ. އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއް ކަމުގައި މީސްތަކުން ހެދުމެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން މާލޭގައި ޔޫތު މިނިސްޓްރީން ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ގަލޮޅުދަނޑުގައި އޮތް އެ ހަރަކާތް ހުއްޓުވަން ބަޔަކު މީހުން އެ ދުވަހު އެ ތަނަށް ވަދެ ވަނީ ހަމަނުޖެހުން އުފައްދައިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން އިލްމީ ރިޕޯޓެއް ވަނީ ނެރިފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އެކަމަކު އެކި ކަންކަމުގައި ދީނީ ގޮތުން އޮންނަ ގޮތް ބައްލަވައި ގިނަ ބަޔަކު އިތުބާރުކުރާ ރައުޔުތައް ނެރުއްވާ މައުމޫން ވިދާޅުވާ ގޮތުގައި ޔޯގާ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުން ފިލުވުމަށް
28 July 2022
ބުޑިޒަމްއާއި ބުދު ދީނަކީ ތަފާތު ދެ ދީނެއް. ބުދުދީނަކީ ޕޮލީތިޒަމް. ބުޑިޒަމަކީ ކަލާންގެއެއް ނުވާކަމަށާއި ދުނިޔެއަކީ ތާއަބަދަށް ވާތަނެއް ކަމަށާއި އިންސާނުން މަރުވުމަށްފަހު އަލުން ދުނިޔެއަށް އުފަންވާކަމަށް ގަބޫލުކުރާ ބައެއް. ދިވެހީން މިދެދީން އޮޅުވާލާތީ މިހަބަރު ފަދަ މައުލޫމާތްތަކަކީ ތާކުންތާކުން ނުޖެހޭ މައުލޫމާތެއް ކަމަށް ޒުވާނުންނަށް އެބަހީވޭ. މިއުޅޭ ސަލަފީންނަކީވެސް އެދެދީނަކީ އެކައްޗެއް ކަމަށް ގަބޫލުކުރާ ބައެއް. ސޯ އިގްނޮރެންޓް
ކުރުތާ މަންޖެ
28 July 2022
މައުމޫނު ހާ ކޫލް މީހެއް މަދުވާނެ. ޔޯގާ އަކީ ހެލްތީ ލައިފްސްޓައިލް އެއް އެޑަޕްޓްކޮށް ސްޕިރިޗުއަލީ އިންސާނާ ވަރުގަދަ ކޮށްދޭ ބުޑިސްޓް އަދި ހިންދީ ކަލްޗަރއަށް ނިސްބަތްވާ ޑިސިޕްލިން އެއް. ޔޯގާއިން އަހަންނަށް ދަަަސްވީ ަަސާފުތާހިރު ކޮށް ދިރިއުޅުން ބައްޓަން ކުރުމާއި، ފާފަ ތަކުން ދުރުވުމަށް. އޭގެ އިތުރުން ކެއުމުގެ ރަނގަޅު އާދަތަކާއި އިންސާނާގެ ހަށިގަނޑު އަމިއްލައަށް ބަލަހައްޓަން ދަސްވި. އިންސާނިއްޔަތު ކަމަށް ބާރު އަޅާ މީހާގެ އީގޯ ބައްދާލަން ބާރު އަޅާ.
ށޭހުސްތާނު
28 July 2022
104 ބޮލުރޮދިން؟!!
ނުދަންނަ މީހަ,
28 July 2022
ހަށިގަނޑުގެ ސިއްހަތާ ދުޅަހެޔޮކަމަށްޓަކާ ކަސްރަތުކުރުމަކީ އެއްވެސްމީހަކު ދެބަސްވެ ހިޔާލުތަފާތުވާކަމެއްނޫން މއްސަލައަކަށްވަނީ ވަކިނަމެއް ކިޔާ ވަކިވައްތަރުތަކެއް ވަކިގޮތަކަށް އެހެން ދީނެއްގެ ބަޔަކު ކުރާގޮތަށްހަމަ ތަފާތެއް ވެސް ނުކޮށް އެވައްތަރުތަށް ޖައްސާތިދޯ ހިޔާލު ތަފާތުވުން މިއުފެދެނީ ހަމަ ސަބަބެއް އޮތީމަ ކަމަށް ގަބޯލުކުރެވޭ, ވ. ސަލާމް
ސިލްޕާ
28 July 2022
ސިޔާސީ ފެން ބޮއެގެން އަމަލްވެގެން ނޫޅެބަލަ.
މޫސިމީސޭޚުން
28 July 2022
ތިބުނާ 104 މޫސިމީ ސޭޚުން ޔޯގާ ނުހެދިޔަސް ހަމަ އޯ،ކޭ އިނގޭ. ކަނޑާލީ އިނގޭ
ސައިޚް
28 July 2022
ތީދެން ކުފޫ ހަމަވާ ބައެއްތަ.؟ ބަލަ ޣައިރު މުސްލިމުން ގަބޫލުކުރާގޮތާ، ހަގީގީ މުސްލިމުން، އިސްލާމުން ގަބޫލުކުރާގޮތާ ތަފާތުކަން ނޭްނގޭ މޮޔަބައެއް، އިސްލާމަކު ގަބޫލެއްނުކުރާނެ ޔޯގާ ހެދިއަސް މަރުނުވާނެކަމަކަށް، ޔޯގާ ހެދިއަސް މީހާ އަބަދު ޒުވާންކަންމަތީ ހުންނާނެކަމަކަށް، މިމީހުންގެ ވިސްނުން މިހިރީ ކިހާ ހިސާބެއްގަބާ.؟
ސަްިހަ
28 July 2022
ކަސްރަތުކުރާ ގިނަ މީހުން ކުރާނީ ޒުވާންކަންމަތީ ތިބެން. ދޮގުނުހަދާ ބުނަން ކެރެންޏާ އެހެން އެކަން އޮންނާނީ.
މުނާފިޤުއިލްމުވެރިން
28 July 2022
އޭ މިތިބަ ގޮތްދައްކަން އުޅޭ ސެލެބްރިޓީ ޝޭކުންނޭވެ. ޙަރާން ޙަލާލު ދުވާލަކު ގޮތަކަށް ބުނެދޭނެކަމެއްނެތް. އެވެސް މަތިންބައިން ޖެހިގެން. އަހަރެމެންނަށް ދީން އެނގޭ. އަހަރެމެން ކަންކަން ނިންމާނީ ކަލޭމެންގެ ސިޔާސީ ޑްރާމާއަށް ބަލައިގެނެއްނޫން. ބުއްދީގެ ހަމަތަކާ ޤުރުއާނާ ސުއްނަތަށް ބަލައިގެން. ކަލޭމެން ސިޔާސީ ވީފަހުން ކަލޭމެންގެ އިތުބާރު ގެއްލިއްޖެ. "ފަހު ދަންނައިންގެ ދަންނަ ކަމުގައި އިހު ތިބީން ގެއްލޭނޭ". އަހަރެމެން ވައު ވައްދާން ނޫޅުއްވާ. ވ.ސަލާން
އާދަމް
28 July 2022
ޔޯގާއަކީ ބޮޑު ޝިރުކު ކަމަށް އަހަރެން ހެކިވަން
މަރިއްކޮ
28 July 2022
އަހަރެން ހެއްކެއްނުވަން.
ކުޑަކަތީބު
28 July 2022
މި މީހުން ކީއްވެބާ ސަމާލުކަން ލިބޭ ކަންކަމަކަށް އެކަނި ވާހަކަ ދައްކަނީ؟ ކީއްވެތަ މިއުޅޭ ބޮޑެތި ޑުރަގު ވިއްކާ މީހުންގެ ވާހަކަ ނުދައްކަނީ؟ ކީއްވެބޯ ގޭންގު މަރާމާރިތައް ލާދީނީ ނުވަނީ؟ އިސްލާމްދީނަކީ ވަރަށް ޒާތީ ކަމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ދައްކަން އުޅޭ ބައެއްހެން މިއުޅޭ ސަލަފުވެސް އުޅެނީ. ޔާމީނު ވެރިކަމުގަ ޔޯގާ ހަލާލުވެފަ މިހާރު ކުއްލިއަކަށް ކީއްވެބީ ހަރާމްވީ؟
ހަލީމާ
28 July 2022
100 ގެ ވާހަކަ އެއް . މާލަެގައި ސަތޭކައެއް ހާ ޑްރަގް ކެފޭ ހުރި އިރު އެތަންތާ ދޮށަށް ތި ޝޭޚުން ގޮސް މުޒާހަރާ ކޮށް ވައުޒު ދޭން ވީ ނުންތަ.