ޚަބަރު

ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާކުރަން ބަހުރެއިނާއެކު ސޮއިކޮށްފި

ސައިބަ ސެކިއުރިޓީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ބަޓެލްކޯ އަދި ދިރާގުން ސޮއިކުރުމަށް ފަހު، އެ ތަންތަނުގެ އިސްވެރިން އެމްއޯޔޫއެކު ފޮޓޯއެއް ނަންގަވަނީ.

07 އޮކްޓޯބަރ 2022 - 17:30

8 comments

ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބަހުރެއިނުގެ އެހީތެރިކަން ހޯދުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރާއި ބަހުރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު ރާއްޖޭގައި ސައިބަ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި ސޮއިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ބަހުރެއިނަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

"މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެޖެންސީ، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބަ ސްޕޭސްއެއް ކަށަވަރު ކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯންސައިބަގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ އެވެ،" އެންސީއައިޓީ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1- އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ

2- ސެކިއުރިޓީ އިންޖިނިއަރިން

3- ސައިބަ ޑިފެންސް

4- ސެކިއުރިޓީ އެޝުއަރެންސް

5- ސައިބަ ތްރެޓް އެންޑް ތްރެޓް ހަންޓިން

6- އިންސިޑެންޓް ރެސްޕޮންސް

ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ސައިބަ ސެކިއުރިޓީގެ ހާއްސަ މީހުންނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ ގިނަ އިސް މީހުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމާއެކު، ރާއްޖޭގައި ސައިބަ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރަން" އޭނާ ވިދާޅުވި އެވެ.

ބަޓެލްކޯގެ ޗެއާމަން އަބްދުﷲ ބިން ހަލީފާ އަލް ހަލީފާ ވިދާޅުވީ ރާއްޖެ އާއި އާއި ބަހްރެއިނުގެ އޮންނަ ގުޅުމަށް ތައުރީފު ކުރައްވާ ކަމަށާއި ހާއްސަކޮށް މުވާސަލާތީ ދާއިރާ އިން ބަޓެލްކޯގެ ބައިންލްއަގްވާމީ އޮޕަރޭޝަން ކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތައް ފާހަގަކުރައްވާ ކަމަށެވެ.

ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި ބަޓެލްކޯ އަދި ދިރާގުން ސޮއިކުރަނީ.

"ބަޓެލްކޯ އިން ދާދި ފަހުން ތައާރަފުކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބަ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދިވެހި ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" އޭނާ ވިދާޅުވި އެވެ،

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ޒަރިއްޔާ އިން އެންސީއައިޓީއާ އެކު އިލްމާއި ތަޖުރިބާ ހިއްސާކޮށް، ސަރުކާރާއި ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ބަޓެލްކޯގެ އެވެ. އެއީ 52 ޕަސެންޓް ހިއްސާ އެވެ. ދިވެހި ސަރުކާރުގެ ހިއްސާއަކީ 8.41 ޕަސެންޓް ކަމަށް ވާއިރު ދިވެހި ރައްޔިތުންގެ ހިއްސާގެ އަދަދަކީ 2.6 ޕަސެންޓެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަފޫރު

08 October 2022

ހޮޓް މަންމްސް ސައިޓް ބުލޮކްކޮއްލަން ދަންނަވަަން.

The name is already taken The name is available. Register?

ހައުސް އޮފް ޑްރެގަން

08 October 2022

ދިވެހި ދައުލަތަށް އެންމެ ގިނަ އަދަދަކަށް (ރައްޔިތުން ފެލައިގެން) ފައިސާ ހޯދައިދޭ އެއް ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަކީ ދިވެހި ދައުލަތަށް އެންމެ މަސްލަހަތު ރަގަޅު ގޮތެއް ނޫން. އެ ވިޔަފާރި އެގޮތަށް ހިންގާފައި އަދިވެސް އެކަން ދެމެހެއްޓުމަށްޓަކާ ބޭރުގެ ކުންފުންޏާއެކު ކުރެވޭ މުއާމަލާތްތައް މިހިރަ ފެންނަނީ.

The name is already taken The name is available. Register?

ކަސްޓަމަރ

08 October 2022

ފުރަތަމަކަމަކީ ބަރަހަނާ ސައިޓްތައް ބުލޮކްކުރުން .

The name is already taken The name is available. Register?

ޚަރަދުކުރަންޖެހޭތޭ

08 October 2022

ތިޔާއީ ދައުލަތުގެ ޚަޒާނާއިން 25 މިލިއަންޑޮލަރު ކަރަދުކޮށްގެން ކުރަންޖެހޭނެ ކަމެއް ނޫނޭ ތިޔާ ކަން އޮން ލައިން ކޮށްވެސް ކުރެވޭނެއޭ ގައުމުގެ އިގްތިސާދު ފުނޑިފައި އޮތްވާ ރައީސް އާއި އޭނާގެ އަނބިމީހާ އާއި އަދި އޭނާގެ އައުވާނުން ގޮވައިގެން ދުނިޔޭގެ އެތަން މިތަނަށް ދައުލަތުގެ ޚަޒާނާގަެި ހުރި ފައިސާ ނަގައިގެން ތަޅާ ބުރުވަނީއޭ މީ ގައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނޭ ކަމެއް ނޫނޭ ތައީސްގެ އަނބިމީހާ އަކީ އެއީ ރައްޔިތުން ހޮވާފައި ހުރި މީހެއް ނޫނޭ ދެން އޭނާ އަށް

The name is already taken The name is available. Register?

ސޭބޯ

07 October 2022

ތިކަމުގެ ސަބަބުން އަމާން ވެއްޓެއްގައި ސައިބޯލެވޭނެކަމަށް އުންމީދު ކުރަން!

The name is already taken The name is available. Register?

48343

07 October 2022

ސައިބަގެ ރައްކާތެރިކަން ހޯދުމުގެކުރިން މަގުތަކުގެ ރައްކާތެރިކަން ހޯދައިދީބަލަ.

The name is already taken The name is available. Register?

އުރީދާ

07 October 2022

ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ބަޓެލްކޯގެ އެވެ. އެއީ 52 ޕަސެންޓް ހިއްސާ އެވެ. ދިވެހި ސަރުކާރުގެ ހިއްސާއަކީ 8.41 ޕަސެންޓް ކަމަށް ވާއިރު ދިވެހި ރައްޔިތުންގެ ހިއްސާގެ އަދަދަކީ 2.6 ޕަސެންޓެވެ. ބާކީ ކޮންބައެއްގެ އަތުގަ؟

The name is already taken The name is available. Register?

ާޓައިޕޯ

07 October 2022

އެއީ އާރޓިކަލްގައި ލިޔުމުގެ ކުށެއް ކަމަށް ބެލެވޭ. ރަނގަޅު ގޮތަކީ. %52 އާއި %41،8 އާއި %6.2 .. އެއްކުރީމައި އަންނާނީ %100. ދެން ނޯންނާނެ ބާކީއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454