ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވި ދުވަހެއްގައި ބަޔަކު ޗެކިންވާން ކިޔުގައި: އެ އެއާޕޯޓްގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެ ފްލައިޓައް ވަނީ ޑިލޭވެފައި -- ފައިލް ފޮޓޯ
01 އޯގަސްޓް 2022 - 21:20
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ސިސްޓަމްތަކަށް މިއަދު މައްސަލައެއް ދިމާވެ، ފްލައިޓްތައް ޑިލޭވެއްޖެ އެވެ.
އެމްއޭސީއެލް އިން މީގެ ތިން ގަޑިއިރު ކުރިން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އެއާޕޯޓްގެ ޗެކިން ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޗެކިން ސިސްޓަމަށް މައްސަލަ ދިމާވުމާ ގުޅިގެން މިއަދު ހަވީރާއި މިިރޭ އޮތް ފްލައިޓްތަކުން ދަތުރުކުރާ ގިނަ ބަޔަކު ވަނީ ނުފުރި، އެއާޕޯޓްގައި ތާށިވެފަ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު މިރޭ "މިހާރު" އަށް ވިދާޅުވީ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުނުވިި ނަމަވެސް މެނުއަލްކޮށް ފަސިންޖަރުން ޗެކިން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
We are experiencing a technical issue at our check-in system @VelanaAirport. Our technical team is currently working to rectify the issue. We express our sincere apologies for any inconvenience caused.
— Maldives Airports Company Ltd - MACL (@MACLmedia) August 1, 2022
"މައްސަލަ ހައްލުވަންދެން މި ވަގުތު މެނުއަލްކޮށް ޗެކިން ކުރިއަށް ދާތީ ފްލައިޓްތަކުގެ ޑިލޭއެއް އުޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
02 August 2022
ފެއިލް ނުވާ އެއްޗެއް މި ގައުމުގަ އެބައޮތް ތަ؟؟ ލަދަ ކޮބާ؟؟ ބަނާނާ ޔޫ ކޮބާ؟؟ ހަވީރި ސައި އޮތީ ޖެންއެ ވާ.ގުޅާހެތި.އޯކޭ.ވ.ވ.ވެދުން
ކަރީމް ބާއި.
02 August 2022
ދެން ތިކަން ރަނގަޅު ކުރާނީ ތިތަނުން ފައިދާ ލިބޭ ރިސޯތް މަހުޖަނުންނެއްނު. އަހަރުމެނަށް ކީއް.
ކަބީލާ.
02 August 2022
އަހަރުމެން ކަންބޮޑެއް ނުވޭ. ތިއީ އަހަރުމެންނަށް އެހާ މުހިންމު ތަނެއްނޫން. ތިއީ މާލޭގެ މަހުޖަނުންނަށްޓަކާ މާލޭ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ތަނެއް.
އަހުމިއްޓޭ
02 August 2022
އެމްޑީ މަހުޖޫބު އަބަދު ބޭރުގަ. ކޮންމެވެސް ރަސްމީ ދަތުރެކޭ ކިޔާފައި ކުރިއަށް އޮތްމަދު ދުވަސްކޮޅުގެ ބޭނުން ހިފާލަނީ ޖީބުބަރުކުރަން. މީނައެކޭ ފޮރިންމިނިސްޓަރ ޝާހިދެކޭ ތަފާތެއްނެތް. މުވައްޒަފުންގެ ކަންތައް ރިޖެކްޓްކޮށް މީނަ ހުރިހާތަނަކަށް ދަނީ. މީނަ ބުނިކަމަށްވަނީ ސީނިއަރ މުއައްޒަފުންނާއި ބައްދަލުކޮށްފަ “މަމިތާ ހުންނާނީ މަދު ދުވަސްކޮޅަކުދޯ. ވެރިކަން ބަދަލުވެއްޖެއްޔާ އެހެންމީހެއްވެސް އައިއްސާނެދޯ” އެހެންވީމަ އިގޭ މީނަގެ ހުރި މަކަރުވެރިކަން.
ޒިލޭ
02 August 2022
ކޮންމެވެސް މުހިއްމު މީހަކު ރާއްޖެ އެތެރެކުރުމަށް ޖެެއްސި އުކުޅަކަށްވެސް ވެދާނެ. ރާޑަރަށް ނާރާގޮތަށް.
އޮނު ބުރި
02 August 2022
ބޭނުންވާ މީހުން ރާއްޖޭން ބޭރަށް ފުރުވާލަން ކޮށްގެން އުޅޭ ކަމެކޭ ހިޔެއް ނުވޭތަ؟ ހަލާދަނޑީގެ ވެސް ދެކޮޅު އޮވޭދޯ! އެހެން ވީމާ އެއްކޮޅަކަށް ވިސްނުން ބަހައްޓާއިގެން ފަރަކު ޖެއްސޭކަށް ނެތް. އެތެރެވަރީގައި ހުރި ގިރި ގިރިއާ މެދު ވެސް ވިސްނާލަންޖެހޭ.
އަލީ.
01 August 2022
ހަމައެކަނި މުޤައްދަސް ރަށަށް ނޫނީ ފަތުރުވެރިންނަށް ނާދެވޭ ގޮތަށް ހަނިމާދޫ އަދި އައްޑޫ ގަން ބަންދުކޮށްގެން ތިބުމަކީ ރަނގަޅުގޮތެއްނޫން. ގަމާއި ހަނިމާދޫ އޮޕަރޭޓް ކުރައް ފައްޓާ.
ނަސްރު.
01 August 2022
ހަނިމާދު އެއަރޕޯޓާއި އައްޑޫ ގަމުގެ ހާލަތު އޮތީ ކިހިނެއް ؟ އެއީ މާލޭ ސަރުކާރު ދަންނަ އެއަރޕޯޓް ތަކެއްތަ ؟
ސޯލިޙް 4
01 August 2022
އަވަހަށް އިންޑިޔާގެ ޖީއެމްއާރ އާއި ޙަވާލު ކޮށްލާ.
އޮނަރަބްލް އަފީފު ދީދީ
01 August 2022
ސާބަހޭ! ތިވަރުންވެސް ކަލޭމެންގެ ތިޔަހަރަ ޖާހިލު ވިސްނުން ބަދަލުކޮށް ތިތަނަށް ނުކަތާވަރަށް ތިތަނުގެ ބޭނުން ކުރުމުގެ ބަދަލުގައި ރާއްޖޭގެ އުތުރުން ހަނިމާދުއާއި ދެކުނުން ގޭންއެއަރޕޯޓް ފުލްފުލޭޖްގައި އޮޕަރޭޓް ކުރުމަށް އެތަނުގައި ކަލޭމެން އަޅުވާފައިވާ މަރުގެ ތަޅު ނައްޓާލާކަށް ނުވޭތޯ. # މިހާލަތުގައި ހެދި ކޮންމެ ގޮތެއް ވަރިހަމަކަމަށް ހެދިގެން "ކުލީ އަޅުވެތިކަމުގައި" އަހަރުމެންގެ އުމުރު ނަގާލުމުގެ ބަދަލުގައި މި ދުއްޕާނުން ސަލާމަތްވެ ނެއްޓިގަންނަން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
01 August 2022
މުޤައްދަސް ރަށްކޮޅު ކ.އަތޮޅުމާލެއާއި އެރަށުމީހުންގެ "އެއްރަށްދައުލަތް ސިޔާސަތަށް" އަހަރުމެން ފާޑުކިޔާތީ ކިތަންމެ ރުޅިއައި ކަމުގައިވިޔަސް މިޙަޤީގަތް ހާމަކުރަން ޖެހިލުމެއްނުވާނަން. # ކ.އަތޮޅު މާލެނޫންރަށަކަށް ފައިސާފޮއްޗެއް ލިބިދާނެތީ ހަނިމާދުއާއި ގޭންއެއަރޕޯޓްގައި "މަރުގެ ތަޅު އަޅުވައިގެންތިބެ" ލަދު ޙަޔާތް ކުޑަކަމުން މާލޭ އެއަރޕޯޓަށް ކަމެއްދިމާވެ ފްލައިޓްނުޖެއްސޭ ހާލަތުގައި މިމީހުންގެ އިމަރޖަންސީ އެއަރޕޯޓަކީ ލަންކާކަމަށްވެސް އޮތީ ހަމަޖައްސާފަ.