ޚަބަރު / ކްރިމިނަލް ކޯޓް

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމް ހަތަރު މަހަށް ޖަލަށް، އެކަމަކު މިނިވަންވެއްޖެ

ރުސްތުމް: އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވިޔަސް، އޭނާ މިއަދު މިނިވަންވާނެ

އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އެކަމަކު އޭނާ މިހާތަނަށް ބަންދުގައި ހަ މަސް ދުވަސް ހޭދަކޮށްފައިވާތީ އެ ހުކުމް އަޔަސް، އޭނާ މިއަދުން ފެށިގެން މިނިވަންވާނެ އެވެ.

ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.

ރުސްތުމްގެ މައްޗަށް ކަނޑައެޅޭނެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް، ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވާނެ ކަމަށެވެ.

މީގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އެކަމަކު އޭނާ އިއުތިރާފްވުމުން އަދަބުގެ މިންވަރު 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށްކުރުމުން އެ ކުށުގައި އޭނާއަށް ދެވޭނީ 13 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުންޏެވެ.

މިއިން އެއްވެސް ކުށެއްގައި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައެއް ނުވެ އެވެ. އަދި އަދަބާ ބެހޭގޮތުން ރުސްތުމް ބުނީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އެ މައްސަަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވަވަމުން ވިދާޅުވީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ހުކުމް ކުރައްވާ ކަމަށެވެ.

އެކަމަކު ރުސްތުމް މިހާރު ބަންދުގައި ހަ މަސް ދުވަސް ހޭދަ ކޮށްފައިވާއިރު، ގާނޫނު އޮންނަ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ މިސްބާހު ވިދާޅުވި އެވެ. އެގޮތަށް އުނިކުރުމުން ރުސްތުމް އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ. އަދި އޭނާ މިއަދު މިނިވަންވާނެ އެވެ.

30 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 3%
icon angry icon angry 64%
icon wow icon wow 3%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާސިމް

16 August 2022

މީނަ މީ ދިވެހި ރައްޔިތެއްތަ މިހާރުވެސް؟ ގާނޫނު ބުނާގޮތުން ދިވެހި ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭ.

The name is already taken The name is available. Register?

މީނަ މިއީ ވަބާއެއް

14 August 2022

މީނަ އަކީ މިގައުމަށް ހެޖިފަހުރި އަދި ދީނަށް ފުރައްސާރަ ކުރާ މީހެއް. މިކަހަލަ މީހުން މިޤައުމަށް ބޭނުމެއްނޫން. މީ އެމްޑީޕީ ސަރުކާރުގަ މިކަން ވާނެ ގޮތް

The name is already taken The name is available. Register?

ގުއިއްޒު

14 August 2022

އޭނަ މިހާރު އެއީ ކާފަރެއް ނޫންތަ? އެކަމަކު މިއީ 100% މުސްލިމު ގައުމެއް. ހަމަ ގައިމުވެސް އޭނާ ދިވެއްސެއްގެ ގޮތުގައި ހުރެގެން 100% ހަމައެއް ނުވާނެ.

The name is already taken The name is available. Register?

ޢަރުތަ

14 August 2022

އެހެންތަވަނީ! ދީނަށް ފުރައްސާރަ ކޮށްފިއްޔާ އެމީހެއްގެ ކިބައިން އެމީހެއްގެ ދީން ގެއްލި އެމީހަކު އެހެން ދީނެއްގެ މީހަކަށްވޭތަ!

The name is already taken The name is available. Register?

1206

14 August 2022

ބަލަ ޢަރުތައިގެ ނަމުގައި މިހިރަ ކޮމެންޓު ކުރާ މީހާ. މި އުޑުބަޅުކުރެއްވި ހިސާބުގައި ހަމަހޭވެރި ކަމުގައިތަ މި އޮށްހާ ދުވަހު ހުރީ. ދިވެހި ރާއްޖޭގައި ޝަރުޢީ ކޯޓުގައި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރިމަތީ ގައި އޭނާގެ އަމިއްލަ ދުލުން އޭނާ ވަނީ ތިމަން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެފައި. އިސްލާމްދީން ގަބޫލު ނުކުރާ މުސްލިމުންވެސް އުޅޭތަ؟ ލޭ ކެކޭ ކަހަލަ ކޮމެންޓުނުކޮށް ތިޔަ އޮތް ވަލެއްގައި ހަނު ހިމޭނުން އޮތިއްޔާ މާ ތާހިރު ވާނެ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

14 August 2022

ސަލްމާން ރުސްދީ ކިއުމަށްފަހު ދެން މިއިވުނީ ރުސްތުމް ގެވާހަކަ. މިއީ ކޮންއިރެއްގައި ކޮންކަމަކާ ގުޅިގެން ހައްޔަރު ކޮށްގެން އުޅުނު މީހެއް. ކޮންތާކު މީނާ ހައްޔަރު ކޮށްފައި ހުރީ. މީނާގެ ތަހުގީގު ކުރިއަށް ގެންދިއައީ ކިހިނެތް. މިހާދުވަހުން މައްސަލަ ނިންމީ ކީއްވޭ؟ މި ސުވާލުތަކަށް ޖަވާބު ބޭނުންވޭ.

The name is already taken The name is available. Register?

ޢަދްރޭ ދަ މެތް ޖީނިއަސް

14 August 2022

މީނައަށް ޖަލުގެ ބެހެއްޓި އިތުރު 2 މަސްދުވަހަަށް ދުވާލަކަށް 1256 ރުފިޔާގެ ރޭޓުން 3 މިލިއަން ދޭންޖެހޭނެ.

The name is already taken The name is available. Register?

ބެލްޖިއަމް

14 August 2022

މި ރުސްތަމް ދީނަށް ފުރައްސާރަކޮށްގެން އަގީދާ ގުޑީ ކިތައް މީހުންގެ ބާ؟

The name is already taken The name is available. Register?

ދހސތވސ

14 August 2022

އިސްލާމްދީނަށް ފުރައްސާރަ ކުރީމާ ހާދަހާ ކުޑަ އަދަބެކޭދޯ މިއޮންނަނީ. އަންތަރީސްވެދާނެ

The name is already taken The name is available. Register?

ބަޒާނާ

14 August 2022

އޭނަ ކުރިކަމަކުން މީހަކަށް ވީ އަނިޔާއެއް ގެއްލުމެއްނެތް. ޢެހެންވީމަ އަދަބު ބޮޑުވާކަށްނުޖެހޭ.

The name is already taken The name is available. Register?

ށަވިޔަނި

14 August 2022

ދީނަށް ފުރައްސާރަކުރުން ދީނީ އެއްބައިވަންތަކަން ނަގާލުން މިއީ އެކައްޗެއްތަ؟ ދީނަށް ފުރައްސާރަކުރުމަކީ މުސްލިމެއްނަމަ މުރުތައްދުވާ ކަމެކެވެ. އެއްބައިވަންތަކަން މިއޮތީ ވެއްޔާ މޮޑެވިފައެވެ.

The name is already taken The name is available. Register?

ކޫސަނި

14 August 2022

ދެން އަނެއްކާވެސް މިކަލޭގެ ދީނަށް ފުރައްސާރަކޮށް އުޅެންވީ ، ދުވަހެއްގައިވެސް ހުކމެއް ތަންފީޒް ކުރާކަށް ނުޖެހޭނެ ، ރޭވުންތެރިކަން މޮޅު

The name is already taken The name is available. Register?

ހލތ

14 August 2022

4މަހުގެ ޙުކުމެއްއަންނަ މައްސަލައެއްގައި 6މަސްވާންދެން ގެންގުޅުނީ ކީއްކުރަން. ތިމައްސަލަ ލަސްކުރިމީހުންއަތުން ދެމަސްދުވަހަށް އޭނައަށް ދައުލަތުން ކާންދިންދިނުމުގެއަގުނަގައި، ލަސްކުރިމީހުންގެ ވަޒީފާއަށް ގޮތެއްހަދާބަލަ. ތިކަހަލަކަންތައް ހުއްޓޭނެ.

The name is already taken The name is available. Register?

ވާސުރު

14 August 2022

އެއީ ތަހުގީގު ބަންދާއި ހުކުމުގެ ބަންދު . އޭނާއަށް ދޭންޖެހޭ އެއްޗެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454