އެމްޑީޕީގެ ވޯޓު ފޮށިތައް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދަނީ: ޔާމީން ވިދާޅުވި ގޮތުގައި ފުލުހުން ފޮނުވީ ވޯޓު ފޮށި ގުނައިދޭން. -- ފޮޓޯ | މިހާރު
07 ނޮވެމްބަރ 2022 - 14:02
އެމްޑީޕީގެ އިންތިހާބުތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ފޮނުވީ ހުރަސްއަޅަން ނޫން ކަމަށާއި އެއީ އެ ޕާޓީއަށް ނުވެގެން ވޯޓު ގުނައިދޭން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އިތުރުފުޅު ހައްދަވައިފި އެވެ.
އިދިކޮޅު ލީޑަރު، ޔާމީނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވީ ނިމިގެން ދިޔަ ޕީޕީއެމްގެ އިންތިހާބަކީީ ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓުލަނީ ސިމެންތިގަށާ މެޝިންތަކާއި ބާލިދީތަކުގައި ކަމަށް ވިދާޅުވުމުންނެވެ.
"އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓު ދިނީ؟. ނޫނީ ގަށާ މެޝިނަށް އަޅައިގެންތޯ، ޖަވާބު ސާފު ދެއްތޯ. ޓައްޕުތަކުގައި، ބާލިދީގައެއް ނޫނެއްނު މި އެއްޗެހި އުފުލަނީކީއެއް. ދެން އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކާށޭ ބުނޭ،" ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މާލޭގައި ބޭއްވި ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ލަދުހަޔާތުގެ ކަންފުޅެއް އޮތް ނަމަވެސް ޑިމޮކްރަސީގެ ވާހަކަ އެމްޑީޕީން ނުދައްކަން ޔާމީން އެ ދުވަހު އެދިވަޑައިގަތެވެ.
އެ މަނިކުފާނުގެ މި ވާހަކަފުޅާ އެކު އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ ރައްދަކީ ވޯޓުތަކުގައި ފެނުނީ ޔާމީންގެ ވެރިކަމުގައި ހައްގުތައް ހިފަހައްޓާފައި އޮތް ވަރު ކަމަށެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދެއްވައި ފުލުހުން ފޮނުވައި ގަދަބާރުން އަމަލުކުރެއްވި ގޮތް ކަމަށެވެ.
އައްޑޫގައި ބާއްވާ "މަވެސް ޕީޕީއެމް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީންގެ ވެރިކަމުގައި އެސްއޯ ފުލުހުން ގޮސް ހުއްޓުވީ އެމްޑީޕީން 2018ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ހުރަސްއަޅައި މާލެ އާއި ރަށްރަށުގައި ބައެއް ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.
ވޯޓު ހުއްޓުވައި ޑިމޮކްރަސީގެ ހުތުރު ނަމޫނާ ދެއްކެވީ ޔާމީން ކަމަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި އެމްޑީޕީގެ އިންތިހާބުތަކުގައި ފުލުހުން ފޮނުއްވި ކަމަށް ޔާމީން ރޭ އައްޑޫ ފޭދޫގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ އިންތިހާބު އޮމާންކޮށް ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހެޔޮފުޅުކަމުން ފުލުހުން ނުފޮނުވާތީ ނޫން ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް އެތަނަށް ފުލުހުން ފޮނުވައިގެން ކުރައްވާނީ ކީއްތޯ؟ އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައިގެން ނޫޅޭ އިނގޭތޯ،" ޔާމީން ރޭ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގޭގައި ހުރި ފޮށިތައް ހިފައިގެން ފުލުހުން ނިކުންނަނީ. ފުލުހުން އޭރު ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް، ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ދިޔަ. - ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިހާބުގައި ވޯޓުލާން ނުކުތީ އެތައް ދާއިރާތަކަކުން އެކަމަށް ޝައުގުވެރިކަން ހުރެގެންނެވެ. ބައެއް ދިމަދިމާލުގައި ރޭގަނޑުވި އިރު ވޯޓުފޮށި ބަންދު ނުކުރެވިދިޔަ ކަަމަށް ވިދާޅުވި އެވެ.
"އެ ފެނުނީ ޑިމޮކްރަސީގެ މިސާލަކީ. އޭގެ ތެރޭގައި މަސްލަހަތު ނަގާލައި ތަންތަން ފަޅާލައި މީހުންނަށް ޖިސްމާނީ މި ކަހަލަ އެއްވެސް ގާނޫނާ ޚިލާފު އަމަލެއް ނުހިންގާ. ދެން މި ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިމަންނާމެން އިންތިހާބުތައް ބާއްވަމުން ދިޔައިރު ފުލުހުން ފޮނުވިއޭ. އެއީ ތެދެއް ކަން ނޭނގޭ،" ޔާމީން ވިދާޅުވި އެވެ.
"ފުލުހުން ފޮނުވީ ކީއްކުރަންތޯ؟ އެ ބޭފުޅުންނަށް ވޯޓު ގުނުމުގެ ކަންތައް ނުކުރެވިގެން ވޯޓު ވެސް ގުނައިދިނީ ފުލުހުން. އެހެން ވެގެން ފުލުހުން އެތަނަށް ދިޔައީ."
ވޯޓުލުން ކުރިއަށް ދިޔައިރު އެމްޑީޕީގެ ހަރުގޭގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ | މިހާރު
ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ވޯޓާ ގުޅުވައި ވާހަކަ ދެއްކެވުން ލަދުވެތި ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ އަބަދުވެސް ތާރީހު އޮޅުވާލާ ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު މިއީ އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަ،" ޕީޕީއެމްގެ ނަމޫނާ އިންތިހާބުގެ ކްރެޑިޓް ނުނަގަން އެދިވަޑައިގެން ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހުޖާޑި
08 November 2022
ކުރިން ބުނި އެތި ކެންސަލް
ނަމްރޫދު
08 November 2022
ދޮގު ހަދާކަން ކަށަވަރީ ﷲ ބާވާލެއްވި ފޮތްތަކަށް އީމާން ނުވާ މީހުންނެވެ
ބަޑިތަކުރު
08 November 2022
ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ތިޔަ ދައްކަވަނީހަމަ "އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަ" އެވެ. އަދި އެކަންކަން ހަނދާންނެތިގެންދާހާ ދުވަހެއްވެސް ނުވެއެވެ. ވީއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ކާކުގެ ކިބައިގައިތޯއެވެ.
ބޯހަލާކުބެ
08 November 2022
މައިކެއް ދޮށައް ހުއްޓޭ އިރައް މީނަވެސް މޮޔަވާހަކަ ދައްކަން ފަށާނެ..
މަރުމޯލ
07 November 2022
2023 އަންނަންވާއިރު މީނަ މުޅިންގޯސްވެ ގުރައިދޫގެ މަރުކަޒަށް ލާންޖެހިދާނެ ތޯއެއްޗެއް
މެޑާމް
07 November 2022
ދިވެހިންނަށް މިގާރު މަޖާޒީ ބަހުރުވަ ވެސް ވަކި ނުވަނީދޯ؟ ޔާމީން ފޮނިކޮށް އެ ވިދާޅުވީ ވަރަށް މަޖާޒީ ބަހެއް. އެއީ ދޮގު ހަދަން ނޫނީ އޮޅުވާލަން ބުނާ އެއޗެއް ނޫން. އެއީ މޮޅު ވާހަކަ ދެއްކުންތެރިން ކުރާ ކަމެއް.. ކަލް ދޯ ބަޖޭގެ ވާހަކަ އަޑުއެއްސެވިންތޯ؟
އަލިފާންފޮށި
07 November 2022
މޮޅެތި ވާހަކަ ދައްކަން ތަންތަނަށް އަރާ މަޖަޒީކޮށް ދޮގު ހަދާ އޮޅުވާލާ. މިއަދު ދައްކާ ވާހަކަ މާދަން ހަނދާންނެތޭ މީހަކު މިހެން އުޅޭތޯ މައްސަލަ އަކީ
ސަރުޖީ
07 November 2022
ވަރަށް ސާފުކޮށް ޔާމީން އެވިދާޅުވީ.. ވަރަށް ހާމަކަން ބޮޑު ދޮގެއް އެހެއްދެވީ . .ކާރީގަ އެނބުރެނީ ހުސްނުކިޔަވާ ތިބި ގަމާރުން..އެއްވެސް މޮޅުމީހެއްނޫން އެއީކީ. . މާގިނައީ ބޭކާރު ވާހަކަ ދައްކާލެއް... ޗައިނާއަށް ޤައުމު ވިއްކާލައިގެން ރާއްޖޭގައި ތަރައްޤީގެ އަނދުން އެޅުވީ...މިހާރު އިބޫ އަންޑިޔާއަށް ޤާއުމު ވިއްކާލަލިގެން ހިންގާހެން. .ހަމަ ހއްތަހާވެސް ކަރާ ފެޅުން..ޢމާރުކަންމަތީ5 އަހަރު ދުއްވާލަނީ ގިނަ ރައްޔިތުން... ވިސްނާ ތަންކޮޅެއް ހޭއަރަން ވެއްޖެ ދެއްތޯ.
ޙުމައިސު
07 November 2022
މަޖާޒީ އެއް ނޫން .ގަމާރީ .
އާރީ
07 November 2022
މޮޔަފުޅުވީތޯ. ނޫނީ ގަމާރީތޯ.
ދަލޭކަ ދައިތަ
07 November 2022
މިފަހަރު ނުހޮވިއްޖެއްޔާ މިބޭފުޅާ ދުނިޔެއިން މޮޔަވާނެ. ހޮވިއްޖެއްޔާ މިބޭފުޅާއަށް ތާއީދު ނުކުރާ ރައްޔިތުންނަށް ދެދުނިޔެ ދައްކާ މޮޔަކުރާނެ. މޮޅުއިތުރު ގޮތަކީ ގިނަބަޔަކު މޮޔަވުމަށްވުރެން އެކަކު މޮޔަވުން.
މުންޖިޗޭ
07 November 2022
ޕާޓީއަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ގޮންޖަހައި ޣައިރުޤާނޫނީގޮތެއްގައި އިންތިޚާބެއް ނުބޭއްވޭނެކަން އޭރުދައްކައިދިނީ، ޤާނޫނު ނެގެހެއްޓީ، ކުށްވެރިންނަކީ ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރެވޭ ބައެއްނޫން، ކުށުން ބަރީޢަވަންދެން ހުންނަންޖެހޭނީ އެއިމުގެތެރޭގައި، އޭރުކަންކުރީ ގަދަބާރުން ތިމާމެންނަށް ކުރިވިދާނެކަން ދައްކަންކުރީ، ޤާނޫނުގެ ވެރިކަން ފުރިހަމައަށް ނެގެހެއްޓި ޒަމާނެއް އޭރު ފެނިގެންދިޔައީ، އަދިވެސް އެހެންއުޅެފިއްޔާ ފުރުޞަތުދީގެންނުވާނެ،
ސައުތު
08 November 2022
ކަލޯ ގާނޫނު އަސާސީއާއި ހިލާފު ގާނޫނެއް ހަދާގެން ޖެހި ސަކަރާތެއް އެއީ. އަދި އެ ގާނޫނަކުން ވެސް މަނައެއް ނުކުރޭ އެއްވެސް ބަޔެއްގެ އިންތިހާބެއް ހުއްޓުވާކަށް
ބައިގޯލު
07 November 2022
ތިޖެއްސެވެނީ ބައިގޯލު. ތިވިދާޅުވުންތަކައް ޕާޓީގެ ހާރޑްކޯ މީހުންނާ ބައިއެޅޭމީހުން ހީހީފަ އަތް ޖަހާފާނެ އެކަމަކު ޕާޓީގެވެސް އާންމު މެންބަރުން ދެފަރާތައް ބޯހޫރާލާނީ. ވަކިފަރާތަކައް އަދި ނުޖެހިތިބި މީހުން ފެޔައްޖެހޭނީ.
މުސުކޫ
07 November 2022
އަސްލު ރަނގަޅު މީހެއް ޔާމީން އެބަ ޖެހޭ ހޯދަން، މިކަހަލަ ވާހަކަތައް ދައްކާފަ މާދަމާ މާފަށް އެދުނަސް މީހުން އެކަން ދަންނާނެ، ދެން ޓުވިޓާގަ އުޅޭ އައްޑޫ އޮންތުރޮޕުރޮނޯ ޝައުކަތު މެން ބުނާނެ ޕުރޮފެޝަނަލް މީީހަކަށް ތިމަންނަ ހަޔާ ކުރާށޭ، ވަރަށް މޮޅު ވާނެއޭ އަހަރެން