ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
01 އޮކްޓޯބަރ 2022 - 13:04
މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމް ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރެވޭނެ ފަދަ ބޭނުންތެރި ހިދުމަތްތަކެއް ގާއިމުކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އަދާރަން ސިލެކްޓް ހުދުރަންފުށީގައި ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެެވޯޑްސް (ސަޓާ) 2022 ގައި ފައިސަލް ވިދާޅުވީ މީގެ 50 އަހަރުކުރިން ރާއްޖޭގައި ޓޫރިޒަމް ތައާރަފުކުރެވިގެންދިޔައީ ޒުވާން ބަޔަކު ކުރި ބުރަ އަދި އިހުލާސްތެރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
ޓޫރިޒަމްގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މަންޒިލަށް މިހާރުވެފައިވާ ކަމަށާއި އެ ކާމިޔާބުގެ އަސްލު ހަގީގަތަކީ ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ އެންމެ ހާއްސަ އެއް ކަމަކީ ގާތް ރަހުމަތްތެރިކަމާއި ދީލަތިކަމާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ޓޫރިސްޓަކަށް ވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅުމެވެ.
Vice President @FaisalNasym attends the sixth edition of the South Asian Travel Awards 2022 @SATAawards held in Adhaaran Select Hudhuran Fushi Maldives. pic.twitter.com/Wz8hr55nek
— The President's Office (@presidencymv) September 30, 2022
އެ ރަސްމިއްޔާތުގައި ފައިސަލް ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރި އެވެ. އަދި އަލުން ބޯޑަރުތައް ހުޅުވާލައި ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވެން މެދުވެރިވީ ރައީސްގެ އިސްނެންގެވުމާއި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރި މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "ސަޓާ 2022" އެވޯޑު ފަތުރުވެރިކަމުގެ ދާއިރާ އާއި ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަސް ފަންނުވެރިންނަށް ހަވާލުކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
02 October 2022
ބައްލަވާ ނާއިބް ރައީސް ދައުރު ހަމަވެއްޖެއޭ! އަދިވެސް ވައުދުތައް ވުމުގަ ތިއުޅެވެނީ
ރަށު ކަމަނަ
02 October 2022
މިރާއްޖޭގަ ޓޫރިޒަމް ނޫން މަސައްކަތެއް ހަމަ ކުރެވެން ނެތީތަ؟ ދަނޑުވެރިކަންވެސް ހަމަ ފުޅާ ދާއިރާ އެއްގަ ކުރެވޭނެ.
މަބުނީ
02 October 2022
އަމާޒެއްނެތި ލާހޫރޭހެން ދަނީ
ނަސީ
02 October 2022
ސަރުކަރުން އެބަޖެހޭ ސިޕިން ވަރުގަދަ ހަބެއް ހަދަން އުތުރުގަޔާ ދެކުނުގައި، އޭރުން ގައުމް ވަރުގަދަވީ
މަނިކުބޭގެކަޅުޗީ
01 October 2022
ހަގީގަތުގައި މިހާރުގެ ސަރުކާރުގެ އަމާޒަކީ ވެރިކަމަށް ވޯޓުހޯދުން. މިއަންނަދައުރުގެ ވެރިކަން ހިފެއްހެޓޭތޯ ބެލުން. އެހެންއެއްވެސް ކަމެއްނެތް. އެކަމުގެތެރޭން ރައްޔިތުން ހިތްއުފާވާކަލަ ވާހަކަ ކިޔާދެނީ. މިކުޑަކުޑަ ދިވެހި ރާޢްޖޭގެ ދެތިން ސަރަހައްދެއް ތަރައްގީކޮށްލުމަކީ މިހާބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމެއްނޫން.
ބޮޑުހުސޭނު
01 October 2022
ފުޅާދެންކުރެވޭނީމިހާވަރަށް. މިއަށްވުރެފުޅާވެއްޖިއްޔާ ދިވެހިރާއްޖޭގެޗާޓުންވެސް އައްޑޫ ފޮހެލާނެ
އިވާ
01 October 2022
2023 އަންނަނީ ކަމެއްނުވެ 5 އަހަރު
މުހައްމަދު.
01 October 2022
ރާއްޖެ ތަރައްގީކުރަން ރާއްޖޭގެ ރައްރަށުގައި އަޅަންވީ ބޮޑެތި އާއިލާ އެކުގައި އުޅެވޭގޮތަށް ބަގީޗާ އާއި އެކު ތިންބުރިޔަށް ހުންނަ ގެތައް. އެއިރުން އާއިލާތަކުގެ ގުޅުން ބަދަހިވެ ގިނަ ދުވަހު އެކީގައި އުޅެވޭނެ. އަދި ބިން މަދުވެގެން އުޅޭކަށް ނުޖެހޭނެ.
މުހައްމަދު.
01 October 2022
މުޅިރާއްޖެއަށް ޓޫރިޒަމް ފުޅާކުރާއިރު އެސިނާއަތާ ގުޅުންހުރި އެހެންދާއިރާތަކާ އިންސާނީ ވަސީލަތް ތަރައްގީ ކޮށްގެން ކުރިޔަށް ދެވޭނީ.
އަހަން
01 October 2022
ތި ހަމަ ކޮންމެ ސަރުކާރެއްގެވެސް އަމާޒު ކަމައް ބުނަނީ... ޓޫރިޒަމްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު ކަމައް ބުނަނީ... އެކަމަކު އަދި މިވީހާތަނަށް ހ.ދ އަތޮޅުގަ އެންމެ ރިސޯޓެއްވެސް ނެތް...