ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދިރިއުޅުމަށް ބަދަލުތައް ނުގެނެސްފި ނަމަ ކާނާގެ ގޮތުގައި ބޭސް ކާން ޖެހިދާނެ: ރައީސް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމަށް މުހިއްމު ބަދަލުތައް ނުގެނެސްފި ނަމަ، ކާނާއެއްގެ ގޮތުގައި ބޭސް ކާން ފަށަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނުރައްކާތެރި ބަލިތައް ފެތުރެމުން ދިޔަ ނަމަވެސް ދިވެހިންނަކީ އަބަދު ވެސް ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ބައެއް ކަމަށެވެ.

ކުރިން ވެސް އަދި މިހާރު ވެސް ދިވެހިން އެކަމަށް ސަމާލުކަން ދިނަސް ދިރިއުޅުމާއި ސިއްހަތާ ދެމެދަށް ވަންނަނީ ނުރަނގަޅު އާދަތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ނުގެނެސްފި ނަމަ ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

"...ބަދަލުކޮށްލަންވީ އަޅުގަނޑުމެންގެ ކެއުމުގެ އާދަތަކާއި ކާބޯތަކެތި. ކާންވީ އަނގަޔަށް މީރު ޖަންކް ފުޑެއް ނޫން. އަޅުގަނޑުމެން ކާންވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ. ތަރުކާރީ އާއި މޭވާ. މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުޅިވަރު ހަރަކާތްތަކެއް ފެށީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން އަންގައިދިނުމަށް ކަމަށެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް އުޅެންވީ ހަރަކާތްތެރި ދިރިއުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން ހެދި ދިރާސާ އިން ދައްކަނީ އާބާދީގެ ބޮޑު ބައެއް ކޮލެސްޓްރޯލާއި ލޭ މައްޗާއި ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ ކަމަށެވެ.

ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެ ދިރާސާއިން ވަރަށް ރަނގަޅަށް ފެނިއްޖެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ދިރާސާއިން އެނގިގެން ދިޔައީ ކަމެއް ނުކޮށް ބަލަން ތިބެވެން ނެތްކަމެވެ.

"...ތެދުވާށޭ. ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ. ވަޒީފާ އަދާކުރުމުގައި ވެސް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދޭށޭ،" ރައީސް އިލްތިމާސްކުރެއްވި އެވެ. "ގިނަ ވަގުތު އިށީނދެ ތިބެގެން މަސައްކަތް ކުރުމަކީ ވެސް، ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކޭ. ޓީވީ ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ސިއްހީ އެތައް މައްސަލަތަކެއްގެ ފެށުން ކަމަށް،"

ހަށިގަނޑުގެ ވަޒަން ގެއްލި، ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ ދުޅަހެޔޮވުމެއް ނޫން ކަމަށާއި އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެލިފެލިވެ އުޅުން މަދުވުމާއި ސިއްހަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުމެވެ.

މުބާރާތެއްގައި ބަޔަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ހުރިހާ ނުރަނގަޅު ކަމަކީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތަކެވެ.

ސިއްހަތަށް ގެއްލުންދޭ ނުރަނގަޅު އަނެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެމްއެންޔޫގެ ދިރާސާގައި ބުނީ އާބާދީގެ 26 ޕަސެންޓް މީހުން ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރާ ކަމަށެވެ. އޭގެ ތެރެއިން 22 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.

މިހާރު މި ފެންނަ ޒުވާނުންގެ ކުއްލި މަރުތައް ވެސް އެފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތުމަކީ ވެދާނެ ކަމަކަށް ވާތީ، އެކަމުގެ ހަގީގަތް ބެލުމަށް ދިރާސާތަކެއްކޮށް ހޯދައި ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ދިވެހިން ސަލާމަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ޖެހި އިންޒާރުގެ މެސެޖްތައް ޖަހަން ފެށުން ފަދަ މީގެ ކުރިން ކުރަން ނުކެރުނު ކަންކަން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ "ނޭޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން މިހާރު ދެވޭގޮތަށް ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. އެ ހިދުމަތް އެބަ ލިބޭ. އަދި ސެޒޭޝަންގެ ހުރިހާ ޚިދުމަތްތަކަކާއި ބޭހުގެ ހަރަދު އާސަންދައިން ހަމަޖައްސައިދީފައިވާއިރު، ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ތެރޭގައި އައުޓްޑޯ ޖިމްތަކާއި ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ ކުޅޭނެ އިންތިޒާމުތައް ހިމެނެ އެވެ. ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް މުޅި ރާއްޖޭގައި މިހާރު އަންނަނީ ދެމުންނެވެ. މި ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ފުރަތަމަ މި ވެކްސިން ދޭން ފެށި އެއް ގައުމެވެ.

ރައީސް ވިދާޅުވީ މީގެ އިތުރުން ކެންސަރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖޭގައި ކެންސަރުގެ ހާލަތު ހުރި ގޮތް ދެނެގަތުމުގެ ދިރާސާއެއްގެ ހެލްތުން ކުރަމުން އަންނައިރު، ކެންސަރުގެ ފަރުވާ ފުޅާ ކުރުމާ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެ ހުރިހާ ކަމަކަށް އިސްކަންދީ، ދިވެހީންގެ ބަލި ބަލި ހާލަތު ރަނގަޅުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އަންނަ އަހަރު "ޕްރިމަރީ ހެލްތް ކެއާ" ގެ ބޮޑު މަސައްކަތް އަންނަ އަހަރު ފަށަން ނިންމައިފަ އެވެ. "އަޅުގަނޑުމެން މި ކަންބޮޑުވާ ބަލިބައްޔަކީ މުލައްދަނޑީގައި ބަނދެލާ ތަވީދަކުން ނުވަތަ އުނަގަނޑުގައި އަޅާ ބަޑިއަކުން ފަސޭހަވާނެ ބަލިބައްޔެއް ނޫން. އަދި ވިލާތު ބޭސް ގުޅައަކުން ނުވަތަ ވެކްސިނަކުން ފަރުވާ ދެވޭނެ ވެސް ބައްޔެއް ނޫން،" ރައީސް ވިދާޅުވި އެވެ. "މި ބަލިތަކަށް އޮތް ފަރުވާއަކީ އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރު. ބޭނުންވަނީ ބަދަލެއް. ބޭނުންވަނީ ފެށުމެއް. އެ ބަދަލުގެ ފެށުމަކީ މިރޭ ކަމުގައި އަޅުގަނޑުމެން ހަދަންވެއްޖެ. ފުރަތަމަ ބަދަލަކީ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހިޖްރަކުރުން. ދުވަހުގެ ތާވަލުން ކުޅިވަރާއި ކަސްރަތަށް ކޮންމެ ވެސް ވަގުތުކޮޅެއް ހުސްކުރުން. ހިންގެވުމަށް އިސްކަން ދެއްވައި އިންޖީނުލީ އެއްގަމު އުޅަނދުތައް ބޭނުންކުރެއްވުން ވީވަރަކުން މަދުކުރެއްވުން،" ރައީސް ވިދާޅުވީ އަދިވެސް އެންމެ ބޮޑު ބައެއް ހޭދަކުރަނީ ބަލިވުމުން ބޭސްކުރުމަށެވެ. ބަލިން ރައްކާތެރިވުމަށް ހަރަދު ކުރާ އެންމެ ރުފިޔާއަކުން ސޯޅަ ރުފިޔާ ސަލާމަތްކުރެވޭއިރު، ފިނޭންސް މިނިސްޓްރީން ބަޖެޓު ހަދާއިރު އެންމެ މުހިންކަން ދޭންވީ އެއް ދާއިރާ އެ އޮތީ ފެންނަން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

13 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭނަ

08 November 2022

ރާއްޖެތެރެއައް ވަޑައިގަންނައިރު ބޮޑުކޭމުގަ ނަންހުސްކޮއް ވައްތަރު ވައްތަރުގެ ކާތަކެތި ހުންނަންހެދީމަ ހީފުޅުވަނީތޯ މީރާއްޖެތެރެމީހުންގެ ކެއުމުގެ ފެންވަރުކަމައް.

The name is already taken The name is available. Register?

އައްޔަ ބޮޑޭ

08 November 2022

މިހާރުއެއްމެބޮޑައް ބޯންބޭނުންވަނީވެސް ފޮޓޯޖެހި ސިނގިރޭޓު. ސިނގިރޭޓުގަ ފޮޓޯޖެހިފަހުން ރާއްޖެ އައް އެތެރެވި ސިނގިރޭޓު އޭގެކުރިއާ އަޅާބަލާއިރު ކިތައްޕަސެންޓު މަދުވެއްޖެތޯ.

The name is already taken The name is available. Register?

ޖަންކަރު ގީތު

08 November 2022

ބޭހަށް ބަރޯސާނުވާނަަމަ ބޭސްފިހާރަތަކުގެ ވެރިން ނިކަމެތިވެ ދާނެނޫންތަ. ދިވެހި ރައްޔިތުންގެ ސިއްޙަތު ރައްކާތެރިކުރުމަށް ތަރުކާރީއާއި މޭވާ ތާޒާ ކަމާއެކީ ފަރީއްކުޅުއްވެނީ މާލޭގެބޭފުޅުންނަށް އެކަނިކަން ދިވެހިރައްޔިތުންގެ ރައީސަށް އަދިވެސް އެނގިވަޑައެއް ނުގަންނަވާނޫންތޯޢޭ. ޢިއްޒަތްތެރިން މޮޅުބޭސްތަކުން ފަރުވާ ހޯއްދަވާއިރު ނިކަމެތި ރައްޔިތުންގެ ފަރުވާއަށް ދިވެހި ރައީސްއަށް އެނގިގެން އެތެރެރެ ކުރަނީ ޖަންކު ބޭސްކަން އެރައްޔިތުންދަނޭ

The name is already taken The name is available. Register?

ގީތޫ

08 November 2022

ސިއްހަތު ރަގަޅު އެތައް އަގުހެޔޮ އެއްޗެހި ރާއްޖޭގައިވެސް އެބަހުރި. އަލަ، ކައްޓަލަ، ބަނބުކެޔޮ، ބަރަބޯ، މުރަނގަތޮޅި، ކަރާ، ފަޅޯ، ކޮޕީފަތް، މުރަނގަފަތް، ކުރުނބާ، ކަނޑުމަހާ ފަރުމަހަކީވެސް ސިއްހަތަށް ވަރަށް ރަގަޅު އެއްޗެހި. ބޭރު މީހުންގެ ގައުމުތަކުގައި ކައިއުޅޭ ހުރިހާ ތަކެތި ކޮންމެހެން ކާކަށްނުޖެހޭ. ވަރަށް މަދު ރަގަޅު އެތިކޮޅަކުންވެސް ސިއްހީ ކާނާކޮޅެއް އެތެރެކޮށްލެވޭނެ. ދިވެހި ބިމުގައި ދިވެހިންނަށްވެސް ރަގަޅު ކާނާ ލައްވާފަ ހުންނާނެ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

08 November 2022

ބޭހާއި ނުކުޅޭތި ބަޑި. ނޭންގިހުއްޓާ އަނދައިދާނެ. ގޭމަކޮޔާ ފިހިދާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

08 November 2022

އެއްކަމަކަށް އާސަންދައިން އެތައް ޑޮކްޓަރުންނަށް ދެއްކި ލިމިޓެއް ނެތި ބޭސް ނެގޭ، އާސަންދަ އޮންނަ އިރު ބޮޑުންނަށް އާސިއާންގެ ގައުމުތަކުން ދައުލަތުގެ ޚަރަދުގަ ބޭސްފަރުވާ ކުރާކަށް ނުޖެހޭ،

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

08 November 2022

ކާނާކާގޮތަށް ބޭސްކައިގެންނެއްނޫންތަ ބޭސްފިހާރަތަކަށް އެއްޗެއް ވަންނަނީ؟ ޑޮކްޓަރަށްދިޔަސް ވަރުގަދަ ސިޓީއެއް ލިޔާނެ. ހިވަނީ ގުޅިފާހުންނަހެން.

The name is already taken The name is available. Register?

އަލީި

08 November 2022

ކޮންމެ ފިހާރަޔަކީ ވެސް ހޮޓަލެކެވެ. ހެދިކާއި ކޮފީތަކާއި ސައިތަށް ކޮންމެ ކަންމަތީ ފިހާރަޔަކުންވެސް ލިބެއެވެ. އެޗްޕީއޭ އިން ބަލައި ޗެކްކޮށް ފިޔަވަޅު އެޅޭނީ ހަމައެކަނި އެތަނުގައި ރެޖިސްޓްރީ ކޮށްފައި ހުންނަތަންތަނަށް އެކަންޏެވެ. ހުރިހާ ތެލެއް މަގުމަށްޗަށް ، ފާހާނާ ނިޒާމް ބޮލޮކްވެ، ބޮޑު ބަލިމަޑުކަމާއި ނޭންގިތިބެ މިދަނީކުރިމަތިލަމުންނެވެ. ކަމާގުޅޭ ހެލްތު ދާއިރާތަށް މިތިބީ ޕެރަލައިޒްވެ ނިދާފައެވެ. ފިޔަވަޅެއް އެޅޭނެ އެއްވެސް ބެލެނި ވެރިޔަކު ނެތެވެ.

The name is already taken The name is available. Register?

އަލީި

08 November 2022

އެކަމަކު ހުރިހާ ތެލެއް މަގުމަށްޗަށް ބޭރުވެ އާއްމު ގޭގޭގެ ފާހާނާ ނިޒާމް ބޮލޮކްވެ ބޮޑު ބަލިމަޑުކަމާއި ނޭންގިތިބެ މިދަނީކުރިމަތިލަމުންނެވެ. ކަމާގުޅޭ ހެލްތު ދާއިރާތަށް މިތިބީ ޕެރަލައިޒްވެ ނިދާފައެވެ. ފިޔަވަޅެއް އެޅޭނެ އެއްވެސް ބެލެނި ވެރިޔަކު ނެތެވެ. ދެން ކޮން ބޭކާރު ވާހަކައެއް މިދައްކަނީ.

The name is already taken The name is available. Register?

އަލީި

08 November 2022

ކުދި ކުދި ތަންތަންކޮޅު ކުއްޔަށް ނަގައިގެން ބޭރުމީހުންވެސް އެމީހަކު ބޭނުން ކޮންމެ ވިޔަފާރިއެއް ކުރަންވީއެވެ. ޓުރޭޑް ހުއްދަ އޮންލައިންކޮށް ނަގާލީމަ ނިމުނީއެވެ. -/2000 ރުފިޔާ އެޗްޕީއަށް ނުދައްކައި ސަލާމަތް ވެވުނީއެވެ. އެޗްޕީއޭގެ ގަވާއިދުގެ ދަށުން އެމް.ޑަބުލިޔޫ.އެސް.އީ އިން ހުއްދަ ނަގައިގެން ބަހައްޓަން ޖެހޭ އޮއިލް ޖަންގްޝަން ބަހައްޓަންނުޖެހި ސަލާމަތްވީއެވެ.

The name is already taken The name is available. Register?

އަލީި

08 November 2022

މާލެގައި ކާބޯތަކެތި ހަދާ ވިއްކާ ތަންތަން އެއްވެސް ހުއްދައެއް ނުނަގާ ހިންގުން މިހާރު މިވަނީ އާއްމު ވެފައެވެ. ކޮންމެ ފިހާރަޔަކީ ވެސް ހޮޓަލެކެވެ. ހެދިކާއި ކޮފީތަކާއި ސައިތަށް ކޮންމެ ކަންމަތީ ފިހާރަޔަކުންވެސް ލިބެއެވެ. އެޗްޕީއޭ އިން އެއްވެސް ފިޔަވަޅެއް މިފަދަ ތަންތަނަކަށް ނޭޅެއެވެ. އެޗްޕީއޭ އިން ބަލައި ޗެކްކޮށް ފިޔަވަޅު އެޅޭނީ ހަމައެކަނި އެތަނުގައި ރެޖިސްޓްރީ ކޮށްފައި ހުންނަތަންތަނަށް އެކަންޏެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454