ވަގަށް ނެގި 20،000 ޑޮލަރު: ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ އެ ތަކެތި ފުލުހުން ވަނީ ހޯދާފައި --- ފޮޓޯ/ޕޮލިސް
26 އޮކްޓޯބަރ 2025 - 15:54
ހުޅުމާލޭގައި ބިދޭސީންތަކެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު (300،000 އަށް ވުރެ ގިނަ ރުފިޔާ) ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:40 ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގައި އޮތް ދަބަހަކުން 20،000 ޑޮލަރާއި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރި ކަމަށެވެ.
އެ ތަކެތި ހޯދުމަށް ފުލުހުން އެ ސަރަހައްދު ފާސްކުރަމުން ދިޔައިރު، ގެއްލުނު 20،000 ޑޮލަރާއި ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި އަދި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ނަމަވެސް، މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
26 October 2025
ވ ގިނަ ތަކެތި ހޯދާ ދުވަސް ކޮޅެކެވެ. ނަގާ ބަޔަކު ނޭނގެނީ އެވެ.
އަފްރާސިޔާބު
26 October 2025
ވަރަށް ސިއްރުވެރިފަރާތެއްދޯ އެއީ. އާނ ފޮރުވާންވާނެ.
ހަމަދު ސަލީމް
26 October 2025
ބިދޭސީ މީހާ އެ ވިހިހާސް ޑޮލަރު ހޯދިގޮތުގެ ތަހުގީގެއް ނުކުރަންތަ؟
ޢަރުތަ
26 October 2025
ދިވެހި ފުލުހުންނަކީ ޤާބިލު ބައެއް، ހަމަ ސެލިއުޓް ކުރަން.
މުލުވަގު
26 October 2025
ވައްކަމުގެ ޚަބަރެއ ނެތް ދުވަހެއް ނުދޭ. މަސްތުވާތަކެތީގެ ޚަބަރެއް ނެތް ދުވަހެއް ނުދޭ. އެކަމަކު އެންމެންނީ ވަރަށް ތެދުވެރި އިސްލާމުން! ކޮންމެ މީހަކު ވަރަށް އަޑުގަދަކޮށްފައި އަޑަށް ބާރުލާފައި އަނެކާއަށް ވަގަށް ގޮވާފައި ތިމަންނާ މިއީ ހުދުފޮތިކޮޅެއްހައި ސާފު މީހެކޭ ބުނާނެ. ދުވަސްކޮޅެއް ނުވާނެ ދެން ފެންނާނީ އެ މީހާގެ މި ޒާތުގެ ޚަބަރެއް.
އަދުވެ
26 October 2025
މުލުވަގު ތިދައްކަނީ ހަމަ މުލުވަގު ދައްކާ ކަހަލަ ވާހަކަ