މިނިސްޓަރު އަސްލަމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފެރީގެ ނިޒާމާ އެކު ގުޅުންތައް ކުރިއަށް ވުރެން ބޮޑަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
28 ސެޕްޓެމްބަރ 2022 - 09:48
ޑޮކްޓަރަށް ދައްކަން ބޭނުން ނަމަ ވަގުތުން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދާންވީ އެވެ. އަނެއް ދުވަހު، ހުސްބަނޑާ ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަ ވެސް އެ ރަށުގައި މަޑުކުރާކަށް މިހާރަކު ނުޖެހޭނެ އެެވެ. އެނބުރި ރަށަށް އައުމަށް ފަހު އަނެއް ދުވަހު ދެވޭނެ އެވެ. ޕިއްޒާއެއް ކާ ހިތްވެއްޖެ ނަމަ ބޭނުންވާ ރަށަކުން އޯޑަރުކޮށްލެވޭނެ އެވެ. އާރުޓީއެލް ފެރީން އެންމެ ގިނަވިޔަސް 30 މިނެޓް ތެރޭގައި ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އޮންނާނެ އެވެ. ފިނޭއިން ފުރައިގެން ކުޅުދުއްފުށީގެ ސެލޫނަކަށް ގޮސް ތައްޔާރުވެގެން ކައިވެނި ހަފުލާ އޮންނަ އިރަށް ހުންނާނީ ރަށުގަ އެވެ.
ބޮޑު ތިލަދުންމަތި އާރުޓީއެލްގެ ފެރީން ގުޅާލަން ސަރުކާރުން ހިންގި ބޮޑު މަޝްރޫއުގެ ބޮޑުު ބަދަލު، ޕްލޭނިން މިނިސްޓަރު އަސްލަމް ރޭ ސިފަކޮށްދެވީ މި ފަސޭހަތަކުންނެވެ.
"މަކުނުދޫ ރައްޔިތުންނަށް އެ އެކަހަރިކަމެއް މިއަދަކު އިހްސާސެއް ނުވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދާންވީމާ ތަކުލީފް އުފުލާކަށް ނުޖެހޭނެ،" މިނިސްޓަރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު މިކަން ފެށީ ޕްލޭނެއް އޮވެގެންނެވެ. ވަކިވަކިން އެކަހަރިކޮށް އޮތް ރަށްތައް އެއްބައެއްގެ ގޮތުގައި ދިރިއުޅެން ފަސޭހަކުރެވޭނެ ހިސާބުތައް ޖަހަން ފެށީ އެ މީހަކު ހުރި ތަނަކުން ހާސްކަމެއް ނެތް ދިރިއުޅުމެއް ލިބޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އާރުޓީއެލް ފެރީގެ ބޮޑު މަޝްރޫއު ރައީސް ރޭ އިފްތިތާހްކޮށްދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެ ބޮޑު އެއް ބަދަލަކީ މުޅި ސަރަހައްދު ވަށާލާފައިވާ ފެރީގެ ނިޒާމްކަން ފާހަގަކުރެއްވި އެވެ. މި ދަތުރުތަކުން އެއް ރަށާއި އަނެއް ރަށާއި ނުވަތަ އެކަކު އަނެކަކާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދި ރަށްތަކަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކޮންމެ މީހަކު ވެސް ދަތުރެއް ކުރާނީ މުހުތާދެއް އޮވެގެން ކަމަށާއި އެކަން ފަސޭހަކޮށްދިނުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް އަންނާނެ ލުޔެއް ކަމަށެވެ.
"ޕިއްޒާ ވިއްކާ މީހާއަށް ވެސް އެ ޑެލިވާކުރެވޭނެ މަގު އަޅުގަނޑުމެން މިއޮތީ ގާއިމްކޮށްދީފައި،" މިސާލު ޖައްސަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
"ބައިވަރު މި ކަހަލަ ފަސޭހަތައް އެބަވޭ. ގުޅުންތައް ވަރުގަދަވޭ. އިގްތިސާދު ވަރުގަދަވޭ. މި މޫވްމަންޓާ އެކު އިގްތިސާދު ބަދަލު ނުވާނެ ގޮތެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ށ. އަތޮޅުގެ އެންމެ ދެކުނުގައި އޮންނަ ރަށުން ރާއްޖޭގެ އެންމެ އުތުރުގެ އޮންނަ ތުރާކުނަށް ހެނދުނު ފުރައިގެން ހަވީރަށް 250ރ. އަށް ދެވޭނެ އެވެ. މީގެ ކުރިން އެއީ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހއ. އާއި ހދ އަތޮޅާ ދެމެދު ވެސް ދަތުރުތަކުގެ އަގު ކުރިން އުޅެނީ 3،000ރ. އިން މަތީގަ އެވެ.
"ބައިވަރު މި ކަހަލަ ފަސޭހަތައް އެބަވޭ. ގުޅުންތައް ވަރުގަދަވޭ. އިގްތިސާދު ވަރުގަދަވޭ. މި މޫވްމަންޓާ އެކު އިގްތިސާދު ބަދަލު ނުވާނެ ގޮތެއް ނޯންނާނެ،" މިނިސްޓަރު
މި އަތޮޅުގައި އެކަހެރިވެފައި އޮތް މަކުނުދުއަށް ވެސް ކޮންމެ ދުވަހަކު ދެވޭނެ ކަމަށާއި އެ ރަށުން ކުޅުދުއްފުއްޓަށް ނުފުރޭނެ އެންމެ ދުވަހެއް ވެސް މިހާރު ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މަކުނުދޫ ރައްޔިތުންނަށް އެ އެކަހަރިކަމެއް މިއަދަކު އިހްސާސެއް ނުވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދާންވީމާ ތަކުލީފް އުފުލާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާރުޓީއެލް ފެރީގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އަސްލަމް ވިދާޅުވި ގޮތުގައި މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ފެށުމުން 82 އުޅަނދު ދަތުރުކުރާނެ އެވެ. މި ހުރިހާ އުޅަނދުތަކަކީ ވެސް ދިވެހި އުފެއްދުންތަކެއް ކަމަށް ވިދާޅުވި އެވެ.
މި ބޮޑު ފަސޭހައިގެ ވާހަކަ މި ސަރުކާރުން ނުދައްކައި ތިބީ މިކަން ނުހިނގާތީ ނޫން ކަމަށް ވިދާޅުވި އެވެ. ބޭނުމަކަށް ވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވާހަކަތަކުގެ ކުރިއަށް ރައްޔިތުންނަށް ފަސޭހަވަމުން އަންނަ ކަން ކަށަވަރުކުރުން ކުރުމެވެ.
ދިއްދުއަށް އާރުޓީއެލް ފެރީގައި ދަތުރުކުރައްވައި ބޮޑު މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އިފްތިތާހްކޮށްދެއްވީ ރައްޔިތުންނަށް ފަސޭހަވަމުންދާކަން އަމިއްލަ އަށް ތަޖުރިބާކުރެއްވުމަށް ފަހު ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޟީން
31 May 2023
ތިޔަކަންތައް އަންނި ހަވާކު ކުރީ ރައްޔިތުން ޖީބަށް ފައިސާ ލިބޭ ގޮތައް.، ކޮންމެ ރަށެއްގަ ޓާމިނަލް ހުންނަ ބިމުގަ ކޮޓަރި ހަދާ ގެސްޓް ހައުސް ހިންގޭ ގޮތައް - އޭގެ ނަފާ ފައިދާ ރަށު ރައޔިތުންނަށް ބަހާ ގޮތައް، ކައުމްސިލައް ލިބޭގޮތައް. އަސްލަމް ތަމެން ތިޔަ އިސްރާފު ކުރަނީ ރައްޔިތިންގެ ޓެކްސް ފައިސާ.. ޖީބަށް ބައެއް އަޅާ ގޮތައް. !!!!
1234
29 September 2022
އާސަންދަ،ހިލޭ ޑިގްރީ،ދަތުރު ފަތުރު، ބަސްދަތުރު،މުސްކުޅިން، ނުކުޅެދޭ މީހުން، އެކަނިވެރި މައިންނަށްދޭ ފައިސާ، ކަރަންޓް،ފެން ،ކާޑު،ފަދަސަބްސިޓީއަކީ ވ.ރަގަޅުކަންކަން، ސުވާލަކީ މިބުރަ ސަރުކާރަށް ކިހާދުވަހަކު އުފުލެދާނެބާއޭ؟
ބޮޑުމީހާ
28 September 2022
ކުރިން ރައްޔިތުން ދަތުރުކުރީ އެންމެ ކުޑަކޮށްވެސް 3000ރ އަށް ކަމަށް މިނިސްޓަރު މިބުނަނީ. އެ 3000ރ އިން މަދުވެގެން 1000ރ ދާނެ ތެލުގެ ޚަރަދަށް، އަދި ޑްރައިވަރ އެހެނިހެން ޚަރަދު އެއްކޮށްލީމަ 1500ރ ވަރު ޚަރަދުވާނެ. އާރުޓީއެލް ފެރީގަކުރިޔަސް ތެލާއި ކްރޫއިންގެ ޚަރަދުތައް ހުންނާނެ.މިކަން ދިގު މުއްދަތެއްގައި މިހާ ލަގްޒަރީކޮށް ކުރާނީ ކިހިނެއްބާ ހިތަަށް އަރާ!
ސަލީމު އިދުރީސް
28 September 2022
މިކަމައް ރަނގަޅު ބަހެއް ބޫނާނެ ހިއްވަރު ނުލިބިގެން އުޅެނީ ހަސަދަޔާ ޒާތްކޮޅު ބޮޑުވީމަކަމުގަ ވެދާނެ
ފޭންސީ
28 September 2022
ފޮނި މުރާދު… ސަޅިކެނޑުން ނޫންކަމެއް
ޚިދުމަތް
28 September 2022
ތިޔަ ޚިދުމަތަކީ ވަރަށް ބޭނުންތެރި ޚިދުމަތެއް. ތިޔަ ޚިދުމަތް ތި ދެނީ ޕަބްލިކް ކުންފުންޏަކުން. ކުންފުނީގެ ހިއްސާދާރުންގެ ހައްގުތަކެއްވޭ. ކުންފުންޏަށް ގެއްލުންވާގޮތަށް ތިޔަ ދަތުރުތައްކުރާނަމަ ކުންފުނީގެ ހިއްސާދާރުގެ ހައްގުތައް ގެއްލިގެންދޭ.
އަހްމަދ
28 September 2022
އަސްލަމަކީ މުޅިން މޮޅަތި ވާހަކަ ދައްކައިގެން އުޅޭ މީހެއް. މިސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ. މިވެސް އެމްޓީސީސީ އިން ކުރި ކަމެއް. ވުޖޫދައް އައީމަ އަސްލަމު ކުރި ކަމަކަށް ހަދައިގެން މިހާރު އުޅެނީ.
ށަވިޔަނި
28 September 2022
އާރްޓީއެލްގެ ޚިދުމަތް މާލެ ހުޅުމާލޭގައި ފެށުމުން ދެރަށުގެ ދެމެދު ސައިކަލުން ދަތުރުކުރުން ހުއްޓާލިން. އެކަމަކު އޮތް ބިރަކީ ވެރިކަން ބަދަލުވެއްޖެނަމަ އަތުވެދާނެ ބަދަލަކާމެދު. މި ބިރު އުފެދެނީ އަހަރުމެންގެ ޑިމޮކްރެސީގައި މިހާތަނަށް ކުރެވުނު ތަޖުރިބާއިން. ރައްޔިތުންނަށް ކިތަންމެ ފައިދާ ބޮޑުކަމެއް ކޮށްފަ އޮތަސް އަންނަ ބަޔަކު އެކަން ކުރިއަށް ނުގެންދޭ. ނުވަތަ އުނދަގޫތައްކުރިމަތިކޮށް ބަހަނާތައް ދައްކާ.
ޙަމަހަމަ
28 September 2022
އަމިއްލަ ކުންފުނިތަކަށް ފެރީގެ ހިދުމަތް ފަށާ، ކުރިއަށްގެންގޮސް ތަރަައްޤީ ނުކުރެވުނީ ސަރުކާރުން އެއްބަސްވުމާ އެެއްގޮތަށް އަމަލުނުކުރުމުން. ސަރުކާރުގަތިބި ބައެއްފަރާތްތަކުން ޒާތީވުން. ފެރީޓަރމިނަލް އަޅަން ދޭންޖެހޭ ބިންތައް ނުދިނުން އެއީ އެއްސަބަބު. ޢެދަތިތަކާއެކުވެސް 10އަހަރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިން ކުންފުންޏެއް ވާމިލިއަން އަކީ.
ސައްޙާފް
28 September 2022
ތެދެއް. އާރްޓީ އެލް އުފެއްދީ ވަރުގަދަ ގުޅުމެއް. އެކަމަކު މާތޮޑާ އަސްލަމް އުފެއްދީ މުޑުދާރު ނަސްލީ އިމްތިޔާޒުގެ ބައިބައިވުމެއް. މާލެ މިހުންނަށް މާލެއާއި ގުޅުމެއްނެތް ހުޅުމާލެ މިލްކުކޮށްދޭން ނިކުތް ބޮޑު ރޭސިސްޓަކީތިޔައީ.
ބޯލާ..
28 September 2022
މާތޮޑާ އަސްލަމްގެ ކެޕޭސިޓީ އެއް ހުރީމަ އެތާ އެ ހުރެވެނީ..މަށާ ކަލެއާ ކީއް ކުރާނީ.
ބޮއެފިން
02 October 2022
ވައްކަން ކުރުމުގެ ކެޕޭސިޓީ ތަ. ކޮއްކޯ.
ވައިކަރަދޫ ރަށްޔިތެއް
28 September 2022
އާރުޓީއެލްގެ ހިދުމަތްލިބެނީ ނަސީބުވެރިންއަށް. ކުޅުދޫފުޓައްދާން ވޭތިވެދިޔަ ފަސްމަސްދުވަހުތެރޭ އެކއެކި ދުވަސްތަކުގާ ޓިކެޓުހޯދަން އުޅެލިބުނީ އެއްމެފަހަރަކު އެފަހަރުވެސް ދަތުރެއްނުލިބުނު ޔެލޯއެލާޓު ހުރެ. މަސްދުވަސް ފަހުން ރިފަންޑު ލިބުނު. 8 ދުވަސް 12ދުވަސް ފަހުން ޓިކެޓުލިބެންހުރޭ. .. މިއީ އަތޮޅުގެ އެއްމެބޮޑު 4ރަށަށް (ކުމުންދޫ ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ) އަށް 1ފެރީ އޮތުމުން ދިމާވާ މަސަލައެއް. އެހެން ރަށްރަށުގާ ހުސްފެރީ ދާކަންވެސް ފާހަގަކުރެވޭ.
އަސޭކަރަ
28 September 2022
ވައިކަރަދޫ ރައްޔިތުމީހާ އައް އެނގެންވީ ކަމެއްފަށާއިރު އެކަމެއް ފުރިހަމަ ވެފައި ނޯންނަކަން..ދުނިޔެއައް އައިއިރު ތިބޭފުޅާ ބާލޣު ނުވާފަދައިން.