ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޗައިނާއަކީ ބައި ގަރުނުގެ ބޮޑު ހިއްސާއެއް، ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

"ހަރުދަނާ ބިންގަލަކީ ރާއްޖެ އާއި ޗައިނާގެ ތާރީހީ ގުޅުމާއި ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލަށް ކުރާ އިހުތިރާމު،"

ޗައިނާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވާންގް ލީޝިންގެ މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރަސްމިއްޔާތަށްފަހު އެ ދެ ބޭފުޅުން ބައްދަލުކުރައްވަނީ: މިއަދަކީ ޗައިނާއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުނު ދުވަސް.--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަދު 50 އަހަރު ފުރުނުއިރު، ރާއްޖޭގެ ކުރިއެރުމަށް ދީލަތި އެހީތަކެއް ވެދީ، އިހްތިރާމާ އެކު ދެމެހެއްޓި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ގުޅުމަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާ މެދުގައި އޮތީ ދިގު ތާރީހެއް އޮތް އެކުވެރި ގާތް ގުޅުމެއް ކަމަށެވެ. އެ ގުޅުމުގެ ތެރެއިން ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ، ސަގާފީ އަދި އިގުތިސޯދީ ތަރައްގީގައި އެ ގައުމުން ވަރަށް ބޮޑު ހިއްސާއެއް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ ތާރީހީ ގުޅުންތަކާއި ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމްގެ ބިންގަލުގެ މައްޗަށް ކަމަށެވެ. ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ކީކްޔާންއަށް ވަކިން ފޮނުއްވި މެސެޖުގައި ވެސް ރައީސް ވިދާޅުވީ މި ގުޅުމުގެ ހަރުދަނާ ބިންގަލަކީ ރާއްޖެ އާއި ޗައިނާގެ ތާރީހީ ގުޅުމާއި ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލަށް ކުރާ އިހުތިރާމު ކަމަށެވެ.

ފާއިތުވި 50 އަހަރު ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމަށް ރައީސްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލްވުމަށް ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި އެހީއާއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަމަށް ރައީސް ވިދާޅުވި އެވެ.

24 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުންޖިޗޭ

15 October 2022

ދެއުޅިއެއްނުވާ ވާހަކަ ދައްކާނެކަމެއްނެތް! ވެރިކަން ލިބޭއިރަށް ގޮސް ވެއްޓިގަތީ އިންޑިޔާގެ އުނގަށް، ނޭގުނު ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅޭކަށް، ޗައިނާގެ ދީލަތި އެހީތަކަށް އެެއްވެސް ވަރަކަށް ބެލުމެއްނެތި ނިކަން އިހާނެތިކޮށް ކަންތައްކުރީ، ދަރަނި ދަންތުރައޭ ކިޔައި އެތައް އިލްޒާމެއް އެޅުވީ، ބަޔަކު ރުއްސަން ކުރެވުނު ނުކުރެވުނު ކަމެއްވެސް ނޭގޭ، މިއަދު ޗައިނާ ދޮންފަޅޮލޭ ކިޔަސް ކަންތައްކުރިގޮތް އެއޮތީ ފެންނަން، ބޭރުން ދަޅަދެއްކިޔަސް ހިތްއޮތީނުބައިކޮށް.

The name is already taken The name is available. Register?

ޗައިނާ ސަފީރު

15 October 2022

ރަގަޅު ސަފީރެއް ޗައިނާއަށް ލާބަލަ. މިހާރުވެސް ހެސް ކިޔާފައ ޗައިނާގެ އެހީތެރިކަން ލިބޭނެ. ހިހޫތަނުން ކާލައިގެން ތިބޭ ސަފީރުން ބައިތިއްބައިގެން ރައީސް އިބޫ އަކަށް ޗައިނާ / ރާއްޖެ ގުޅުން އެންމެ ރަގަޅަށް ނު ބޭއްވޭނެ.

The name is already taken The name is available. Register?

އަހުމިއްޓޭ

15 October 2022

ކާކުބާ މެސެޖް ލިޔުނީ. އިބޫތަ ނޫނީ ކޮންމެވެސް އެހެންމީހެއްތަ

The name is already taken The name is available. Register?

އަހްމަދު މުހަންމަދު

15 October 2022

ހުރިހާ އެއްޗެއް އިބޫ ލިޔަން ޖެހޭ ނަމަ ކޮންހާ ބައަކަށް ވަޒީފާ ދީގެން މި ތިބެނީ.

The name is already taken The name is available. Register?

ބަހުސް

14 October 2022

ވަރައް ކަޑަ ސަރުކާރެއްމީ. ޗައިނާ ބުނި ގޮތަކައްނުން ކަންތައް ރާއްޖޭގަ މިދަނީ. ވަރައް ބާކީ ކއްލާފަ ޗައިނާ މިއޮތީ ދެރަ.

The name is already taken The name is available. Register?

އިބްރ

14 October 2022

ދަރަނި ދަންތުރައަށް މިވީ ކިހިނެތްތޯ؟ އަނެއްކާ ޗައިނާއިން ރާއްޖެ ހިފަން ރާއްޖެއިން ގަނެފައިވާ 14 ފަޅުރަށަށް ކިހިނެތްތޯ މިވީ؟

The name is already taken The name is available. Register?

ފިކުރު

14 October 2022

މިސަރުކާރުއަކީ ބޭރުގެ ދުނިޔޭގެ ހުރިހާ ގައުމަކާ ވެސް ރަގަޅު ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ކުރީގެ ސަރުކާރަކީ ވަކިބަޔަކަށް ގޮސް ހުސްވެ ކަރުމަޅި ޖެހި ގަތަރާ ގުޅުން ކަނޑާލާ، އީރާނާ ގުޅުން ކަނޑާލާ އަދި އެވަރުން ނުވެގެން ކޮމަންވެލުތުން ވެސް ވަކިވީއެވެ. އެހެން ކަމުން 2013 ގައި ވެރިކަމަށް އަރާފައި ދުނިޔޭގެ ގައުމުތަކަށް ދަތުރު ނުކުރެވި އަދި ރާއްޖޭގެ ރައްތަކަށް ވެސް ދަތުރު ކުރަން ޖެހިލުންވީއެވެ.

The name is already taken The name is available. Register?

ނެތްފިކުރު

16 October 2022

މިސަރުކާރަކީ އިންތިހާއަށް އިންޑިއާއަށް އަޅުވެތިފަ އޮތް ސަރުކާރެއް. ޗައިނާއަށް ދާން މިހާރުގެ ވެރިއާއަށް ނެކެރެނީ ކަމެއްވެގެން.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

14 October 2022

ވެރިން އިންޑިޔާކޮޅަށް ގުދަށް ވެއްޓިފާއޮތަސް ރައްޔިތުން ހިތާހިތުން ގުޅިފާވަނީ ސީނާ. އެންމެފަހުން ގަދަވާނީ ރައްޔިތުންކޮޅު. ރައްޔިތުން ބާރުދައްކާލާދުވަހެއް ކޮންމެ 5 އަހަރަކުން އެއްދުވަހު އަންނާނެ. މިވެރިން އެދުވަހު ބާއްވާނީ.

The name is already taken The name is available. Register?

ގޯރުނުދޯރު

14 October 2022

ތިހެން ގަދަބަސް ބުނެފަ ވޯޓުލާދުވަހު ރައްޔިތުން ތިބޭނީ ގަނެލާފަ 500 ދީގެން. އަހަރުން ހިތުދަސް ބައެއް ދިވެެހިންނަކީ. ނިކަން ފަސޭހައިން ފައިސާއަށް ވިކޭބައެއް ދިވެހިންނަކީ..

The name is already taken The name is available. Register?

ފެން

14 October 2022

މިގައުމުގެ އެންމެ ގިނަ ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތައް ފުރިހަމަކޮށްދިން ގައުމުގެ ގުޅުމަށް 50 އަހަރުވުމުން އެހާ ފެންކޮށް އެ ފާހަގަކޮށްލަނީ. އިންޑިއާނަމަ ހުންނާނެ ވަރެއް އަރުވާލާފަ.

The name is already taken The name is available. Register?

ސައީދާ

14 October 2022

ހަތަރުއަހަރު ވީއިރުވެސް ކީއްވެތޯ މަނިކުފާނު ޗައިނާއަށް ރަސްމީ ދަތުރު ފުޅެއް ނުކުރެއްވީ.

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

14 October 2022

ޗައިނާ ބޭރުކުރަން އިންޑިޔާ ހަރަދުކޮއްގެން ގަނައި ސަރުކާރެއްމީ

The name is already taken The name is available. Register?

ތޔކހ

14 October 2022

ކޮބާ ހިތާވެގެން އުޅޭ އިންޑިޔާ ރުޅި ދުރުވެދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454