ނާޒިމް ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރަން މި ސަރުކާރަކަަށް ނުކެރުނު ކަމަށް.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި އެމްއެންޕީގެ ރައީސް ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
03 ނޮވެމްބަރ 2022 - 23:45
ނަސްރުގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ސަރުކާރަށް ލާޒިމު ކުރަންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި ސިފައިންގެ ހިދުމަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި ކުރީގެ ކާނަލް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން މީގެ 34 އަހަރު ކުރިން ރާއްޖެ އަށް ސްރީ ލަންކާގެ ތަމަޅައިންތަކެއް ހަތިޔާރާއެކު ގެނެސްގެން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޕީން ބޭއްވި ޖަލްސާގައި ދަގެނތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ކުރިން ފެނުނު ގައުމީ އެއްބައިވަންތަކަން މިހާރު ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ފެންނަނީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތުގެ ރޫހު ނެތި ގޮސްފައިވާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން އޮތް ގައުމިއްޔަތުގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑިސެމްބަރު 2004 ގައި ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާއެކު ފެނުނު އެއްބައިވަންތަކަމެވެ.
ޑިފެންސް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި އެހެން ވަނީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތުގެ ރޫހު އެއްވެސް ސަރުކާރަކުން އާލާ ނުކުރާތީ އެވެ.
ނަސްރުގެ ދުވަސް މި ސަރުކާރުން ގައުމީ ފެންވަރެއްގައި ފާހަގަނުކުރާ ކަމަށް ވިދާޅުވެ، ނާޒިމް ފާޑުވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުގެ މައްޗަށް ލާޒިމު ކުރަން ޖެހޭ ކަމަށެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި އެމްއެންޕީގެ މެމްބަރުން މިރޭ ސުކޫތެއްގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މިއަދު އަޅުގަނޑުމެންނަށް ޗުއްޓީ ދުވަހެއް. ހުރިހާ އެންމެން ބޭން ޖަހާލާފައި މި ދަނީ ރަށްރަށަށް ފުރައިގެން. އެކަމަކު އަޅުގަނޑުމެން މި ސަރުކާރުގެ މައްޗަށް ލާޒިމު ކުރަންޖެހޭ މި ދުވަސް ފާހަގަކުރަން ގައުމީ ފެންވަރެއްގައި،" ނާޒިމް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރަން ސަރުކާރަށް ނުކެރޭ ކަމަށާއި އެއީ ކީއްވެގެން ކަމެއް އޭނާއަށް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ.
"މި ސަރުކާރަކަަށް ނުކެރުނު [ނަސްރުގެ ދުވަސް ފާހަގަކުރަން]. އަޅުގަނޑަކަށް ނޭނގޭ ކީއްވެގެން ކަމެއް. މި ސަރުކާރު އެއްގޮތަކަށް ވެސް މިކަން ކުރާކަށް ނުކެރުނު،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ނަސްރުގެ ދުވަހަކީ ސްކޫލު ފެންވަރުގަ އާއި ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކުރަން މަޖުބޫރު ދުވަހަކަށް ހަދާނެ ކަމަށެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޕީން ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެމްޑީޕީގެ ބާރު އޮންނަ ކޮންމެ ސަރުކާރެއްގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަނުކުރާ މައްސަލަ އަބަދުވެސް އެތައް ބަޔަކު ފާހަގަކުރެ އެވެ. އެހެންވެ، އެމްޑީޕީގެ ބޮޑު ޕަސެންޓެއް ހިއްސާކުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަށް ވެސް އެ ފާޑުކިޔުންތައް ވަނީ މިއަދު ކުރިމަތިވެފަ އެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ވެސް މި ސަރުކާރުން މާ ގިނަ ކަންތައްތަކެއް ނުކުރާކަން އެތައް ބަޔަކު ފާހަގަކުރެ އެވެ.
މިރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވިގޮތުގައި ނޮވެމްބަރު 3 އަކީ ދިވެހި އެތައް ބައެއް ގުރުބާންވެ، ޝަހީދުވެގެން ދިޔަ ދުވަހެއްކަން ހަނދާނުގައި އަބަދު ބަހައްޓަން ޖެހެ އެވެ. އަދި ވިދާޅުވީ މިހާރު ގައުމު ބޭނުންވެފައި ވަނީ ގައުމަށްޓަކައި ކޮންމެ ކަމެއް ކުރަން ފަސް ނުޖެހޭ މީހުން ކަމަށެވެ. އެހެންވެ، އެފަދަ މީހަކަށް ކޮންމެ މީހަކު ވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ގައުމަށްޓަކައި ގުރުބާންވާ ކޮންމެ މީހަކަށް ހައްގު މަގާމު އެމްއެންޕީގެ ސަރުކާރެއްގައި ކަމަށާއި އަދި އެއީ ގައުމީ ޕާޓީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
06 November 2022
ކޮންކަމެއް ލާޒިމުކުރެވޭނީ، ތިއުޅެނީ މިހާރުވެސް ދެބޯގެރިދުއްވަން ނުކުމެ ނަމެއްގަ އިނދިކޮޅު ޕާޓީ ހެދިގެން، އިބޫގެ ދިފާޢުގައިވިއްޔާ، އަމިއްލައަށް ވެރިކަމަށް ނާދެވެނެކަން އެނގޭތީ ކުރީބައިގައި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވެގެން އިބޫއަށް ދެވަނަ ދައުރެއް ހޯދައިދޭން ޔަހޫދީ ޗައްކަރު މުޅިންވެސް ޖައްސަނީ، މިނިވަންކަން ގެއްލޭފަދަ އެއްބަސްވުން ހަދައި ޤައުމު އަޅުވެތިކަމާދިމާލަށް މިސްރާބުޖަހަމުންދާއިރު އޮޑީގައި ހުރެ ނޫންކަމަށް ހެދޭނެކަމެއްނެތް.
ބާގި
05 November 2022
7ފެބުރުއަރީވެސް ފާހަގަކުރޭ ކަޅުއަނދިރިދުވަހެއްގެ ގޮތުގާ
ޒީކް
05 November 2022
ނަސުރުގެ ދުވަސް އެކަނި މިރާއްޖޭގަ ޤައުމީވަންތަ ދުވަހަކަށް އޮންނަނީ؟؟ ޝަހީދުންގެ ދުވަހާ މިނިވަން ދުވަސް އަދި ޤައުމީ ދުވަސް ކޮބާ؟؟ އެހެން ނޫނަސް ސިޔާސީ މުޑުދާރީން ނަސްރުގެ ދުވަސް ސިޔާސީކޮށް ސިޔާސީ ދުވަހަކަށް ހަދައިފި އެދުވަހުގެ ހައިބަތު ގެއްލުވާލައިފި..
ނޮޓުސޯލިހް
05 November 2022
އެމްޑީޕީ ސަރުކާރުގަ ހިއްސާވަނީ 40ޕަސަންޓު ،،، ބާކީއޮތް 60ޕަސަންޓު ހިއްސާ އޮތީ ނާޒިމްގެ ހިއްސާވާގޮތައް އޮތްފަޅީގައި... މީނަގެ ސައިޑުން ތިބި ކުންފުނި ތަކުގެ އެމްޑީން ވަކިކުރަން ޖެހޭ އެމްޑީޕީ ފުޑެމިން މިދަނީ މިސަބަބާ ހުރެ. މަގާމުތަކުގާ ތިބެނީ އެމްޑީޕީ އާ އިދިކޮޅު މީހުން. ފަލީހަތް ވަނީ އެމްޑީޕީ..
ކެނެޑީ
05 November 2022
މިކުދިންކޮޅު ހާދަ އަޑުގަދަކޮށް މިދުވަސްކޮޅު މިއުޅެނީ އަނެއްކާ އަސްތާ އެހުރީ ޝީލާތަ މަހީކުރީ މިސްރުގެ ނިފްރޯ ފާރޯ ކަމަށް
ގުދުގުދާބެއްޔާ
04 November 2022
އެއްވެސް ސަރުތެއްނެތި ރައީސުލް ޖުމްހުރިއްޔާ އިސްތިޢުފާ ދޭން ގޮވި ދުވަސް ވެސް ފާހަގަ ކުރަންޖެހޭނެ!
ޝީލާ މަނިކު
04 November 2022
ވަޒީފާގެ ދަހިވެތިކަމުގަ އަދިވެސް ޕާރޓީތަކަށް ދުވާމީހުން އުޅޭތަ؟ ތިތަނުން ފެންނަ ގިނަ މީހުންނަކީ ކުރިން އެހެން ޕާޓީތަކުގަ އެނބުރުނު މީހުން. ބޯހަލާކު
ނައިފަރޭ
05 November 2022
ގުބާދުވެސް ، ހުރިހާ ޕާޓީއަކަށްދުވާނެ ލާރިކޮޅެއްލިބެނިކޮށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު
އެހެންތާވާނީ
04 November 2022
މުޅި ގައުމަށް އެއީ ނަސްރުގެ ދުވަހަށް ވީނަމަވެސް މިހާރު ވެރިކަމުގަ ތިބިމީހުންނަށް އެއީ ހިތާމަވެރި ނާކާމިޔާބު ދުވަހެއް. އެހެންވީމަ އެ ދުވަހުގެ ހަނދާން އާކުރާކަށް ފާހަގަކުރާކަށް ބޭނުމެއްނުވާނެތާ. އެހެންވީމަ އެބަ ލާޒިމުވޭ ގައުމީ ގޮތުން ފާހަގަކުރަންޖެހޭ ހުރިހާ ދުވަހެއް ފާހަގަކުރަންވާނެ ކަމަށް ކޮންމެވެސް ދިމާލެއްގަ ރަސްމީކޮށް ލިއަން. އެހެން ނޫނީ ކަލަންޑަރުން އެބަޔަކު ނުރުހޭ ދުވަސްތައް ފުހެލާ ދުވަސްވެސް އަތުވެދާނެ.
ކަނީރު
04 November 2022
ނަސްރުގެ ދުވަހެއްނޫން ބަގާވާތުގެ ދުވަސް ފާހަގަ ކުރަންވީ
ބަތާނަ
04 November 2022
މާމޮޅުވާހަކަ ނުދައްކާ ކުންފުނީގެ މުވައްޒަފުންނަށް ފުރަތަމަ ބަންދު ދުވަހެއްގެ ގޮތުގަ ހަދާބަލަ ނޮވެމްބަރ 3 ތިހާ މުހިއްމިއްޔާ