ޚަބަރު / ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް

އާ ފޮތްބައި ލިބެންދެން، ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒް ފޮތްތައް ބޭނުންކުރަން ގޭޓްވޭ އިން ނިންމައިފި

ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް: މިވަގުތަށް ބޭނުންކުރާނީ ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒް ފޮތް.---ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް

ހުޅުމާލޭގައި މާދަމާ އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތްތަކުގައި ކްރިސްޓިއަން ޗާޗްތަކެއްގެ ފޮޓޯ ހުރުމާ ގުޅިގެންނާއި އަދި އަދި ބައެއް އާ ފޮތްތައް މިވަގުތަށް ގެނެވެން ނެތުމުން، އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށްފައިވާ ސޯޝަލް ސްޓަޑީޒް ފޮތް ބޭނުންކުރަން އެ ސްކޫލުން ނިންމައިފި އެވެ.

ގޭޓްވޭ ސްކޫލްގެ ގްރޭޑު ތިނެއްގެ ދަރިވަރުންނަށް ބެހި ސޯޝަލް ސްޓަޑީޒް ފޮތުގެ ގަނޑެއްގައި ކްރިސްޓިއަންގެ ޗާޗުތަކެއް ހުރި މައްސަލައެއް ފެންމަތިވުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ފޮތްތައް ނަގަން އަންގައިފަ އެވެ.

ގޭޓްވޭ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު މިއަދު ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، އާ ފޮތް ބައެއް އަދި ގެނެވެން ނެތް ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް، ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ފޮތްބައިން މި އަހަރު ގްރޭޑު 1-7 އަށް ކިޔަވައިދޭން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތު ވެސް ނެތުމާއެކު އަޅުގަނޑުމެން މި ނިންމީ، މި އަހަރު ކިޔަވައިދޭނީ އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ފޮތުންނޭ. އެކަމަކު އެއީ ހަމައެކަނި މި އަހަރަށް. ރާއްޖެ އަށް ހާއްސަކޮށް އާ ފޮތްބައެއް ގެންނާނަން އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން،" މޫސަ ވިދާޅުވި އެވެ.

ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް.-- ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް

އޭނާ ވިދާޅުވި ގޮތުގައި ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒްގެ ފޮތްތައް ބޭނުންކުރަން ނިންމީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ. އަދި އެކަން މިނިސްޓްރީ އަށް ވެސް އަންގާފައިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ފޮތްތައް ހަވާލުކުރުމާއެކު، މާދަމާ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް އެ ފޮތްތައް ބަހާނެ ކަމަށެވެ.

"[ނޭޝަނަލް ކަރިކިއުލަމްގެ ސޯޝަލް ސްޓަޑީޒް ފޮތުން ކިޔަވައިދޭން] މިނިސްޓްރީން ނާންގާ ވަކި ގޮތަކަށް. އަޅުގަނޑުމެން ނިންމީ، އެ ފޮތާ ގުޅިގެން ބެލެނިވެރިންގެ ވެސް ކަންބޮޑުވުންތަކެއް ހުރީމަ އެކަމަށް އެޑްރެސް ކުރަންޖެހޭނެއޭ. އެހެންވެ ގްރޭޑް 1-7 އަށް ކިޔަވައިދޭން ބޭނުންކުރާނީ މަންހަޖުގެ ފޮތްތައް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން މާއްދާއެއްގެ ފޮތްތަކުގައި މައްސަލައެއް ނުޖެހެ އެވެ.

ސޯޝަލް ސްޓަޑީޒް ފޮތުގައި މައްސަލަ ދިމާވީ ގޭޓްވޭ ސްކޫލުން ވެސް ބަލަންޖެހޭ ވަރަށް ކަންތައްތައް ބެލިފައި ނެތުމުން ކަމަށާއި އެ ގޮތަށް ދިމާވީ އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އެ ކަމަށް ބެލެނިވެރިންނާއި ރައްޔިތުންގެ ކިބައިން މާފަށް އެދެން. އިސްލާމީ ތާރީހާއި އާދަކާދައާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" މޫސަ ވިދާޅުވެފައިވެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަދުވަހު ފަށާއިރު، ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަވެފައިވާ ކަމަށް ގޭޓްވޭ ސްކޫލުން ބުންޏެވެ.

9 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 31%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރާސާ

08 January 2017

ފޮތްބެހިއިރު ކުރިސްޓިައަން ދީނުގެ ވާހަކަ އޮވެ އެފޮތްބައި ބެހުމުން އެގެނީ މޮނިޓަރ ނުކުރެވޭނެކަން ތިޔަސްކޫލުގެ މެނޭޖުމެންޓް ފެއިލްވެފައިވާކަން ފެށުން ފެއިލްވެއްޖެކަމެވެ.

The name is already taken The name is available. Register?

އައިޟާ

07 January 2017

މާދަމާ އެސުކޫލުގެ ކުދިން ކިޔަވާނީ ފޮތައް ހަމަކޮއްގެއް އެމައްސަލަ އެބުނީ ރަނގަޅު ކޮއްފީމޭ.އޯކޭއެއްނުން

The name is already taken The name is available. Register?

ދޯނި

07 January 2017

ތި ނިންމެވި ކަންތަކަށް މަރްހަބާ! ތި ގޭޓްވޭ އިންޓާރނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނެވެރިއެއް އެބައޮތް ދުވަހު ނޫހެއްގައި ބުނެފައި އޭނާގެ ދަރިވަރު މާލޭގެ އިންޓާރނޭޝަނަލް ސްކޫލްގައި ކިޔެވި އިރު ފޮތްތަކުގައި ތިފަދަ މައުލޫމާތު އޮތޭ! އެހެންވީއިރު މިހާރު އޭނާއަށް މައްސަލައަކަށް ވެގެން މިއުޅެނީ މިހާރު ތިތަން ހިންގާމީހުންނާއި މެދު އޮތް ހަސަދައެއްގެ ބޮޑުކަމުންތާ! ބަލަ ބިޑް ކުރުމެއްނެތި ދެތިން ފަހަރު ކުރިން ހިންގި މީހުންނަށް މުއްދަތު އިތުރުކޮށްދިން އިރު އޭރު ކޮރަޕްޝަންނަކަށްނުވޭ. މިހާރު މިގައުމުގައި ގާނޫނަކީ އަދި ކޮރަޕްޝަނަކީ ކޯންޗެއްކަން އަދުލު އިންސާފަކީ ކޯންޗެއްކަން ނެއެނގޭ އެއްވެސްބަޔަކު ތިބެގެން ނުވާނެއެވެ. ކޮރަޕްޝަނަކީ އެމީހާ ކަނޑައަޅާ އެއްޗެއް. އަދުލު އިންސާފަކީ އެމީހާގެ ބަސް. ގާނޫނަކީ އެމީހާ އެދޭހާގޮތް. އެހެންވިމާ ތިކަންވެސް ތިދަނީ އެހެން. ޤުރުއާނުގައިވެސް ބަނީއިސްރާއިލުގެ މީހުންގެ ވަހަކަޔާއި ސަދޫމްގެ ވާހަކަޔާއި ފިރުއައުނުގެ ވާހަކަޔާއި ބަޤީޗާތަކުގެ މީހުން އިންތިހާނު ކުރިގޮތުގެ ވާހަކަޔާއި އާޒަރުގެ ވާހަކަތައްވެސް ހުރޭ. އެއީ މީހުން އެކިޔާ އެމީހުގެ ބާޠިލް އަޤީދާ ދެނެގަތުމަށް. މިހުރިހާވެސް މައްސަލައަކީ މީހުންގެ އަޤީދާ ބަލިކަށިކަން.

The name is already taken The name is available. Register?

ފާރިސް

07 January 2017

ކުޑަކުދިންގެ ސްކޫލްގެ ނިޒާމަކީ މުޅި ގައުމު އެކޮޅު ކޮޅުންޖެހެން ޖެހޭ ވަރުގެ މުހިއްމު ކަމެއް ނޫން. ހުކުރު ޙުތުބާގަ ވެސް އެދައްކަނީ އިލްމް އިލްމް އިލްމް ގެ ވާހަކަ. ގުރުއާނުގަ ބުނަނީ ޔުއައްލިމުހުލް ކިތާބަ ވަލް ހިކްމަ. މިއީ އަކީ ސްކޫލަކުން ކިޔަވައި ދެވޭނެ އެއްޗެއް ނޫން. މާލެގެ ގެދޮރު މައްސަލަ ވެސް ހައްލުވާނެ ތި ސްކޫލްގެ ނިޒާމު އުވާލީމަ.

The name is already taken The name is available. Register?

އަލީ

07 January 2017

ޓީވީތަކުން ތިޔަހުރިހާ ޗާރޗަކާއި ހުރިހާ ބުދުކޯލެއް ހުންނަނީ ކުދިންނަށް އަބަދުވެސް ފެނިފެނި. އަނެއްކާ ހުޅުވާލެފައިވާ ދުނިޔެއެއްގައި އެހެންދީންތަކުގެ މީހުންނަކީ ކޮބައިކޮށް ރަގަޅު ގޮތުގައި ކިޔައިދިނުމަކީ ކުރަން ރަގަޅުކަމެއް. ހޭލުންތެރި ބައެއް އުފެދިގެން ސުލްހަވެރި އަމާން ދުނިޔެއެއްގަ އުޅެވޭނެ.

The name is already taken The name is available. Register?

އީއެމްސީޓޫ

07 January 2017

މަމެން ޕިންކީންގެ ސަރުކާރުން ގޭޓްވޭ އަށް ހުޅުމާލޭ ސްކޫލް ދިނީ އެއީ ވަރަށް މާތް މަގްސަދެއް އޮވެގެން ނެވެ. މަމެން ޕިންކީންގެ ސަރުކާރުން ވަރަށް ބޮޑު ސެކްރިފައިޒް އެެއްވެގެން ގޭޓްވޭ އަށް ހުޅުމާލޭ ސްކޫލް ދިނީ. އެޑިއު މިނިސް އިން ފާސް ކޮށްފައިވާ ސޯޝަލް ސްޓަޑީސް ބައި ގޭޓްވޭ ސްކޫލް ގައި ކިޔަވާ ދިން ނަމަވެސް ގޭޓްވޭ ސްކޫލް އިން ސައެންސް ސަބްޖެކްޓްސް ކިޔަަވާ ދީ އަދި އެ ސަބްޖެކްޓްސް ތައް ކިޔަވާ ދޭން ދުނިޔޭގެ ފެންވަރުގެ ލެބްސް ތައް ވެސް ހެދި ސައެންސް ސްޓްރީމް ގައި ވަރަށް ފުޅާ ދާއިރާއެއްގައި ކިޔަވާ ދޭނެ ކަމަށް މަމެން އުއްމީދު ކުރަމެވެ. އިޓްސް ދަ ޗޭންޖިންގް ޓައިމް ޓު ގެޓް ނޯއިންގް ދަ ވޮންޑަރ އޮފް ކްރިއޭޝަންސް.

The name is already taken The name is available. Register?

އައިތިންކް

07 January 2017

ހުޅުމާލޭގައި މާދަމާ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް އިން ކިޔަވާ ދޭން ފެށުމުން މަމެން އުއްމީދު މިކުރަނީ ކުރީގައި ލާލޭ ސްކޫލް ހިންގި މީހުން ހެދި ގޮތަށް ފޭކް ގޭމް ޖައްސައިގެން ކިއްލި ތަޅާ އެޑިއުކޭޝަން ގޭޓްވޭ ސްކޫލް އިން ނުކިޔަވާދީ މީންސް ހުރި ގޮތެއްގައި ރަނގަޅަށް ކިޔަވާދީ ލަންކާ އަދި އިންޑިއާ އަދި މެލޭ އަށް ރާއްޖޭން ބޭރުން ބޮޑެތި ޚަރަދުކޮށްގެން ކިޔަވަން ދާ ދަރިވަރުންނަށް އެ ގައުމު ތަކަށް ނުގޮސް ވާނެ ގޮތުގެ ފޯރމިއުލާ އެއް ގޭޓްވޭ ސްކޫލް ތެރޭން އުފަންވާނެ ކަމަށެވެ. އޯއް ޔޭއް ދިސް ކުޑް ބީ އިޓް. އައި ތިން އައި އޭމް އިން ލަވް ވިދް ދިސް ކަންޓްރީ..

The name is already taken The name is available. Register?

ދޫނި ރާއްޖެ

07 January 2017

މީ 100 އިންސައްތަ ސުންނީ މުސްލިމުން ދިރިއުޅޭ ޤައުމެއް. މި ޤައުމުގައި "އަރަބިއްޔާ ސްކޫލް" އަކާއި "މައުހަދެއް" ހިންގުމުގެ ބޭނުމަކީ ކޮބާބާ؟ އެއިން އެދޭހަކޮށްދެނީ ކޮންކަމެއްތޯ؟ ދާދި ފަހުން ޤައުމީ ޔުނިވާސިޓީއެއް ހުއްޓާ އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދީ ކީއްކުރަންތޯ؟ ފައިސާ ގިނަވެގެން ދެތިން ޗާންސެލަރުންނާއި މީހުން އިތުރުކޮށް އެމީހުންނަށް މުސާރަދޭންތޯ؟ އެކަން މިވެސް "ރަން" ވެގެން އުޅޭ ދީނީ އިލްމުވެރިން މިޤައުމުގައި އުޅޭ! މި އުޅެނީ ބަންޤީ އަޑު އިވޭ އިރުވެސް މިސްކިތުގެ ޖަމާއަތް ދެތިން ސަފަށް އިތުރު ނުކޮށްދެވިގެން. ޤައުމީ މީޑިއަރ އިންވެސް 03 ރޭޑިޔާ ޗެނަލް އާއި 04 ޓީވީ ޗެނަލް ހިންގާ. މީހުންގެ އީމާންތެރިކަން އިތުރުކުރަން އެދެވޭ މަސައްކަތެއް ކުރެވޭތޯ؟ މީހުންގެ އީމާންކަން އެހާ ބަލިކަށި! އެކަން އިތުރުކުރަން ކުރަނީ ކޮންކަމެއްތޯ؟ ވަޅު ޖެހިފައި އޮތް ސްކޫލްއެއް ރަނގަޅުކޮށް ހިންގުމަށް ބަޔަކު މަސައްކަތް ކުރީމައި އެމީހުންނަށް ފުރައްސާރަ ކުރުންތޯ މުހިއްމީ؟ ނުވަތަ ތިމާމެއް އަމިއްލައަށް އިސްލާހްވުންތޯ މުހިއްމީ؟

The name is already taken The name is available. Register?

އިޓްސް

07 January 2017

އާ ފޮތްބައި ލިބެންދެން، ގައުމީ މަންހަޖުގެ ސޯޝަލް ސްޓަޑީޒް ފޮތްތައް ބޭނުންކުރަން ގޭޓްވޭ އިން ނިންމި ކަން އެއީ އުފާކުރަން ޖެހޭނެ ކަމެކެވެ. މަމެންގެ ގައުމު ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރުމަށް ޓަަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް އެއީ ގޭޓް ވޭ އަށް ހުޅުމާލޭ ލާލޭ އިންޓަރނޭޝަނަލް ސްކޫލް ދެވުން އެއީ. ޔޫ ނެވަރ ނިއު ޖަސްޓް ވަޓް ދެޓް މީންސް އިން ލިޓިލް ސިންގަޕޯރ. އިޓްސް އިން ދަވޭ ޔޫ ޑްރީމްޑް އޮފް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454