ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް
16 ސެޕްޓެމްބަރ 2022 - 20:12
ރާއްޖޭގެ ވެރިން ޒަމާނުއްސުރެން އައްޑުއާ މެދު ކަންކަން ކުރައްވާފައި ވަނީ ވަރަށް ގޯސްކޮށް ކަމަށާއި، އެހެންވެ މި ސަރުކާރަށް ވެސް ރައްޔިތުންގެ ތާއީދާއި އިތުބާރު ލިބޭނީ އައްޑޫގެ ތަރައްގީ އަށް ހާއްސަ އިސްކަމެއްދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ސ. ހިތަދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ރާއްޖެ އަށް އަވަސް ތަރައްގީ ހޯދެން އޮތީ އައްޑޫ އަށް އަމާޒުކޮށްގެން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ތަރައްގީ އާއި ކުރިއެރުމަށް ކުރާ ކަންކަމުގައި އައްޑު އަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް
އެމްޑީޕީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އައްޑު އަށް އިސްކަންދީގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، މި ސަރުކާރަށް އަދިވެސް މާ ތާއީދު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރާއްޖެ އަށް ހެޔޮ ގޮތް އެދޭ ނަމަ، އައްޑު އަށް އަޅާލުމަކީ މުހިންމު ކަމެއް ކަމަށާއި އައްޑޫ އަކީ ވަސީލަތްތައް ގިނަ ތަނެއްކަން ވެސް ފާހަގަކުރެއްވި އެވެ.
"ބާކީ އޮތް އެއް އަހަރު މި ތަނަށް (އައްޑު އަށް) ފޯކަސްކޮށްގެން އުޅެގެންފިއްޔާ އަދިވެސް އަޅުގަނޑު ދަންނަވާނީ މި ސަރުކާރަށް ތާއީދު ހޯދޭނެއޭ. ދެން އަޅުގަނޑަކަށް ނޭނގޭ މި ސަރުކާރުން އެކަން ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް
"އައްޑޫގައި ތަރައްގީގެ މަސައްކަތްތައް ހިންގައިގެން، މިތަނަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގައި އުޅުން އަޅުގަނޑުމެން ހުއްޓާލައިގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީ އަށް ވެރިކަން ލިބުނު ފަހުން ޕާޓީ ލީޑަރުން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިނުގަންނަވާތީ ބައެއް މެމްބަރުން އެކަމަކުގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އައްޑު އަށް ވަޑައިނުގަނެވި ގިނަ ދުވަސްވީ ބޮމުގެ ހަމަލާ އަށް ފަހު އުޅުއްވަން ޖެހިވަޑައިގެންނެވި ހާލަތުގެ ސަބަބުން ކަމަށެވެ. އަދި ދެން ގިނަގިނައިން އައްޑު އަށް ވަޑައިގަންނަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީ އަށް އިސްކަންދޭން ނަޝީދު ވިދާޅުވިއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެ ސިޓީގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައިވެ އެވެ. ބައެއް މަޝްރޫއުތައް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑިޔައްތޮކިނަބާ
25 September 2022
އައްޑޫ މީހުންގެތެރެއިން، އެމީހުން ލޯބިވާ އަދި އިޙްތިރާމް ކުރާ ބޯގަޅިބަޔަކު ސަރުކާރުގެތެރޭގައި ތިބީތީ އެމީހުންގެ ބަސް ޤަބޫލުކުރެވެނީއެވެ. ޢިލްމެއް ހުއްޓަސް ޙިލްމުގެ ބޭނުން ނުކުރަންޏާ ނިކަންފަސޭހައިން މޮޔަ ހައްދާލެވޭނެއެވެ.
ކުކްރެއްލާ
25 September 2022
އައްޑޫއަށް އިސްކަންދީގެން އަހަރުމެން އައްޑޫމީހުންގެ ތާއީދު ހޯދަންއުޅޭނެކަމެއްނެތެވެ. ވަކިތަނަކަށް އިސްކަންދީގެން އަހަރުމެންގެ ތާއީދެއްނުލިބޭނެއެވެ. ރައީސް އިބޫ ދިވެހިރައްޔިތުންގެކުރިމަތީގައިވީ ރިޔާސީ ވަޢުދު ނުފުއްދުނެވެ. މަރުކޮމިޝަނަކާއި، އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދައިގެން ރައްޔިތުންނަށް ދެއްކީ އަވާމެންދުރެކެވެ. އެއްވެސްކަމެއް ނުކުރެވި ދައުރުނިމެނީއެވެ. އައްޑޫމީހުންގެ ތާއީދުކީއްކުރަން މާލޭމީހުންގެ ތާއީދެއްވެސް ނެތެވެ.
ވަހީދު
23 September 2022
އައްޑޫ މީހުން ހީކުރާ ގޮތުން ވެސް އަދި ބުނާ ގޮތުން ވެސް އެމީހުންނަކީ ރާއްޖޭގެ އެހެން މީސްމީހުންނަށް ވުރެ ޢިލްމުވެރި އަދި ބުއްދިވެރި މާލީ ގޮތުން ވެސް މުއްސަނދިން ގިނަ ބައެކެވެ. ކަން މިހެން ހުރިއިރު މާލޭން ދާ ސިޔާސީ ގުރޫޕަކުން އައްޑޫ މީހުން މޮޔަ ހައްދާލަން އެހާ ފަސޭހަވަނީ ކީއްވެބާއެވެ؟
އައްޑޫޒުވާނެއް
18 September 2022
އައްޑޫގެތަރައްގީއައް އެންމެފުރަތަމަކޮއްދޭންވީކަމަކީ މިއަފީފުދީދީ ހައްޔަރުކޮއްދިނުމެވެ.
ދުމަބައްޑާ
17 September 2022
ޢައްޑޫ މީހުން ބޮލުގބޮލުގަ ގޯނިއަޅުވާ ނަޝީދައް ތިކަންވާނެ ދެންދޭ ފުވައްމުލަކާ ކުޅުދުއްފުއްޓައް ގޮސްބުނޭ ހުވަދޫން ގަ ރުދިޔަހޮޅި އަޅާނަމޭ
އައްޑޫ އޮތީ އޮތްގޮތަށް
17 September 2022
އިސްކަންނުދިނަސް ހޮވާދީފަތިބެނީ
ހިމަ އަހުމަދު
17 September 2022
ފުރަތަމަ އައްޑޫ މީހުންގެ އަގުވައްޓަން މަސައްކަތް ކުރާ އޮނަރަބަލް އަފީފު ދީދީ މައިތި ކޮއްބަލަ
ހޮޅިވާހަކަ
17 September 2022
މާލެއަށް އިސްކަންދިނުން، އައްޑޫއަށް އިސްކަންދިނުން، ކުޅުދުއްފުށްޓަށް އިސްކަންދިނުން. މީ ކޮންކަހަލަ ހަަމައެއް. މިމީހުންނަށް ހީވަނީތަ ހަމައެކަނި ރައްޔިތުންނަކީ އެއީ ކަމަށް. ކޮންމެ ކަމެއްގައި އިސްކަންދޭންޖެހޭނީ މުޅި ރާއްޖެއަށް.
ދޯޕައްޓާ
17 September 2022
ކަލޭމެން ވެރިކަމަށްއެރިއިރުވެސް އައްޑޫގަ ހިއްކާފަހުރި މާސިންގާ ބިންތަކުން ގޯއްޗެއް ދޫކުރެވޭނެގޮތެއް ހޯދަހޯދާ ނުފެނިތިއްބާ ދައުރު މިނިމެނީ، އެކަމަކު ކަލޭމެންގެ ރަށުގަ އެހެންތަ، ދައުރު ފެށުނުއިރު ކަނޑުއަޑީގަހުރި ތަންތަން ހިއްކާފަ ބުރިޖުއަޅައިގެން ރަށުމީހުނަށް ގޯތިދީ އެހެރަ ނިންމާލަނީ އަހަރެމެން ލޯކުރިމަތީގަ. މިހާ ތަފާތުކުރުން ބޮޑުކޮށް ކަންތައް މިހިނގަނީ، އަދި ވޯޓޭ އެބަކިޔައެއްނު.
ހުތްއާދަނު
17 September 2022
މި އައްޑޫ މީހުންހާ މޮޔަބައެއް ނުތިބޭނެ.