ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި ޖައްސާފައި: އެ އެއާލައިނުން ކޮންމެ ދުވަހަކު ފްލައިޓްތައް ރާއްޖެ އަށް ފަށަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
27 ސެޕްޓެމްބަރ 2022 - 11:19
ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވަން ނިންމައިފި އެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހު 14 ގައި އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް އޮންނާނެ އެވެ.
ބްރިޓިޝް އެއާވޭސް އިން ބުނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މި އަހަރުތެރޭ އެ ގައުމުން 119،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަފްތާ
27 September 2022
ބްރިޓިޝް އެއާވޭސް ރާއްޖެއަށް ކޮންމެ ދުވަހަކު، އެކަމަކު ހަފްތާއަކު 4 ދަތުރު، މީ ކޮންކަހަލަ އަރަތެއް ؟
ޗިޗޫ
27 September 2022
ތިއީ އެންމެފަހުގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ އެންމެފަހުގެ އަރަތެއް..
ހސކސ
28 September 2022
14 އިން 30 އަށް ހަފްތާއަކު 4 ދުވަހު. އޭގެ ފަހުން ކޮންމެ ދުވަހަކު.
ފޮނިފޮނިޓައްޕު ކުމާރު
27 September 2022
ތީ ވަރަށް ސަޅިކަމެއް. އިންޑިޔާމީހުންނާ ހިލާފަށް އިނގިރޭސީންނަށް ކެރޭނެ ހަރަދުކޮށްލަން.
ހެހެހެ
28 September 2022
އިންޑިޔާ މީހުންތަ ނޫޑްލިސް ޕެކެޓް ހިފާގެން މި ޤައުމަށް އަންނަނީ، ޗައިނާ މީހުނަށްވުރެ ތިކަމުގާ ދަށު ދަރަޖައިގެ ބައެއް ނޫޅޭނެ.
ހިޔާލީ އަލީ
27 September 2022
ޝުކުރިއްޔާ އިނގިރޭސި ރައްޔިތުން