ކްރިމިނަލް ކޯޓު: އެ ކޯޓުގެ އޮންލައިން ޝަރީއަތްތަކަށް ބުރޫ އެރީ ވިއްސާރައިގެ ސަބަބުން --- ފޮޓޯ/މިހާރު
04 އޮކްޓޯބަރ 2022 - 10:45
ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުންވެ, އޮންލައިން ޝަރީއަތްތަކަށް މިއަދު ބުރޫ އަރައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ކޯޓުގެ ސާވާ ރޫމަށް ފެނުގެ އަސަރުކޮށް އެތަނުގެ ކޭބަލްތަކަށް ގެއްލުން ލިބިފައިވާތީ, މިއަދު ހެނދުނު ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އޮންލައިން ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކޯޓަށް ހާޒިރުވެގެން ބާއްވާ ހުރިހާ ޝަރީއަތްތަކެއް ކުރިއަށް ދާނެ އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ގިނަ ދުވަސްވެ, ބާވުމުގެ ސަބަބުން އެތަން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާ ދީފައި އޮތަސް, އެހެން ތަނެއް ނުލިބޭތީ އެތަން އަދިވެސް ދަނީ ބޭނުން ކުރަމުންނެވެ.
ވިއްސާރައިގެ ސަބަބުން އެ އިމާރާތަށް ފެން ވަނުމުގެ މައްސަލަ ކުރިން ވެސް ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
04 October 2022
އަލަށްތަ މާލެއަށް ވިސްސާރަވީ؟ ސާވަރ ރޫމް ހަދަންޖެހޭ ގޮތައް ހަދާފަނެތީމަނުން ތިޔަކަހަލަ ކަންކަން ދިމާވާނީ؟ ދެން އިރުކޮޅަކުން ބުނޭ ސާވަރގަހުރި ބައެއް ޑާޓާތައްވެސް ފެނުގެ އަސަރުކޮށްގެން ނެތިގެންގޮސްސިޔޭ
ހށނ
04 October 2022
ފެނަށް ހުކުމް ބުނަންވީ!
އެވަރުކަމެއްވެދާނެ
04 October 2022
އެހެންވެގެންދޯ މީހުންވެސް އެދޫވަނީ އެހާ ފަސޭހައިން.. ފުރާޅުގައި ހުރި ބާގަނޑުތަކުން ދަނީކަމަށް ވާނީ..
ރަދީފު ބިން ރަފައިދާ
04 October 2022
މިވަރުން ކިހިނެއް އިންސާފު ހޯދާނީ؟
ކުމްކުމް
04 October 2022
އަރަބިއްޔާ ސުކޫލު ބެލެނިވެރިޔެއް ތިޔަތާ ނޫޅޭތީ ދޯ ތިޔަ ވަރު ވެގެންދާ އިރު ބަލަން ތިބެނީ
ނާރާޒް
04 October 2022
ތިސްކޫލްގެ ޕީޓީއޭ އާއި ޙަވާލުކުރަންވީ ޢިމާރާތްތަކުގެ ފެންވަރު ކަޑައަޅަން.. ފޯރިއެއް ހުންނާނެ.. އެމީހުންނަށް ކަމުދާ ރަގަޅު ސަލާމަތުން ހުރި އެއް ޢިމާރާތެއްވެސް މާލޭގައި ހުންނާނެހެނެއް ހިޔެއްނުވޭ..
ބަސްބާރު
04 October 2022
ވަދެ އަރއިފިއޭ އޮތުމަށް ވުރެ ރަނގަޅީ ވަދެ އަރުވައިފިއޭ ބުނުން ފެންވައްދާ މިހެން އޮތްނަމަ އަރައިފި އޮތީމަ ރަނގަޅުވާނެ ވެއްދީކީ ނޫން ވަނީ
ކައުންސެލަރު
04 October 2022
ރައްޔިތުންދޭ ޓެކްސްމަދީ ދޯ އަދިވެސް. ކޯޓެއްނޭޅިގެން މިއުޅެނީ. އެކަމަކު އެކި ނަންނަން ހަދާފައި ވަރުވަރުން ސިޔާސީ މީހުން ތަންތަނަށް ވައްދާ. އެކަމަކު،ކޯޓެއް އެޅޭވަރަށް ރުފިޔާއެއް ނުލިބެ؟ ވާކަމެއް ހަރާން.
@ޗާންސެލަރު
04 October 2022
ބޭކާރު ސިޔާސީ މަގާމްތައް ވަކި ބޭނުމަކަށް މަގުކޮށަށް ލައްވާ ކުންފުނިތައް އަރިއަޅާލީމަ މިހާރު އެއުޅެނީ 8%އިން 10%އަށް ވަރު ނަގަން ތައްޔާރުވަމުން ކޮންމެ މީހަކަށް ގޮތެއް ކޮންމެ މީހަކަށް ކަމެއް ޙާޞިލްވާނެ ޖެހޭ މަޖިލީހުގަ އަރުވާ ޖަހައިގެން ހުރި މީހާއަށް ބޭނުންވަނީ އެހުރިހާ ކަމަކަށް ރުހި ހުރެ ބަދަލްގަ ބަރުލަމާނީ އަށް މަގުފަހި ކުރުން ބަރުލަމާނީއެއް ނުގެނެވޭނެ