ޕޮލިސް ކޮމިޝަނަރު ހަމީދު: ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލާގެ ތަހުގީގު ގޯސްކޮށް ހިންގާފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 ސެޕްޓެމްބަރ 2022 - 14:20
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ފުލުހުންތަކެއްގެ މައްޗަށް ފުލުހުން އަމިއްލައަށް ތަހުގީގު ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ޖުލައި، 2019 ގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މ. އުޖާލާގޭގައި ބިދޭސީއަކަށް ފުލުހުން އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށް އެ މައްސަލާގައި އަށް ފުލުހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުން ދައުވާކުރި އެވެ.
އެ މައްސަލާގެ ތަހުގީގު ފުލުހުން ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ދާދިފަހުން ނިންމި އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދައިން އެހެން އިދާރާއަކުން ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ބެލުމުގައި އެ މުއައްސަސާގެ ބައިވެރިވުމެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަކަށް ތަހުގީގު ހިންގުމުގެ ބާރު ލިބޭ ނަމަ، ތަހުގީގު ހިންގަން ޖެހޭނީ އެ މުއައްސަސާއަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ގާނޫނުގައި ބުނެފައިވަނީ ތަހުގީގު އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތަށް ގާނޫނުގައި އޮންނަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
25 September 2022
ރާއްޖޭގެ އެންމެ މަތީކޯޓުން ހުކުމް އެކުރީ ފުލުހުން ތަހުޤީޤްހިންގީ ގޯސްކޮށްކަމަށް. އެކަމުން އިނގިގެންދޭ ފުލުހުން ޤާނޫނާ ޚިލާފްވެފައިވާކަމަށް. ދެންފުލުހުންގެ މުއައްސަސާއިންނާއި ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ކީއްވެބާ ޤާނޫނާޚިލާފްވި ފުލުހުންނާމެދު ޤާނޫނީފިޔަވަޅު ނާޅަނީ؟ ފުލުހުންތިބެނީ ހުރިހާ ޤާނޫނަށްވުރެއް މަތީގައިތޯ؟ މިއީދެވަރުގެ ކަންކަން. ވަކިވަކި ފުލުހުން ކުރާކުށްތަކަށް ފިޔަވަޅު އަޅާފައި، ފުލުހުންގެ ޚިދުމަތުން ޤާނޫނާ ޚިލާފުވުން މިވަނީ އޯކޭވެފައި
ވަންމޭން
25 September 2022
އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ތިމާއަށް ބާރެއް ލިބުނީމަ ހީވަނީ ތޯއްޗެ ތިމާއަށް މިހެދެނީ އެންމެ ރަނގަޅަށޭ!
އަނދުން
25 September 2022
ހެހެހެހެ... ޕީޖީ މުޅިން ޗޮކުން ދެއްތޯ؟