ހުޅުމާލެ 1 ގައި ވިލާގެ ސްކޫލެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، އެޗްޑީސީގެ އެމްޑީ އާތިފް (ކ-2) އާއި ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަންވަރު (ވ-2) އެއްބަސްވުމާއެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އެޗްޑީސީ
27 ނޮވެމްބަރ 2022 - 17:22
ހުޅުމާލެ 1 ގައި ސްކޫލެއް އިމާރާތް ކުރުމަށް ވިލާގެ ކުންފުންޏަކާއެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ. އެޗްޑީސީން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އެޗްޑީސީން ބުނީ، ހަ ބުރި އަށް ހަދާ އެ އިމާރާތުން 761 ކުދިންނަށް ޖާގަ ދެވޭނެ ކަމަށެވެ. މި ސްކޫލުގައި 20 ކްލާސްރޫމު ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޯ ލެވެލާއި އޭ ލެވެލަށް ވެސް ކިޔަވައިދޭ ގޮތަށް ހަދާ 20 ކްލާސް ރޫމުގެ އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމު ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ރޮބޮޓިކް ލެބެއް ވެސް ގާއިމްކުރާނެ އެވެ.
Agreement signing with Villa Education Services Pvt Ltd for the development of a private school in #MyHulhumalé.
— HDC (@hdcmaldives) November 27, 2022
Teaching from grade 1 to 12 the school includes facilities for children with disabilities and a robotic lab for enhanced learning experience.@VillaCollegeMv pic.twitter.com/D4yDX3WnAk
އެޗްޑީސީން ބުނިގޮތުގައި، އެ ސުކޫލާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް އާންމުންނަށް ލިބޭނެ އެވެ. އެޑްމިނިސްޓްރޭޓިވް އާއި އެކެޑެމިކް ދާއިރާ އިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިލާ އެޑިއުކޭޝަނަލް ސާވިސަސްގެ ދަށުން މިހާރު ވެސް މާލޭގައި ވިލާ ކޮލެޖަކާއި ވިލާ ހައި ސްކޫލެއް އަންނަނީ ހިންގަމުންނެވެ.
ހުޅުމާލޭގައި ގިނަ ސްކޫލުތަކެއް ހެދުމަށް މަސައްކަތް ކުރަމުން ދާއިރު، ހުޅުމާލެ 2 ގައި ސަރުކާރުގެ ފަސް ސްކޫލެއްގެ މަސައްކަތް ވަނީ ހަވާލު ކޮށްފަ އެވެ. އޭގެ ތެރެއިން ހުޅުމާލެ 2 ގެ ދެ ސްކޫލު އަންނަ ޖެނުއަރީއަށް ނިމޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެޕިއުޓީ މޭޔަރު ނަރީޝް.
28 November 2022
މިތަން ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2070 ވަނަ އަހަރު.... އެއަރޕޯޓް ނިމުނީ 13 އަހަރުން، ހުޅުމާލެ އެޕާޓްމަންހަދަން ބިންދިންތާ 2001 ވަނަ އަހަރު، އަދި އެތަން ވީ ހިސާބެއް ނޭގޭ.... ހޮސް÷ިތަލެއް އަޅަން މާމިގިލީން ބިން ކަނޑާފަ ކަޑަ ޖަހާފަ 20 އަހަރު///
ބުއްރާސް
28 November 2022
ހުޅުމާލޭގައި ފްލެޓް އަޅަން ވިލާއަށް ދިން ބިން ފޭސް 1 ނިމޭ ތަނުގައި ނިރޮޅުމަގުގެ ކޮޅުގައި އެއޮތީ ޖަންގައްޔެއްގޮތަށް. އެތަނުގައި ކުރަނީ ކޮން ކަމެއްކަމެއް ނޭނގޭ. ފަހަރެއްގައި ވިޔަފާރި މުދާ ވިއްކަނީ ތޯއްޗެއް. މިތަން އޮންނަތާ ފަނަރަ ވަރަކަށް އަހަރަށްވުރެ ގިނަ ވެދާނެ. އަނެއްކާ ހަމަ ވިލާއަށް އަނެއް ނަމެއްގައި އަނެއް ބިމެއް ތިދިނީ. ބިން ދޭއިރު އެ ކުންފުންޏަށް ދިން ބިމާމެދު އަމަލުކުރިގޮތް ނުބަލައި ބިން ދިނުމަކީ ގޯހެއް. ބޮޑު ގޯހެއް.
ބަންޓީ
27 November 2022
އަބަދުވެސް މަބުނާ ކަހަލަ ވާހަކައެއް! ސަތޭކަ ދަރިން ގޮވައިގެން އުޅޭއިރު އެކަކުވެސް ހަޅޭއްފަޅޭއް ނުލައި ގެންގުޅުވޭނީ އެއްމެން ބަނޑު ފުރައިދީގެން!
ޢެމެރިކާ
27 November 2022
މިހާތަނައް ހުޅުމާލޭގަ ކުރި އެއްކަމެއްވެސް ނުނިމްމާ ސަރުކާރު ފެލަނީ.
ސޭޓު އަންހެނުންގެ ފިރިމީހާ
27 November 2022
ޙާދަ ގަދައޭދޯ
އަމުރު
27 November 2022
މިގައުމުގައި ކޯލިޝަން ސަރުކާރުގެ ބޭނުން ޖޭޕީ ވަރަށް ރަގަޅަށް ދަސްކޮއްދީފިއެވެ. މަސްފެކްޓްރީ ވެސް ގެއްލުން ލިބިދާނެތީވެ ނަހަދާ ފައިދާ ވާދެން އެތިބީ ފައިދާ ވާނޭ ދުވަސް އަންނާދެންނެވެ. ތުލުސްދޫގައި ވެސް ވިލާ ކޮލެޖް އަލަނީއެވެ. ވިލާ ކޮލެޖުގައި ސާނަވީ ކުދީންގެ ފީ ވެސް އެބުނާ ވަރަކަށް ހެޔޮވަރު ކޮއްލީއެވެ. ނޫނޭ އަސްލު ކޯލިޝަން 5 އަހަރު ލޮޅުމެއްނާރާ އަދި ނުރޫލި ތި ނިންމާލީ ރައްޔިތުންނަ ވެސް ނޭގިއެވެ.
ކިބުރުވެރިކަން
27 November 2022
ތިމާމެންގެ ކިބުރުވެރިކަމާ ފޮނިކަން ނެތިގެން ދާނެ. ތިޔަ މޮޅުކަމާއި ތިޔަ ނަގާ މަންފާތައް ނިމުމަކަށް އަންނާނެ.
އަލްއުސްތާޒް
27 November 2022
ބަދު ދުވާ ނުކުރޭ. ގަދަ އަޅާ މަސައްކަތްކުރާ ބަޔަކަށް ކަލާންގެ ރަހުމަތް ލިބޭނެ. ވިލާ ކޮލެޖަކީ ރާއްޖޭގެ އެންމެ މޮޅު ތައުލީމު ދޭ މަރުކަޒު. ގައުމީ ޔުނިވަރސިޓީ ހީކުރަނީ މާމޮޅުތަނެއްކަމަށް...ހެހެހހެހ
ގައުމީ ކަންކަން
27 November 2022
ޕްރައިވެޓް ކޮލެޖުތައް މިރާއްޖެއިން އުވާލަންވީ. މި ގައުމަށް ބޭނުންވަނީ އެންމެ ޔުނިވަރސިޓީއެއް. ކަރުދާސްތައް ވިއްކާ ބަޔަކު މުއްސަނދި ކުރަން ތިޔަ ބިންތައް ދޫކުރާނެ ކަމެއްނެތް.
ކުރުކޮށް
27 November 2022
ޓިނު އިސްކޫލެއް ހަދާ