އެމިރޭޓްސްގެ ސަހަރާ ތެރޭގައި ރޭލެއް ދަތުރު ކުރަނީ.
28 ސެޕްޓެމްބަރ 2022 - 16:13
އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުތަކުން ގުޅައިލުމަށް އެ ދެ ގައުމުން އެއްބަސްވެ، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ދެ ގައުމުގެ ދެމެދުގައި ފަށާ ރޭލު ދަތުރުތަކުގައި އެއް ގައުމުން އަނެއް ގައުމަށް މީހުން ދަތުރުކުރުމުގެ އިތުރުން، މުދާ ގެންދިއުމުގެ ޚިދުމަތް ވެސް ދޭނެ އެވެ. ރޭލު ދަތުރުތަކުން ދެ ގައުމު ގުޅައިލާއިރު، މީހުން ދަތުރުކުރުމަށް ބޭނުންކުރާނީ، ގަޑިއަކު 200 މޭލު ބާރުމިނުގައި ދަތުރުކުރާ ރޭލުތަކެއް ކަމަށް އެ ދެ ގައުމުން ބުނެ އެވެ. އަދި މުދާ އުފުލުމަށް ބޭނުންކުރާނީ ގަޑިއަކު 120 މޭލު ބާރުމިނުގައި ދުވާ ރޭލުތަކެވެ.
އުންމާން އާއި އެމިރޭޓްސްއާ ދެމެދު ރޭލު ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި، އިއްތިހާދު ރެއިލްގެ ސީއީއޯ ޝާދީ މަލަކް އާއި އުންމާންގެ ލޮޖިސްޓިކް ކުންފުނި އަސްޔަދުގެ ޗީފް އެގްޒެކެޓިވް އަބްދުއްރަހްމާން ސާލިމް (ކ)، އެއްބަސްވުމުގައި ސޮއިކުރައްވަނީ.
މި ދަތުރުތައް ފެށުމުން އުންމާންގެ އެންމެ އުތުރުގައިވާ ސުހާރް އާއި އެމިރޭޓްސްގެ އަބީ ދާބީ، އެއްގަމު ދަތުރުފަތުރުން ގުޅިގެން ދާނެ އެވެ. ސުހާރްއަކީ އުންމާންގެ އެންމެ ބޮޑު ކަނޑުގެ ބަނދަރު ހިމެނޭ ވިޔަފާރި މަރުކަޒެކެވެ.
ދެ ގައުމުގެ ދެމެދުގައި ރޭލުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްގެ އިއްތިހާދު ރެއިލް އާއި އުންމާން ސަރުކާރުގެ ރޭލުވޭ ކުންފުނި ގުޅިގެން އުފައްދާ ކުންފުންޏަކުންނެވެ. ދެ ގައުމުގެ ދެމެދުގައި ރޭލުގެ ޚިދުމަތް ފެށުމަށްޓަކައި ރޭލު މަގުތައް ތައްޔާރުކުރުމާއި، ދަތުރުވެރިންނާއި މުދާ ގިމަތަތައް ތައްޔާރުކުރުމާއި އެނޫން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކާއި، އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އަލަށް އުފައްދާ ކުންފުނިންނެވެ.
ރޭލު ދަތުރުތައް ފެށުމުން، އެއްގަމު މަގުން އެއް ގަޑިއިރާއި 40 މިނެޓުގެ ތެރޭގައި، އުންމާންގެ ސުހާރުން އެމިރޭޓްސްގެ އަބޫ ދާބީ އަށް ދަތުރުކުރެވޭނެ އެވެ. އަދި ސުހާރުން އެމިރޭޓްސްގެ އަލް އައިން އަށް 47 މިނެޓުން، ކުޑަ އަގެއްގައި ދަތުރު ކުރެވޭނެ އެވެ.
އެމިރޭޓްސް އިން ބުނި ގޮތުގައި ދެ ގައުމު ގުޅިގެން އުފައްދާ ރޭލު ކުންފުނިން މަސައްކަތް ފަށާނީ ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލަފީ
01 October 2022
ޢުމާން. ނުވަތަ ބައެއް މީހުން ކިޔާ ގޮތުން އޮމާން. އުންމާނެކޭ އެއްވެސް ބަޔަކު ނުކިޔާ. އެކަމަކު އައްމާން ކިޔާ ރަށެއް އޮވޭ. އެއީ އުރުދުންގެ ވެރިރަށް
އުންމު
01 October 2022
ގައިމު ބަޔަކަށް އިނގޭ ގޮތައް ޤައުމުތަކުގެ ނަން ކިޔަން ވެއްޖެއެއްނު .
ސޭކް
29 September 2022
ހާދަ ލޯބި ނަމެކޭ އުންމާން މީ... ކޮންތާކު އޮންނަ ގައުމެއްތަ؟
2022
29 September 2022
ތަންކޮޅެއްކުރިން މުއިއްޒު ކިޔާ ބޭފުޅަކު ވިދާޅުވި ހުޅުމާލެއާއި މާލެއާއި ދޭތެރޭ ރޭލްއަޅާވާހަކަ ކޮބާތޯ އެކަންތައް މިހާރު ކުދިން ސާފުކޮށްދީބަލަ... ބޮއިހަލަަކި
މިހިނު
28 September 2022
އުންމާނާއި އަބީދާބީ ކިޔާ ތަނެއް ހަމަ ނޭގިފަ މިހިރީ! މިނަންތަކަކީ އައިޖީއެމްއެޗް ގެ ކޮޓަރިތަކަށް ކިޔާފަ ހުރި ނަންތަކާ ވާދަކުރާ ނަންތައް ހަމަ!
ޢަލީ ބަލީ
28 September 2022
އަހަރުމެން ދަންނަ އަރަބި ގައުމަކީ އޮމާން!
ށަވިޔަނި
28 September 2022
ދިވެހިންކިޔަނީ އުންމާނު ކަމަށްވެދާނެ. ޢަރަބިން ކިޔަނީ ޢުމާން އޭ. އިނގިރޭސިން ކިޔަނީ އޮމާނޭ.
ޑަވިޔަނި
29 September 2022
ދިވެހިން ދުވަހަކުވެސް އުންމާން ކީނަމަ ކުރިން އަޑުއިވުނީސް.
ދުށީފުލީ
28 September 2022
ކޮބާތަ އުންމާނަކީ؟؟ އޮމާން އުންމާނަކަށްވީ ކޮންއިރަކު؟ އެއީ އޮމާނަށް ދިވެހިން ކިޔަން އުފަންކުރުވި ނަން ކަމުގައިވަނީ ނަމަ އެމިރޭޓްސް އޭވެސް ލިޔެގެން ނުވާނެ! އުންމާނޯ! ހީހީ ހަލާކުވޭ.
ބަހަބަރު
28 September 2022
ރަނގަޅު ވާހަކައެއް، އެކުވެރި ޢަރަބި އިމާރާތްތަކުގެ ވާހަކަ ޖަހައިފިއްޔާ ހީވެދާނެ މައުޙަދާ ޢަރަބިއްޔާ ކަމަށް. އެކަމަކުވެސް ކޮން އުންމާނެއް ދޯ. ޢުމާން އޭ ޖެހި ނަމަވެސް އޯކޭ. ކޮންމެ އެއްޗެއް ޖެހިޔަސް މަ ކިޔާނީ "އޯ މޭން!"
އަފްރާސިޔާބު
28 September 2022
އުންމާން ކިޔާ ގައުމެއް މެދުއިރުމަތީގައި އޮންނަކަމެއް މިހާހިސާބަށް އެނގިފައެއް ނެތް. އާގައުމެއް އުފެދުނީތޯ؟