01 އޯގަސްޓް 2022 - 21:46
"އިންޑިއާ ފަސްޓް ޕޮލިސީ" ރާއްޖޭން އަބަދު ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އަށް ދެއްވައިފި އެވެ.
ރައީސް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނިއު ދިއްލީގެ އައިޓީސީ މައުރިޔާ ހޮޓަލުގައި ޖަޔަޝަންކަރުއާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް އިންޑިއާ ސަރުކާރުން ދޭ އެހީތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފަ އެވެ.
މި ސަރުކާރުން އަންނަނީ ފެށުނީއްސުރެ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާ އަށް މާބޮޑަށް ލެނބިފައިވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަ އެވެ.
މި ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ދެނީ ވެސް އެ ގައުމުންނެވެ. އެގޮތުން މި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ވެސް މި ދަތުރުފުޅުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައީސް މިއަދު ޖަޔަޝަންކަރުއާ މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަފުދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރުއާ ބައްދަލުކުރެއްވުން. -- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރު ވެސް މަޝްރޫއުތައް ބާރަށް ހިނގަމުން އަންނަ ކަން ފާހަގަކުރައްވައި، އެ މަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އިންޑިއާ އަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ ރަސްމީ ދެ ވަނަ ދަތުރުފުޅެވެ. ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އިންޑިއާ އަށެވެ. އަދި އެމަނިކުފާނުގެ ދައުވަތަކަށް މޯދީ ވެސް ރާއްޖެ އަށް ޒިޔާރަތްކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހީ
02 August 2022
މިހާރު އިންޑިއާ ފަސްޓް ޕޮލިސީ ނުބާއްވައިފިއްޔާ ކުޅި ދައްކާލާނެ. ލިވާތުކުޅި ގައުމުގަ ހިނގާ ގޮތް ބެލުމުގެ ހިތްވަރު ހުއްޓަސް އިންޑިއާ ދައްކާލާނެ ފަދަ ކުޅި ބެލުމުގެ ހިތްވަރެއް، ގަޓެއް މިވެރިކަމުގަ ނުހުންނާނެ.
މުޙުއްމާ
02 August 2022
ދިވެހިރާއްޖޭގެ މިނިވަން ކަމަށް އިޙްތިރާމް ކުރާ ކޮންމެ ޤައުމަކާއިއެކު ރަޙްމަތްތެރިކަން ބާއްވަން ޖެހޭނެ. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގަ ތިބެގެން ނުވާނެ. މިގިތަށް ފޮރިން ޕޮލިސީ ރާވަން ސަރުކާރަށް ގޮވާލަން.
އެމްސް
02 August 2022
މާނައަކީ މިޤައުމުގަ އަބަދުވެސް އޮންނާނީ ބިދޭސީންގެ ބާރޭ؟ މިހާރުވެސް ހިޔާ ފްލެޓްތަކުގަވެސް އެމީހުން އެހާ ގިނަ، ވެމްކޯއިން ނޫނީ ދިވެއްސަކަށް ލިބޭ ވަޒީފާވެސް މަދު! ކޭޝިއަރުންނަށާއި މުޅި ރީޓެއިލް ޓްރޭޑްގަވެސް މުޅިން ބިދޭސީން!
ކެމްސް
02 August 2022
ހަމަ ރަގަޅަށްވެސް. އިންޑިއާ މީހުން ނުއުޅޭ ފިހާރައެއް ނެތްހެން މިހާރު ހީވަނީ.
2023
02 August 2022
އަބަދަކު ނޫނެވެ. 2023 ނޮވެމްބަރާއި ހަމައަށެވެ. އެހިސާބުން އިންޑިއާ އިން އޯ އިންޑިއާ އައުޓް ނިންމާނީ ދިވެހި ރައްޔިތުންނެވެ. 2023 ނޮވެމްބަރުގައި ދިވެހިން ނިންމާނީ ވެރިކަމަށް އަންނަނީ ކާކުތޯއެއް ނޫނެވެ. އިންޑިއާ އިން ތޯ ނޫނީ އައުޓް ތޯ އެވެ. ވިސްނާށެވެ.
އެއްކަލަ މީހާ ދޯ
02 August 2022
މި ޚަބަރު ލިޔުނު އިރު އިންޑިއާ ފަސްޓް ޕޮލިސީ އަކީ ކޮބައިކަން އަދި އެ ޕޮލިސީގެ ދަށުން ދިވެހިދައުލަތުން ކުރަންޖެހޭ ކަންކަމާއި އިންޑިއާ ސަރުކާރުން ދިވެހިދައުލަތުގައި އެދޭނެ ކަންކަމުގެ ވާހަކަ ކުރުކޮށްނަމަވެސް ލިޔެލިނަމަ ކިޔުންތެރިންނަށް ވަޒަންކުރުމުގައި ފަސޭހަވީސް
އެހުންނަނީދޯ
02 August 2022
އެއީ ގައުމީ ސަލާމަތަށް ބާރުކުރާ ކަހަލަ ވާހަކައަށް ވާނީ.
އަލީބަލީ.
02 August 2022
އިންޑިއާ މެދުވެރިކޮށް ލިބޭ. ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގިޔަ ނުދޭން ސިޔާސީ މީހުން ކުޅޭ ގޭމްތަކަށް ނުބައްލަވާ ކުރިއަށް ވަޑައިންނަވާ!
ވޯރާ ދޮލަނގު
02 August 2022
އިންޑިޔާ މެދުވެރިކޮށް ތަރައްގީ ލިބޭނަމަ އިންޑިޔާ މީހުން ފާހާނާކުރާނީ މަގުމައްޗަކަށްނޫން، ބިޑިހަދަގަން ތަމެޔަ
ބަލީއަލީ
02 August 2022
ތިޔަ ކިޔާ ގޭމް ކުޅޭ މީހުންގެ ތެރެއަށް އިންޑިއާވެސް ލައިގެން ކިޔާބަލަ.
ޙޖގި
02 August 2022
ދައުރު ނިމުނީމަ ތިކަންވެސް ނިމޭނެ.
އައްޗީޑީ
02 August 2022
ދަމަހައްޓާ އެކޮޅުން ތިހިރީ ވޮޗަރު ބާލަން ފޮނުވާފައި ، އަދިވެސް ފަސްޓް ޕޮލިސީ ހެ ހެ
ދުމައިން
02 August 2022
#އިންޑިއަންސްލޭވަރީ #ސައިލެންޓްސްލޭވަރީ #އެގެއިންސްޓްސްލޭވަރީ އިންޑިއާފަސްޓް ޕޮލިސީއަކީ ވަށައިގެންވާކުދިގައުމުތަކުގެ ކަރަށް ފިތައި ނޭވާހާސްކޮށްގެން މަޖުބޫރުން ގެންގުޅުވާ ގެއްލުންބޮޑު ޕޮލިސީއެއް. މިޕޮލިސީގެ ދަށުން އެންމެ ފުރަތަމަ މިނިވަންވާން ދަސްކުރަންވީ ނޫސްވެރިން. ނޫސްވެރިން ހަގީގަތާ އެމީހުންގެ ޕްރިޕެގެންޑާ ނިއުޅާނަމަ ތިޔަގައުމުގެ ނަން އިވުނަސް މީހުން ހޮޑުލާނެ.
ވާނުވާ
02 August 2022
ކޮބާތަ ތިބުނާ އިންޑިޔާގެ އެހީއަކީ، ނޫފުލޭވަރުގެ ބޮޑެތި ލޯނު ބޮލުގަ އަޅުވައިގެން ހިންގާ މަޝްރޫއަށް އެހީއޭ ކިޔޭތަ!! ޤައުމުގެ އެތަން މިތަން ދިގުމުއްދަތަށް އަތުލައިގެން ޖަހާ ސަކަތާތް. އެއީ އެމީހުނަށް ޤައުމު ތަބަކަށް ލާފަ ދިނުން. އެއްވެސް ފަސްޓް ޕޮލިސީއެއް ނޯންނާނެ. ދަމަހައްޓަންވީ އެއިރެގަ ޤައުމަށް އެންމެ ފައިދާހުުރި ބަޔަކު ދޭ އޮފަރ