ފުލުހުން ދޫނިދޫގައި ޑްރަގްސް ނައްތާލަން ތައްޔާރުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
19 އޮކްޓޯބަރ 2022 - 10:51
ހަށިގަނޑު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 896 ގްރާމްގެ ކޮކެއިން އެެތެރެ ކުރި ސައުތު އެފްރިކާގެ މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި އަހަރުގެ ޖޫން 17ގައި ދޯހާ މަގުން ރާއްޖެ އެތެރެވި ޒަމަކިލެ ލެސިއާ އޮންޔެޗެގޭގެ މައްޗަށް ތުުހުމަތުކުރީ އޭނާ އުޅުނު ގޮތުން ޝައްކުވެގެންނެވެ. ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެ އޭނާ އެތަކެތި ބޭރުކުރުމުން ދައުލަތުން އޭނާގެ މައްޗަށް ކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އެވެ.
ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި ފުރަތަމަ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ކޮކެއިން އަޅާފައި ހުރި 17 ބުލެޓު އަދި ދެވަނަ ފަހަރު ތިން ބުލެޓު ފެނިފައިވެ އެވެެ. އެކަން ފުލުހުންނަށް އެންގުމުން އެއާޕޯޓަށް ގޮސް ފުލުހުން ޒަމަކިލެއާ ސުވާލު ކުރުމުން އޭނާ ބުނީ މަސްތުވާތަކެތީގެ 80 ބްލެޓް ދިރުވާލި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުން، އޭނާ ޓޫރިސްޓު ޕޮލިހަށް ގެންދިޔަ ފަހުން ވެސް ބައެއް ބްލެޓްތައް ބޭރުކުރި އެވެ.
ހަށިގަނޑުގައި ހުރި ހުރިހާ ބްލެޓެއް ބޭރުކުރަން ފުލުހުން އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ސްކޭނެއް ހެދުމަށް ފަހު، އެ ތަކެތި އަމިއްލައަށް ބޭރު ކުރާތީ އެޑްމިޓްކުރަން ނުޖެހޭނެ ކަމަށް ޑޮކްޓަރު އެންގުމުން ފުލުހުން އޭނާ ގެންދިޔައީ ހުޅުމާލޭގެ ގެސްޓްހައުސްއަކަށެވެ.
ބާކީ ހުރި ބުލެޓުތައް ބޭރު ކުރީ އެ ގެސްޓްހައުސްގައި އެކި ފަހަރު މަތިން އޭނާ ބޮޑުކަމުގޮސްގެންނެވެ.
ދައުލަތުން ކުރި ދައުވާއިން އެނގޭ ގޮތުގައި 24 ގަޑިއިރު ތެރޭގައި ނުވަ ފަހަރު ބޮޑުކަމުގޮސްގެން އޭނާ ބޭރުކުރި ޖުމްލަ 83 ބުލެޓުގައި 896 ގްރާމްގެ ކޮކެއިން ހުރިކަން އޭނާގެ މައްޗަށް ކުރި ދައުވާއިން އެނގެ އެވެ.
ކްރިމިނަލް ކޯޓުގައި ޒަމަކިލެގެ ވަނީ ދައުވާއަށް އިއިތުރާފުވެފަ އެވެ.
އޭނާ ހަށިގަނޑުގައި ހުރި ތަކެއްޗަކީ ޑްރަގްކަން އެނގޭ ކަމާއި އެ ތަކެތި ފޮރުވައިގެން ރާއްޖެއަށް ގެނައިކަން ތަހުގީގު އަދި ޝަރީއަތުގައި ވެސް ބުނެފައިވާތީ ދައުވާގެ އުންސުރުތައް ހަމަވާ ކަމަށް ހުކުމުގައިވެ އެވެ.
އެ މީހާއާ އެކު ދައުލަތުން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. ދައުލަތުން އޭނާއާ އެކު އެއްބަސްވީ އިއުތިރާފުވެއްޖެ ނަމަ ޖަލު އަދަބު ދެބައިކުޅަ އެއްބަޔަކަށް ކުޑަކޮށް 100،000ރ.އިން ޖޫރިމަނާ ކުރުުމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހުކުމް ކުރެއްވީ ޒަމަކިލެ ބަންދުގައި ހޭދަ ކުރި ހަތަރު މަސް އަދަބުން އުނިކޮށް އޭނާ 12 އަހަރާއި ދެ މަސް ދުވަހަށް ޖަލަށްލުމަށެވެ. އަދި 100،000ރ.އިން ޖޫރިމަނާ ކުރުމަށެވެ.
ޑްރަގް އެތެރެ ކުރުމުގެ ދައުވާއަށް އޮންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، ތަންފީޒު ކުރަން ޖެހެނީ 25 އަހަރެވެ. ޖަލު އަދަބާ އެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
19 October 2022
އައްޗީޑި މި ބުލެޓްތަށް ބޯ މީހުންވެސް ދޯ ދެން. ފަކުރުން މަރުވާވަރުވެ. ހިސާބަށްވުރެ ސިކުވިމާ މީހަކު ހަކުރޭ ކިޔައިފަ ގުއިބުރި އެއް ދިނަސް ބޯލަފާނެ ދޯ. ޗަކް ދޯ ދެން
1828
19 October 2022
"އަހަރުގެ ޖޫން 17ގައި" ތާރީޚް އެބައިން. މިއީ ޕީޖީ ޝަމީމު ހަދާ އިއުތިރާފް އެއްބަސްވުން. ހެކި ފެންނަން ހުރި މައްސަލާގައި އިއުތިރާފް އެއްބަސްވުން ހަދަން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.
1828
19 October 2022
މިއީ ކޮން އަހަރަކު އަތުލައިގަތް މަސްތުވާތަކެއްޗެއް؟ ޚަބަރު ލިޔާއިރު އެކަން ހިނގި ތާރީހު ލިޔެލަންވާނެ.
1828
19 October 2022
ދައުލަތުން އިއުތިރާފު އެއްބަސްވުމެއް ހަދަން ޖެހޭ އެއްވެސް ސަބަބެއް މި މައްސަލާގައި ނެތް. ހެކި އެހެރީ ފެންނަން. ހެކި ފެންނަން ހުއްޓައި އިއުތިރާފް އެއްބަސްވުމެއް ހެދުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން. ވަކިން ޙާއްސަކޮށް މަސްތުވާތަކެތީގެ މައްސަލާގައި.
ހިޔާލީ އަލީ
19 October 2022
ފަނޑިޔާރުންގެ ސަބަބުން ހަދަން ޖެހޭ އެއްޗެއް، ބޭރު މީހެއްވީމާ ދިވެހި ވަކީލެއްވެސް ނެތުމުން ތި މީހާއަށް ތިހެން ވިޔަސް ދިވެހި ވަކީލުންނާ ފަނޑިޔާރުން ބުނާނީ ކިހިނެތްހޭ އެނގެނީ ހޮޓަލަކުން ދިން ބިސް ރިހައެއް ކައިގެން ވެސް ތި ދިރުވާލެވިދާނެ އޭނައަށް ނޭންގި، ދެން ޖެހޭނީ ޕޮލިހާއި ފީޖީ ވަކީލުން އެފްރިކާގެ ސައިހޮޓާތަކުގެ ބަޔާން ނަގަން. ފަނޑިޔާރަށް ބޭނުންވާ އުންސުރުވެސް ހަމަވެފަތީނީ އިއުތިރާފް ބަޔާން ހެދުމުން. މިހާރު ސާފުވެއްޖެ ތޯ
ނަސި
19 October 2022
ގާނޫނުގައި އޮވޭތޯ ބަނޑައް ލައިގެން އަންނަ އެއްޗެއް ގެ އަދަބު ލިޔެވިފައި ؟ ޑްރަގު އިފައިގެން އުޅޭ މީހުންގެ އަދަބުވެސް 12 އަހަރުތޯ ގާނޫނުގައި އޮންނަނީ؟
ހައިރާނެއް ނުވޭ
19 October 2022
80 ބުލެޓު. ކޮންމެ ބުލެޓެއްގެ ރޭޓުން 80 އަހަރަށް ހުކުމްކުރިނަމަ. މިހެނީ އެ ބުލެޓުތައް އަތުނުލެވުނުނަމަ އެއިން ކޮންމެ ބުލެޓަކުން 80 މީހުންގެ ދިރިއުޅުން ބަރުބާދުވެ 80 އަހަރުވަންދެން އެކަމުގެ ގެއްލުން ދެމިއޮންނާނެ.