ގަލޮޅު މޯޗަރީގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު އޮތީ އެތަނުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ނޮވެމްބަރ 2022 - 14:57
މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި ބަންގުލަދޭޝްގެ ދެ މީހަކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެކަމަކު، މަރުވި މީހުންގެ ތެރެއިން އެކެއްގެ މައުލޫމާތު އަދިވެސް ޔަގީން ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސަރުކާރުގެ ކަމާބެހޭ ބައެއް އިދާރާތަކުން އިއްޔެ އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މަރުވީ އިންޑިއާގެ ނުވަ މީހަކާއި ބަންގުލަދޭޝްގެ އެކެކެވެ. ނަމަވެސް އެ މައުލޫމާތު ޔަގީންކު ރެވުނީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.
- އިންޑިއާގެ ތިން އަންހެނަކާއި ހަތަރު ފިރިހެނުން.
- ބަންގުލަދޭޝަން އަންހެނަކާއި ފިރިހެނެއް.
މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ.
މަރުވި އެންމެންގެ ހަށިގަނޑު ވެސް މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
އައިޖީއެމްއެޗުގައި އޮތް މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި https://t.co/S7vMxWtUDB
— Mihaaru (@Mihaarunews) November 10, 2022
އިއްޔެ ރޭ 12:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި ވެސް އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހަށިގަނޑު ވެސް އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފަ އެވެ.
މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނެ އެވެ. އެ ގޭގައި މަތީ ފުލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
11 November 2022
މައިސަރުކާރުން ބޮންނާޅާނެބާ؟