ސ. ހިތަދޫގައި ހުންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދުގެ އޮފީހުގެ ބިއްލޫރިގަނޑުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް
11 ނޮވެމްބަރ 2022 - 15:39
ސ. ހިތަދޫގައި ހުންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ ގެއާއި ސިޓީ ކައުންސިލް އިދާރާގެ ބޭރު ފާރުގައި އަދިވެސް ވަރަށް ގިނަ ތަންތަނުގައި މިއަދު ބަޔަކު "އިންޑިއާ އައުޓް" ޖަހައިފި އެވެ.
ކަޅުކުލައިގެ ސްޕްރޭ ބޭނުންކޮށްގެން އެ ތަންތަނުގެ ފާރުގައި ވަނީ "އިންޑިއާ އައުޓް" ލިޔެފަ އެވެ.
މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވިގޮތުގައި، ބަޔަކު އެކަން ކޮށްފައި ވަނީ ރޭ ދަންވަރު ކަމަށް ބެލެވެ އެވެ. އެ މައްސަލަ ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ވަނީ ޖަހައިފައި. އައްޑޫގެ އެހެން ބައެއް ތަންތަނުގައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އޮފީހުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ގަރާރެއް ނެރުއްވައިފަ އެވެ.
އޭގެ ފަހުން އެ ހަރަކާތް އޮތީ ވެސް ވަރަށް ބޮޑަށް މަޑުޖެހިލައިފަ އެވެ.
އައްޑޫގެ އެކި ތަންތަނުގައި "އިންޑިއާ އައުޓް" ޖަހާފައިވާއިރު، ޔާމީން މިފަހުން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ މޭމަތީގައި ނުވަތަ ގެކޮޅުގައި "އިންޑިއާ އައުޓް" ޖަހައިގެން ނުކުތުމުން ވެސް އެކަން މަނާކޮށްފާނެ ކަމަށާއި ނަމަވެސް އެއް ފަހަރާ އައްޑޫގެ ހުރިހާ ގެއެއްގައި އިންޑިއާ އައުޓް ޖަހައިފި ނަމަ ފުލުހުން އުޅޭނީ ވަރަށް ހާލުގައި ކަމަށެވެ.
ހިތަދޫ ގެއެއްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް
އެ ދުވަހު ޔާމީން ވިދާޅުވީ އެކަން ކޮށްފި ނަމަ، އައްޑޫގެ މީހުންގެ ވޯޓު ހޯދަން މި ސަރުކާރުގެ ބޭފުޅުން އައްޑު އަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅު ނިންމާލައި މާލެ ވަޑައިގަތީ އިއްޔެ އެވެ.
މީގެ ކުރިން އެހެން ބައެއް ރަށްރަށުގެ އެކި ތަންތަނުގައި ވެސް "އިންޑިއާ އައުޓް" ޖަހައިގެން ފުލުހުން އެ މައްސަލަތައް ބަލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
6548
13 November 2022
ޖަހާނެތާ. ބޮސްއާއިއެކު ނަގާފަހުރި ފޮޓޯ ފެނިފަ މަވެސް ހީބިހި ނަގައިގެން ދިޔަ މޫނުތައް ފެނިފަ
ޢިސްލާހް
12 November 2022
ޢެބައި މީހުން ބުނާނޭ ތިމަންނާ މެންނަކީ އިސްލާހު ކުރާ ބަޔަކީމޭ. ޢެހެނެއްނޫނޭ ތިޔަބާ މީހުންނީ ހަމަ ފަސާދަ ކުރާމީހުންނެވެ.
ގައި
12 November 2022
އިންޑޔާއައުޓްގެ ބޮސް އައްޑޫއަށް ދިޔައީމަ ވާގޮތްތީ
ނޫރު
11 November 2022
އައްޑޫމީހުން ވަރަށް މޮޔަ. ކުރިންވެސް ލަޑް ދިނީ ދެންވެސް ދޭނި ލަޑް. ޔާމީނު ނުވާނެ ރަގަޅެއް
މޯޑް
11 November 2022
ޔާމިނުގެ ރޭވުމެއް. ފޯޑިޔަމްތަކަށް އަރާ ކިޔަށް ނުކުރޭތި ގޭންގު ކުދިންނަށް އެތިކޮޅު ދީގެން ގައުމް ފަސާދަ ކުރަށް ފެށީ. މީނަ ހިފާ ހަށްޔަރު ކުރޭ
ލާމަސީލު
11 November 2022
އިންޑިއާގައިތިބި ޕީޕީއެމަށް ނިސްބަތްވާމީހުން ބޭރުކުރަން އުޅޭވާހަކަ އަޑުއިވެމުން އެބަދޭ. މިއީ ތެދަކަށް ވާނަމަ ވަރަށް ހިތާމަހުރިކަމެއް.
ރިލާމް
11 November 2022
ނުތިބޭނެ ތިބެގެންނު ބޭރުކުރެވޭނީ..
ޙަބީބު.
11 November 2022
އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާފަދަ ވަކިން ހާއްސަކޮއް ރާއްޖެ އަޅުވެތިކުރަން އެކިގޮތްގ ޮ. ތުންއުޅޭ ބަޔަކު ބޭރުކުރަން ގިވުމަކީ މައްސަލައެއްނޫން މިކަމުގަ ހުރިހާ ރައްޔިތުން އަތުގުޅާލަންޖެހޭ
ރައްޔިތުންވިސްނާ
11 November 2022
އަައްޑޫ ރައްޔިތުން ނިކަން ވިސްނާ. ތީނައަކީ ވެރިކަމުގައި ގުރޭޓާ މާލެ އުފެއްދި ބާނީ. އެމީހުންގެ ވިސްނުމުގައި ދެން ތިބެނީ ދެވަނަ ދަރަޖައިގެ ރައްޔިތުން. މާލޭގައި ތިސަކަރާތް ނުޖެހުނީމަ އައްޑުއަށް ގޮސް އައްޑޫ ރައްޔިތުންގެ ބޭނުން ތިހިފަނީ އޭނަގެ ސިޔާސީ މަންފާއަށްޓަކައި. ތިކަމުން އައްޑުއަށް ކުރާނެ ފައިދާއެއް ނޯންނާނެ. އަދި ތިކަމުގައި އަނިޔާލިބޭނީވެސް ނިކަމެތި ރައްޔިތުންތަކަކައް.
ބޮޑުމީހާ
11 November 2022
ޗައިނާ ޖަޕާން ނޫނީ އެހެން ގައުމެއް އައުޓެއް ނުގޮވާ، އިންޑިއާ އައުޓް ގޮވަނީ ގޮވަންވެގެން، މިވެރިން ވެރިކަމުގަ ތިބެން އިންޑިއާ އަތްދަށުވިޔަސް މިމީހުންގެ މި އަމަލުތަކުން ގައުމަށް އެތައް ގެއްލުމެއް އެބަލިބޭ
އިބްރ
11 November 2022
ކޮންމެ ކަމެއްކޮށްގެންވެސް މިގައުމުން އިންޑިއާ ސިފައިން ބާލަންޖެހޭ.
ދޮނާދޮން
12 November 2022
ބަލަ ޔާމީނެއްނު އިންޑިޔާ މީހުން ބޭތިއްބީ؟ އައްޑުގައި މީގެކުރިން ނުޖަހާ އިންޑިޔާ އައުޓެއް، ޔާމީން ދިޔާމާ ކީއްވެ ޖަހަނީ؟ ހިއްވަރު ދެނީ ކުދިންނަށް، ދައްކާނެ އެހެން ވާހަކައެއް ނެތްވިއްޔާ!