ނަޝީދު: އެމަނިކުފާނު ފޮޓޯތަކެއް ލިބިވަޑައިގަތް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން އެދެފި---ފޮޓޯ: މަޖިލިސް
04 އޯގަސްޓް 2022 - 15:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގަތް ކަމަށް ބުނާ މައްސަލަ ބަލަން ޕޮލިހަށާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް އަދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ތިން މުއައްސަސާ އަށް މި މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް އަދާކުރެއްވި އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އޭނާގެ ސިޓީތަކުގައި ވިދާޅުވެފައި ވަނީ އެފަދަ ފޮޓޯޓަކެއް އެއްވެސް ފަރާތެއްގައި އަތުގައި ހުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އެފަދަ ތުހުމަތުތަކެއް ރައީސަށް ކުރެއްވުމުން ރައިސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަން ލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން އެ ފޮޓޯތައް ހުރިތޯ ނުވަތަ ނެތްތޯ ތަހުގީގުކޮށް ބަލަންޖެހޭ ކަމަށާއި ހުރިކަން ސާބިތު ނުވެއްޖެ ނަމަ އެއީ ހައްދު ކަނޑައެޅިފައިވާ ގާނޫނީ ކުށެއް ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ ބްލެކްމެއިލް ކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށާއި އެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ފޮޓޯތަކެއް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވީ، އެއް ޖިންސުންް ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން، ވަކި ބައެއްގެ މައްސަަލަތައް ބަލަނީ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށްފަހުގަ އެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތްތަނާ ހަތަރު ފޮޓޯއެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވެފައި ވަނިކޮށް އިއްޔެ މީހަކު އެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
05 August 2022
ހުށަހަޅަން ހަތަރުވަނަ މުވައްސަސާއެއްވެސް އެބަ އޮތޭ. އެއީ ސިފަންގެގޭ ބަދިގޭ ބޮޑުކައްކާ.
އަބްޑޫޅް
05 August 2022
ބަލަ އޭނަ ބުނީ އެ ފޮޓޯތައްލިބުނު ވާހަކައޭ. އޭނަގެ އަތުގަ މިހާރު އެ ފޮޓޯ ތައް ހުރި ވާހަކައެއް ނުބުނެ. ގާނޫނީ ކުށަކަށް ވާނީ އެ ފޮތޯތައް އޭނަ އަތުގަ ހުރިނަމަ. މިއީ ވޮށިފިލާގޮނޑީގަ ލިޔެގެންނާއި ރޯނުފަށެއްގަ ގޮށްޖަހައިގެން ހިސާބުކިތާބު ބެލެހެއްޓި ޒަމާނެއް ނޫނޭ. ހޯމްމިޝްޓީގެ ޑިޕިޔުޓީ އަކަށް އުޅުނު މީހާ ތިޔަހުރީ ކޮން ގުރަހައެއްގަތަ؟ ސުޕުރީމު ކޯޓަށް މައްސަލަ ހުށަހަޅަނީ އެހެން އެތައް ކަމެއް ފުރިހަމަވުމަށްފަހު ކަމުގަ، މި ދެބަނދިޙާރަޔަށް ނޭގެނީތަ؟
ޢަޒްރާ އލ
05 August 2022
ތިޔަ ބައިގަނޑު ވެރިކަމަށް އައީ ކީކޭ ކިޔާފަ ކޮންވަޢުދުތަކެއް ކޮއްފަތަ މިގައުމު ދުވަހަކު ފަސާދަ ނުވާހާ މިންވަރަށް މިދައުރުގަ އެކަނި މިގައުމު ފަސާދަ ކޮއްފި މީހަމަ ވަލުދޮރާށިން ވެރިކަން ކުރަން އުޅެގެން ވީގޮތް
ފަލަސްތީން
05 August 2022
އެމްޑިޕީއައް ތާއީދު ކުރެވޭކައް ނެއް ފީޔާޅާ މީހުން ތިބި ބައިގަނޑެ
ސިޔާސީ ހިނިހޮރު
05 August 2022
މި ސަލީމްވެސް އެބައުޅޭދޯ. ސިޔާސީ މަސްވެރިކަމުގެ ސީޒަނުގެ ފައިދާ ހިފަން ނުކުތީ
ފޮޓޯބެ
04 August 2022
ފޮޓޯކޮޅު އެގެނދިޔައީ ފޭރޭމީހާ
ނައްސި
04 August 2022
ތިމައްސަލަ ބަލާފިއްޔާ މުއައްސަސާތަކުގެ އެންމެން ނައް އޭރުން އުޅުމައް ދަތިވާނެ...
އ
04 August 2022
ތިކަން ބެލެން ޖެހޭނެ.. ނިކަމެތި މީހާ އެއްޗެކޭކީމައި ޖަލުގޮޅީގައި ބޭއްވުމުގެ ބަދަލުގައި އިންސާފު ހިފެހެއްޓެން ޖެހޭނެ.. މި ދައުލަތުގެ ގަދަރާއި އިއްޒަތް ނެގެހެއްޓެން ޖެހޭނެ. އެހެންނޫނީ ފާލުން ނެއްޓި ވިލާތެއް ލިވާތެއް ހަމަ އޯކޭވާނެ.
އެމްސް
04 August 2022
4 ފޮޓޯގަނޑުން ފެންނަ މީހާއަށް އޮތީ ކޮން ޙުކުމެއް ތޯ؟
ބަރުބާދު
04 August 2022
މާދަމާ ރަނގަޅު ނުބުނެފިއްޔާ ފޯނުޖަހައިގަނެގެން ފިލިމީހާ ފޮޓޯތައް ފޮނުވިމީހާވެސް ޖަހައިގަނެގެން ފިލައިފިއޭ.!!!!!.
އުދުހޭ
05 August 2022
ދެން އެފޮޓޯތަށް ފެނުން ލޯ ހުންނާނެއެއްނުން.
އެމްސް
04 August 2022
ދަނޑިވަޅު ބަލަން ހުރެފަ، ޢުމަރ ނަސީރު ފާޅު ވަނީކީ ނޫންބާ؟