ހުޅުމާލޭގައި ހުންނަ ރެސްޓޯރަންޓަކަށް ރޭ ގެއްލުން ދީފައި--
01 ސެޕްޓެމްބަރ 2022 - 10:13
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަނބިކަނބަލުން އައިމިނަތު މައުރީން ހުޅުމާލޭގައި ހިންގާ ރެސްޓޯރަންޓަށް ގެއްލުން ދީފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ރޭ 12:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ކޯ-ހޯސްޓެއްގެ ގޮތުގައި މަޝްހޫރުވި މައުރީންގެ ރެސްޓޯރަންޓް "މިނޫޝިއޭ" ހުންނަނީ ހުޅުމާލޭ ބޮޑު މަގު ކަމަށްވާ، ނިރޮޅުމަގުގައި ސިނަމާލޭ ބްރިޖާ ވީ ކޮޅުގަ އެވެ.
FAM ge Raees Bassam ge anhenun, Social media influencer Maureen ge restaurant Minutiae ah dhin hamalaa ge video!
— #MvCrisis (@MvCrisis) August 31, 2022
Hamalaa dhinee helmet alhaigen huri Roofa rangalhu meeheh!
Ithuru mauloomaathu: https://t.co/MzjtpFiLsV pic.twitter.com/eiOw4QS188
ރެސްޓޯރަންޓުގެ ބޭރުގައި ހަރުކޮށްފައިވާ ކެމެރާގެ ފުޓޭޖު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ހެލްމެޓެއް އަޅައިގެން ހުރި މީހަކު މަޑުމަޑުން ހިނގާފައި ރެސްޓޯރަންޓުގެ ކުރިމައްޗަށް އަރަ އެވެ. އަދި ބިއްލޫރިގަނޑާ ދިމާލަށް އެއްޗެއް އެއްލައި ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު ދުއްވައިގަނެ އެވެ.
މިއީ ކޮން ކަމަކާ ގުޅިގެން ހިންގި އަމަލެއް ކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
01 September 2022
ފުޓްބޯޅަ ކަހަލަ ޑިސިޕްލިން ކުޅިވަރެއްގަ ޢަޚްލާގެއް ނުދަންނަ ގޭންގުތަކުން ރީތިނަމެއްގަ ބައިވެރިވާން ފުޜުޞަތު ދީގެން ކުޅުވީމަ ވާނޭހާގޮތް ވަމުން ތިދަނީ އަދި ރެފްރީ އާއި އޭނަގެ އާއިލާ ވަންހަ ދިލަކޮޅަށްވެސް ހަމަޖެހިގެން އުޅެވިދާނެބާއޭ ހިތަށް އަރަނީ
މަޝް
01 September 2022
އެތާބޭރުގަ ހުރީ ބޯގަންވީލިޔާ ގައެއްތަ؟
ޙިނި
01 September 2022
ގޭންގުތައް ކުލަބުޖަމިއްޔާ އައް ހެދީމަ ވާނެއެތި މިވަނީ، އަވަހައް ގޭންގުތަކުގަ މަހާ ސިންތާއެއްބާއްވާ އަދި ހަމަޖެހުން ގެނޭ
އެމްސް
01 September 2022
ކުރީގަ މިނިސްޓަރަކު ވަނީ ހުރިހާ ގޭންގްލީޑަރުން 1 މޭޒެއް ދޮށަށް ގެނެސް، އެކަން ލައިވްވެސްކޮށްފަ، މާނައަކީ ސަރުކާރުން އެވަނީ ގޭންގްތަކަށް ރިކޮގްނިޝަން ދީފައޭ! އެފަހުން ގޭންގްތައް ދިޔައީ ވަރަށްބޮޑަށް ކުރިއަރަމުން! މިއަދު އެކިއެކި ކުޅިވަރު މުބާރާތްތަކުގަވެސް އެމީހުން ތަމްސީލު އެބަވޭ! އިހަށްދުވަހު ދަނޑުމަތީގަ ރެފްރީއަކު ފަހާވެސް ގޭންގް ކްލަބަކުން ދުވެފި! މިއަދު ތިވަނީ އެފްއޭއެމް ބޮޑުމީހާގެ އަންހެނުންގެ ކެފޭއަކަށް ޙަމަލާއެއް އަރާފަ! ދެން ދާނީ ތަޙްޤީގް!
ޓީނޭޖް
01 September 2022
މިއީ ޓީނޭޖް އައި ހުކުމުގެ ނަތީޖާއަށް ވެދާނެ. ހޫ ނޯސް.
ކކކކ
01 September 2022
އިސްތިހާރުކޮށްލީ
ބަރުބާދު
01 September 2022
އަނެއްކާވެސް އަނެއް ރެސްޓޯރެންޓްގެ އިސްތިހާރެއްތޯ؟.
ހިމާރުލްގައުމު
01 September 2022
ރީނދޫ ކޮހުން މިގައުމަށް ގެނައި މިނިވަންކަމާ އިސްލާހީ ހަރާކާތުން ހިތްވަރު ލިބިގެން ހިންގާ އިސްލާހީ ހަރާކަތުގެ ބައެއް ތިޔައީ. ހުޅު ޖެހުމާ ތަންތަން ތަޅާ ލޫޓުމާރުއެރުވުމާ މީހުންގެ އަބުރު ކަތިލުން މިއީ ރީނދޫ ކޮހުންގެ ޑީއެންއޭގަ ހަރުލާފަ ހުންނަ ސިފަތައް.
އެމްސް
01 September 2022
ގައިމު ޕިންކް މިނިސްޓަރެއް ހުރިހާ ގޭންގްލީޑަރުންނާއި އެކު ވަށްމޭޒު ބައްދަލުވުމެއް ލައިވްކުރީ!
ސޯލޯ
01 September 2022
ޖެލަސީ ނޫން ދެން ކޮންކަމެއް ތީ. މިތާނގަ ވަރަށް ބޮޑު މައްސަލައެއް މީ ހަސަދަވެރިވުން އެކަކު ގެ ވިޔަފާރިއަށް އަނެކަކު. އެކަކުގެ ދަރިއަށް އަނެކަކު. ދެން މިހެން ގޮސް..
އެމްސް
01 September 2022
އެއް ޕާޓީ އަނެއް ޕާޓީ އާއި، މާލޭމީހާ ރާއްޖެތެރޭ މީހާއާއި، އެއް ފިކުރު އަނެއް ފިކުރާއި!
މުލޭ
01 September 2022
މިއީ ދެ ގޭންގެއްގެ ދެމެދުގައި ކުޅެވުނު ފުޓުބޯޅަ މެޗަކާ ގުޅުންހުރި ކަމެއް ކަމަށް ފެނޭ. ބައްސާމަށް އަމާޒުކޮށްފައި އޮތް ބަދަލު ހިފުމުގެ ޢަމަލެއް. ގޭންގްތައް ކުޅިވަރާ ދުރަށް ލާންވެއްޖެ. ރެފްރީން ވެސް ތިބެނީ ބިރުވެރިކަމެއްގައި. ފައުލަކަށް ފުމެލަންވެސް ޖެހިލުންވެފައި. އެއްގޭންގުން ބުނާނީ ފައުލެކޭ. އަނެއްގޭންގުން ބުނާނީ ފައުލެއް ނޫނޭ. ރެފްރީ ހުންނާނީ ގޮތް ހުސްވެފައި. އެވެސް މަރު މިވެސް މަރަށް ވެފައި. ގޭންގް ކްލަބްތަކުގައި ޑިސިޕްލިނެއް ނުހުރޭ.
ދެރަ
01 September 2022
ކާކު މިކަމާ މިހެނީ، މީ ކިހާ ބިރުވެރި ކަމެއް