ގެއަކުން ކަރޯކޭ ސިސްޓަމެއް ވަގަށް ނަގައިގެން ބަޔަކު ދަނީ.-- ފޮޓޯ: ޕޮލިސް
15 މެއި 2025 - 17:24
ހުޅުމާލޭގައި ގެއަކުން ކަރޯކޭ ސިސްޓަމަކާއި އިތުރު އެއްޗެހި ވަގަށް ނެގި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުން ވައްކަންކުރީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.
އެ ދެ މީހުންނަކީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން "މިހާރު" އަށް ބުނި ގޮތުގައި، އެ ގެއިން ވަގަށް ގެންދިޔައީ ކަރޯކޭ ސިސްޓަމަކާއި ފޯނަކާއި ގަހަނާތަކެކެވެ.
ވައްކަމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
— Maldives Police (@PoliceMv) May 15, 2025
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެންhttps://t.co/iJS2IUawf6 pic.twitter.com/5lDpRa20I0
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ހުޅުމާލެ 2 ގެ ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މިފަދަ މީހުން ހޯދުމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބޮލުގައި ތޮތްޕެއް އަޅައިގެން ހުރި މީހަކާއި ބޮލުގައި ހެލްމެޓެއް އަޅައިގެން ހުރި މީހަކު އެޕާޓްމަންޓަށް ވަދެ އެވެ. އަދި އެތަނުން އެކަކު އެ އެޕާޓްމަންޓުގެ ތެރެއިން ކަރޯކޭ ސެޓެއް ހިފައިގެން ނުކުމެ، ދެ މީހުން އެކުގައި ފިލަން ދުވާތަން ފެނެ އެވެ. ދެން ހުރި މީހާ ދުއްވައިގަންނަނީ އޭނާގެ ފައިވާން އަތަށް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
16 May 2025
ސުރުހީވެސް ފައްކަލޭދޯ؟ ބޮއެހަލާކު..
ލާނީ
16 May 2025
މިހާރުވެސް މިރާއްޖޭގައި ރަނގަޅު ޤާނޫނު އަސާސީ އެއް ހެދިފައި އެބައޮތެވެ. ނަމަވެސް ޤާނޫނު އަސާސީއާއި އެއްގޮތަށް ކަންކުރާނެ ބަޔަކު ނެތުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައާއި ބައިނަލް އަޤްވާމީ މުވައްސަސާތަކުގެ މެދުގައި އަދި ދުނިޔޭގެ ކުރިމަތީގައި މިދަނީ އިތުބާރު ގެއްލެމުންނެވެ. ކޮންމެ ތަނެއްގައިވެސް އެންމެ މުހިންމު ކަމަކީ ޢަދުލު އިންޞާފުން ކަންކަން ކުރުމަށް އިސްކަން ދިިނުމެވެ. އެހެންނޫނީ ޤައުމަށް ރަނގަޅެއް ނެތެވެ.
ޒަރީރު
16 May 2025
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރި ނޫސްވެރިންކޮޅު މި މައްސަލަ ތަހުގީގުކޮށްދެއްވާ.
ޢަތޫ
16 May 2025
1 ކިލޯމީޓަރ ހަމަނުވާ ތަނެކޭ ނުބެލެހެއްޓިގެން ތި ޗަރުކޭސް ދައްކަނީ، ގައިމު ނުކަތާ ވަރަށް ވެރިން ލާފަ ތިބޭނީ
މޮކި
16 May 2025
ކޮބާ ހިއުމަން ރައިސް ކޮމިސަނުން ބަޔާނެއް ނުނެރޭތަ ވީޑިޔޯ އާއްމުކުރީމަ؟
އިމްރާނު ފިލް ބެންކޮކް
16 May 2025
ވަގުންނާ ލުޓޭރުންގެ ރާއްޖެގައި މައުޅެން ބޭނުމެއްނޫން. ސަލާމް.
އަފްރާސިޔާބު
16 May 2025
ފުލުހުންނަށް ކޮންކަމެއްތޯ ގެއަކުން އެއްޗެއް ވަގަށް ނެގިއްޔާ. ސިޔާސީ މީހުން ކުރާކަންތައް ތުނޑުން ތުނޑަށް ބަލަމުން ގެންދާނެ.
ދނީް
15 May 2025
އޭގެ ވެރިފަރާތްދޯ އެ ހިފައިގެން ނައްޓާލާނީ.
އޮޑިހަނު
15 May 2025
އެއަށްވުރެ ބޮޑު ސުވާލަކީ ކޮން ބޮޑެެއްގެ، ކޮން ގެއަކުން އެއްޗެހި ގެނދިޔައިމަތޯ ފުލުހުންނަށް ވީޑިއޯ ހޯދި އެވަގު ހޯދަން އެއުޅެނީ!!! ގައިމު އަހުރެންނާ އަހުރެން ދަންނަ އެތައްބައެއްގެ އަގުބޮޑު މުދާތައް ގެންދިޔައިމަ ވަށައިގެން ހުރި އެއްވެސް ކެމެރާއެެއްގެ ވީޑިއޯ ލިބޭކަމަކަށްނުވޭ. މީކީ ވަކި މިސަރުކާރުގެ ކަމެއްވެސްނޫން، ހަމަ ފުލުހުންގެ ކަންކަން ހުންނަގޮތް. މިހާރު ރިޕޯޓުކުރާކަށްވެސް ނުހަދަން. ﷲ އަށް ވަކީލު ކޮށްލައިގެން ކުރިއަށް ދެވޭތޯ ބަލަނީ.
ވގޖތޔފ
15 May 2025
ދެން ދަވާދު އުނގުޅީމަ ގޯސްވާނީ. މިމީހުން ހެޔޮ މީސްމީހުންގެ ދެލޮލަށް ދާންދެން ދެމިޔަސް.