ޚިޔާލު

މާލޭގެ ރައްޔިތަކީ ކާކު؟

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: ފްލެޓްތައް ދިނުމުގައި ތަފާތު އުސޫލުތަކެއް ހުރޭ -- ފައިލް ފޮޓޯ: މިހާރު

އައިމިނަތު ހަސަން

20 އޯގަސްޓް 2022 - 06:56

105 comments

މިހާރު މި ހިނގަމުންދާ މާލެ- ރާއްޖެތެރޭގެ ބަހުސް އެއްވެސް ހަރުދަނާ އަމާޒަކަށް ނުދަނީ ރައްޔިތުންނޭ ބުނެވޭ ބަހުގެ މާނަ ދިވެހިނަށް އޮޅިފައިވުމުން ކަމަށް ވެދާނެ އެވެ. ގައިމު ވެސް ދިވެހިން މި ބަހުގެ މާނަކުރާ ގޮތާ އާންމު ދުނިޔެ ގަބޫލްކުރާ ގޮތް ވަރަށް ތަފާތެވެ.

ކަމެއްގެ ހައްލު ހޯދޭނީ، ހައްލުހޯދަން ބޭނުންވާ މައްސަލައަކީ ކޮބައިކަން ރަނގަޅަށް ދަނެވިގެންނެވެ.

އޮޅިފައިވަނީ ބަހުގެ މާނަ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު (2022/ޖީ-19) ގައި "މާލޭގެ ރައްޔިތަކަށް ކަމުގައި ބެލެވޭނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރެޖިސްޓްރީ ޖެހިފައިނުވާ ފަރާތްތައް" ކަމުގަައި ބުނެފައި ވެއެވެ. މާނައަކީ މާލޭގައި ވިހައި ބޮޑުވި މީހެއް ކަމުގައި ވީނަމަވެސް، މާލެއަށް ހިޖުރަކޮށް، އުމުރު ހޭދަކޮށްފައިވާ މީހަކު ނަމަވެސް އަދި، ރާއްޖޭގެ އެހެން ތަނެއްގައި ރެޖިސްޓްރީއެއް ނެތް، މާލެ ދަފްތަރުގައި އޮތް މީހަކު ނަމަވެސް މެއެވެ.

ދިވެހިބަހުގެ ރަދީފްގައި 'ރައްޔިތުން' މި ބަހުގެ މާނައަކީ ގައުމެއްގެ ނުވަތަ ރަށެއްގެ މީހުންނެވެ. އިނގިރޭސިން ނަމަ ސިޓިޒެން އެވެ. އޮކްސްފޯޑް ޑިކްޝަނަރީގައި އެ މާނަ ކުރެވެނީ ވަކި ރަށެއްގެ މެމްބަރަކަށް ވުމުން، އެ ރަށެއްގެ ހައްގު ލިބިދީފައިވާ މީހުންނެވެ. އެއީ، އެ ރަށަކަށް ވިހެއުމުގެ ސަބަބުންނާއި، އެ ރަށެއްގެ ސަރުކާރުން ލިއްބައިދޭ ހައްގެއްގެ ގޮތުގަ އެވެ.

ފަހުން އެ ދެންނެވުނީ ހިޖްރަކުރާ މީހުންނަށް، ވަކި އުސޫލެއްގެ މަތިން ދޭ ރަށްވެހިކަމާ އެކު އެވެ. ވީމާ ރައްޔިތަކަށް ވުމުގެ ޖުމްލަ މާނައަކީ، އެ ރަށެއްގެ އުފަން ރަށްވެހިންނާއި، އެ ރަށެއްގައި ވަކި މުއްދަތެއްގައި ދިރި އުޅުމުގެ ސަބަބުން، ރަށްވެހިކަން ލިބިފައިވާ މީހުންނެވެ.

މިއިން ދޭހަވާ އެއްމެ ބޮޑު ކަމަކީ، ރައްޔިތަކަށް ވުމުގެ ފުރިހަަމަ މާނަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރަނގަޅަށް އޮޅުން ފިލައިފައި ނެތް ކަމެވެ. ނޫނީ ރަށް ބިނާވާގޮތްތަކުގެ މަަރުހަލާތައް ފަހުމްނުވެ، ވަކި ފަރުދުންގެ މަންފާއަކަށް ބަލާ އެ ވިސްނުމުގައި ދެމިތިބި ޒަމާނާ އެއްވަރަށް ވިސްނުން ބަދަލުނުވެ ތިބި ކަމެވެ.

އުސޫލުގެ ދަށުން މާލޭގެ ރައްޔިތަކަށް ވެވެނީ، ހަމައެކަނި މާލޭގެ ގޯއްޗެއް ހުރި، ގަނެގެން ވިއަސް ނުވަތަ ވާރުތަވާ ގޮތަށް މާލޭގައި އާއިލީ ގެއެއް އޮތުމުގެ ސަބަބުން ރެޖިސްޓްރީ ވެވޭނެ އެޑްރެހެއް އޮތް މީހުންނެވެ. މީގެ އިތުރުން ވިހެއުމާއެކު، މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނެވެ. ނަމަވެސް މި ކެޓެގެރީގެ ދަފްތަރުވެރިންނަކީ ދެން ތިބި މާލޭ ރައްޔިތުންނަށް ވުރެ ހައްގުގެގޮތުން ދަންފަންތީގެ ބައެކެވެ.

މާލޭގެ އޭރިއަލް ފޮޓޯއެއް -- ފައިލް ފޮޓޯ: މިހާރު

އޭގެ އެއް ހެއްކަކީ، ކުރިން ދެންނެވި އުސޫލުގެ ފަސް ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުން "މާލޭގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅިފައިނުވާ މީހުންގެ ދަރިންގެ ތެރެއިން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހާއްސަ ކުރާނީ I C1 އަށް ކަނޑައަޅާގޯތީގެ 20 ޕަސެންޓާ ހަމައަށް" ކަަމަށް ބުނެފައި އޮތުމުންނެވެ. މި C1 ކެޓަގަރީ އަކީ އަމިއްލަ ނަމުގައި އަދި ވާރުތަވެރިންނަށް ވެސް މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް މީހުންނެވެ. ނަމަވެސް މި އުސޫލޫގައި މާނަކޮށްފައިވާ މި ދަފްތަރުވެރިޔާ އަކީ ހަމަ ފެށުނީއްސުރެ މާލޭގެ ރައްޔިތެކެވެ.

މިއީ ތަފާތުކުރުން ނޫން ކަމުގައި ނުބެލެވޭނެ އެވެ. ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފު ވެވުނީއެވެ.

އެ ރަށެއްގައި ވިހާ ބޮޑުވުމަކީ، އޮޓޮމެޓިކުން، އެރަށެއްގެ ރައްޔިތެއް ކަމުގައި، ވަރަށް ގިނަ ގައުމުތަކުގައި، ގާނޫނު އަސާސީން ކަށަވަރު ކުރާ ހައްގެކެވެެ. މިސާލަކަށް، އެމެރިކާ ފަދަ، އިމިގްރޭޝަން ހަރުކަށި އަދި، ރައްޔިތުންގެ ވިންދު އެހާމެ ގުޅިފައިވާ ހޫނު މައްސަލައެއްގައި ވެސް، 14 ވަނަ އެމެންޑްމެންޑުން މި ހައްގު ކަށަވަރު ކޮށްދެެއެވެ.

ރާއްޖެއަކީ މާލެ

ރައްޔިތުންގެ ހައްގު ގާނޫނު އަސާސީން ކަށަވަރު ކުރެވެން ފެށީ، ޕޮލިޓިކަލް މޮޑެލްއެެއްގެ ގޮތުން، ނޭޝަން ސްޓޭޓް ކޮންސެޕްޓް ފްރެންޗް ރެވޮލިއުޝަންގެ (1787-1799) ފަހުން، ވިރާސީ ވެރިކަން ނިމި، ގައުމިއްޔަވަންތަ ކަމުގެ ރޫހު، ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގެ ތޭރޭގައި އެކުލެވި، އެ ގައުމެއްގެ އިސްތިގްލާލް ރައްކާކުރެވި އެ ބައެއްގެ އެއްބައިވަންތަކަމާއި ހަމަހަކަން މި ސަރަހައްދުގެ ތެރޭގައިވާ ފަރާތްތަކަށް ލާޒިމްވެ، އަދި، ގާނޫނީ ބާރެއްގެ ގޮތުގައި ގާނޫނީ އަސާސީއެއް ހެދި، އޭގެ ދަށުން ހާއްސަ ހައްގުތަކެއް އެ ރަށުގެ ރައްތިންނަށް ލިބިދިނުމެވެ.

މިގޮތުން، އެ ގައުމަކީ، އެ ގައުމެއްގެ ރައްޔިތުންގެ ހައްގެކެވެ. ނޭޝަން ސްޓޭޓްގެ ފަހު މަރުހަލާ އުފެދިގެން އައީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ހިއުމަން ރައިޓްގެ އުސޫލުތަކާއި، ޔުނައިޓެޑް ނޭޝަން އުފަންވެ އިސްތިއުމާރީ ބާރުތަކުން، ވެރިކޮށްފައިވާ ރައްތަށް ދޫކޮށް އެ ރަށްތަކުގެ މީހުންނަށް އެ ބާރު އަނބުރާ ލިބިދިނުމުގެ ހިސާބުންް ފެށިގެންނެވެ. މިގޮތުން ކޮމިއުނިސްޓް، ސޯޝަލިސްޓް، ޑިމޮކްރެޓިކް އަދި މީގެން މަސްހުނިވެފައިވާ މޮޑެލްތަކަށް ގައުމުތައް ހިންގަން ފެށި އެވެ.

މި ދުވަސްވަރުގައި ރާއްޖެއަކީ، އިނގިރޭސީންގެ އަތް ދަށުގައި އޮތް ގައުމެއް ކަމުގައި ވީނަމަވެސް ދާހިލީ ކަންތަކުގެ ބާރު އޮތީ ދިވެހި ސަރުކާރަށެވެ. އެގޮތުން ދުނިޔޭގެ ހިނގައިދާ އޮޔެއާ އެއްގޮތަށް 1932 ގައި ގާނޫނު އަސާސީއެއް ހެދި، އެންމެ ފަހުން ދުސްތޫރީ ވެރިކަމަކަށް ބަދަލުވިއެވެ. އަދި ދިމިކްރާތީ ނިޒާމްގެ ހުރިހާ ކުލައެއް ނުޖެހުނު ކަމުގައި ވީނަމަވެސް ގައުމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުކުރެވުނެވެ.

މިކަން މީހާރުގެ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއިން ގާއިމްވެއެވެ. ނަމަވެސް، ރައީސް މުހަންމަދު އަމީން އިން ފެށިގެން އިބްރާހިމް ނާސިރު އަދި މައުމޫން އަބްދުލްގައްޔޫމް އާހަމައަށް ވީ ދިގު ބައިގަރުނުގައި، އެހެން ގައުމުތަކުން ދެއްކި މިސާލުތަކާ ޚިލާފަށް، މި ގައުމުގައި، ތަރައްގީގެ މައި އަމާޒަކަށްވީ މާލެއެވެ. ދިވެހި ތާރީހު ލިޔުއްވި ބެލްގެ ބަހުން ނަމަ 'ސަލްޓަންސް އައިލެންޑް'އަށެވެ. ޒަމާނުއްސުރެ އޮތް ސަގާފަތެވެ. ރާއްޖޭގެ ލާބަޔާ، ކުރިއެރުމާ، ރައްކާތެރިކަމާ، މަންފާގެ އެންމެ ބޮޑު ވާރުތަވެރިޔާ މާލެ އެވެ.

ރާއްޖެއަކީ ގުދުރަތީ ވަސީލަތް މަދު ރަށަކަށް ވުމުން، އަދި ފަގީރު ގައުމަކަށް ދުނިޔޭގެ ނިސްބަތުން ކަނޑައެޅިފައިވާ ގައުމަކަށް އޭރު ވީއިރު (ލީސްޓް ޑިވެލޮޕްޑް ކަންޓްރީގެ ހަރުފަތުން ރާއްޖެ ގްރެޖުއޭޓްވީ 2011 ގައި)، ދިވެހިރާއްޖޭ ތަރައްގީގެ 90 ޕަސެންޓް ފައިސާ ހޯދީ ބޭރުގެ ހިލޭ އެހީގެ ދަށުންނެވެ. މިގޮތުން، ދުނިޔެ އަށް 20 ވަނަ ގަރުނުގައި އައި ތަރައްގީ އާއި ފަސޭހަ އަދި ކުރިއެރުން، އިލްމީ ގޮތުންނާއި، ސިއްހީގޮތުން، މުއާސަލާތީ ރޮނގުން އެންމެ ފުރަތަމަ އެންމެ ރަނގަޅަށް ލިބުނީ މާލެއަށެވެ.

މާލެ: ހުރިހާ ތަރައްގީއެއް މާލެ އަށް ޖަމާކުރުމަކީ ސަރުކާރުތަކުގެ ސިޔާސަތު -- ފައިލް ފޮޓޯ: މިހާރު

ސްކޫލްތަކާއި، ސަރުކާރު ހޮސްޕިޓަލާއި، ބޭންކްސް، ކަރަންޓް، ފެން، ނަރުދަމާ، ޕޯސްޓް، އެއާޕޯޓް، ޕޯޓްސް މިހެންގޮސް ރަށެއް ކުރިއެރުމަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފުރިހަމަކޮށް ލިބުނީ މާލެއަށެވެ. ނަތީޖާ އަކަށްވީ، 1980 ގެ ކުރީކޮޅުން ފެށިގެން، 'ރާއްޖެތެރޭ" މީހުން މާލެއަށް ހިޖުރަކުރަން ފެށުމެވެ. މާލޭގެ ކަންކަން ތަރައްގީވީވީނުން، އެހެންރައްތަކާ މާލެ އާއޮތް ފަރަގުބޮޑުވާން ފެށި އެވެ. އެއްކަލަ ގާނޫއަސާސީގެ ގާއިމް ވެފައި އޮތް ހަމަހަމަ ކަމުގެ ތަފާތު ބޮޑުވާން ފަށައިފި އެވެ.

މީގެ 2000 އަހަރުގެ ކުރިން ގްރީކް ސިޓީ ސްޓޭޓް ގޮތަށް، ދިވެހިރާއްޖެވީ، މާލެ އަށެވެ. ދިވެހިރާއްޖެއަކީ މާލެއެވެ. ވީމާ، ރާއްޖޭގެ އެހެން ރަށަކާ މާލެ އާއި އަޅާކިއުމަކީ ގޯސް ރީޒަނިންއެކެވެ. އަދި، މި ރަށުގެ ފައިދާ އެއްކަލަ، ގޯތި ރެޖިސްޓްރީވީ މާލޭގެ ގޯތި ހުރި، ދިވެހި ރައްޔިތުންގެ 20 ޕަސެންޓަށް ވުރެ މަދު މީސްކޮޅަކަށް ލިބުމީ ނުލާހިކު ބޭއިންސާފުވެރި ކަމެކެވެ.

މާލެމީހާ- ރާއްޖެތެރޭމީހާ

ގައުމެއް ތަރައްގީވާއިރު ވެރިކަންކުރާ ރަށް، ގިނަ ފަހަރު މާ ތަރައްގީވާނެ އެވެ. ހުރިހާ ކަމެއް ވެސް ފުރިހަމައަށް ލިބެން ގިނަފަހަރު ހުންނާނީ އެ ރަށުގަ އެވެ. މައްސަލައަކީ، މާލެ ހުސްއެކަނި ތަރައްގީވުމެއް ނޫނެވެ. ނިސްބަތުން ދެންހުރި އެއްވެސް ރަށެއް ގާތްކުރާ ވަރަށް ވެސް ފަރަގު މާބޮޑުވުމުވެ.

ފަރަގު ބޮޑުވީ ނަމަވެސް އެކަމުގެ ސަބަބުން 80 ޕަސެންޓަށް ވުރެ މަދު ނޫން ދިވެހި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބި، ނަސްލީ އިމްތިޔާޒުގެ ވައްތަރެއް މާލޭގައި ފެށުމެވެ. މާލޭގެ އެތްނަގޮރޮފީއެއް (1976-1983) ޕީއެޗް.ޑީ ތީޒީސް އަކަށް ލިޔުއްވި އެލިޒަބަލް ކޯލްޓަން، މާލޭގެ މުޖުތަމައުގައި 'ހައުސް' ނުވަތަ ގެއަކީ ވަރަށް ބޮޑު އަސާސެއް ކަމަށް ބަޔާންކޮށްފައިވެކެވެ.

މާލޭގައި ނުދަންނަ މީހުން އެއްތަންވާއިރު އެއީ ކޮން ގެއެއްގެ މީހެެއްތޯ އަހާނެ އެެވެ. މާލޭގެ ގެއެއް ނެތް މީހަކު ނަމަ އޭނާ ނިސްބަތްކުރެވޭނީ އޭނާ ކުރިން އުޅުނު އާއިލީ ރަށަށެވެ. މިގޮތުން ދިވެހި މުޖްތަމައު މާލޭގައި ދެ ބަޔަކަށް ބެހިގެން ދިޔައެވެ. މާލެ– ރާއްޖެތެރޭމީހުންގެ މައްޗަށެވެ. އެންމެ ފުރަތަމަ މިއީ ވަކި ހައިސިއްޔަތަކަށްވުރެ، މައުލޫމާތެއްގެ ގޮތުން އައި ސިފަކުރުމަކަށް ބެލެވިދާނެއެވެ. ނަމަވެސް މާލޭގެ ބިމުގެ މުހިންމުކަން ބޮޑުވެ، އެއްމެ ލާރީލިބޭ ކަމެއްގެ ގޮތުގައި، ބިން ކުއްޔަށް ދޫކުރެވޭން ފެށީއްސުރެ، މި ސިފަކުރުން ރާއްޖެތެރޭ މީހުންނަކީ ގެއެއް ނެތް ދަށް ބައެއްގެ ގޮތުގައި ސިފަ ވާން ފެށި އެވެ.

މިއީ ފާއިތުވި 50-60 އަހަރުގެ ތެރޭގައި އައި ބަދަލެކެވެ. އޭގެ ކުރިން މާލޭގެ ގޯތި ނިސްބަތުން އަގު ހެޔޮކޮށް ގަންނަން ވެސް ލިބެއެވެ. އަދި ބިން އަމިއްލައަށް ހިއްކައިގެން، ގޯތި މިލްކުރިއެވެ. މި ބޮޑު ހިޖުރައިގެ ސަބަބުން، މާލެ ތޮއްޖެހި، މާލޭގެ ބިމުގެ އަގު އަހަރަކަށް ވުރެ އަހަރެއް ބޮޑުވާން ފެށިއެވެ.

ސަރުކާރުން އެއްމެ ފަހުން ސޯޝަލް ހައުސިންގެ ޕްރޮގްރާމެއް ސިނަމާލެގެ ނަމުގައި، 1990ގެ އަހަރުތަކުގައި ހިންގައި ހާލުގައި އުޅޭ މާލެ ރައްޔިތުންނަށް ފްލެޓް ދޫކުރިއެވެ. އޭގެތެރޭގައި، މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުން ވެސް ހިމެނުނެވެ. ނަމަވެސް ދިގުމުއްދަތަކަށް ދިރިއުޅުން ބިނާކޮށްފައިވާ މީހުންނަކަށް ޗާންސެއް ނެތެވެ. މާލޭގައި ހައްދުންނައްޓާވަރަށް މީހުން ގިނަވީ މި ހިޖުރަވެރިންނާ ހެދި އެވެ. އެއީ މޯލްޑިވްސް ހައުސިން ޕޮލިސީ 2008 ގައި ބަޔާންކޮށްފައިވާ ގޮތަށް މާލެ ބައިބޯވުމުން ހުޅުމާލެ ތަރައްގީކުރުމުގެ އަސްލު ވެސް މެއެވެ.

ނަމަވެސް މާލޭގެ ދަފްތަރުގައި ނުޖެހި އޮތް މާލޭގެ ދިރިއުޅޭ މީހުންނަކަށް ފްލެޓެ ލިބުމުގެ ފުރުސަތު ލިބެން ފެށީ ދާދި ފަހަކުންނެވެ. އެއީ ވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ވެފައިވީ މީހުންނަށެވެ.

ސޯޝަލް ހައުސިން ލިބެންޖެހެނީ ކާކަށް؟

ލަންޑަން މޮޑެލް އަކަށް ނަގަމާ ހެއްޔެވެ. އެއީ ދުނިޔޭ އެެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އަދި ނުލާހިކު ދިރިއުޅުމުގެ ކުލި ބޮޑު ތޮއްޖެހިފައިވާ ރަށެކެވެ. ދުނިޔޭގެ ނިސްބަތުން، ބިމުގެ އަގު އެއްމެ ބޮޑު އެއް ރަށެވެ. އެ ރަށުން ގޯތި ހޯދަންޏާ ޖެހޭނީ މިލްކްވެރިއެއްގެ އަތުން ގަންނާށެވެ. ސަރުކާރަކުން އާންމުންނަކަށް ސޯޝަލް ހައުސިންގެ ދަށުން ބިން އެވާޑެއް ނުކުރާނެވެ. ލަންޑަންގެ ލޯކަލް ގަވާމެންޓްގެ އެންމެ ބޮޑު އެއް ޒިންމާ އަކީ، ލަންޑަނުގައި ދިރިއުޅޭ ބޯހިޔާވަހިކަން ނެތްފަރާތަކަށް ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދޫކުރުމެވެ.

ލަންޑަނުގައި މިފަދަ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުން ރަޖިސްޓްރީކުރެއެވެ. އެއަށް ކިއަނީ ހައުސިން ރެޖިސްޓާ އެވެ. އެކަމަށް ޝަރުތު ހަމަވާ އެންމެ ބޮޑު އަސާސަކީ އެ ރަށާ އޮތް ގުޅުމެވެ. އެގޮތުން އެ ރަށުގައި މަދުވެގެން އެއް އަހަރު އުޅެފައިވުމާއި އެ ރަށުގެ މަސައްކަތް ކުރުމާއި، ކިޔެވުމާއި، ސިއްހީ އަދި ވެލްފެއާ ހާލަތާހުރެ ހިޖްރަކުރަން ޖެހުމާއި، އެ ރަށުގެ އުޅެ ބޮޑުވުން އަދި، އާމްދަނީ ލިބޭވަރާއި، ދިރިއުޅުމުގެ ހާލަތް ހިމެނެއެވެ. އެއީ އަދި އެހެން ގައުމަކުން ހިޖްރަކޮށްފައިވާ ބޭރުމީހަކަށް ވިއަސް އެންމެ ރަނގަޅެވެ.

މާލޭގެ ތޮއްޖެހިފައިވާ މަގެއް: ރަށްރަށުން މީހުން ހިޖުރަ ކުރަން ފެށުމަކީ މާލެ ތަރައްގީވި މައިގަނޑު ސަބަބު -- ފައިލް ފޮޓޯ: މިހާރު

މުހިންމީ، އެ ރަށުގެ ދިރިއުޅޭ އަހުލުވެރިންނަށް އެ ފުރުސަތު ހޯދައިދިނުމެވެ. އެނެމެ ބޮޑަށް ބޭނުންވާ މީހުންނަށް އިސްކަންދީގެން ޕޮއިންޓް ސިސްޓަމެއްގެ ދަށުންނެވެ. އެއީ ލަންޑަނުގެ ގޯއްޗެއްގެ ރެޖިސްޓްރީވެފައި އޮތް މީހެއްތޯ އަދި އެއީ ދޮންނަސްލުގެ އެތައް ޒަމާނެއް ވަންދެން ލަންޑަނުގެ އާއިލާއޮތް މީހެއް ކަމަށް ބަލައި އިސްކަން ދިނުމެއް ނޯވެ އެވެ. ބަލަނީ، ކޮންމެ ވެސް ސަބަބަކާ ހުރެ އެ ރަށުގައި ވަޒަންވެރި ވެފަައިވާ މީހުންނަށެވެ.

މިގޮތުން ޕްރައިމެރީ އަދި ސެކަންޑަރީ ގްރޫޕްގެ ޕޮއިންޓް ދޭ ނިޒާމެއްގެ ތެރެއިން ވަކި ބޭންޑްތަކަކަށް ވަކި ޑެވެލޮޕްމަންޓްސްތަކުން އެ މީހަކުގެ ބޭނުންވާ ކޮޓަރީގެ އަދަދަށް، އާއިލާގެ ކުޑަ ބޮޑުމިނަށް ބުރަވެ ފުރުސަތު ލިބިގެންދެއެވެ. އެ މީހުން ޕޮއިންޓް ދޭ ޗާޓުން މާބޮޑު ވިސްނުމަކާ ނުލައި، ދޭހަވާ އެއްޗަކީ ބޯހިޔާވަހި ކަމުގެ ހައްގަކީ، އެ ރަށެއްގެ ރައްވެހިންނަށް ލިބިފަައިވާ ހައްގެއް ކަމާއި، ވަކި ރަށަކީ، ވަކި ބައެއްގެ މިލްކިއްޔާތެއް ނޫން ކަމެވެ.

އުސޫލު ހަދަނީ އެ ރަށެއްގެ ރައްޔިތުންގެ ލާބައާ މަންފާއަށެވެ. އެ ރަށުގެ ތަރައްގީއަށެވެ. މި މާލޭގެ ވާގޮތުން، މުޅި އުމުރު ރާއްޖޭން ބޭރުގައި ހޭދަކޮށްފައިވާ މީހާއަށް، މާލޭ ރެޖިސްޓްރީއެއްގައި އޮތުމުން ބޯހިޔާވަހިކަމުގެ ހައްގު ލިބުން ބޮޑުވެ، މި ރަށުގައި ޒަމާނުއްސުރެ އުޅެ ބޮޑުވި، މާލެއަށް ހިދުމަތްކޮށްފައިވާ މީހާ އަށް އެއާ އެއްވަރުގެ ފުރުސަތު ނުލިބުމަކީ ކިހާ ބޭ އިންސާފުވެރިކަމެއް ހެއްޔެވެ؟ މީގެން ދައްކައިދެނީ، ޕޮލިޓިކަލް ފިލޯސަފީގެ ތެރެއިން ތިއަރީ އޮފް ޖަސްޓިސް ކަހަލަ ކޮންސެޕްޓް ދިވެހިން ބީރަށްޓެހިކަމެވެ.

ހައުސިން އިމާޖެންސީއެއްގައި މާލެ އޮންނަތާ އެއްމެ މަދުވެގެން 30 އަހަރު ވެދާނެއެވެ. އަދިވެސް މިއުޅެނީ މިލްކުވެރިކަމުގެ ބަހުސެއްގަ އެވެ. ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުވަނީ، މި ގައުމަކީ މުޅި ދިވެހި ރައްޔިތުންގެ ހައްގެއް ކަމެވެ. ވަކި ރައްޔިތަކަށް ވަކި ސަރަހައްދެއްގެ މިލްކްވެރިކަން ދިނުމަކީ، ކުރީގެ ރަސްރަސްކަލުންގެ އާއިލާއަށް ވަގުފަށް ރަށްދިނުން ކަހަލަ ބޯދާ ޚިޔާލެކެވެ.

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި އާބާދުވުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިއްބައިދެއެވެ. އެ ރަށްވެހިންނަށް އެރަށުގައި އުޅުމުގެ ހައްގު ހޯދައިދިނުމަކީ، ސަރުކާރަށް ލާޒިމްވެފައިވާ ރައްޔިތުންގެ އަސާސީ ހައްގެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ "މިހާރު"ގެ ކިޔުންތެރިޔަކު ފޮނުވާފައިވާ ލިޔުމެކެވެ. މި ލިޔުން "މިހާރު"ގައި މި ޝާއިއުކުރީ މި ދުވަސްވަރަކީ، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަކީ އެންމެންގެ ހައްގެއް ކަމަށް ބުނެ ވަކާލާތު ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. މި ލިޔުމަކީ، މި ލިޔުން ލިޔުއްވި އައިމިނަތު ހަސަންގެ އަމިއްލަ ހިޔާލެވެ.

105 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްތިސްނާތަކައް ވެސް ނުބަލާ

15 September 2023

މާލޭން އަތޮލުފިހާރަތައް ބިން ލިބުނު މީހުންއް އެބިން ތައް ރެޖިސްޓްރީ ވީ 25 އަހަރުފަހުން. ނަމަވެސް އެމީހުންގެ ދަރިންވެސް މާލޭމީހުންނަކައް ނުވޭ. ބިންވެރިޔާ ސްކީމް ހެދީ ރޯނުފިލާބައެއް

The name is already taken The name is available. Register?

ކޮބާ ކޮބާ

09 October 2022

މާލޭ މީހުންނަކީ މާލެ އަށް މައި،ނުވަތަ ބަފައި އުފަން މީހުން..އެފަދަ، ބައިވަރު މިހުން ވަންނާނެ ތަނެއް ނެތި ބިކަ ވެފަ އެބަ ތިބި. އަދި 50 އަކަފޫތް ލިބިފަ ތހިބި މީހުންގެ ދަރިންނައްވެސް ބޯހިޔާވަހިކަމެއް ނެތް.. ބިން ދެނީ އެ ތަންކޮލު ވެސް އަތުލާފަ...އެއްވެސް މީހަކު މާލެ އަޢް ހިޖުރަ ކުރާކަޢް މަޖުބޫރެއް ނުކުރޭ..

The name is already taken The name is available. Register?

މަރީ55

16 September 2023

ޖާހިލަކަށް ކިތަންމެ ވަރަށް ކިޔައިދިނަސް ފަހުމެއް ނުވާނެ

The name is already taken The name is available. Register?

ކަކުނިބޯ

09 October 2022

ޢަންނަރިޔާސީ އިންތިހާބުގައި ހުރިހާބަންގާޅިން ވޯޓްލާންޖެހޭ އެއީވެސް ދިވެހި ރައްޔިތަކަށް،ވާންޖެހޭ

The name is already taken The name is available. Register?

1206

21 August 2022

މި ނާއިންސާފު ނުހުއްޓުވައިފި ނަމަ، މި ރާއްޖެ ބައިބައިވެގެން ހިނގައިދާނެ. މާލޭގެ ބޭފުޅިޒަމް ނައްތާލަންޖެހޭ. ބިމުގެ ވާހަކައިގައި މާލެޔާއި އަތޮޅު ތެރޭގެ އެހެން ރަށްތައް ބުއްދިއާއި ހަމަ ގަބޫލުކުރާ އެއްވެސް މިންގަނޑަކަށް އެއް ހަމައެއްގައި އަޅައި ނުކިޔޭނެ.

The name is already taken The name is available. Register?

6021

21 August 2022

ރަށަށް ދޭ ބަލަ.! މާލެއިން ކަލޭމެނަށް ގޯތިދޭކަށް ނުޖެހޭ.!

The name is already taken The name is available. Register?

ޗޗޗޗޗޒޗާށ

21 August 2022

އައިމިނަތު ހަސަން މި ދެންކިހާ ދެރަކަމެއް... ލިޔާނެ އެއްޗެންނެތީތަ!!!!

The name is already taken The name is available. Register?

މަރީ 55

16 September 2023

ފެކްޓްސް ފެނުނީމަ ހަޖަމު ނުވީދޯ

The name is already taken The name is available. Register?

އެބޭފުލުން - ތިބޭފުލުން

21 August 2022

މާލޭގެ ލޭންޑް ލޯރޑް ނިޒާމުގެ ތެރޭގަ އޮންނަ ‘އެބޭފުލުން - ތިބޭފުލުން’ ސަގާފަތައްވެސް މުސްތަގްބަލުގައި އަލިއަލުވާލާނެކަމައް އުއްމީދުކުރަން. އެބޭފުލުން - ތިބޭފުލުން އެއީ ބޭފުލުންނާއި ބޭފުލުން ވާހަކަ ދައްކަވާއިރު އެއް ގަބީލާއާއި އަނެއް ގަބީލާ އައް ނިސްބަތްކުރެވޭގޮތެއް. މިސާލަ: ލަންޑަނުގަ ތިބޭފުލުން އެބޭފުލުންގެ ފައިންޕުލު ދެކިލައްވަން ވަޑައިގަންނަވަން’ ދެއްތޯ؟

The name is already taken The name is available. Register?

ސޓމހ

21 August 2022

ސިޓީ ކިޔާ ކޮންމެ ތަނެއް ގަ ހުރިހާމީހުންނަކީ ވެސް އެއްވަރު ބައެއް. އެހެން ނޫނީ މާލެ ސިޓި ،އައްޑު ސިޓީ ކަނޑާ ރަށެއްގެ ނަންދީ އޭރުން އެރަށު މީހާ ހުންނާނެ، މިހާރު މާލެ ސިޓީގައުޅޭ ހުރިހާމިހުންނަކީ ހަމަހަމަ ބައެއް.އެއީ އެމިހުން ރަށްދޫކޮށް ސިޓި އަށްބަދަލު ވީމަ.އެމީހުންގެ ރަށުގަ އަމިއްލަ ގޯތިއޮވެގެން ނުވާނެ.

The name is already taken The name is available. Register?

އަބްދޫ

21 August 2022

މާލޭގެ ރައްޔިތުންނަކީ ގިރާވަރުމީހުންއެކަނި ތާރީހީ ގޮތުން ބުނަނީ މލޭގަ ފުރަތަމަ ވަޒަންވެރިވީ ގިރާވަރު މީހުން އަދިފަހުން މާލެއަށް ބަދަލުކުރީވެސް ގިރާވަރު ރައްޔިތުން. އަތިރީގެ ހަާންދާނު ގުޅިފަ އޮތީ ކ. ހުރާ އާއި އަނެއްކޮޅުން ފަރަންސޭސިންނާއި ،ދަރަވަންދޫގެ އާއިލާ ގުޅިފަ އޮތީ ބ.ދަރަވަންދުއާއި . އެއީ ސިހާބު ޖަމީލު ފަހުމީދީދީ ގެއާއިލާ އައސްފަ އޮތްތަން. ދެން އޮތީ ބޮޑުފެނަވަޅުގެ އައިލާއާި މެދުސީދީގެ އައިލާ މިއާއިލާ ގުޅިފައޮތީ ޔަމަނާއި. މާލޭ މީހުންކޮބާ

The name is already taken The name is available. Register?

ޞަބްދޫ

21 August 2022

ކަލޯ މާއެނގޭތަތީ؟ ވާނުވާ ނޭނގޭއިރުވެސް އަނގަތަޅާތި.!

The name is already taken The name is available. Register?

ފަތިހުށި

21 August 2022

ޤާނޫނު އަސާސީގެ 41ވަނަ މާއްދާގެ ށ.އަދި ނއިން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދޭ އަސާސީ ހައްގު ނިގުޅާ ގަތުމުގެ ހައްގު އެއްވެސް މީހަކަށް ނުލިބޭ ވާހަކަ ނުލިބޭކަން މިލިއުމުގައި ހިމެނިނަމަ ވަރަށް ފުރިހަމަ ވީސް. ށ.ގަބުނަނީ، އެމީހަކު ބޭނުން ކޮންމެ ރަށަކަށް ޤާނޫނީ ހަމަތަކުން ހިޖުރަކުރެވޭނެ.ނ.ގައި ބުނަނީ:އެރަށެއްގައި ވަޒަންވެރިވާ ކޮންމެ މީހަކަށް އެރަށުންލިބޭ ޚިދުމަތްތަކާ އިމްތިޔާޒުތައް އެރަށެއްގައި ވަޒަންވެރިވާ ކޮންމެ މީހަކަށް ލިބިގެންވާކަމަށް

The name is already taken The name is available. Register?

ޢަރުތަ

21 August 2022

ތިޔަބުނާ ގޮތަށް ވަޒަންވެރި ވީމަތާ، މިއުޅެނީ ވަޒަންވެރި ނުވެވިގެން މާލޭ ބޭފުޅަކަށް ނުވާތީވެ.......

The name is already taken The name is available. Register?

މުހައްމަދު.

21 August 2022

އަޅުގަޑަކީވެސް މާލޭގެ ރައްޔިތަކީމެެވެ. އެކަމަކު ވޯޓުލާ ދުވަހުއެވެ. އަޅުގަޑަކީވެސް އަޅުގަޑުގެ މުޅި އާމްދަނީ މާލެއަށް ހަރަދުކޮށް ހުސްކުރާ މާލޭގެ ރައްޔިތަކީމެވެ. ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާއިރު އަޅުގަޑަކީ މާލޭ ރައްޔިތެއްކަމުގާ ސަރުކާރަކުން ނުބަލައެވެ. މިކަމަށް ހައްލެއް ހޯދަދޭނެ ވެރިޔަކު ބޭނުމެވެ. ބަރުލަމާނީ ގެނެސްގެންވިޔަސް މިކަން ހަލުކުރަުން ވަރަށް މުހިއްމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454