07 ނޮވެމްބަރ 2022 - 09:28
ފާއިތުވެގެން މިދިޔަ އަށް އަހަރަކީ، މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ހޫނު ގަދަ އަހަރުތައް ކަމަށް، އދ.ގެ މޫސުމާ ބެހޭ މައި އިދާރާ، ވޯލްޑް މީޓިއޮރޮލިޖިކަލް އޯގަނައިޒޭޝަނު (ޑަބްލިޔޫއެމްއޯ) އިން ބުނެފި އެވެ.
މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރްމުއް ޝައިޚްގައި އިއްޔެ ފެށި، މޫސުމާ ބެހޭ މިއަހަރުގެ މަހާސިންތާ، ކޮޕް27ގައި އިއްޔެ ޝާއިއުކުރި، ދުނިޔޭގެ މޫސުމާ ބެހޭ އަހަރީ ރިޕޯޓްގައިވާ ގޮތުން، ދުނިޔެ ހޫނުވުން ހުއްޓުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުން އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. އަދި ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީ ސެލްސިއެސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަކީ ނާދިރުކަމެއް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
The past 8 years are on track to be the 8th warmest. Extreme heatwaves, drought and devastating flooding affected millions and cost billions this year, and 2022 was disastrous for glacier melt. The negotiations at #COP27 must consider #StateOfClimate 🔗https://t.co/fXI9ebrl01 pic.twitter.com/cO6e1nB4Bv
— World Meteorological Organization (@WMO) November 6, 2022
"ހޫނު ރޯޅިތައް އަންނަ މިންވަރު އިތުރުވުމާއި، ގަނޑުފެންތައް ވިރެމުންދާ މިންވަރު އިތުރުވުމާއި ބޯކޮށް ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ސަބަބުން، ގުދުރަތީ ކާރިސާތައް ދަނީ އިތުރުވަމުން،" ޑަބްލިޔޫއެމްއޯގެ ރިޕޯޓްގައިވެ އެވެ.
މަހާސިންތާގެ އިއްޔެ ހަވީރުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ކޮޕް27ގެ މަހާސިންތާ ފެށިގެން ކުރިއަށް ދާއިރު، އަހަރެމެން ދިރިއުޅެމުންދާ މި ބިން އެދި ގޮވަމުން ދަނީ، މޫސުމީ ބަދަލުތަކުން ރައްކާތެރި ކޮށްދިނުމަށާއި ސަލާމަތް ކޮށްދިނުމަށް ކަމަށެވެ.
ޝަރްމުއް ޝައިޚްގައި ގާތްގަނޑަކަށް 200 ގައުމުގެ މަންދޫބުން އެއްވެ، ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ އިރު، ތާވަލުގެ އެންމެ ކުރީގައި އޮތީ، ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީ ސެލްސިއެސްގައި ހިފެހެއްޓުމަށް ކުރެވިދާނެ ކަންތަކަކީ ކޮބައިތޯ ބެލުމެވެ. ނަމަވެސް ގިނަ ސައެންސްވެރިން ދެކޭ ގޮތުގައި މިއީ ހާސިލުވާނެ އަމާޒެއް ނޫނެވެ.
The past 8 years are on track to be the 8 warmest on record, according to new @wmo #StateOfClimate report.
— United Nations (@UN) November 6, 2022
Extreme heatwaves, drought & devastating floods have affected millions & cost billions this year, highlighting the urgent need for #ClimateAction. https://t.co/Hl2PmmZQeU pic.twitter.com/e388qpG6HO
ސައެންސްގެ ހޯދުންތައް ބުނާ ގޮތުން، 19 ވަނަ ސައްތައިގެ ފަހުކޮޅުން ފެށިގެން މިހާތަނަށް، ދުނިޔޭގެ ހޫނުމިން އެވްރެޖް މިންވަރަށް ވުރެ 1.1 ޑިގްރީ ސެލްސިއަސް ވަނީ މަތިވެފަ އެވެ. އެ މިންވަރުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މަތިވެގެން ދިޔައީ މިދިޔަ 30 އަހަރުގެ ތެރޭގައި ކަމަށް ޑަބްލިޔޫއެމްއޯގެ ރިޕޯޓްގައިވެ އެވެ.
އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި، ޑަބްލިޔޫއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ޕެޓާރީ ޓާލަސް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ފެންނަން ހުރި ހެކިތަކުން، ދުނިޔޭގެ މޫސުމަށް ރަނގަޅު ބަދަލެއް އަންނަތަނެއް ނުފެނެ އެވެ. އޯޒޯން ފަށަލަ އަށް އެންމެ ބޮޑު ގެއްލުމެއް ދޭ ގްރީންހައުސް ގޭސްތައް ކަމަށްވާ ކާބަން ޑައިއޮކްސައިޑާއި، މީތޭން އާއި ނައިޓްރަސް އޮކްސައިޑް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި އެކުލެވޭ މިންވަރު ވެސް، މިދިޔަ އަހަރުތަކުގައި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ.
ޕާކިސްތާނަށް މިއަހަރު ކުރި ވިއްސާރައިގައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި. --އޭއެފްޕީ
ޑަބްލިޔޫއެމްއޯގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ކަނޑުތަކުގެ މަތީ ފަށަލައިގެ ހޫނުމިން، މިދިޔަ 20 އަހަރުގެ ތެރޭގައި އުފުލެމުން އައިސް، މިދިޔަ 2021 ވަނަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އޭގެ އިތުރުން، ދުނިޔޭގެ ހޫނުމިން މަތިވަމުން ދިއުމުގެ ސަބަބުން، އެކި ސަރަހައްދުތަކުގައި ހުރި ގަނޑުފެންތައް ވިރިގެން ކަނޑުތަކަށް ފޭބުމާ ގުޅިގެން، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ވެސް، މިދިޔަ 30 އަހރުގެ ތެރޭގައި ވަނީ ދެ ގުނަ މަތިވެފަ އެވެ.
މި މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ބިންގަނޑު ތިރި ޖަޒީރާތަކުގައި ދިރިއުޅޭ މީހުންނަށާއި، އެހެން ގައުމުތަކުގެ އައްސޭރިއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެކެވެ.
މިއަހަރުގެ މާޗް މަހާއި އެޕްރީލް މަހުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ހޫނު ރޯޅިތަކެއް އައުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ފަހުން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ތިން ބައިކުޅަ އެއްބައިގައި ފެން ބޮޑުވި އެވެ. މި ހާދިސާތަކުގައި އެ ދެ ގައުމުން މަރުވި މީހުންގެ އަދަދު 1700 އަށް އަރައި އަށް މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ މަތީ ވެރިންގެ ތެރެއިން 120 ލީޑަރަކު މި ފަހަރުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ދުނިޔޭގެ ގައުމުތަކުގެ އިސް ވެރިން ތަގުރީރުކުރައްވާ، ކޮޕް27ގެ އެންމެ މުހިންމު ފިޔަވަހި ފެށޭނީ މިއަދު ހެނދުނެވެ. ގައުމުތަކުގެ ވެރިން ކުރެ ކޮންމެ ބޭފުޅަކު ވެސް، ފަސް މިނެޓްގެ ތަގުރީރެއް ދެއްވާނެ އެވެ. މިއަދާއި މާދަމާ އޮންނާނީ، ގައުމުތަކުން ގެންގުޅޭ ތިމާވެށީގެ ސިޔާސަތުތައް، އެ ގައުމުތަކުގެ ވެރިން ހިއްސާ ކުރެއްވުމެވެ.
މަހާސިންތާގެ އަމަލީ މަސައްކަތްތަކާއި މަޝްވަރާތައް ފެށޭނީ ގައުމުތަކުގެ ވެރިންގެ ތަގުރީރުތައް ނިމުމަށް ފަހު އެވެ. މިފަހަރު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ކަންތަކުގެ ތެރޭގައި، މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ބޭއްވި ކޮޕް26ގެ ބައްދަލުވުމުގައި ކުރުމަށް ނިންމި ކަންތައް ހިމެނެ އެވެ.
އެ ކަންތަކަކީ؛ ހަކަތަ އުފެއްދުމަށް ބޯޓުދެލި ބޭނުންކުރުން ހުއްޓައިލުމާއި، ތަފާތު ބޭނުންތަކަށް ޖަންގަލިތައް ހަނަފަސްކުރުން 2030ގެ ނިޔަލަށް ހުއްޓައިލުމާއި، ޖައްވަށް ދޫކުރާ މީތޭންގެ މިންވަރު، 2030ގެ ނިޔަލަށް 30 ޕަސެންޓް އުނިކުރުމާއި، ތިމާވެއްޓާ ބެހޭ އާ އެކްޝަން ޕްލޭން އދ. އަށް ހުށަހެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 November 2022
ލަންކާ ގެ ފަރާތުން ދިވެހި ދައުލަތުން މުސާރަ ދީފަ ހުންނަ މ ރައީސް ބައިވެރި ވިއެެވެ. ރާއްޖޭގެ ތިމާވެށީގެ ވާހަކަ އަންނި ދައްކާ ތާ އެތައް އަހަރެއް ވެއްޖެ އެވެ. މިހާރު މިސްރާބު ހުރީ ލަންކާ އާ ދިމާ އަށެވެ. މިވާ ގޮތެއް ނޭނގެ އެވެ.