ކްރިމިނަލް ކޯޓު: ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
19 ސެޕްޓެމްބަރ 2022 - 19:07
ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
2013 ވަނަ އަހަރު 15 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ކުއްޖަކު ވިހެއުމުން ވިހެއި ތުއްތު ކުއްޖާ މަރާލުމަށްފަހު އެ ކުއްޖާ އެ ގޭގެ ގިފިލި ތެރޭގައި ވަޅުލި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން އޭރު ލިބުނު ބޮޑު މައްސަލަ އެވެ.
އެ ހާދިސާއަށް ނުވަ އަހަރު ފަހުން، އެ މައްސަލާގައި މާމަ އާއި ދޮންކާފަގެ މައްޗަށް ކުރި ކުއްޖަކު މެރުމުގެ ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ސާބިތުވީ ގަސްދަކާ ނުލައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން އެ ދެ މީހުން 10 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ސިވިލް ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން ކައްފާރާގެ ގޮތުން 60 ދުވަހު ރޯދަ ހިފަން ވެސް އެ ހުކުމުގައި އެ ދެ މީހުންނަށް އަންގާފައިވެ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ އެ ހުކުމުގެ އިތުރު ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ މީހުން 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުރު މުއްދަތެއްގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި ތުއްތު ކުއްޖާގެ މަންމަ ކަމަށްވާ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ސާބިތުވެ، އޭނާ ގޭ ބަންދުކުރަން ވެސް ޖުވެނައިލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ފަހުން ނިންމީ އެ ކުށް ސާބިތުނުވާ ކަމަށެވެ. އެއީ އެ ކުއްޖާއަށް ދައުވާ ކުރުމުން ބޭރުގެ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރމީޒް
20 September 2022
މިކަމުގަ ޖާހިލުއަލީ ރިވާ ކުރައްވަނީ ކީކޭބާ؟
ބޯހަލާކުވެއްޖެ
20 September 2022
ޖާހިލުންނާ ސޯލިހުއަޅުން ވަކިކުރަން އެގޭނީ 5 ވަގުތު ނަމާދުކޮއް ﷲ އެންގެވިގޮތައް އުޅެވޭތޯ ގަދައަޅާ މަސައްކަތްކޮއް ގުރްއާން އާއި ސުންނަތުން ހެޔޮގޮތާއި ނުބައިގޮތް އޮޅުންފިލުވޭތޯ މަސައްކަތްކުރާބަޔަކައް.
މުސްކުޅިންގެ ނުބައި ފެށިގެން
20 September 2022
މަރުގެ ހުކުމް ތަންފީޒް ކުރަން ފިނޑި ގާޒީން.
ކްރޫސް
20 September 2022
ހުކުމް ތަންފީޒު ކުރާނީ ގާޒީންނެއް ނޫން. ނުވަތަ ކޯޓަކުންނެއް ވެސް ނޫން. އެކަން ކުރާނީ ހޯމް މިނިސްޓްރީން ނުވަތަ ދައުލަތުން އެކަމަށް ކަނޑައަޅާފައިވާ ގާނޫނީ ޝަޚްސަކުން.
ޙިނި
19 September 2022
ޝަރީއަތް ސިއްރު ކުރަނީ ނާގާބިލުވީމަ.
ރޯޒަސް
20 September 2022
ޝަރީއަތް ސިއްރު ކުރަނީ ކުޑަކުއްޖަކާ ގުޅޭކަމެއް ވީމައި.
ކްރޫސް
19 September 2022
2013؟ ތި ދެމީހުން ދުނިޔޭގަ އެބަތިބިތަ އަނެއްކާ؟
ޖޭމުގޭ އަހައްމައިދީ
19 September 2022
ތަންކޮޅެއް އަވަސް އަދި މައްސަލަ ނިންމިލެއް. ސޮރީ އަދި އިންނާނެތާ ހައިކޯޓާ އިސްޕިރީމް ކޯޓާ އިސްތިއުނާފޭ ކިޔާ ދެކޮޅަށް ދެމުމާ އެކި ދިމަދިމާއިން މައްސަލައިގެ ތެރެއަށް ތަދައްޙުލް ވުމާ މައްސަލަ ލައިގެން ރިހަ ކެއްކުމާ. މިހުރިހާ ކަމެއް ނިމޭއިރު ތިޔަ ދައިތައާ ބެއްޔާއާ ތިބޭނީ ފަސްގަނޑު ދަށުގަ ތޯއްޗެއް.
ޖޯޖް
19 September 2022
އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ސާބިތުވެ، އޭނާ ގޭ ބަންދުކުރަން ވެސް ޖުވެނައިލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ފަހުން ނިންމީ އެ ކުށް ސާބިތުނުވާ ކަމަށެވެ ބޮޑު ސިންގާ އަދަމުގެދަރިއަކު އުފަންކުރުވީމަވެސް ހައިކޯޓުން ބުނަނީ ޒިނޭ ކުރިކަމަށް ސާބިތުނުވެޔޯ މީ ކޮން ކަހަލަ ހަމަ ނުޖެހޭ ހުކުމް ޖަހާ ކޯޓުތަކެއް
ވިސްނާ ފިކުރުކުރޭ
19 September 2022
ޒިނޭގެ ކުށް ސާބިތުވާނީ ވަރަށްގިނަ ކަންކަން ފުރިހަމަވެގެން. އެއިން އެންމެ ކަމެއްގެވެސް ޝައްކެތް ނުވަތަ ޝުބުހާއެއް އޮވެއްޖެނަމަ ޒިނޭ ސާބިތެއް ނުވާނެ. މިއީ ޝަރުއީގޮތުން މިކަން އޮތްގޮތް.
ފަހުމް
19 September 2022
އެކުއްޖާ ރޭޕްކޮއްގެން ބަލިވެ އިނދެ ވިހާފާނެތީ، އެހެންވީމާ އެކުއްޖާ އެފަދަ ދައުވާއެއް އުފުލިގެން ނުވާނެ.
ނީސް
19 September 2022
ކުއްޖާއަށް ޖިންސީ ގޯނާކޮއްފާވެސް ބަޑު ބޮޑު ވެފައި އިނދެދާނެދޯ
ނަންނި
19 September 2022
ކައިވެނި ނުކޮށް ހުރި އަންހެނަކު ވިހައިފިނަމަ ޒިނޭ ކުރިކަން އޭނަ މައްޗަށް ސާބިތުކުރަން މާގިނަ ކަންތަކެއް ބޭނުމެއް ނުވޭ.ދެން އެހެންނޫނި ޑޮކްޓަރީ ފަރުވާއިން ގުޅުން ހިންގުމަކާއި ނުލާ 15 އަހަރުގެ ކުއްޖާ ބަޑުބޮޑުވި ކަމަށްތޯ ބަލަންވީ. ނޫނީ އޭނާ ރޭޕްކުރިީތޯ؟
ރޭޕް.
20 September 2022
އެ ކުއްޖާއަކީ ރޭޕް ގެ ޝިކާރައަކަށް ވެސް ވެދާނެއްނު. އެހެން ވެއްޖެއްޔާވެސް ޒިނޭގެ އަދަބު ލިބޭނެ؟ އަނގަ ނުބާނަބަލަ ކިޔާނެ އެއްޗެއް ނޭގެންޏާ.
ކިންގް ޗާލްސް 10
19 September 2022
އަދުލު އިންސާފް މެކުހަށް، ޒިނޭ ކުރި 15 އަހަރުގެ އަންހެން ކުއްޖާއަކަށް ހުކުމެއް ސާބިތެއްނުވި، ދެން ސުވާލަކީ ކާކުގެ ބަޑަކުންބާ އެ ތުއްތު މައުސޫމް ކުއްޖާ ވިހެއީ ؟؟؟؟
ސީން
19 September 2022
ކުއްޖާ ރޭޕޮ ކޮއްފައި ވެސް ބަނޑު ބޮޑު ވެފައި އިނދެދާނެދޯ. މައްސަލައަކީ ކުއްޖާއަށް އަނިޔާ ކުރި މީހުންނަށް އުހާ ލުއި އަދަބެއް ލިބުން.
ނޭގެ ކުއްޖާ
19 September 2022
ޒިނޭކޮށްގެން އެކަނިބާ އަންހެނުން ވިހަނީ. ރޭޕްވެސް ކޮށްފާނެ. މުޑުވަށްވެސް ކޮށްފާނެ. ޝައިޚުން ބުނޭ އަންހެންވެރިންނަކީ ދަނޑުތަކެކޭ އިންދާނެ ގޮތަކަށް އިންދާލާށޭ. ވީމާ ވިހެއްޔޭ ކިޔާފަ ޒިނޭއަށް ތެޅޭނެ ކަމަށް ނުވިސްނޭ. ޒިނޭ ވާންޖެހޭނެ ދެމީހުންވެސް ރުހިގެން އެކަން ކުރަން ބޭނުންވެސް ވެގެން ކުރިކަމަކަށް. ނޫންތަ؟ ޖަވާބެއް ދީބަލަ.
ބެއްޔާބެގެ ދަަރި
20 September 2022
އަދި ކުއްޖަކު ބަލިވެ އިނދެ ވިހުމަކި ޒިނޭ ކުރި ކަމަށް ސާބިތުވާނެ ގޮތެއް އިސްލާމް ދީނުގައި ވެސް ނޯވޭ. އެ ކުއްޖާއަކީ ޖިންސީ ގޯނާ ލިބިފައިވާ ކުއްޖަކަށް ވެސް ވެދާނެ. އެފަދަ ސަބަބުތަކަށްޓަކައި އިސްލާމް ދީނުގައި ވެސް ޒިނޭގެ ތުހުމަތު ސާބިތުކުރުން އެހާ ހަރުކަށިކޮށް އޮންނަނީ. މީހަކު ހަމަ ވިހާ އިރަށް އެއީ ޒިނޭއޭ ބުނާނެ ޖާގައެއް ނޯންނާނެ. ތިޔަގޮތަށް ބަލާ ނަމަ މީހަކާ އިނދެގެން ހުންނަ މީހަކު ޒިނޭ ކުރިޔަސް އެނގޭނެ ގޮތެއް ނޯންނާނެ ދޯ