އަންހެނަކާއި ފިރިހެނަކު އަތުގައި ހިފައިގެން: ކުރީގެ އަނބިމީހާއާ ލޯބީގެ ގޮތުން ގުޅުނުއިރު ކުރި ޚަރަދު އަނބުރާ ހޯދަން ކުރި ދައުވާ ކާމިޔާބުނުވެ ވަނީ ނިމިފައި
21 ނޮވެމްބަރ 2022 - 12:38
ކުރީގެ އަނބިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކޮށްފައިވާ ހަރަދުތައް އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ކުރި ދައުވާ ސިވިލް ކޯޓުން އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.
ށ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ދެކޮޅަށެވެ. ފިރިހެން މީހާ ދައުވާކުރީ އެ ދެ މީހުންގެ ކައިވެނި ރޫޅުމަށްފަހު އޭނާއާ އަލުން ކައިވެނި ކުރާނެ ކަމަށް ބުނެ އަންހެން މީހާ އޭނާ ލައްވައި 34،000ރ. ގެ ހަރަދުތަކެއް ކުރުވި ކަމަށް ބުނެ އެ ފައިސާ އަނބުރާ ހޯދުމަށެވެ.
އަންހެން މީހާއަށް އުފަންދުވަހުގެ މާބޮނޑި އާއި ކޭކާއި މޭކަޕް ސާމާނާއި ހެދުމާއި ބޫޓުގެ އިތުރުން ޖިމަށް ދިއުމުގެ ފީ އާއި ބާޒާރު ކުރުމަށާއި ސައިކަލުގެ މަރާމާތަށް ވެސް ފައިސާ ދެއްކީ ދެއްކީ ފިރިހެން މީހާ ކަމަށް އެ ދައުވާގައިވެ އެވެ. އަދި ފައިސާ ވެސް އެކިފަހަރު މަތިން ދީފައިވާ ކަމަށް ދައުވާގައިވެ އެވެ.
މިފަދަ މައްސަލަތަކުގައި މީގެކުރިން ކޯޓުތަކުން ނިމިފައިވަނީ ލޯބިވެރިންނަށް ކުރާ ހަރަދު އަނބުރާ ދޭންޖެހޭ ގޮތަށެވެ. އެއީ ހަރަދު ކުރަންޖެހޭ ގުޅުމެއް ނެތުމުން އެއީ ދަރަންޏެއް ކަމަށް ބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ އެވެ. އެކަމަކު މި މައްސަލާގައި ނިންމީ އެއީ ދަރަންޏެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ އަންހެން މީހާއަށް ގަނެދިން ކަމަށް ބުނާ މާބޮނޑި އާއި ކޭކާއި މި ނޫން ވެސް ތަކެއްޗަކީ އާންމު އުސޫލުން މީހުން ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ. އަދި ފައިސާގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދަކަށް ދީފައިވަނީ 2،500ރ. ކަމަށް ވާތީ އެއީ ހެޔޮހިތުން ދީފައިވާ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އިތުރު ހެއްކެއް ނެތީސް، އެއީ ދަރަންޏެއްގެ ގޮތުގައި ދިން ތަކެތި ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހަރަދުތައް ކުރި ކަމަށް ބުނާ މުއްދަތަކީ ކައިވެނި ރޫޅުމަށްފަހު އިއްދައިގެ މުއްދަތު ވެސް ހިމެނޭހެން ކޮށްފައިވާ ޚަރަދުތަކެއް ކަމަށްވާއިރު އޭގެފަހުން ދިން ތަކެއްޗާއި ފައިސާއަކީ ކޮބައިކަން ފިރިހެން މީހާއަށް ބުނެ ދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ އަބްދުއްނާސިރު ޝަފީގު އިއްވެވި ހުކުމުގައިވާ ގޮތުން ފިރިހެން މީހާ ކުރި ދައުވާގައި އެއްވެސް އަސާސެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasan
22 November 2022
ކަލޯ ، ދެން ތިއެއް ނުލިބޭނެ ! ފިރިހެނެކޭ ވެސް ނެތެއްނު ކަލޭ އާ ދިމާލަށް ކިއޭކަށް ؟ ކުޑަ ލާރި ކޮޅެއްވީމަ ، ނިކަން ލާރިހުރި އޮޑިއަކާ ދިމާ ކޮއް ބަލަ !
ތިއީ
22 November 2022
ތިއީ އަންހެނަކު ފިރިހެނަކަށް ކުރި ޚަރަދެއްނަމަ، އުލުބައިނދާފަވެސް ހޯދައިދޭނެ
ނަމެއްނޭނގެ
23 November 2022
ނުހޯދަދޭނެ. މިހާރުވެސް ސުޕްރީމް ކޯޓުގައި އެބަ ކުރިއަށްދޭ. ނުދީގެން މިއުޅެނީ. އަދި އެވެސް އިނދެގެން އުޅުން އިރު، އިސްލާމް ދީނުގައި އަނބިމީހާއަކަށްނޫން ފިރިމީހާއަށް ޚަރަދު ކުރުން އޮންނަނީ. ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރަންޖެހޭނީ. ވަރުގަދަ ބޮޑެތި ގެ އަޅާފައި އަނބިމީހާ ވަރިކޮށް އެއްލާލާފައި ފިރިމީހާގެ ނަމުގައި ގެ ރަޖިސްޓަރީ ކޮށްފައި އޮތީމާ އެގޭގައި ދެން ހެވިފައި އުޅެންވީދޯ
އަބްޑޫޅް
22 November 2022
34،000ރ އެއީ އެއްޗެއް ނޫން. އިންޑިޔާ ރުޕީގެ 180،507. އެޔަކުން ފާހާނާ ރޯލެއްވެސް ނުލިބޭނެ.
އެޑްވަޑް
22 November 2022
ތިގޮތަށް ބަދަލް ހޯދެންޔާ ރާނީ އަތުން ހާދަ އެއްޗެއް މަށަށް ލިބޭނެއޭ.. ގިނަ އަންހިނުންނަކީ މަކަރުވެރިބައެއް.. ލޯބިވާކަމަށް ހެދިގެން އުޅޭބައެއް.. ރާނީ އަކީ އެއް ދަރަޖަ މަތީމީހެއް..
ނަމެއްނޭނގެ
23 November 2022
ރާނީ ތިޔަކިޔަނީ ކަމަކު ދޯ! ދެން އަންހެނުން ގޯސްނުކުރޭ އަމިއްލައަށް ރާނީ ކިޔާފައި. ޚަރަދު ކުރަނީ އަމިއްލައަކަށްނު. ތާކު މީހަކު ފެންނަ އިރަކަށް ރުފިޔާ ގަނޑު އޮއްސާތަ ލަނީ
ކޮރަލް
21 November 2022
ލޯބީގެ ގޮތުން ގުޅިގެން އިޅުނު އިރު ކުރި ހަރަދު ހޯދަން އުޅުނީ އެވެ. އަނބި މީހާ އަށް ކުރި ހަރަދު ހޯދާކާށް ނޫޅެ އެވެ. ރަނގަޅަށް ކިޔާލަ ބަލާށެވެ.
ވަރިކުރިފުޅު
23 November 2022
އިއްދައިގެ ދުވަސްވަރު ހަރަދު ދޭންޖެހޭނެ. އަނބިމީހާގެ ހުކުމްގަ އިންނާނީ. ދީނީ ޢިލްމު ޙާޞިލުކުރަމާ
ހަމީދު 1
21 November 2022
ތީ ފިރިހެނަކަށްވެސް ނުވިތާ .
ތުމް
21 November 2022
އިސްލާމްދީނުގައިވާ އަންހެނުންގެ ހައްގުތަކުގެ ތެރެއިން އެއް ހައްގު އެއީ ފިރިމީހާ ދޭއެއްޗެއް އަނބުރާ އަތުނުލެވޭނެ އިސްލާމްދީން ނޭނގި ދައުވާކުރަން ތިއުޅެނީ.
ޏާނަ
21 November 2022
ރަނގަޅަށް ނުކިޔާ ކޮމެންޓް ކުރީ
ތުމާރީ
22 November 2022
ތުމް އަށް ދިވެހިނޭގެނީ ނުވަތަ ފަހުމުނުވަނީ. އަންބަކަށް ކުރި ޚަރަދު ހޯދާވާހަކައެއްނެތް މިތާކު!
ގައުމީ ލޯބި
21 November 2022
3000 ރުފިޔާ ވެއްޖެއްޔާ ހެޔޮހިތަކުން ކަމަށް ނުބެލެވޭނެތޯ؟ ކޮބައި ތޯ ތިބޭފުޅުން ގެ މިންގަނޑަކީ؟ ނުވަތަ ބޭސިސްއަކީ؟ ހަމަ ހުރެފަ 2500 އެއީ ހެޔޮހިތުން ދިންކަމަށް ބެލެވެޔޭ ބުނުމުން އެއީ ހުކުމަށް ވާސިލުވާން އޮތް ހެއްކެއް ނުވަތަ ގަރީނާއެއްވެސް ނުމެ ނޫން..؟ ކީއްތޯ ކޯޓުލައިގެން ތިކުރައްވަނީ؟
ހަސަންދީ
21 November 2022
ޙުކުމާއެކުވާ ރިޕޯޓު ކިޔާލިންތޯ، ނޫންކިޔާފަ އަދި ނޭނގޭނެ!
ނަމެއްނޭނގެ
23 November 2022
ގައުމީ ލޯބި ކައިރި މަ ބުނެލަން އޮތީ، ކަމަކަށް ދަޢުވާކުރާއިރު އެކަމެއް ސާބިތުކުރުމަކީ ދަޢުވާކުރާ މީހާގެ މައްޗަށް އޮންނަ ކަމެކޭ. އެކަމެއް ޕްރޫވްކޮށް ނުދެވުނީމާ އެހެން އެވީ. ދެރަ ދެން ވަރަށް. ކުރީބައިގައި ކޮންޓްރެކްޓެއް ހަދާ ސޮއިކުރާތި ދެން ތިޔަކުދިން. މިކަހަލަ ކަންކަން ވިޔަ ނުދޭން.
ދެޓްސް ރައިޓް
21 November 2022
ބަލަ ނޭގެނީތަ އަނބިމީހާ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައަކީ އަނބިމީހާގެ ހައްގެއްކަން، އަދި ހަމައެގޮތައް ފިރިމީހާގެ މުސާރައަކީވެސް އަނބިމީހާގެ ހައްގެއްކަން. އެހެންނޫނަސް ދޭ އާ އޯލްވޭސް ރައިޓް. އެހެންވީމާ، އަނބިންނާ ޗެލެންޖްކޮށްގެން އެއްވެސް ހާލެއްގައި ފިރިމީހާ މޮޅުވާނެ ގޮތެއްނެތް.
ޙައްްގު
22 November 2022
ހާދަ ޒާތީ އޭ ދެއްތޯ. ލޮލް
ހުތް އާދަނު
22 November 2022
މިކޭސްގައި އެދެ މީހުންނަކީ ދެމަފިރިންނެއް ނޫން
ކުރުނބާ
21 November 2022
ހާދަދެން ޗީޕޭދޯ ތިވަރުން މީހުންފަހާ ދެން ނޫޅެންވީނު ތިވަރުގެ މީހެއް ހިޔެއްނުވޭ ރައްޓެއްސަކަށް ކޮފީއެއްދޭނެހެންވެސް ބުނެދާނެ މާދަން އޭކޮބާހޭ އެއްކަލަ ކޮފީބުއީލާރި…