ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ނޮވެމްބަރ 2022 - 16:22
މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އާންމު އުސޫލުން ފުލުހުން މަތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި އަށް ފިރިހެނުން ކަމަށް ބުންޏެވެ.
އެ މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ބައެއް "ތަރިން" ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރުދާ
11 November 2022
ކޮންމެ އަހަނަކަށް 2ފިރިހެނުން ދޯ.ބޮއެގެން ތިބޭއިރު އެވަރު އޯކޭ.
ސުމަޅޭ
11 November 2022
ދެން އެންމެ އަވަހަށް އިވޭނީ ހެކި ނެތިގެން ދޫކޮށްލި ތަން.
ޔާޔާ
11 November 2022
ތިޔައީ ފުލުހުންކުރާ ބޭކާރު މަސައްކަތެއް. މާދަމާ ތިޔަމީހުންތައް ދޫކޮށްލާނެ. އެއީ ޖުޑިޝަރީގެ ވެސް މައްސަލައެއްނޫނެވެ. މައްސަލައަކީ ޤާނޫނެވެ.
ކޮރަލް
11 November 2022
ތިޔަ ކަމުގަ މޝަހޫރު ބައެއް ނޫނީ ސިޔާސީ ބޮޑެއް ދަރި އެއްވާނަމަ އިތުރު ތަފްސީލް އެއް ނުދެވޭނެ އެވެ. އޮން ނާ ނީ ވަލު ދޮރާށިން ދޫކުރުމުވެ، އާދައިގެ މީހެއްނަމަ ބަންދެވެ. ބަންދެވެ. މުއްދަތު ޖަހާނެ އެވެ.
ކުރާނެކަމެއްނެތި ރާޅުގުނާކަލޭގެ
11 November 2022
ތިޔައީ އެއްވެސް ބޭނުމެއް ހުރިއޮޕަރޭސަނެއްނޫން. ކޮންމެވެސް ބައެއްގެ ވަރަށްގިނަވަގުތާއި މަސައްކަތް ބޭކާރުވެގެން ތިދިޔައީ. މިރާއްޖޭގެ ޑްރަގުގެވިޔަފާރި އޮންނަގޮތުން ބަޔަކު އަތުލަން ވާންކޮށް ދަމަމުން ކުދިކުދި އެއްޗެހި މައްޗަށްއަރަމުންގޮސް ކޮޅަށްދާއިރު އޮންނަނީ ހިމާޔަތްކޮށްފައި އޮންނަ ވެލައެއް މިޔަރެއް މާހުޅުބު ލަޑައެއް ފެހުރިއްސެއް. ގަންނާންކުރައްވާ ބިރުން ހަޑަސްބުރިއަށްދެވި ދެންމިޖެހެނީ ދެމިވަރަށްވުރެން ބާރައް ދޫކޮށްލަން.
އިންހިއުމަން
11 November 2022
މާ ގިނަ އިރު ވެއްޖެ. ދެން ދޫކޮށްލާ!!
ގައްޔޫމް
11 November 2022
މާލޭ ދެކުނުފަރާތުގަ އެހުންނަ 2 އިންޖީނުއެޅި މަސްލޯންޗްތަކުގެ ހަރަކާޔްތައް މޮނިޓަރކޮއްލީމަ ޑްރަގްބޮޑުން މައިތިރިވެދާނެ. މަހަށް ނަމުގަ ފުރައިގެގޮސް ކިލޯކިރޭވަރުގެ މަސްބޮނޑިބޮނޑި ގެންނާނެ.
ޢެޑްމުންޑޯ
11 November 2022
ޢިތުރަށް ކުރާނެ ތަހުގީގެއް ނޯންނާނެ ، މަޝްހޫރުމީހުން ، ސިޔާސީ މީހުން ހިމެނުނީމަ ދެން ކެއްކޭނެ ރިހައެއް ނޯންނާނެ ، ފައިލް ކޮލޯސްކޮއްފައި ދޫކޮއްލަން ޖެހޭނީ ،
ޖަމީލުބެ
11 November 2022
ތިހެން ތިކަން އޮތްނަމަ ދެން ކީއްވެ ހައްޔަރުކުރަނީ؟
ސަސި.
11 November 2022
މާ ބޮޑު ތަހްގީގެއް ކުރާނެ ކަމެއްނެތް؟ މުއްދަތު ޖަހަން ދާއިރަށް ހެކި ނެތިގެން ނޫނީ، ކޯޓު އަމުރު ގޯސްވެގެން ދޫކޮއްލަފާނެ.
ވިންދު
11 November 2022
ހައްޔަރުކުރާނެ ދޫކޮއްލާނެ ހައްޔަރުކުރާނެ ދޫކޮއްލާނެހައްޔަރުކުރާނެ ދޫކޮއްލާނެ ... އެތެރެކުރާމީހުން ފުރަތަމަ ހައްޔަރުކޮއްބަލަ އެމީހުންތިބެނީ ސަރުކާރާގުޅިފާ
އަލީހަމީދު
11 November 2022
ކިހިނެއް ފަނޑިޔާރުން ހައްޔަރުކުރާނީ، ޖެހޭނީ އަނެއްކާވެސް ފުރާޅުން ޓިނު ނަގައިގެން ވަންނަން.