ލަންކާގެ ސަފީރަކަށް އައްޔަންކުރި ފާއިޒް: އޭނާ އެންމެ ފަހުން ހުންނެވީ ޕޮލިސް ބޯޑުގެ ރައީސް ކަމުގެ މަގާމުގައި.
21 ނޮވެމްބަރ 2022 - 12:12
ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަން ކުރައްވަން ނިންމަވައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި އެވެ.
އޭނާ ސަފީރަކަށް އައްޔަންކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވިއިރު، އެންމެ ފަހުން ހުންނެވީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަން އުފެއްދި ޕޮލިސް ބޯޑުގެ ރައީސް ކަމުގެ މަގާމުގަ އެވެ. އެ މަގާމުން ދުރަށް ވަޑައިގަތްއިރު، ޕޮލިސް ބޯޑުގެ މަސައްކަތްތަކާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފާއިޒު ވަނީ މީގެކުރިން ވެސް ސަރުކާރުގެ އެކި މަގާމްތައް ފުރުއްވައިފަ އެވެ.
ލަންކާގައި ދިވެހި ސަފީރަކު ނެތްތާ ގާތްގަނޑަކަށް އަހަރެއް ވަނީ އެވެ. އެ ތަނުގައި އެންމެ ފަހުން ހުންނެވީ އުމަރު އަބްދުއްރައްޒާގެވެ. އޭނާ ވަނީ، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް މިދިޔަ މޭ މަހު އައްޔަންކުރައްވައިފަ އެެވެ.
އުމަރު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯޕައްޓާ
21 November 2022
ކ.މާލޭގެ ނަން ކ.ސަފީރުފުއްޓަށް ބަދަލުކުރަން ވެއްޖެއެއްނު.
ކަނބިލި
21 November 2022
ކޮލިޓީ ދަށްވާނެ. ޕާޓީތެރޭގައި އެނބުރު މީހެއް ވީމާ ކޮންމެވެސް ކަމެއް ކޮށްދިނުން ރަނގަޅު
އަސްލު
21 November 2022
ހުރިހާ ދިމާލެއްގައި އެނބުރެނީ އެކައްޗެއް
ާބޮޑުމީހާ
21 November 2022
މަޖްލީހުގަ އަމިއްލަ ޕާޓީގެ މެމްބަރުންވެސް ގޮވަން ފަށައިފި އެމްބަސީތަކުގެ ތިބި މީހުންގެ މުސާރަތަކާއި އިނާޔަތްތަކާއި ދެކޮޅަށް. އަދިވެސް ހުއްޓުމެއް ނެތި އިތުރު
މުހައްމަދު..
21 November 2022
އަންހެނުންނަށް ފަރުވާކުރަން ލަންކާގައި ހުންނަން ދޭންއުޅޭ މަގާމެއް. މިގައުމުގައި ރައްޔިތުންގެ ޚަރަދުގައި ތައުލީމާ ތަޖުރިބާ ހޯދާދޭދިނުމުގެ ބޭނުމެއްނެތްކަން އެގެނީ ވެރިކަންކުރާ ފަރާތްތަކުން ކުރާ މިކަހަލަ ކަންކަމުން.!!!!!
ކަތިބުރުމާ
21 November 2022
ސަރުކާރުގެ ޚަރަދުގަ ހުރިހާކަމެއްވާނު..........
ހޖިއް
21 November 2022
އަޅެ އުމުރުން ކިހާވަރެއް؟
ރަދީފު ބިން ރަފައިދާ
21 November 2022
މީވެސް ބަލަދުއަރާފާހުންނަ މީހެއް.
ީޮޔގފ4
21 November 2022
ލަންކާގަ މިހިރަ މައްސަލަތަކެއް ތިކަހަލަ މީހަކަށް ހައްލެއް ނުވާނެ.. 2008 ގަ މިފްކޯ ހަވާލު ކުރީމަ ވީގޮތް ހަނދާން ކޮށްލާ.. ރައީސްއަށް މިތަނަށް ލާނެ މީހަކު ނެތިގެންތަ މިއުޅެނީ..ރައީސް މާފް ކުރައްވާ.. މިފަހަރު ވޯޓް ދެވޭކަށް ނެތް..
ސޭކުބެ
21 November 2022
މި ބޭފުޅާއަށް ސިންގަޅަބަސް އެގޭނެ ހަމަ ޔަޤީީނުންވެސް
ގުދުގުދާބެއްޔާ
21 November 2022
މިހާރު އުޑުގައި ވިދަނީ ލިޔާގަތާއި ގާބިލް ކަން ނެތް މީހުން! މިފްކޯ ފުނޑާލުމުގެ މޭސްތިރިއަކަށް ހުރި ފާއިޒް ވެސް އެންމެ ފަހުން އެކެޓަގަރީގައި މިހިމެނުނީ!